މެދުރާއްޖެ ތެރެ އާއި ދެކުނުގެ އަތޮޅުތަކަށް މިއަދު ވިއްސާރަ ކުރާނެ ކަމަށް ބެލެވޭ ކަމުގައި ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހާމަކޮށްފިއެވެ.

މިއަދުގެ މޫސުން ލަފާކޮށް މެޓުން ބުނެފައި ވަނީ މެދުރާއްޖެ ތެރެ އާއި ދެކުނުގެ ހިސާބުތަކަށް ވިއްސާރަ ކުރުމާ އެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެކަމަކު، އުތުރުގެ އަތޮޅުތަކަށް އާންމުކޮށް މޫސުން ރަނގަޅުވާނެ ކަމަށް ބުނެފައިވެއެވެ.

ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމުގައި މެޓް އޮފީހުން ބުނެފައިވެއެވެ. މެޓުން ބުނެފައިވަނީ ރާއްޖޭގެ ކަނޑުތައް ވެސް އާދައިގެ ވަރަކަށް މަޑު ވާނެ ކަމަށެވެ.

ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދުގައެވެ.

ކިޔުންތެރިންގެ ހިޔާލު