އެމަނިކުފާނުގެ ޝަރީއަތްތައް ދިގުލައިގެން ދިއުމުން ވަރަށް ގިނަ ހައްގުތައް ވަނީ ގެއްލިފައި ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

11 އަހަރުގެ ހުކުމުން މިނިވަންވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ޔާމީން ވިދާޅުވީ ދެރައަކީ ޖިނާއީ އަދުލުގެ ތެރެއިން މީހަކު ތާށިވުމުން ކަންކަން ނިންމާކަށް ވަކި މުއްދަތެއް ނޯންނަ ކަމަށެވެ. އަދި ބަދަލު ދެވޭނެ އުސޫލެއް ނޯންނަ ކަމަށާއި ޝަރީއަތް އަވަސް ކުރެވޭގެ ގޮތެއް ވެސް ނޯންނަ ކަމަށެވެ.

"އަޅުގަނޑު އަމިއްލަ ގޮތުން މާ ބޮޑަށް ކަންބޮޑެއް ނުވޭ ރިޔާސީ އިންތިހާބަށް ކުރިމަތިނުލެވުނީމަ. މިއަދުގެ ނަތީޖާއިން ބުނެދެނީ ސްޕްރީމް ކޯޓަށް ގޮސްގެން އަޅުގަނޑުގެ ކެނޑިޑެސީ ބާތިލްވިއިރު މިއަދު ސްޕްރީމް ކޯޓުން ކުރި ހުކުމް މިއަށްވުރެ ކުރިން ކުރެވުނީސްކަން. ކޯޓުން ބުނާ ވާހަކައަކީ މައްސަލަ ބެލިއިރު އޮތީ އޮޅުން ބޮޅުންގެ ތެރޭގައި ކަމަށް." ޔާމީން ވިދާޅުވިއެެވެ.

ޔާމީން ވިދާޅުވީ ޝަރީއަތް ދިގުލައިގެން ދިއުމުގެ ތެރޭގައި އެމަނިކުފާނުގެ ވަަރަށް ގިނަ ހައްގުތައް ގެއްލިފައިވާ ކަމަށެެވެ.

"މި މައްސަލައާ ދޭތެރޭ ރައީސް ވިދާޅުވީ، އެމްޑީޕީން ކޯޓަށް ނުފޫޒު ފޯރުވައިގެން މިއަދު ތާވަލްކޮށްގެން އަވަސް ކުރީމަ ތިމަންނައަށް އެކަން ގަބޫލެއް ނުކުރެވެއޭ. އޭގެ މަނަކީ މި މައްސަލަ ދާނެ ގޮތަކަށް ދާން ރައީސް އިންތިޒާރުކުރެއްވިއްޔޭ. އެކަމު ކޮންމެ މީހަކަށް ވެސް މިހަކަ ހާލަތެއް ދިމާވުމުން އިހްސާސްކުރަން އެނގެނީ." ޔާމީން ވިދާޅުވިއެެވެ.

އެއް އަހަރަށްވުރެ ގިނަ ދުވަސް ދިޔައީ ޖަލުގައި ކަމަށާއި ނަމަވެސް މާތްﷲ ގެ ރަހުމަތްފުޅުން މި ސަރުކާރު ބަދަލުވެހގެން ދިއުމުން ގެއަށް ދެވުނު ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެތައް ބައިވަރު ހައްގުތަކުން އެމަނިކުފާނު މަހްރޫމް ވެގެން ދިޔަ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ޑައެލޯގް

    ޔާމިނަށް ނުހައްގުން ޝަރީއަތް ލަސްކުރި ގާޒީންނަށާއި އެންމެނަށް ﷲ ގެ ލައުނެއް ލެއްވުމަށް އަހަރެން ދުވާކުރާނަމެވެ.

    7
    4
    • ކައިދާ

      ވެރިކަންވެސް ގެއްލުނީ ޝަރީޢަތް ދަންމާލީމަ އެމްޑީޕީ ބައިގަނޑުގެ ނުފޫޒުން. އެހެން ނޫން ނަމަ މިއަފު ވެތިކަމުގަ ހުންނާނީ ޔާމީނު

  2. Anonymous

    ހައްޤުތައް ގެއްލުވާލުމުގައި އެމްޑީޕީ ސަރުކާރާއި މިހާރުގެ ސަރުކާރުވެސް ހިއްސާވޭ! ރައީސްޔާމީން މިނިވަންވާންވީ މިއަދަކުއެއްނޫން! މިކަން ދިގުދެންމުމުގައި މިސަރުކާރުގެ އިސްވެރީންގެ ރޯލުބޮޑު މިހާރު ކުރެޑިޓު ނަގާނެކަމެއްނެތް! ހަގީގަތް އެނގި ސާފު!

