ކ. ހިންމަފުށީގައި މިއަދު ފަށައި މުޅި ރާއްޖޭގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ "އޮޕަރޭޝަން ކުރަންގި"ގެ މަޤްސަދަކީ ރާއްޖޭގައި ތިބި ބިދޭސީން ހިފާ ހައްޔަރުކޮށް އަނބުރާ ގައުމަށް ފޮނުވާލުން ނޫން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއިން ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ގާނޫނާ ހިލާފަށް އުޅޭ ބިދޭސީން ނިޒާމުގެ ތެރެއަށް ފެއްތުމަށް ފަށާފައިވާ "އޮޕަރޭޝަން ކުރަނގި" ފެށުމަށް ހިންމަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގައުމީ ސެކިއުރިޓީއަށް އޮތް ނުރައްކަލެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ. ނަމަވެސް "އޮޕަރޭޝަން ކުރަނގި" ގެ ބޭނުމަކީ ބިދޭސީން ހައްޔަރުކޮށް އަނބުރާ ފޮނުވާލުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މިވަގުތު މި އޮޕަރޭޝަނުގެ އެއްވެސް ވިސްނުމެއް ނޫން މީހުން ހިފާ ހައްޔަރުކޮށް ބޭރަށް ފޮނުވާލުމަކީ، މިވަގުތު އޮޕަރޭޝަންގެ ފުލް ފޯކަސްއަކީ މީހުންތައް ދެނެގަނެ ކާކު ހުރީ ކޮންތާކުތޯ ކީއްކުރަނީތޯ އެމީހާ، އެމީހާގެ އައިޑެންޓިޓީއަކީ ކޮބައިތޯ މި ކަށަވަރުކުރުން." އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، ހިންމަފުށީގައި ކޮންސްޓަރަކްޝަން މަސައްކަތާއި، ކެއްކުން އަދި ކުނިކެހުމުގެ މަސައްކަތުގައިވެސް ބިދޭސީން މަސައްކަތްކުރަމުންދާ ކަމަށާއި މިފަދަ ބައެއް މީހުންނަކީ ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ކަމަށެވެ.

ރާއްޖޭގައި ޤަވައިދު ހެދިފައި އޮތް ގޮތުން އެކެއްގެ ނަމުގައި ނުވަތަ އެއް ކުންފުންޏެއްގެ ނަމުގައި ރާއްޖެ އެތެރެކޮށްފައި ހުންނަ މީހަކު އެހެން ކުންފުންޏެއްގައި މަސައްކަތް ކުރަން ދިޔުމަކީ އޭގެ ޒާތުގައި ޤަވައިދާ ޚިލާފުވުން ކަމަށާއި އެއީ ރާއްޖޭގައި މިހާރު ވަރަށް އާންމު ކަމެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި އޭގެ ސަބަބުން އިޖްތިމާއީ ގިނަ މައްސަލަތައް ފެންމަތިވެ ދައުލަތުގެ ސެކިއުރިޓީއަށް އޭގެ އަސަރު ކުރާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

"ވަރަށް ގިނަ ފަރާތްތަކުން ދާއިމީ ގޮތެއްގައި އެކަން ކުރައްވަމުން އެބަ ގެންދަވާ." އިހުސާން ވިދާޅުވިއެވެ.

އިހުސާން އިތުރަށް ވިދާޅުވީ، މިއަދު ފެށިގެން ކުރިއަށް ދާ އޮޕަރޭޝަން ތެރޭގައިވެސް ވަގުތުން އެމީހާ ލީގަލައިޒް ނުވަތަ ރެގިއުލައިޒް ކުރެވެންޏާ ވަގުތުން އެކަން ކޮށްދޭނެ ކަމަށެވެ. އެގޮތުން ފިލައިގެން އުޅޭ ބިދޭސީންވެސް އެމީހަކު ބޭނުންވާ ރަށެއްގައި ބޭނުން މީހެއްގެ ނަން މައްޗަށް ބަދަލުވުމުގެ ފުރުސަތު ދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްރަށުގައި ތިބޭ ބޭރު މީހުންގެ ދަފްތަރެއް ބެލެހެއްޓުމަށް ކައުންސިލްތަކުގެ މެންޑޭޓުގައި ހިމެނޭކަން ފާހަގަކުރައްވަމުން އިހުސާން ވިދާޅުވީ، މިހާރު މިއޮތް ހާލަތުން އެކަން ކުރުމަށް ކައުންސިލްތަކަށް އުދަގޫވެދާނެ ކަމަށެވެ. އެހެންކަމުން މިނިސްޓްރީގެ ޑޭޓާތަކަށް ކައުންސިލަށް އެކްސެސް ދޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ބިދޭސީން ނިޒާމުގެ ތެރެއަށް ގެނައުމަށް "އޮޕަރޭޝަން ކުރަނގި" މިއަދު ފަށައިފި

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހެޕީ

    ދެން ދިވެހި ރައްޔިތުކަން ދޭންތަ! ތިކަން ތިކުރަނީ ؟ ތިމީގުންގެ އުދަގޫ ބޮޑުކަމުން އުޅޭއިރު ތިކިޔަނީ ހިފާހައްޔަރު ނޮކޮށް ރައްވެހިކަމާ ވަޒީފާ ދޭން ތަތިއުޅެނީ ދެން؟

    12
    3
  2. Anonymous

    އެހެންޏާ ބަތްކައްކާކުޅެންތަ!

