ރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ބެހޭ ފޮތެއް ނެރެފިއެވެ.

އިއްޔެ މީރުމާ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފޮތް ނެރެދެއްވެވީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

“އޭވިއޭޝަން އިން ދަ މޯލްޑިވްސް: ހިސްޓޮރިކަލް ޕާސްޕެކްޓިވް" އެ ފޮތަކީ އަހުމަދު މުހައްމަދު ލިޔުއްވި ފޮތެކެވެ. އެއީ އައްޑޫ ހިތަދޫއަށް ނިސްބަތްވާ ބޭފުޅެކެވެ.

އެ ފޮތް ހާއްސަކޮށްފައިވަނީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތަޖުރިބާކާރުންނަށެވެ.

ފޮތުގައި ރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ފެށުނު ގޮތާއި 1903 ގައި ރާއްޖޭގައި އަލަށް މަތިންދާބޯޓެއް ދުއްވަން ފެށި ވާހަކަތައް ވެސް ހިމެނެއެވެ. އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އަންނަމުން އައި ބޮޑެތި ބަދަލުތަކާއި ކުރިއެރުންތައް ވެސް ފޮތުގައި ހިމަނާފައިވެއެވެ.

ރާއްޖޭގެ ވައިގެ ދަތުރުފަތުރު މިއަދު ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. ރާއްޖޭގައި ގައުމީ އެއާލައިނެއް އޮޕަރޭޓްކުރަމުންދާއިރު 39 އެއާލައިންއަކުން ރާއްޖެއަށް ދަތުރުކުރަމުންދެއެވެ.

އޭގެ އިތުރުން ރަައްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ އެއާޕޯޓްތައް ދަނީ ތަރައްގީ ކުރަމުންނެވެ. ބައެއް ސަރަހައްދުގައި ވަނީ އިންޓަނޭޝަނަލް އެއާޕޯޓްތައް ވެސް ތަރައްގީކޮށްފައެވެ. އެއާއިއެކު ބޭރަށް ފުރުމަށް މާލެއަށް އައުން ނިމުމަކަށް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމް އައި

    ތިޔަ ފޮތުގައި އެއާޕޯޓު ތައް ބިނާކުރުމަށް މަހުރީން އާ އެފަދަ ބޭފުޅުން ކޮށް ދެއްވި މަސައްކަތް އޮންނާނެ ކަމަށް ހީކުރަން. ޢަދި އެެއާލައިން ފަޅިން ފިރާގުގެ މަސައްކަތުގެ ވާހަކަވެސް އަހާލާހިތްވޭ