ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކަރަންޓްގެ މައްސަލަ ހައްލުކޮށްފިއެވެ.

އެމްއޭސީއެލްގެ މީޑިއާއިން މައުލޫމާތު ދެއްވަމުން ޝައްމާން ޝާކިރު "ވަގުތު" އަށް ވިދާޅުވީ މިހާރު ކަރަންޓުގެ މައްސަލަ ހައްލު ކޮށްފައިވާ ކަމަށެވެ. އަދި އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރައްވާނެ ކަމަށެވެ.

ކަރަންޓު ކެނޑެން ދިމާވި ސަބަބެއް އަދި އެނގިފައިނުވެއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ކުރިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވާ ދަތިތަކަށް މައާފަށް އެދިފައެވެ.

އެއަރޕޯޓުން ކަރަންޓް ކެނޑުމުން ބެކްއަޕް ޖެނެރޭޓަރުތަކުން އިންޓަރނޭޝަނަލް ޓާމިނަލްގައި ހިދުމަތް ވަނީ ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޗީފު ވާޑޭ

    ޢަދި ވެސް ޑީ އެމްޑީން ޗީފުން ނާއި ޑީސީސޯ އަދި ޖީއެމް ގެ ފައުޖު ތައް އިތުރު ކޮށްލީމާ މިޔަށް ވުރެ ފުރިހަމަ ވާނެ....ފެއިލްޑް މެނޭޖްމެންޓް.

  2. ޢިންޖިނިއަރ އެޑިލް

    ބުހުތާނު ދޮގު..ބެކަފް ޖެނެރޭޓަރ ވެސް ނިހުންގުނު....އެތަކެތި ޗެކް ކުރުމުގެ ނިޒާމް އެއް ނޯވޭ...ނޯ ފްރިވެންޓިވް މެއިންޓަނަންސް ... އޮންލީ ބްރޭކްޑައުންބމެއިންޓެނަންސް....