    6
    3
  3. ފަހުމީ

    ވަގަށް އެތެރެވާ ދޮރުގައި ބޮޑުތަޅު އަޅުވާ! ޢަދި އިމިގްރޭޝަންގެ ޝާމިލުވުން މިކަމުގައި އޮތްކަން ގަބޫލު ކުރެވޭ. ޢެތެރެވާމީހުންގެ ކޯޓާއާއި ވިސާގެ ކަންކަން ހަރުދަނާކުރޭ! ކުޑަ ނާޖާއިޒް ފައިދާއަކަށް މުޅި ދިވެހި ގައުމަށް ލިބިގެންދާ ދިގިދެމިގެންދާ ގެއްލުމުގެ ހިއްސާދާރުންނަށް ބޮޑެތިއަދަބުދީ! ބިދޭސީންނަށް މަސައްކަތްކުރެވޭނެ ދާއިރާތަކާއި އުސޫލެއް ކަނޑައަޅައިދީ.. އެއީ ޔުނިފޯމް ބޮޑީއެއްގައި ކަމަށްވިޔަސް ނޫނީ އެއްކޮޓެއްގައި ކަމަށްވިޔަސް ދެން ރަނގަޅު ގޮތަކަށް..

    11
  4. ފަހުމީ

    ވަގަށް އެތެރެވާ ދޮރުގައި ބޮޑުތަޅު އަޅުވާ! ޢަދި އިމިގްރޭޝަންގެ ޝާމިލުވުން މިކަމުގައި އޮތްކަން ގަބޫލު ކުރެވޭ. ޢެތެރެވާމީހުންގެ ކޯޓާއާއި ވިސާގެ ކަންކަން ހަރުދަނާކުރޭ! ކުޑަ ނާޖާއިޒް ފައިދާއަކަށް މުޅި ދިވެހި ގައުމަށް ލިބިގެންދާ ދިގިދެމިގެންދާ ގެއްލުމުގެ ހިއްސާދާރުންނަށް ބޮޑެތިއަދަބުދީ! ބިދޭސީންނަށް މަސައްކަތްކުރެވޭނެ ދާއިރާތަކާއި އުސޫލެއް ކަނޑައަޅައިދީ.. އެއީ ޔުނިފޯމް ބޮޑީއެއްގައި ކަމަށްވިޔަސް ނޫނީ އެސްކޮޓެއްގައި ކަމަށްވިޔަސް ދެން ރަނގަޅު ގޮތަކަށް

  5. ނަތަންޔާހޫ

    މަނިކުފާނުމެން ހުއްދަ ދީގެން މަނިކުފާނުމެންގެ ފައިދާ އަށޯ ދާދި ފަހުން ބަންގްލަދޭސް މީހުން އެތެރެކުރުމުގެ ހުއްދަ ދިނުމަށްފަހު މިހާރު ބަންދު ކުރީ މިރަށުތެރޭގައި ކިޔާ އަޑު އަހަނމު! މިއީ ތެދެއްތޯ މަނިކުފާނޫ!

    2
    3
  6. ލޫޓުވާ

    އިހުސާނުގެ ރާގު ބަދަލުވެއްޖެ. ކޮންމެ ވެރިކަމެއްގަވެސްވަނީ ތިހެން. ކުރީކޮޅު ވަރަށް ފުއްޕާނެ. ވިޔަފާރިވެރިންގެ ޕްރެޝަރު ބޮޑުވެ އެކަން ހިންދާލަންޖެހޭނީ. ބިދޭސީންގެ ނުފޫޒު މިގައުމުގަ ވަރަށް ގަދަ. ސަރުކާރުގެ ވެރިންވެސް އެމީހުންގެ ދަށުވެފަމިތިބެނީ.

    8
    1
  7. ވެރިން

    އޮޕަރޭޝަން އަށް ކިޔާފަ އޮތް ނަމުން ބޮޑައް ދެހަވަނީ ހިފާ ހައްޔަރު ކޮށް ބަންދުކުރުން.

    2
    1
  8. ޙްލއ

    ބަލަ ފިޔަވަޅެއް އަޅަން ނުނިންމަ ތިކަން ކަން ބެލުމުގެ މަގުސަދަކީ ކޮބާ؟

  9. ހައްހައް

    ކޮބާ އެއްކަލަތަން އެ އައީ. ބޮޑު ރެގުލަރައިޒް. އިހުސާން ބޮޑުތަނުން ފޭލި!

  10. Anonymous

    އެކަން އެނގޭ ،، ބިދޭސިން ރެގިއުލޭޓް ކުރުމުގެ ނަމުގައި ބޮޑެތި އަދަދުން ފައިސާ އަތުލުން.. އެއީ އެއް މަގުސަދު .. އަނެއް މަގުސަދަކީ މެޑިކަލް ހެއްދުމުގެ ނަމުގައި އެލީޓް މެޑިކަލް އަށް ލާރިގަނޑެއް ހޯދުން...

  11. ކުރަފި

    ނުވެސް ކުރެވޭން ތިހެން ްައަނގަ ްއަރުވާތިބޭ 5 އަހަރު ނިމެން ދެން ބިދޭސީން ނަކާ ނުކުލެވޭނެ ކަލޯ މެން ގެ ފެންވަރެއް ނޫން

  12. ނަސީރު

    ދެން ކޮބައިތޯ މަގުސަދަކީ ، އަނެއްކާވެސް އެވެރިންނައް ކަންމަތީ އިތުރު ފިހާރަތަކާ ކޮފީ ބޯ ތަންތަން ހިންގުމައް އެހީތެރިކަން ދިނުންތޯ ،