    9
    17
    • ހަމްދު

      ޔާމީނު އަދީބު ލައްވާ ހެކިދީގެން ޖަލައްލާ އަދި ރިޔާސީ އިންތިހާބުން މަހްރޫމުކޮއް އަދީބު ފުރުވާލާފަ ވަނީ އަދި ޔާމީނާ އެމްޑީޕީން ޑީލްހެދިތާ 24 ގަޑިއިރު ނުވަނީސް ކޯޓުން ދޫކޮއްލީ. މުއީޒު ނުފޫޒު ބޭނުން ކުރިނަމަ ގޮވާނެ ޔާމީނު ދޫކޮއްލީ ޔޭ ކުއްވެރިޔަކު ދޫކޮއްލީޔޭ ނުފޫޒު ބޭނުން ކުރިޔޭ

    • ހަސަނުގެ ދަރި ލަތީފް

      މިސަރުކާރުން އެކަމުގަ ކުރެވޭނެ ކަމެއްނެތް. ކޯޓުތަކަށް ބާރު ހިނގަނީ އެމްޑީޕީ ބައިގަނޑުގެ އެކަން ވަރަށް ސާފުކޮށް ފެންނަން އެ އޮތީ. އިބޫ ހީކުރީ ޔާމީނު ބަންދުގަ ހުރީމަ އޭނާއަށް ގިނަވޯޓްދީ ރައްޔިތުން އޭނާ ހޮވާނެ ކަަމަށް އެހެންވެ ޔާމީނުގެ ޝަރީޢަތް ލަސްކުރުވީ.މިހާރު ބޭނުންވީ މުއިއްޒުއާ އިދިކޮޅަށް ޔާމީނު ނެރެން
      ޢެހެންވެ ޝަރީއަތްް އަވަސް ކުރުވީ އެމްޑީޕީގެ މެމްބަޜ މަޖްލިސް ރައީސް ކުޑަކުޑަ އިޝާރާތެއް ކޮށްލީ.ރާސްޓަސް ވަގގުތުން ނިމުނީ. ޢިބޫ ސީލިހަށް 2023ގަ ވެރިކަން ނުލިބުނީ އަންނިއާ ދެކޮޅުވީމަ

  3. އަވަށުމީހުން

    ދެން ގެއްލުމުގެ ބަދަލަށް 1 ބިލިއަން ހޯދާ

    10
    4
  4. Anonymous

    އާދަމް ޝަރީފް އުމަރު
    ފިޝަރީސް މިނިސްޓަރު ޝިޔާމް
    ގައްސާން މައުމޫނު
    މުންދު
    އަބުދުއްރަހީމު
    އާއިޝަތު ޝިހާމް
    ހީނާ ވަލީދު
    މިހެންގޮސް މުއިއްޒު ކާރިއެތިބީ ގިނައިން ޔާމީން އާއެކު އުޅުނު މީހުން، ދެން ޔާމީނު ފޮނުވިކަމަށް ބުނާ ލިސްޓުގައި ތިބީ ދޫނިރާއްޖޭގަ ތިބި ނުކިޔަވާ ރޯނުއެދުރުންގެ ނަންތޯ ނޫނީ އެމްޑީޕީ މީހުންގެ ނަންތޯ

    11
    1
  5. ލަލަލާ

    ރައީސް ޔާމީނުއާއި ރައީސް ނަޝީދުއާއި އަޅާނުކިޔޭނެ، ނަޝީދަކީ ފަނާކުރުވަނިވި ފިކުރުގެމީހެއް، ޔާމީނަކީ ބިނާކުރުވަނިވި ތަރައްގީގެ ބާނީއެއް، ވަގެކޭވުނެވޭކަށްނެތް، ސާބިތުނުކުރެވޭނެ، ހަޖަމްނުވާމީހުން ހަޖަމުބޭސްކައިގެން ތިބެންވީ ދެންލަލަލާ

