އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް އެ ޕާޓިން ނިންމައިފިއެވެ.

އެމްޑީޕީން ހާމަކުރި ގޮތުގައި އެޕާޓީގެ ގައުމީ ޖަލްސާ މިރޭ 8:30 ގައި އެ ޕާޓީގެ މައި އޮފީހުގައި އޮންނާނެއެވެ. މި ޖަލްސާގެ އެޖެންޑާ އަދި ހާމަކޮށްފައެއްނުވެއެވެ.

މިއީ މަޖިލިސް އިންތިހާބުގައި ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު އެޕާޓިން ބާއްވާ ގައުމީ މަޖިލީހުގެ ފުރަތަމަ ޖަލްސާއެވެ.

އެމްޑީޕީން މިރޭ ބާއްވާ ޖަލްސާގައި އެ ޕާޓީއަށް ލިބުނު ބޮޑު ނާކާމީޔާބީއާ ގުޅިގެން މަޝްވަރާކޮށް ޕާޓީގެ އެތެރޭގެ މަޝްވަރާތައް ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީއަށް ލިބުނީ އެންމެ 12 ގޮނޑިއެވެ.

މިއީ އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓިން ވަކިވެ ވަޑައިގަތުމަށްފަހު އާ ޕާޓިއެއް އުފެއްދެވުމުން އެމްޑީޕީ ބައިބައިވެ މިފަދަ ބޮޑު އިންތިހާބަކާ ކުރިމަތިލި ފުރަތަމަ ފަހަރެވެ.

މަޖިލިސް އިންތިހާބުގައި ސަރުކާރަށް ސުޕަ މެޖޯރިޓީ ލިބިފައިވާއިރު އަމިއްލަގޮތުން ވާދަކޮށް އިންތިހާބު ކާމިޔާބު ކުރެއްވި ގިނަ މެމްބަރުންވެސް ވަނީ ސަރުކާރާ ގުޅިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތުއްތު އައްޑޫ

    އެމްޑީޕީ އެއް އެބައޮތްތަ؟

    26
    2
  2. ނަސޭހަތް

    ޕާޓީ ރިބްރޭްޑްކޮށް އާމޫނުތަކެއް މަތިފަޑިން ފެނިއްޖެނަމަ
    ގެއްލިފައިވާ އިތުބާރު ހޯދުމަށް ފަސޭހަވާނެއެވެ އެކަމަކު ޑިމަކްރެޓްސް މޑޕ އާއި އަލުން އެއްކޮށްފިނަމަ މޑޕ ގެޒަމާން ދިއައީއެވެ ޑިމަކްރަޓްސް މޑޕ އާގުޅެން މިހާރު
    ވަރަށް ބޭނުންވާނެއެވެ އޭތި ސޮއްސާލާފައިވަނީ ވަރަށް ދުރަށެވެ.

    22
    6
  3. އޭނާ

    ކަލޭމެންހީކުރީ ކަލޭމެންނައްވޯޓުއެޅި އެމްޑީޕީވެކަމައްތަ. ނޯނޯ.... ޔާމީންހިންގިޖަރީމާތަކާދެކޮޅައް އެޅިވޯޓެއް އެއީ. ކަލޭމެންފެއިލްވީ ކަލޭމެންގެ އިންޑިއާފަސްޓް ޕޮލިސީއާހެދި. އިންޑިއާފަސްޓްޕޮލިސީ މިޤައުމުގަ ނުހިންގޭނެ. ކަލޭމެންނައްޗާންސްއެއްއޮތީ ޕާޓީރިސްޓަކްޗަރކޮއްގެން އިޙްލާސްތެރި މޫނުތަކަކާއެކު ރައްޔިތުންކުރިމައްޗައްނުކުމެގެން. ޑީއާރުޕީންއައި ފަޑުއްކަތައްވެސްބޭރުކޮއްގެންވާނީ. ކޮރަޕްޝަނޭގޮވަން ކޮރަޕްޓްވެފަތިބިމީހުންނުކުތަކަސް ރައްޔިތުންބަލައެއްނުގަންނާނެ

  4. ނަސީދު

    މިރޭ ރީނދޫ ބަނޑު ހަންގަނޑު އުވާލަން ނިންމާނެކަމަށް އުންމީދުކުރަން. ވަރަށް ސަލާން

    12
    3