ރާއްޖޭގެ ރައީސްކަން ނުލިބިގެން ނުނިދިގެން ނޫޅޭ ކަމަށާއި އެހެން ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭގައި ދާއިމީކޮށް ތިބުމުން ނުނިދޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ވ. އާރަށުގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް، އެމަނިކުފާނު މިނިވަން ކުރުމާއިއެކީ ފުރަތަމަ ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ގައުމުގެ ރައީސްކަން އެމަނިކުފާނު ނުކުރުމުން އެމަނިކުފާނަށް ގެއްލޭނެ އެއްވެސް އެއްޗެއް ނެތް ކަމަށާއި އެމަނިކުފާނު އަމިއްލަ ހާލައިގެން އުޅެން ދޫކޮށްފިއްޔާ ސަރުކާރަށް ބަރޯސާވާކަށް ނުޖެހޭނެ ކަމަށެވެ.

ޔާމީން ވިދާޅުވީ، ރައީސް ކަން ނުލިބުމަކީ އެމަނިކުފާނު ނުނިދިގެން ލޯނުމެރިގެން އުޅޭ ވަރު ކަމެއް ނޫން ކަމަށާއި ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭގައި ދާއިމީކޮށް މަރުކަޒު ހަދައިގެން ތިބުމަކީ އެއީ ނުނިދޭނެ ކަމެއް ކަމަށެވެ.

"މަޖުބޫރުވެގެން ނޫނީ ނުނިދިގެން ލޯނުމެރިގެން އުޅޭ ވަރު ކަމެއް ނޫން ރައީސްކަން ނުލިބުމަކީ. އެކަމަކު އަޅުގަނޑަށް ނުނިދޭ ކަންކަން އެބަހުރި. އެއީ އަޅުގަނޑު ގަބޫލެއް ނުކުރާނަން ރާއްޖޭގައި އިންޑިއާ ސިފައިން ދާއިމީ ގޮތަކަށް މަރުކަޒު ހަދައިގެން ތިބެންވާނެ ކަމަކަށް . އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދުން ދެކުނުން ގެއްލުވާލި ބައި، އަޅުގަނޑުމެންނަށް ނުލިބި ގެއްލިފަ އޮންނަން ވާނޭ ކަމަކަށް" ޔާމީން ވިދާޅުވިއެވެ.

މިކަންކަމުގެ އިތުރުން ވެސް ދިވެހި ރާއްޖޭގެ ހާރިޖީ ސިޔާސަތާއި ހިންގުމުގެ ކަންކަމަށް ބޭރުގެ މީހުން ބަސް ކިޔައި އެމީހުންގެ ކަންފަތުރައިގެން އުޅުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެމަނިކުފާނުގެ ފަސް އަހަރުގައި އެކަންކަމަށް އެއްވެސް ވަރަކަށް ދޫދެއްވާފައި ނުވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. ނަމަވެސް މިހާރި އެކަންކަން ކޮމްޕްރޮމައިޒް ވެފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ޔާމީން ވަނީ އެމަނިކުފާނުގެ ގެކޮޅުގައި ދަމާފައިވާ އިންޑިއާ ބެނާ ފުލުހުންގެ އަތުން ހޯދައިގެން އަލުން އިންޑިއާ އައުތް ކެމްޕޭނަށް އެމަނިކުފާ ނުކުންނަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަލޮމް މިއާ

    މަނިކުފާނުގެ 5 އަހަރު ވެެރިކަމުގަވެސް ތި އިންޑިއާ ސިފައިންގެ މަދުބަޔަކުނަމަވެސް އުޅުނު
    ދެން ކީއްވެ އޭރު ތިވާހަކަ ނުދައްކާ ނިދީ؟
    އެހެންވީމަ މިހާރު ނުނިދިގެން އުޅޭނެކަމެއްނެތް
    މިރޭވެސް ނިދަންވާނެ

    45
    9
    • ހނހ

      އިންޑިޔާއޭ ކިޔައިގެން އަސްލު ނިދި ނާންނަނީ ވެރިކަމުގެ ދަހިވެތި ކަމުގަ އިތުރު ކަމެއް ނޫން. މަނިކުފާނުގެ 5 އަހަރު ވެރިކަމުގަ ގުޑުވާ ވެސް ނުލެވުނު އިންޑިޔާ ސިފައިން މިސަރުކާރުވަނީ ގުޑުވާލާފަ އެއީ ހަގީގަތަކީ

      • އަލޮމް މިއާ

        ވަރަށް ރަނގަޅި ވާހަކައެއް

    • ހނހ

      އެކަން އިނގޭ ފުރަތަމަ ވެސް ރިޔާސީ އިންތިހާބު ބޮއިކޯޓް ކުރަން ގޮވީ އަދި ގެޔައް ދޫކޮއްލި ދުވަހު މުއީޒާ އަދި އަބްދުއްރަހީމާ ހަތަރު ކަޅި ހަމަ ކުރާޖައް ނުކެރުނު. ނިދިއައިނަމަ ސަރުކާރާ ދެކޮޅައް ނުނިކުންނާނެ އެއީ އިނގޭ ހަގީގަތަކީ

