މާލޭ ކަސްޓޯޑިއަލް ޖަލަށް ޑްރަގް އަޅާފައި ހުރި ކޮތަޅެއް ވައްދަން އުޅުނު ދެ މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ 41 އަހަރުގެ މީހަކާއި 39 އަހަރުގެ މީހެކެވެ. އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ދެ މީހުންގެ ބަންދަށް ވެސް ތިން ދުވަސް ޖަހާފައެވެ.

ކޯޓު އަމުރުތަކުގައިވާ ގޮތުން އެ ދެ މީހުން ވެސް ބުނެފައި ވަނީ އެއީ މީހަކު ބުނެގެން ފައިސާއަށް ކޮށްދިން މަސައްކަތެއް ކަމަށެވެ. އަދި އެ ދެ މީހުން ވެސް ބުނެފައި ވަނީ އެ މީހުންނާ ހަވާލު ކުރީ މާލޭ ކަސްޓޯޑިއަލްއަށް ކޮތަޅެއް ގެންދިޔުން ކަމަށެވެ.

ބަންދުކޮށްފައި މީހުން ބައިތިއްބާ މަރުކަޒަކަށް މަސްތުވާތަކެތި ވައްދަން މަސައްކަތް ކުރި ކަމުގެ ތުހުމަތު ކުރެވޭއިރު އެ ދެ މީހުންނަކީ ވެސް ހައްޔަރާއި ބަންދު ރެކޯޑު ގިނަ ދެ މީހުން ކަމަށް ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

އެ ދެ މީހުން ވެސް ބަންދުކޮށްފައި ވަނީ ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތައް ނުރައްރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެތީ ތިންދުވަސް ޖެހީ ވަރައް ސަޅި.ހަމަ ހިނި އަންނަނީ

  2. ދާމޫ

    ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެތީ ތިންދުވަސް ޖެހީ ވަރައް ސަޅި.ހަމަ ހިނި އަންނަނީ

  3. ޣާޒީ

    އެއްމެ ދުވަސ؟