ޝަރުއީ ދާއިރާއަކީ ނުފޫޒުން އެއްކިބާވެފައިވާ ދާއިރާއެއްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޔަގީންކޮށްދެއްވައިފި ކަމަށް ރައީސްގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުން މިނިވަންވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަދުރޭ ވަނީ ޔާމީން މިނިވަންވުމުން މުއިއްޒަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި ވިދާޅުވީ ދިވެހީންގެ ރާއްޖޭގައި ސަރުކާރުން ޝަރީއަތަށް ނުފޫޒު ނުފޯރުވާނެކަން ރައީސް ސާބިތުކޮށް ދެއްވައިފި ކަމަށެވެ. ދިވެހީންގެ ރާއްޖޭގައި ހަމަ ކޮންމެ މީހަކަށްވެސް ތަފާތު ކުރުމެއްނެތި އަދުލު އިންސާފު ލިބޭނެކަން ކަށަވަރުކޮށް ދެއްވައިފާ ކަމަށެވެ.

"ޝަރުއީ ދާއިރާ އަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަންކަމާއެކު ޝަރީއަތް ކުރުމުގެ ފުރުސަތު އޮތް ދާއިރާއެއްކަން ޔަގީންކޮށް ދެއްވައިފި. ދިވެހީން ބޭނުންވަނީ މަނިކުފާނު ފަދަ ބަހާ އަމަލާ ދިމާވާ ވެރިން." އަދުރޭ ވިދާޅުވިއެވެ.

ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރުގެ ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޑިސެމްބަރު 25، 2022ގަ އެވެ.

މިއަދު ހައިކޯޓުން އެމަނިކުފާނު މިނިވަން ކޮށްފައިވަނީ ޖަލު ހުކުމް ކުރިތާ 480 ދުވަސް ފަހުންނެވެ. އަދި އެމަނިކުފާނުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލިތާ 149 ވަރަކަށް ދުވަސް ފަހުންކަން ފާހަގަ ކޮށްލެވެއެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އެ ހުކުމް ބާތިލު ކުރުމަށް ހުކުމް ކޮށްފައިވާއިރު، ފަނޑިޔާރުން ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅަން ޖެހޭ ހުށަހެޅުންތައް ހުށަހެޅުމަށް މިމައްސަލައިގައި ހިމެނޭ ހަސްމުންނަށް ފުރުސަތު ދެވިފައި ނުވަނީ ބޭއިންސާފުން ކަމަށްވާތީ އެފުރުސަތު ދިނުމަށް ވެސް ވަނީ ހުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މާކަނާ

    ސާބިތުކޮއްދޭނެނަމަ ޑޭ ވަން އިން ފެށިގެން މުއިއްޒުގެ ވައުދާއި އެއްގޮތަށް ރައީސް ޔާމީނު ހުންނަވާނީ މިނިވަންވެފައި. މިހާރު ފާފަޅޮލޭ ނުކިޔާ

    21
    10
    • ހނހ

      ޑޭވަންއިން ވެސް ޑޭ ޓޫއިންވެސް ޖޭއެސްސީ ކޮންޓްރޯލް ކުރަމުން ދިޔައީ އެމްޑީޕީން އެއީ ހަގީގަތް މަޖިލިސް ރައީސް އެކަން ބަލަން ބުނިތާ 4 ދުވަސް ނުވޭ ހުކުމް ކޮއްފި

  2. Anonymous

    ރައީސް ޔާމީނު ގުޅުއްވީމާ ފޯނެއްނުނަންގަވާ ސީންޒޯންކޮއްލާފާ މިބުނަނީ އެމަނިކުފާނު މުއިއްޒަށް ދިނީ ކެބިނެޓުގަ ތިބެންޖެހޭނެ ލިސްޓެކޭ، ބަލަގަ ކެބިނެޓުގަ އެތިއްބެވީ ޔާމީނުގެ އަރިހުގައި މަސައްކަތްކުރެއްވި ބޭފުޅުންނޭ.

    15
    2
    • ހަމްދު

      ފުރަތަމަ ޔާމީން މިހާރު ސިޔާސީ ގޮތުން ގަދަނީ ދޮގު ފޯނު ނުނަންގަވައޭ ކިޔާގެން. ޔާމީން ބޭނުމެއް ނުވި ޔާމީނައް ކުރިމަތި ނުލެވޭ ހާލަތު އެހެން މީހަކު ކުރިމަތި ލާކައް. އަދި ގެޔަައް ދޫކޮއްލި ދުވަހު މުއީޒާ އަދުރޭޔާ ހަތަރު ކަޅި ހަމަކޮއް ވާހަކަ ނުދައްކާ. އާމުކޮއް އަބްދުލް ރަހީމައް ގުޅަމުން ދިޔަ މީހެއް އަމިއްލަޔައް ރިޔާސީ އިންތިހާބުގެ ފަހުން ނުގުޅާ

      2
      3
  3. Anonymous

    ތީތިބޭނުންވާ ގޮތަކީ އިންތިހާބަށް ޕްރޮޕެގެންޑާ ފެތުރުން. ޔާމީނު އަބްދުލް ގައްޔޫމަކަށް ހެޔޮއެދޭ ބައެއްނޫން. އެހެންނަމަ މިއަދަކު ނޫން ތިކަން ކުރާނީ.

