ހއ. އަތޮޅު ދިއްދޫ އެއަރޕޯޓް ތަރައްގީ ކުރުމަށް އެމްޓިސީސީއާ ހަވާލުކޮށްފިއެވެ.

މިރަށު ބިން ހިއްކާ މިރަށުގައި އެއަރޕޯޓެއް ތަރައްގީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެރަށުގައި އެއަރޕޯޓް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، އެކަމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާއީލް ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

މި މަޝްރޫއުގެ ދަށުން ދިއްދޫ އެއަރޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކާނެއެވެ. އަދި އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރާނެއެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް ޑރ. މުއިއްޒު އެރަށަށް ވަޑައިގެން ވިދާޅުވީ، ހއ.ދިއްދޫގެ ބިން ހިއްކައި އެއަރޕޯޓެއް އަޅައިދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެރަށުގައި އެއަރޕޯޓެއް އެޅިގެން ދިޔުމަކީ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށާއި އޭނަގެ ވެރިކަމެއްގައި ދިއްދޫގައި އެއަރޕޯޓެއް އަޅާނެ ކަމަށެވެ.

"ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައި މިއޮތީ ބިން ހިއްކައިގެން އެއަރޕޯޓެއް އެޅުން. މިރަށުގައި ބިން ހިއްކައި އެއަރޕޯޓެއް އެޅުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ދާދި ފަސޭހަ ކަމެއް. އެކަން ތިބޭފުޅުންނަށް އަޅުގަނޑުމެން ހާސިލްކޮށްދޭނަން.". ރައީސް ޑރ. މުއިއްޒު އޮގަސްޓް 14 ވަނަ ދުވަހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތިލަދުންމަތި

    ބަލަރައަީސް މުއިއްޒަކީވަރައްކުޅަދާނަވެރިއެއް ވަރުބަލިކަމެއްނެތް ބާރައްކުރިއައް ރައްޔަތުންވެސްްމގޮތައްތިބޭނެ

    2
    1
  2. ޔ

    ޥައުދު ތައް މިުއއްޒު ފުއްދުމަށް ސަރުކާރަށް އެއްބާރުލުން ދޭނެ ސަރުކާރު ކެނޑިޑޭޓެއް ހޮވުން ވަރަށް .މުހިންމ

    2
    1
  3. ޑޮންޑޮން

    ޥައުދު ތައް މިުއއްޒު ފުއްދުމަށް ސަރުކާރަށް އެއްބާރުލުން ދޭނެ ސަރުކާރު ކެނޑިޑޭޓުން ހޮވުން ވަރަށް މުހިންމު