  2. މާއިސޫ

    ވަރަށް ރަނގަޅު ވާހަކަފުޅެއް! ސަރުކާރަށް ބަރޯސާނުވެ އަމިއްލަ ޙާލައިގެން އަދި 200 އަހަރު އުޅެވޭ ވަރަށް ލާރި ބަނޑުއަޅައި ގުދަންކޮށްފަވިއްޔަ ހުރީދޯ! މިހާރު މައުސޫމު ތުއްތު ކުއްޖަކަށްވުރެވެސް ޠޯހިރުވީމަ ކިހާރަނގަޅު ދެއްތޮ!

    35
    10
    • ގެއްލުން

      ވެރިކަން ބޭނުން ނޫން ނަމަކާ އެމްޑީޕީއާ ޑީލެއް ނުހަދާނެ

  3. ތެދުހަގީގަތް

    އެއްފަހަރު ވެރިކަންކުރައްވާފައި ތިއްބަވާ ވެރިން ދެވަނަ ފަހަރަކު ހޮވުން ވަރަށް ދުރު، އަމުދުން މިރާއްޖޭގައި އެއީ ނާދިރުކަމެއް، އެހެންވީމާ މަނިކުފާނުވެސް ދެން އިތުރަށް ވެރިކަމަށް އަންނަން ނޫޅުއްވާތި، އެހެން އާ ބޭފުޅަކު ޕާޓީން ނެރެގެން އަންނަ ދައުރެއްގައި ކުރިމަތިލައްވަންވީ،

    42
    5
  4. ރަށުމީހާ

    ތެދުވާހަކަފުޅެއް ހަމަނިދިނިދޭނީ މަގުމައްޗައް މީހުންނެރި ހިނގާމީހުންނާ ދުއްވާއެޗިހިނުދުވި މަގުތައްބަންދުވެ ރަޔިތުން ކުދަގޮޅިޔަތް ލާންފެށީމަ ދެންހަމަ ނިދިނިދާލެވޭނެ އޭރުން ނުނިދިގެންއުޅެންޖެހޭނީ ކުޑަގޮޅީގަތިބި އާއިލާމީހުންގެދަރިން މަނިކުފާނުއޮންނަވާނީގަޑުވަރުގަ އަރާމްކޮއް ނިދިކުރައްވާން

  5. ހާޖީ

    ބޯއިކޮޓް ކޮން ކޮހެއް މިގޮވަނީ . ދެންވެސް މައިތިރި ވެގެން ގޭގަ ތާސްކުޅެން އިދެވޭތޯ ބަލާބަލަ

  6. ރެކިފުތާ

    މިވަގުތައް މިގައުމައް މުހިންމީ ގައުމުގެ ހަމަޖެހުން. އެކަން ވާންއަންނީ މިސަރުކާރައް ކުރިޔައްއޮތް ރމގެ މެޖޯރިޓީ ހޯދައިދީގެން. އެހެންވީމަ އެކަމުގަ އަހަރުމެން ބަރައް ބިޒީ.

  7. Anonymous

    ވެރިކަން ނުލިބިގެން ނުނިދިގެން ތިއުޅެނީ ދަރި ސިޑިން ފުއްމާލީ އެ ކަންތަކާމޮޔަވެގެް ދަމާލި މިލިޔަންމިލިޔަްން ޑޮލަރު

  8. ވާނުވާ

    މިޤައުމު އިންޑިޔާގެ ފައިބުޑަށް ވައްޓާލާ އެމީހުންގެ ޕަޕެޓަކަށްވީ މިދިޔަ ދައުރުގައި މޮޅެތި ނަނަންނަން ކިޔައިގެން. ނެއިބަރހުޑް ފަސްޓް ޕޮލިސީއަކާ، ހިލޭ އެހީލޯނެއް ދީގެންނެވެ. މީ ސީދާކޮންނާއި ނުސީދާކޮށް ބާރުފޯރުވި ދެކަންތަށް. ރާއްޖެ އިންޑިޔާގެ ގުޅުން މިހާބޮޑަށް ގޯސްވީ އެމީހުންގެ ފައިބުޑަށް ވެއްޓިގަތުމުގެ ސަބަބުން. މިކަމުގައި އެމްޑީޕީ ފުރިހަމަ ޒިންމާ ނަގަނ1ޖެހޭ

  9. އިއްބަ

    މިހާރު ދެންއަރާމުކޮށްނިދާލާ
    ތިހިރީ ހުދު ފޮތިކޮޅަކަށް ވެފަ