ސައުދީ އަރަބިއްޔާއާއި އެކުގައި މުހިންމު މަޝްވަރާތަކެއް ކުރުމަށް ރާއްޖޭގެ ހަތަރު ވަޒީރަކު ސައުދީއަށް ވަޑައިގެންފިއެވެ.

ސައުދީގައި މި ވަގުތު ތިއްބެވި ވަޒީރުންނަކީ:

  • އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • ޚާރިޖީ ކަންކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު
  • އިގްތިސޯދާ ބެހޭ ވަޒީރު މުހައްމަދު ސައީދު
  • ފިނޭންސްއާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަފީގް

އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުވައި ވަޒީރު ޑރ. ޝަހީމް ސައުދީއަށް ވަޑައިގެންނެވީ މުސްލިމް ވޯލްޑް ލީގުގެ ސްޕްރީމް ކައުންސިލްގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ ކައުންސިލަށް ވަޒީރު ޝަހީމް ވަނީ އައްޔަންކުރައްވާފައެވެ.

އެ ދަތުރުފުޅުގައި ވަޒީރު ވަނީ ކުވައިތުގެ ޒަކާތު ހައުސްގެ ޑިރެކްޓަ ޖެނެރަލް ޑރ. މާޖިދު ސުލައިމާން އަލްއާޒިމީއާ ވެސް ބައްދަލުކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ ޒަކާތު ހައުސް ކުރިއަރުވަން މުވައްޒަފުންނާއި ޝަރީއާ ބޯޑު ތަމްރީނު ކުރުމާއި ޒަކާތުގެ ބެހެނިވެރިންގެ ޝަރުއީ މިންގަނޑުތަކާ ބެހޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

އޭގެ އިތުރުން ވަޒީރު ޝަހީމް ވަނީ ސައުދީގެ އިސްލާމިކް މިނިސްޓަރާއ ވެސް ބައްދަލުކުރައްވައި ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ.

ފިނޭންސްއާ ބެހޭ ވަޒީރު ޑރ. ޝަފީގު ސައުދީއަށް ވަޑައިގެން ބައިނަލްއަގްވާމީ އެކި މާލީ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައިވެއެވެ. އޯޕެކް ފަންޑާއި ސައޫދީ ޑިވެލޮޕްމަންޓް ފަންޑާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އިސްވެރިނާއި ބައްދަލުކުރައްވައި މަޝްވަރާތައް ކުރައްވާފައިވެއެވެ.

ދާހިލީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ވަޒީރު ޒަމީރާއި ވަޒީރު ސައީދު ސައުދީއަށް ވަޑައިގެންނެވީ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހާއްސަ ބައްދަލުވުމަކަށެވެ. އެ ބައްދަލުވުމުގައި އެކި ދާއިރާތަކުން 700 އަށްވުރެ ގިނަ ލީޑަރުން އެއްތަނަކަށް އެއްވެ، ބައިނަލްއަގްވާމީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަޝްވަރާތަކެއް ކުރުމަށް ވަނީ ހަމަޖެހިފައި ކަމަސް އެ ވުޒާރާއިން ބުނެއެވެ.

މީގެ ތެރެއިން ފަލަސްތީނުގެ ޣައްޒާ އަށް ޔަހޫދީ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާ އަށް ކުރިމަތިވެފައިވާ އެކި އެކި މައްސަލަތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުން ވެސް ހިމެނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލޮމް މިއާ

    ސައުދީގައި އުޅޭ ލޯބި ލޯބި ކުދިން ރާއްޖެ ކުދިންނާ ހިތާވާކަހަލަ ކަމެއް ކުރުމަށްވެސް މަޝްވަރާކޮށްދެއްޗޭ
    މަ ވަރަށް ބޭނުން ސައުދީ ކުއްޖަކާ އިންނަން

  2. ހައްހައް

    ސަލާން ނުޖަހައްޗެ!

    3
    1
  3. ކުބޭ

    ފ އަތޮޅު ވިއްކާލަނީ....

    4
    3
  4. ހަސަންދީލ

    ތިބައްދަލުވުމަށް ފޯނު ވެއްދޭތަ!؟

  5. ހަސީނާ ދީދީ

    ހައްޖު ކޯޓާ އިތުރުކޮށްދެއްވާތި