ހަންކެޑެ ސަރަހައްދުގައި އިންޑިއާގެ އެފްކޮންސް އިންފްރާންސްޓްރަކްޗާއިން ހަދަމުންދާ ބްރިޖްގެ މަސައްކަތުގެ %90 ނިމިއްޖެއެވެ.

އައްޑޫގެ ފޯ-ލޭން ޑީޓުއަރ ލިންކްގައި ތާރު އެޅުމުގެ މަސައްކަތް ފެށީ މި މަހުގެ 18 ވަނަ ދުވަހެވެ.

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދުު ބުނީ އެ މަސައްކަތުގެ %90 ނިމިފައިވާ ކަަމަށެވެ.

‏މި މަޝްރޫޢުގައި ދެ ބްރިޖާއި ތިން އެމްބޭންކްމަންޓްސް ހިމެނެއެވެ. މި ލިންކްގެ ދިގުމިނުގައި 1.463 ކިލޯމީޓަރު ހުރެއެވެ.

2021 ގެ އޮކްޓޯބަރު މަހުގެ ތެރޭގައި މި މަޝްރޫއުގެ މަސައްކަތް ފެށިއިރު، މިއީ 1.4 ކިލޯމީޓަރުގެ ހަތަރު ލޭން ހިމެނޭ ބްރިޖެކެވެ.

ހަންކެޑެ ތަރައްގީ ކުރަނީ އެ ރަށާއި ގައުކެނޑިއާ ދެމެދު އޮތް ބްރިޖު ބަދަލުކޮށް، އެ ހިސާބުގައި ވަކި ބްރިޖް އަޅައިގެންނެވެ.

ހަންކެޑެ ވަށައިގެން ބްރިޖެއް ހެދުމުގެ ބޭނުމަކީ އެތަން ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށް ބޭނުންވާ ޕްރޮޖެކްޓަށް ހަންކެޑެ ވަކި ކުރުމެވެ.

ހަންކެޑެ އަކީ ރިއަލް ސްޓޭޓް ޓޫރިޒަމަށް ސަރުކާރުން ހަމަޖައްސާފައިވާ ތަނެކެވެ. މި މަސައްކަތް ކުރުމަށް ނިންމާފައިވަނީ ޑިސެމްބަރު 2، 2021 ގައެވެ.

ހަންކެޑަ ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އެމްއެފްއެމްސީ އިންނެވެ.