    18
    8
    • ދޮގުބެ

      މިޔަދަކު ކުރީ ވެސް ކުރުން ވެސް ނުފޫޒު ފޯރުވި މީހުން. އަސްލަމް ޔާމީނުގެ މައްސަލަ ބަލަން ބުނިތާ 2 3 ދުވަސްވީ ކޯޓުން ހުކުމް ކުރަން ތާވަލު ކޮއްފި. އެންޑީޕީން އަދީބުލައްވާ ދޮގު ހެކިދީ ޖަލައްލާ އިންތިހާބުން މަހްރޫމު ކުރީވެސް އެމީހުން.
      އަދި އަދީބުއައް މާފުދީ ބޭރައް ފުރުވާލީ ވެސް އެމީހުން. އަދި އެހުރިހާ ކަމެއް ކޮއްފަ މުއީޒު ބޮލުގަ އެޅުވޭތޯ އެބަލަނީ

  4. އަލޮމް މިއާ

    ސިޔާސީ މަސައްކަތުގަ އުޅުނަސް ސިޔާސީ މަގާމު އަދި މިނިސްޓަރުކަމަށް ކުފޫ ހަމަނުވާމީހުން އުޅޭކަމިގެ ދިރިހުރި މިސާލެއް އަދުރޭމީ

    15
    4
    • ދިޔާނާދީ

      އަދި އެއްވެސް ސަރުކާރެއްގަ ނާދޭ ކުފޫ ހަމަވާ ހުރިހާ މީހުން ތިބި ވެރިކަމެއް އަދި ކުރިޔައް އޮތްތާ ވެސް ހީނުވޭ އެހެން ވާނެހެން އަދި ކުރިޔައް ނިމުނު ވެރިކަމެއްގަ ދައްކަބަލަ ކުފޫ ހަމަވާ އެންމެން ތިބި ވެރިކަމެއް. މިވެރިކަމުގަ އެންމެ ގިނައީ ވެސް ޕީއެޗްޑީ ހޯލްޑަރުން ވެސް

      3
      1
  5. ޙެހެހ

    ނުފޫޒު އޮތީމަ ދޯ އިއްޔެ ބަރިބަރިއަށް ޖަހާލި ސްޓޭޕްތައް ކުށްލިއަކަށް ނަކަލް އެއްޗަކަށް ބަދަލުވެގެން އެދިޔައީ ، އެއީ ހަމަ މިޤައުމުގެ ހާލަތުބާ ، ވެރިކަމުގައި އޮންނަ ކޮޅުތޯ އަބަދުވެސް ކޯޓުތަކުގައި ކާމިޔާބުވަނީ

    7
    2
    • ދޯދޮޔާ

      އަދި މިހާތަނައް ރާއްޖޭގަ ވެރިކަން ކުރި ބަޔަކު މިސަރުކާރު ނޫނީ ނުދެކެން ކޯޓައް ނުފޫޒު ނުފޯރުވާ ސަރުކާރެއް. އޭގެ ހެއްކަކީ މަޖިލިސް ރައީސް ޔާމީނު މައްސަލަ ހުށަހެޅިތާ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގަ ކޯޓުން ހުކުމް ކޮއް ނިންމާލުން. އަދި ޔާމީނާ ގުޅިގެން އެމްޑީޕީން ޑީލްހެދިތާ އެއްދުވަސް ނުވޭ ކޯޓުން ދޫކޮއްލީ ވެސް

  6. ހިކި ކިރު

    އަދުރޭ މުޢީޒަކަށް ނުޖެހޭ ޝުކުރު އަދާ ކުރާކަށް! މުޢީޒު ޔާމީނަށް ކޮއްދެއްވި ކަމެއް ނެތް! ކޮސް ވާހަކަ ނުދައްކާ!!

    22
    6
    • ހަމައަސްލު

      ޔަގީނުން ވެސް މުއީޒު ނުފޫޒެއް ނުފޯރުވާ. އޭރުން އެނިމުނީ

      1
      2
  7. ސަރަފަކައްދަ

    މި ޤައުމުގައި ތިބި ވަޒީރުންގެ ތަޢުލީމީ ފެންވަރު މިފަހަރު އދ ގައި އޮތް ޖަލްސާއިން ބޭރުގެ ޤައުމުތަކުގައި އެ ޖަލްސާ ގައި ބައިވެރިވެ ވަޑައިގެން ތިއްބެވި ބޭރުގެ ވަޒީރުންނަށް ވަރަށް ސާފުކޮއް އެނގި ހާމަވެއްޖެ!