    8
    6
    • ހަމްދު

      ޔާމީނުވަނީ ވައްކަން ކުރެވިފައި. އެހެން ނޫންނަމަ އޭނާގެ އަމިއްލަ އެކައުންޓައް ރަށެއްވިކާލި ބައެއްގެ އެކައުންޓުން ޑޮލަރު ނުވަންނާނެ އަދި އަމިއްލައައް ބުނި އަޅުގަނޑު ގެޔައް ވަނޭ ކަޅުފައިސާ ކަޅު ދަބަހުތަކުގަ އެވަރުން ނުފުދޭތޯ އަމިއްލަ އިއުތިރާފް ވެފަ އެޔޮތީ. ތަރައްގީ ކުރިޔަސް އަދި ކިތަންމެ ރަނގަޅު ކަމެއް ކުރިޔަސް ވަގެއް ވާނީ ވަގަކައް

  6. ޑެޕިއުޓީ

    ފަސްއަހަރު އަނެއްކާ މަގުމަތީގާއި ނުތިބެވޭނެ ލައްކަ މަސައްކަތުން ތައުލީމީފެންވަރެއްނެތަސް މިވަޒީފާގަނޑުމިލިބުނީ ހާދަބާވަރު ލާރިއެއް މިލިބެނީ ލާރިހުރިހާއެއްޗަކީ އެހެންވީމާ ޔާމީނުގެ ނަންނުގަނެ މިހާދުހުއުޅުނީ ރައީސްވެސް ނުރުހޭ ޔާމިންގެ ވާހަކަދައްކަން

    6
    1
    • ދީޔާނާމީ

      އެމްޑީޕީ ކުދިން ހިތުން ވަރައް މޮޅު ދޮގެއް ހަދާލީ. ދެން ހަޖަމު ކޮއްލާ

  7. މަޝްރޫމް

    މަޖިލިސް އިންތިހާބަށް ޑޭއި ވަންއަށް ވެފައޮތްވާ ދޫކުރީ ކެމްޕޭނުކޮއްފާނެތީ ބިރުން

    5
    4
    • ދޯދޮޔާ

      ޖަލައްލީ ވެސް ނުފޫޒު ބޭނުން ކޮއްގެން އެމްޑީޕީން ޖަލުން ދޫކޮއްލީ ވެސް އެމްޑީޕީ އާ ޔާމީނު ޑީލް ހެދީމަ

  8. ކެރެޓްއަސާރަ

    ދިމާނުކޮއްބަލަ ގުރޭޑު ހަތެއްގެ ފެންވަރު ނެތް އެކަމަކު މުއީޒު މަށަށް މިހުރީ ޑެޕިއުޓީމިނިސްތަރުކަންދީފާ މަށަކަށް ފުރީ ޔާމީނުއޭނުކިޔުނީ އެހެންވެގެން

    7
    3
    • ދޮގުބެ

      އެމްޑީޕީން ކިހާތާހިރު މީހުނައް ވަޒީފާ ބެހީ އިނގިރޭސި ނޭނގޭ މީހުން ވެސް އުޅުނު ޑެޕިއުޓީން ފައްޓައިގެން ރައީސާ ހަމަޔައް. އިބޫ ވެސް ވަނީ އދ އައް އަރައި ލެޓިނުން ލިޔެގެން ތަގުރީރު ކުރަން އުޅެނިކޮއް ފަޅާ އަރާފަ

  9. 123

    މުއިއްޒު ވެރިކަމުންބާލަންއުޅެންވީ. ފަހުވަގުތު މަނިކުފާނަށް ދޯކާދީފަ އަދުރޭއާއި މުއިއްޒު އެދިޔައީ. ވީމާ އަޅުގަނޑުގެއާދޭހަކީ އެމްޑީޕީއާއިގުޅިގެން ސަރުކާރުބަދަލުކުރަން

    5
    19
    • ދޯދޮޔާ

      މިހާރު ވެސް އެމްޑީޕީއާ ޑީލް ހަދައިގެން ދޫވީ ވެސް. އެހެންވެ ޔާމީނައް ސަޕޯޓެއް ވެސް ނެތީ

  10. އަލޮމް މޮއާ

    ހައްޤުތައް ގެއްލިގެންދަނީ މަނިކުފާނުގެ އެކަންޏެއްނޫން
    ޖަލުގަ އެބަ ތިބި އިންސާފު ނުލިބި ތިބި އެތައްބައެއް
    ކޮންމެވެސް ކަމެއްވީމަތާ ދިގުލައިގެންދާނީ
    ދޫވެއްސައް ފައިސާތައް ވައިންކަން މަނިކުފާނު ބުނީ
    ދެން އަމިއްލައަށް ބޮޑި ބޮއެފަ ތިހެން ބުނާނެކަމެއްނެތް

    12
    2
  11. Anonymous

    ޔާމީން ދެން ދައުވާ ކޮއްގެން ދައުލަތުން ބޮޑު ލާރިގަނޑެއް ހޯދާ ، މުއިއްޒު ވަރަށް ދީލަތި ވާނެ.

