ދިރާގާއެކު މިއަދުވި އެއްބަސްވުމުގެ ސަބަބުން ސްކޭމް ކޯލާއި ވަގު ސިމް ހުއްޓުވޭނެ ކަަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)އިން ބުނެފިއެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ، ކަސްޓަމަރ ސާވިސަސް އެންޑް ރީޖަނަލްއޮޕަރޭޝަންސް، މަސްއޫދު އަލީއެވެ. އަދި ޑީއެންއާރްގެ ފަރާތުން ސޮއިކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ، އަޙްމަދު އާލީއެވެ.

ޑީއެންއާރްއިން ބުނީ މި އެއްބަސްވުމުގެ ސަބަބުން ޑީއެންެއާރްއިން ބަލަހައްޓަމުންގެންދާ ދިވެހި ރައްޔިތުންގެ މައުލޫމާތު، ދިރާގާއި ހިއްސާ ކުރުމަށް، ދެ ފަރާތުން ގެންގުޅެންޖެހޭނެ އުސޫލުތައް ބަޔާންކޮށް ވެވިފައިވާ އެއްބަސްވުމެއް ކަމަށެވެ.

އަދި މި އެއްބަސްވުމުގައި ސޮއިކުރެވުމާއެކު ޑީއެންއާރުގެ އޭޕީއައި އޮތެންޓިކޭޝަން ކްރިޑެންޝަލްސް މެދުވެރިކޮށް ޑީއެންއާރުން ބަލަހައްޓަމުން އަންނަ ދިވެހި ރައްޔިތުންގެ މައުލޫމާތު ހިއްސާ ކުރެވިގެންދާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މި އެއްބަސްވުމުގެ ދަށުން ދިރާގުން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކުގެ ސައްހަކަށް ޑީއެންއާރުގެ ޑޭޓާ މެދުވެރިކޮށް ސައްޙަކަން ކަށަވަރުކުރެވޭއިރު، މިހާރު ޢާންމު ވަމުން މިދާ ސްކޭމް ކޯލްތައް ހުއްޓުވުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަމަށް ބުނެފައި ވެއެވެ.

އެއީ ކޮންމެ މީހަކުވެސް ސިމްކާޑެއް ނަގަން ދިއުމުން ނުވަތަ ދިރާގުގެ އެއްވެސް ޚިދުމަތެއް ނަގާނަމަ އެ ފަރާތެއްގެ މަޢުލޫމާތު ޑީ.އެން.އާރު ގައި ހުރި މަޢުލޫމާތު ބޭނުންކޮށްގެން ވެރިފައި ކުރެވޭނެތީ ކަަމަށްވެސް ޑީއެންއާރްއިން ބުނެފައި ވެއެވެ.

އަދި އޮޅުވާލައިގެން ސިމްކާޑު ނެގުންވެސް މީ ސަބަބުން ހުއްޓުވިގެން ދާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މިހާރަކަށް އައިސް ރާއްޖޭގައި ސްކޭމްތައް ގިނަވުމާއި ގުޅިގެން ސްކޭމް ހުއްޓުވުމަށް ފުލުހުންގެ ހާއްސަ ސެންޓަރެއް ގާއިމު ކުރުމަށް ވެސް ފުލުހުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަހުމަދު

    ވެލްޑަން

  2. Anonymous

    ޑީއެން އާރުން ބިދޭސީންނަށް އައިޑީހަދަން ފެށީތަ. ހަމަ އެކަނި ދިރާގު ސިމްތަ ރައްޔިތުން ބޭނުންކުރަނީ. ވ.ސލމ. ތިޔައީ އެހެން ކަމެއް.

  3. ކޮޔާ

    މަހައްދެވޭނީ ހުވާ މިބުނީ މިރާއްޖޭގަ ސްކޭމް ކުރުން ހުއްޓުވާލި ބަޔަކަށް އިނާމެއް މަދޭނަން

  4. ޒާ

    ޓިޔަކަމުން ސްކޭމް އަދި ނުހުއްޓޭނެ. ސިމްލިބޭ ހިލޭވެސް. ޢެމީހާ ރާއްޖެއަކު ނުހުރޭ. މީހިން ފަލީހަތް ކުރަން ތިއުޅެނީ

  5. ނަސީރު

    އަދި ކިރިޔާދޯ ކަލޭމެންނައް ތިޔަކަން ކުރަން އިނގުނީ، ހުރިހާ އެންމެންގެ އެކައުންޓް ތައް ދަވާލާ ހުސްކުރީމަ

  6. އަބސީ

    ނުހުއްޓުވޭނެ، ތިކަމުގެ އަޑީގަ ތިބީ ބޭންކް އާއި ދިރާގު / އުރީދޫ އަދި ޤައުމީ ސަލާމަތް ބަލަހޓ ބަޔަކު

  7. އަހްމަދު

    ނުހުއްޓޭނެ! ތިކަމަކީ ދިރާގާއި ބީއެމްއެލް މުވައްޒަފުން ގުޅިގެން ހިންގާކަމެއްކަމަށް ލަފާވަނީ! މިކަން ކަލޭމެންނަށް ރޭކާލީ ބަޔަކުމީހުން ހުސްކުރިފަހުންތަ؟

  8. އަހުމަދު މީމު

    މިހާރު ސިމްކާޑު އިންނަމްބަރވެސް އެބަދަމައިގަނޭ މިކަން ދިމާވެފަހުރީ ގިނައިން އޫރިދޫ ނަމްބަރ ތައް ކުންފުނީގެ އިހުމާލެއް ނުވޭބާ

  9. މާރކް

    އިންތިޙާބު ތަކާއި ދިމާކޮށް ކާކުކަން ނޭގޭގޮތަށް ކޯލާއައިޑީއިން ވެސް ޓުރޫކޯޅާއިން ވެސް ގުޅާ މެސެޖް އަންނަގޮތް ނުހުއްޓުވޭހާހިނދު ތކަމެއް ނުހުއްޓުވޭނެ އަދި އަހަރެމެންގެ މައުލޫމާތު ސިޔާސީ ޕާޓީ ތަކަށް ލިބުނު ގޮތްވެސް ސާފުވާންޖެޭ