ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް ހީނާ ވަލީދު ޢައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީސް އިން ވިދާޅުވީ މިއީ، ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަޤާމުގެ މަސްއޫލިއްޔަތާ އަންހެން ބޭފުޅަކު ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ފަހަރު ކަމަށެވެ.
ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމަށް ހީނާ ވަލީދު ޢައްޔަންކުރައްވާފައިވަނީ، އޭނާ މިހާރު ހުންނެވި އެންސްޕާގެ ސީއީއޯގެ މަޤާމު އަދާކުރައްވަމުން ގެންދަވާގޮތަށެވެ.
އަދި، ރައީސްގެ އޮފީހުގެ ޗީފް ސްޕޯކްސް ޕާސަންގެ ގޮތުގައި ހީނާ ވަލީދު ޚިދުމަތްކުރައްވަމުން ގެންދަވާނީ، މުސާރަ ނުނަންގަވާ މަޤާމެއްގެ ގޮތަށް ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
މީގެ ކުރިން ހީނާ ވަލީދު ވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕޮލިޓިކަލް ޑިރެކްޓަރކަމާއި، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގެ ގިނަ މަޤާމުތަކެއް ފުރުއްވާފައެވެ. އަދި ރާއްޖޭގެ ޤައުމީ މީޑިއާގައި ދިގު މުއްދަތަކު ޚިދުމަތްކުރައްވާފައެވެ. އެގޮތުން ޕަބްލިކް ސަރވިސް މީޑިއާގެ ހެޑް އޮފް ނިއުސްގެ މަޤާމުވެސް ހީނާ ވަލީދު ވަނީ އަދާކުރައްވާފައެވެ.
ޗީފް ސްޕޯކްސްޕަރސަން އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަގާމަށް ޢައްޔަނުކުރެއްވި ހީނާ މަތީ ތަޢުލީމު ޙާސިލްކުރައްވާފައިވަނީ މާސް ކޮމިއުނިކޭޝަން ޖަރނަލިޒަމް އެންޑް އެޑްވަރޓައިސްމަންޓްގެ ދާއިރާއިންނެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ މަޖިލީސް އިންތިހާބުގެ ދުވަސްވަރުވެސް ޕީއެންސީގެ ފަރާތުން އިސް ސްޕޯކްސްޕާސަންކަމުގެ މަގާމުގައި ހުންނެވީ ހީނާ ކަމެވެ. އެއިރުވެސް އޭނާ ވެގެން ގޮސްފައި ވަނީ ނޫސްވެރިންގެ ސުވާލުތަކަށް ހުށިޔާރުކަމާއެކު ޖަވާބު ދެއްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ހީނާ ފާހަގަވެގެން ގޮސްފައި ވަނީ ވަރަށް ބޮޑަށް ނޫސްވެރިންނާއި ގާތުން މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.
މަރްޙަބާ ކަމަނާ
ސާބަހޭ ހީނާ
ނަމޫނާ ކަނބަލެއް.
ދުޅަހެޔޮ ޞިއްޙަތާއި ކުރުއެރުން މިންވަރު ކުރައްވާށި އާމީން
ސާބަހެޭ.
މުސާރަ ނުނަގަންޏާ ވިއްސަކަށް ވަޒީފާ ދޭންވީ
ހީނާ އަށްސަލާމް ވައްސަލާމް
ވ، ރަގަޅުނިންމުމެއް އަދި އުފާވެރިޚަބަރެއް ސާބަސް ހީނާއަށް
ސާބަހޭ ހީނާ ތިޔައީ ނަމޫނާ ކަނބަލެއް ތިޔަގޮތުގަ ހުންނަވާތި ތިޔައީ ކެރޭ ވިސްނުންތެރި މުރާލި ކަނބަލެއް ދުއާއަކީ ހީނާއަށް ދުޅަހެޔޮ މުސްތަގުބަލެއް މާތް ﷲ މިންވަރު ކުރެއްވުން.
ރާއްޖޭގައި ހީނާ އަށްވުރެން ރަނގަޅަށް ކިޔަވައިގެން ތިބި ކުދިން ތިބެމެ އަދި އެމެންނަކީ ތެދުވެރި ކަމާއި އަމާނާތް ތެރި ކަމަށް ލޯބި ކުރާ މީހުން ކަމަށް ވާއިރު އެމެން ބާކީ ކޮށްފައި ނުކިޔަވާ ތިބި ބަގަތަކަށް ސަރުކާރުގެ މައުތު ޕީސް ދިނުން އެއީ މިސަރުކާރަކީ ހަރާމްކޯރު ބަތާހަރާމީ ސަރުކާރެއްކަން އަންގައިދޭ އަލިގަދަ ދަލީލު ތަކޭ އަމިއްލަ އަށް ކެންސަރު ޖެހުނޭ ކިޔާރޯ ބުހުތާނު ދޮގު ހަދައިގެން އާންމުންގެ ހަމްދަރުދީ ހޯދަން އުޅޭ މީހުންގެ ތެދުވެރިކަން ހުންނާނެ ގޮތް ބަލާދެން
މީސްތަކުންނަށް ބަލި ޖައްސުވަނީ ހެއްދެވި ފަރާތުން، ވީމާ ގަސްތުގަ ނޫނީ ނޭނގުމުގަ ވިޔަސް އެކަމާ ބެހޭގޮތުން އެމީހަކަށް ބަދުބަސް ބުނެހެދުމަކީ މުސްލިމުންނަށް ވެތިބެ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން
ބަލަ ހިނާ މިންކަހަލަ ކަބަލުން އިއްސަފުންފެނުމަކީ ރައީސްމުއިއްޒުގެ ސިޔާސަތު ވިމާ ދެންތިއްބެވި މިނިސްޓަރުންވެސް ކޮމްޕެނީ ތަކުގެވެރިންވެސް ރައީސްގެ ތަސައްވަރުގާތުން ހިދުމަތްދިނުން ބައެއްވެރިންބަދަލުކުރަންޖެހޭ ހިދުމަތް ނުކުރެވޭތީ މުސާރަލިބުނީމާނިމުނުކަމަންބަލައިގެންނުވާނެ ރައީސްގެހިދުމަތް ރެއާދުވާލު ރައްޔަތުންގެ ހިދުމަތުގާ؟؟
ތިކަހަލަ ކަމަނާއިން ގައުމަށް ބޭނުންވަނީ.
ކައުންސިލްތަކުގެ އިދާރި މުވައްޒަފުންގެ މުސާރަ ރަނގަޅު ކުރެވޭތޯ ބަލައިދިނުން އެދެމެ