ހުޅުމާލޭގައި ދުއްވަމުން ދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓް ސަރަހައްދުގައެވެ.

މިހާރު އާއްމުވެފައިވާ ވީޑިއޯއަކުން ފެނިގެން ދަނީ ހުދު ކުލައިގެ އެ ކާރުގެ ކުރީކޮޅުގައި އަލިފާން ރޯވެފައިވާ މަންޒަރެވެ.

މިރޭ 12:00 ޖެހި ހާއިރު މި ހާދިސާ ހިނގިއިރު، ސިފައިންގެ ފަޔާ އެންޑް ރެސްކިއު ވެހިކަލްގައި އެ ސަރަހައްދަަށް ގޮސް ހަރަކާތްތެރިވެފައި ވެއެވެ. އަދި ސިފައިންނާއި ފުލުހުންވެސް ހަރަކާތްތެރިވިއިރު، ބައެއް އާއްމުންވެސް އެ ސަރަހައްދުގައި ތިބި މަންޒަރު ފެނިގެން ދެއެވެ.

އާއްމުވެފައިވާ ވީޑިއޯއިން ފެނިގެން ދަނީ ޕާޕަލް ޓަވަރުތައް ކައިރީގައި ކާރުގައި ރޯވެފައި އޮތްއިރު، ދެ މީހަކު ވެގެން އަލިފާން ނިއްވުމުގައި ހަރަކާތްތެެވާ ތަނެވެ.

އަލިފާން ރޯވެފައި ވަނީ ޕްރައިވެޓް ކާރެއްގައެވެ. އެ ކާރުގައި ރޯވާން މެދުވެރިވި ސަބަބެއް ނޭނގެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށާއި މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މަވެސް ދެކުނިން ޓުރީޓޮޕް ކައިރިން ސިފައިންގެ ފަޔާ އެންޑް ރެސްކިއު ވެހިކަލް ސައިރެން އަޅަމުން އޭގެ ދުވެލީގަ ދިޔަތަން ، ހިތައްއެރި ހިޔާޓަވަރޭވެސް އުފާކުރަން ހިޔާޓަވަރަކައް ނުވިކަން.