އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް އެންމެ ބޯކޮށް ވާރޭ ވެހުނީ ގދ. ކާޑެއްްދޫ އާއި ގއ ގެމެނަފުއްޓަށް ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ބުނެފިއެވެ.

މެޓް އިން މިއަދު އާއްމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން ގެމެނަފުއްޓަށް 65.8 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެ. ދެވަނައަށް އެންމެ ބޯކޮށް ވޭހިފައި ވަނީ ގދ. ކާޑެއްދޫއަށެވެ. އެއީ 63.2 މިލިމީޓަރުގެ ވާރޭއެވެ. ތިންވަނައަށް އެންމެ ގިނައިން ވޭރޭ ވެހިފައި ވަނީ ގދ. ތިނަދޫ އަށެވެ.

މީގެ އިތުރުން އއ. ތޮއްޑޫއަށް 14.4 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، ށ. ކޮނޑޭއަށް ވަނީ 11.5 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެ.

މާދަމާގެ ނިޔަލަށް މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ ބައެއް ރަށްތަކަށް ކެރީގެއަސަރުން އެކަށީގެން ވާ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.