    7
    5
    • ނީނާނާ

      މުއީޒު އިރާދަކުރެއްވިއްޔާ ނުހައްގު ކަމެއް ނުކޮއްދޭނެ

  12. ކަކުނިބޯ

    މަނިކުފާނުލާގެން ރިޔާސީއިންތިހާބު މަޖްލިސްއިންތިހާބާއެކު ބާއްވަންފެނޭ ހައްޤުގެއްލިގެން. މަނިކުފާނުގެހައްޤެއްއޮންނާނީ. ޢެހެންމީހެއްގެ ނޯންނާނެ ހައްޤެއް. އަހުރެންމިއުޅެނީ މަދަނީމައްސަލައެއް ބަލާގަނެ ފުރަތަމައަޑުއެހުންވެސްނުބާއްވާގެން 5 މަސްވީ

    9
    3
  13. އެސޮރު

    ރަނގަޅައް ތިޔަބުނީ ވަރައް ގިނަ ހައްގުތައް ގެއްލިފައިވާނީ، އަރައިގެން ހުރި ފައިވާނާ ، ހަދަން ފަށާފައި ހުރި ގޭގެ މައްޗައް އަރަން ހުރި 8 ބުރި ނުވަތަ 6 ބުރި ވެސް ވަނީ ގެއްލިފައި. ބަދަލު ހޯދަން މާދަމާ ފޯމްސެޓް ވައްޓާލާ ، އޭރުން ގެއްލުނު ހުރިހާ ހައްގަކާ ، ކުރިޔައް ހޯދަން އޮތް ހައްގުތައްވެސް ލިބޭނޭ، ބުނާނެ ވާހަކައެއް ނެތް، ދައުލަތުގެ ރިޒާވް އެއްކޮއް ލިބޭވަރައް ހުށައަޅާތި

  14. ފިޔަލާ

    ގެއްލިގެންދިޔަ އެންމެ ބޮޑު ޙައްޤެއްކަމަށް ބެލެވެނީ ދިރުވާލި ލާރިގަނޑު ނެރެ އެ ދައުރުވާނެ މަގު ބަންދުވުންކަމަށް ވެދާނެ! ދެން ހަށިފޮޅާލަފަ ގޯނިގޯނީގަ ހުރި ފައިސާތަކައިގެން އުދުހިގަންނަންވީ ނޫންތޯ!

  15. އިބްރާ

    ރާއްޖޭގެ ވެރިންނަށް ބޮޑު އިބްރަތެއް. ރ ޔާމީން ނުހައްގުން ޖަލައްލީ ރ ސާލިހަށް 2ވަނަ ދައުރެއް ލިބެންއޮތް ހަމައެކަނި މަގަކީ އެއީކަމަށް ބަލައިގެން. އެހެން އެކަން ވެއްޖެތޯ؟ ނަމަވެސް ރ ސާލިހަށް ޝަރީއަތް ހިންގުމަކީ މި ޤައުމުގެ ސަލާމަތަށް ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމުގައި ދެކެން. ސާލިހަކީ މިހާރުގެ ރައީސަށް އޮތް ތްރެޓެއްވެސްނޫނެވެ.

  16. ހައްގު

    ދިވެހިންގެ އެތައްބިލިއަންރުފިޔާއެއްވެސްގެއްލިފަވޭ. މުގުލުގަހުރީކަލޭ އެވާހަކަނުދައްކަނީ ކީއްވެބާ؟ހަޔާތްކުޑަޔަސް ތިވަރުވީމަ ބޮޑުވަރު

  17. ނިމުން

    ހަޒާނާއިން ގެއްލުނު ރައްޔަތުންގެ ލާރިގަޑު ވެސް ނުގެއްލޭކަމަށް ހުކުމް ކުރިނަމަ އެ ޔަގީންކަންވެސް ލިބުނީސް

  18. ެައަބްދޫ

    އެމްއެމްޕިއާރުސީ ގެ ހިޔާނާތުގެ ސަބަބުން ދަވްލަތުގެ އާމްދަނީ އަށް އަސަރުކޮށްގެން 8% އަށް ޖީއެސްޓީ ބޮޑުކުރަންޖެހުމަކީ ރަޔިތުންގެ ހައްގުތަކަށް ލިބިގެންދިޔަކިހަަާވަރެެއް ގެ ބޮޑު ގެެްލުމެއްބާ؟