އދ. ދަނގެތި ބަނދަރު ތަރައްގީ ކުރުމަށް ސައިޓ މޮބިއުލައިޒް ކޮށްފިއެވެ.

އެމްޓީސީސީއިން ބުނީ ދަނގެތި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިއަދު ވަނީ ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައި ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 35،500 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، 69،500 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 33،600 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 7،800 ކިއުބިކް މީޓަރުގެ ފަތާ ސަރަޙައްދެއް ފުންކުރުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

އަދި 675 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 389 މިޓަރުގެ އެއްގަމު ތޮށި ލުމާއި، 35 މީޓަރު ދިގު 6 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ކޮންކްރީޓް ރޭމްޕެއް އެޅުމާއި، 3،052 އަކަ މީޓަރުގެ ޕޭވްމެންޓް ހެދުމާއި، މަގު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން ވެސް ހިމެނޭ ކަމަށެވެ.

ސަރުކާރުން އެމްޓީސިސީއާ ހަވާލުކޮށްފައިވާ މި މަޝްރޫގެ އަގަކީ 71.16 މިލިއަން ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވަގުންގެ ރާއްޖެ

    މާދަމާގެ ވޯޓަށް އެޅި އެތިފަހަރެއް
    މިއައް ކިޔަނީ މަގާމުގެ ނުފޫޒު ބޭޏުން ކުރުން
    ތިޔަ ދާއިރާއިން ސަރުކާރު ބޭނުންވާ މީހާ ހޮވުނަސް ނުހޮވުނަސް ތިޔަކަމެއް ކުރިޔަކަށް ނުދާނެ
    އަދި ތިޔަ މަސައްކަތް ނިންމާނެ ތާރީހް ނުވެސް ނެތް