މީސް މީޑިއާގައި ބަރަހަނާ ފޮޓޯތަކެއް އާއްމު ކުރަމުން ގެންދާ ފިރިހެނެއް ކަމަށްވާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ހައްޔަރު ކޮށްފިއެވެ.

މީސްމީޑިއާގައި ފާޅުކަން ބޮޑު ގޮތެއްގައި އަންހެން ހެދުން އަޅައިގެން މޭކްއަޕްކޮށްގެން ފޮޓޯތައް އަޕްލޯޑް ކުރަމުން އަންނަ ނަބީލުގެ މައްސަލަ ފުލުހުން ދެވަނަ ފަހަރަށް ބަލަން ފަށާފައިވަނީ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު މީސްމީޑިއާގައި ފާޅު ކުރުމުންނެވެ.

އެގޮތުން އިއްޔެ ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް، އަހުމަދު ޝިފާން ވިދާޅުވީ، އެ އެކައުންޓާއި ގުޅިގެން ފުލުހުން ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

ފުލުހުން މިއަދު ވިދާޅުވީ، އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން މީސްމީޑިއާގައި ވީޑިއޯ ޝާއިއު ކުރަމުން ދިޔަ 39 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އަދި މިމައްސަލައާއި ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިމައްސަލައިގައި އޭނާ ހައްޔަރު ކޮށްފައިވާއިރު، މީގެ ކުރިން ވެސް އޭނާގެ މައްސަލައެއް ފުލުހުން ވަނީ ބަލާފައެވެ. އެ ފަހަރު އޭނާ ވަނީ ބަރަހަނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. އެ މައްސަލައިގައި އޭނާ އެއް އަހަރު ދުވަހަށް ޖަލަށްލުމަށް ވެސް ހުކުމް ކުރިއެވެ.

އެ ހުކުމް ތަންފީޒްކުރުމަށް ފަހު އޭނާ ވަނީ ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޙުސެން

    ތީނަ ހައްޔަރު ކޮއްފަ ބެހެއްޓޭނެ ގޮތެއް ނެއްތަ..މިގައުމައްޖެހިފަ އޮއް ހުމެއްތީ..

    14
  2. މިގާރު

    މިފަހަރު ސަހަލިގޮތަކަށް ދޫކޮށްގެން ނުވާނެ. އަހަރެމެންގެ ދަރިންގެ ޒިންދަގީ ދުއްވާލަން ތިސޮރު ރާވައިގެން ނޫނީ ބަޔަކު ރާވައިދީގެން ތިއުޅެޅީ. މިފަހަރު އަދި ބަލަން ޖެހޭނެ ތިޖަމުގެ އަޑީގައި ތިބީ ކޮންބައެއް ކަންވެސް.

    16
  3. ނަބީލް

    ނަބީލް ނިވާކަން ކުޑަ ގޮތަކަށް ހެދުން އެޅީމަ ހައްޔަރު ކޮށްފަ، އެބައެއްގެ މުޅި ހަށިގަނޑު ނިވާކުރުމަށް އެންގެވި މީހުން މަގުމަތީގަ ނިވާކަން ކުޑަ ގޮތްގޮތަށް ގަޔަށް ބާރު ހެދުން ލައިގެން މަގުމަތީގަ ބަނޑި ބަނޑި ލައްވަމުން މަގުމަތީގަ އުޅުނަސް ފުލުހުންނަކަށް ނުފެނޭ ތަ؟

    4
    11
  4. Anonymous

    މުސްލިމު ޤައުމެއްމީ ހިތަށް އެރިހާ ގޮތަކަށް އުޅެން ފުރުޞަތު ދެވިގެން ނުވާނެ. އަމްދަކުން ދީނާއި ޚިލާފް ޢަމަލުތައް ކުރާއިރު.
    ނިމިދިޔަ ފަސްއަހަރު މިކަހަލަ މީހުންނަށް ރަންޒަމާން. މިސްކިތްތަކަށް ވުރެ މަސާޖު ކުރާ ތަންތަން ގިނައޭ ކިޔާ . ބަންދުކޮށް ފިޔަވަޅު އަޅަންވީ

    12
  5. މިސްޓަރ ޓިނޭ

    ކިލްދަ ބާސްޓަޜޑް

    9
    2
  6. މއކ

    ތިމީހަކު 'އިއްދައިން' ކެނޑެންދެން ޖަލުގަ ބަހައްޓަބަލަ

    11
  7. Anonymous

    ބޮޑު ބަލާއެއްތީ ، މަސްހޫރުވާން ދޯ ....ޔާޔާ

    ޢުމުރަށް ޖަލުގައި ބާއްވާ ނޫނީ ގައުމުން ބޭރުކޮށްލާ

    17
  8. ޅާމް

    މިނާ ބޮލަށްބޭސް ކުރަންވެއްޖެނުން. މި ވަރު ބޮޑު ލައުނަތްހުރި ފާފައެއް ފާޅުގައި ކޮށް މުޅި ދުނިޔެއަށް ދައްކަމުންދާއިރު މީނާ ގެ އަގީދާއާއި މެދު ސުވާލު އުފައްދަން ނުޖެހޭތޯ ؟

    15
  9. ޢަލީ

    މިއޮތީ ޔާޔާމެންގެ ވާހަކަ!
    ''ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.''
    (24:19-ޤުރުއާން)

    20
  10. އަހުމަދު

    ނުބައިއިކަންތައް ފަތުރަންއުޅުމަކީ މާނުރައްކާ ގެއްލުންހުރިކަމެއް! އޭގެ ނުބައިއަސަރު ކެނޑިގެން ނުދާކަމެއް!

    19
  11. ތުއްރަވާސް

    ދެންވާނީ މޮޔައަކަށްތޯއްޗެ ތިސޮރު. މިރާއްޖޭގައި މޮޔަވެގެންވެސް ކުރަން އެނގެނީ ލާދީނީކަމެއް.