ސްޓެލްކޯގައި ކެންޓީނެއް ހިންގާނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.

ސްޓެލްކޯއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ކެންޓީނުގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެފައިވާ ކަމަށެވެ.

އެ މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން މި މަހުގެ 28 ވަނަަ ދުވަހުގެ 11:30 އަށް އެ ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދޭ ކަމަށް އިއުލާނުގައިވެއެވެ.

އެ ބިޑްގައި ބައިވެރިވެވޭނީ ރެސްޓޯރެންޓް ނުވަތަ ކެޓަރިން ހިދުމަތް ދިނުމުގައި މަދުވެގެން ފަސް އަހަރުގެ ތަރުޖިބާ ހުރި ފަރާތްތަކަށް ކަމަށް ވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

އެ މަސައްކަތަށް އަންދާސީހިސާބު ހުށަހެޅޭނީ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް ބުނެފައިވެއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ތަކެތި ނުވަތަ ހިދުމަތް ހޯދާ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މައުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެ ކަމަށެވެ.

އަދި އެފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގުން އެއީ ބީލަން ބާތިލު ކުރެވޭނެކަމެއް ކަމަށެވެ.

ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ ދެވަނަ ދުވަހުގެ 11:00 ގައި ސްޓެލްކޯ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތައް އަންދާސީހިސާބު ހުށަހަޅުއްވާފަރާތްތަކުގެ ހާޒިރުގައި ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.