މ. ރަތްމަންދޫ ކައިރިއަށް މަހަށް ދިޔަ ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

ހޯދަމުންދަނީ މ. މަޑުއްވަރީ ފަރިހި ނަމަކަށް ކިޔާ ދޯންޏެވެ.

އެ ދޯނީގެ ވެރިފަރާތް ކަމަށްވާ އިބްރާހިމް ފައިސަލް "ވަގުތަށް" ކިޔާދިން ގޮތުގައި އެ ދޯނީގައި މިއަދު މެންދުރު މަހަށް ގޮސްފައިވަނީ 45 އަހަރާއި 25 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ.

އެ މީހުން މިރޭ 8:00 ޖަހާއިރު ރަށަށް އަނބުރާ އަންނާނެ ކަމަށް ބުނި ނަމަވެސް އެއްވެސް ހަބަރެއް ނުވާ ކަމަށް އޭނާ ބުންޏެވެ. އަދި އެމީހުންގެ ފޯނަށް ނުގުޅޭ ކަމަށް ވެސް ފައިސަލް ބުންޏެވެ.

"އެ މީހުން މެންދުރު ދިޔައީ މަހަށް. ބުނީ މިރޭ 8:00 ޖަހާއިރު އަންނާނެ ވާހަކަ. ނަމަވެސް އަދިވެސް ނާދެ. އެ މީހުންގެ ފޯނަކަށް ވެސް ނުގުޅޭ."، ފައިސަލް ބުންޏެވެ.

އެ ދެ މީހުންނަކީ އެ ދޯނީގައި ދޭތެރެދޭތެރެއިން މަހަށްދާ ބައެއް ކަމަށް ވެސް ފައިސަލް ބުންޏެވެ.

ފައިސަލް ބުނީ އެ މީހުންގެ އެއްވެސް ހަބަރެއް ނުލިބުމުން މިހާރު ކޯސްޓްގާޑަށާއި ފުލުހުންނަށް ގެއްލިގެން އުޅޭ ކަމަށް ރިޕޯޓްކޮށްފައިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޑަފި

    ޑްރޯން ފޮނުވައިފިތަ

  2. އެސޮރު

    ތައޮޅު ރަށެއްގައި ތިބިތޯ ފުރަތަމަބަލާލިނަމަ ،