ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ކޮރަޕްޝަނުގެ މައްސަލަތައް ތަހުގީގުކޮށް ގާނޫނީ ގޮތުންނާއި އިޖުރާއީ ގޮތުން އަދި ހެކި ހޯދުމާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޯރަމެއް ބާއްވައިފިއެވެ.

އޭސީސީން ބުނީ އެ ފޯރަމްގައި ރަޖިސްޓްރޭޝަން، އިންވެސްޓިގޭޝަން، ލީގަލް އަދި ޕްރިވެންޝަން ޑިޕާޓްމެންޓްގެ 45 މުވައްޒަފުން ވަނީ ބައިވެރިވެފައި ކަމަށެވެ.

އެ ފޯރަމްގައި އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި އޭސީސީގެ ރައީސް އާދަމް ޝާމިލް ވާހަކަދައްކަވާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އޭސީސީން ބުނީ ފޯރަމްގައި ކޮމިޝަނުގެ ފަސް ޕެނަލްއަކުން އިންތިހާބާ ގުޅުންހުރި ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އެކި ޑިޕާޓްމެންޓްތަކާއި ޕޮރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުންނެވެ.

އެ ސެޝަންތަކުގައި އަލިއަޅުވާލާފައިވަނީ އިންތިހާބުތަކުގައި ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރުމަކީ ކޮބައިކަމާއި އިންތިހާބާ ގުޅޭ ގާނޫނީ އޮނިގަނޑު އެކުލަވާލާލައިފައިވާ ގޮތާއި އިންތިހާބާ ގުޅިގެން ހުށަހަޅާ މައްސަލަތައް ކޮމިޝަންގައި ރަޖިސްޓަރީކުރުމާއި އިންތިހާބާ ގުޅިގެން ހުށަހަޅާ މައްސަލަތައް ތަހުގީގުކުރުން ކަމަށެވެ. އަދި އިންތިހާބާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކުގައި ދައުވާ އުފުލުމާ ބެހޭ ގޮތުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު