ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންތަކަކާ މެދު މާރާމާރީ ހިންގި ބިދޭސީ މީހާގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކޮށްފިއެވެ.

ވީއައޭގެ އިންޓަރނޭޝަނަލް ޓާމިނަލްއަށް ފުރަން ގޮސް ހުރި ފަތުރުވެރިޔަކު އެއާލައިނެއްގެ ދިވެހި މުވައްޒަފުންތަކަކަށް ހަމަލާދިނީ އިއްޔެއެވެ.

ފުލުހުން ވަނީ އިއްޔެ އެ ބިދޭސީ މީހާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްފައެވެ. އެ ކޯޓުން ވަނީ ޝަރުތުކުރުމަށްފަހު އޭނާ ދޫކޮށްލާފައެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި އެ ބިދޭސީ މީހާ ބަންދުނުކޮށް ދޫކޮށްލާފައިވަނީ ޕާސްޕޯޓު ހިފެހެއްޓުމަށްފަހު އަދި ރާއްޖެއިން ނުފުރުމަށް އެންގުމަށްފަހުއެވެ.

ހަމަލާދޭ ވީޑިއޯ މީސް މީޑިއާގައި އާންމުވެފައިވާއިރު، ފުރަން ގޮސް ހުރި ބިދޭސީ މީހާ އެތަނުގައި އަޑުގަދަކޮށް މުވައްޒަފަކަށް ހަމަލާދޭތަން ފެނެއެވެ. އަދި އިތުރު މުވައްޒަފަކު އޭނާ ކޮށްޕާލުމުން އެ މުވައްޒަފަށްވެސް ހަމަލާދީފައިވެއެވެ. ދިފާއުގައި މުވައްޒަފުވެސް އޭނާ ކޮށްޕާލާތަން ފެނެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ސަރަފަކައްދަ

    މި ޤައުމުގާ ބިދޭސީން ދިވެހިންނަށް ވުރެ މާ ބާރުގަދަ. ވާނީވެސް އެހެންތާ! ދިވެހިން މިތިބެނީ އެވެރިން ދިއްކޮއްލާ މަދު ފައިސާ ފޮއްޗެއްގެ ދަހިވެތި ކަމުގައި. އެއީ އެންމެ މަތިން ތިރިއަށް ވިއަސް. މިއީ މިއަދުމި ޤައުމުގެ ހާލަތަކީ! ތި މީހާވެސް ހަމަ ޖެހޭނީ ދޫކުރަން. އެއްކަމެއްވެސް ނުކުރެވޭނެޔޯ މި ރަށުތެރޭގައި ކިޔާ އަޑު އަހަނމު!

  2. މިދުހަމް

    ކޮން ގައުމެއްގެ ކާކު؟

  3. އަޖާއިބު

    ހުރިހާ ނޫހެއްްގައި އެމީހާގެ ވާހަކަތައް ލިޔުނު އިރުވެސް އެންމެ ނޫހެއްްގައި ވެސް އެއީ ކޮން ގައުމެއްގެ މީހެއްކަން ޖަހާލާކަށް ނޭނގުނު. ކީއްވެބާ؟

  4. އުސް

    ލޯކުރިމަތީ ހިނގާފަ ހުންނަ ކަންކަމަށް ތަހުގީގޭ ކިޔާގެން ވަގުތު ބެކާރު ކުރަން އިނގޭނީ މި ފުލުހުންނަށް. ރާއްޖެ އިސްލާހެއް ނުވާނެ ދުވަހަކުވެސް.

  5. އިބްރާހިމް

    މިގައުމުގައި ބޭނުންގޮތަކަށް ނުއުޅެވޭނެކަން އަޅުގަޑުމެންގެ މެހެމާނުންނަށްވެސް ދައްކާލާތި!

    14
  6. މަހުދީ

    ހަމަތިޔަގޮތަށް ދިވެއްސަކު މާރާމާރީހިންގައިފިނަމަ ކޯޓުން އަމަލުކުރާނެބާ؟ މީގައި ފުލުހުން ކޯޓުގައި އެދުނުގޮތެެއް އިގުން ވަރަށް މުހިންމު!

    9
    1
  7. ޖަމަލު

    ތިޔަ ފަތުރުވެރިއަކީ އާދަޔާހިލާފު މީހެއް އެހެންގައުމެއްގަ އެއަރޕޯޓުގަ ތިފަދަ މުޑުދާރު ކަންތަށްކުރާމީހުންނަށް ހަރުކަށިޗއަދަބުދޭނެ މިރާއްޖޭގެ ކޯޓުތަށްވެސް އެބަޖެހޭ އެފަދަ މީހުންނަށް ހަރުކަށި އަދަބުދީ ޖަލަށްލާން.

    15
  8. ޖަމަލު

    ތިޔަ ފަތުރުވެރިއަކީ އާދަޔާހިލާފު މީހެއް އެހެންގައުމެއްގަ އެއަރޕޯޓުގަ ތިފަދަ މުޑުދާރު ކަންތަށްކުރާމީހުންނަށް ހަރުކަށިއަދަބުދޭނެ މިރާއްޖޭގެ ކޯޓުތަށްވެސް އެބަޖެހޭ އެފަދަ މީހުންނަށް ހަރުކަށި އަދަބުދީ ޖަލަށްލާން.

  9. ޒުލޭ

    ދުނިޔޭގެ ހުރިހާ އެއަރޕޯޓު ތަކެއްގަ ސަލާމަތީ ސިފައިން ހަތިޔާރާއިއެކު ގޭޓުތަކުގެ ތެރެއިން ގޭޓެއްގަ ތިބޭ މިރާއްޖޭގަ މިކަން ނުކުރެވެންވީ ސަބަބެއްނެތް އެފަދަ ހާޖާނުހިންގާ މީހުން ޖެހިލުންވާނެ އެއަރޕޯޓުގަ ހިތިޔާރު ހިފައިގެން ސިފައިން ތިބެންޏާ.

    12
    • އސ

      ރާއްޖޭގެ އެއާޕޯޓު ތަކުގައި ސިފައިން އުޅޭ. އެކަމަކު އެއީ ވެސް ނަމަކަށް، ފޮނި ދައްކަން އުޅޭ ބައެއް.

  10. ޒުލޭ

    ދުނިޔޭގެ ހުރިހާ އެއަރޕޯޓު ތަކެއްގަ ސަލާމަތީ ސިފައިން ހަތިޔާރާއިއެކު ގޭޓުތަކުގެ ތެރެއިން ގޭޓެއްގަ ތިބޭ މިރާއްޖޭގަ މިކަން ނުކުރެވެންވީ ސަބަބެއްނެތް އެފަދަ ހާޖާނުހިންގާ މީހުން ޖެހިލުންވާނެ އެއަރޕޯޓުގަ ހަތިޔާރު ހިފައިގެން ސިފައިން ތިބެންޏާ.

  11. ކުރުސީ

    އޭތި ޖަލުގަ ބަންދުކުރޭ!

  12. އިބުރޭ

    ވަރަށް ދެރަ ކަމެއް. ކޯޓުން ތިޔަ އަމުރުކުރީ ރަނގަޅަކަށް ނޫން. އެއީ ޖަލުގައި ބަންދު ކުރެވެން ޖެހޭނެ މީހެއް. ހަރުކަށި އަދަބު ދެވެން ޖެހޭނެ. ފުލުހުން އައިސް އެެއާރޕޯޓުން އެމީހާ ގެންދިޔައީވެސް ބިޑިވެސް ނާޅުވާ. މީ ކޮންކަހަލަ ގައުމެއްތަ؟ ރާއްޖެ ނޫން ހުރިހާ ގައުމުތަކުގައި އެއާރޕޯޓްގައި ސެކިއުރިޓީ ބަލަހައްޓާ މީހުން ހަތިޔާރާއިއެކު ޑިއުޓީ ކުރޭ. ފައިޓްބެކް ކުރި ސްޓާފްއަށް މަގޭ ސެލިއުޓް.

    11
  13. އިބުރޭ

    އެމީހާ އެއަރޕޯޓް ސްޓާފް ގައިގައި ޖަހާ ހިސާބުން ސެކިއުރިޓީ ޖެހޭނެ އެމީހާ ވަގުތުން ބިމާ ހަމައަށް ތިރިކުރަން. ޓްރެއިންޑް އޮފިސަރުން ސެކިއުރިޓީގައި ނެތްކަމީ ހިތާމަހުރި ކަމެއް.

    14
  14. އަހައްމަދޫ

    ވަރައް ފުއްޕާފަ ހުރި ވައްތަރު ޖަހާ މީހެއް އެމެރިކާ މީހެއް ވީމަޔޯ. މީކުޑަކުޑަ ގައުމެއްވީމައޯ. އެހެން މީހުނައް މިސާލަކައް ކުޅި ދައްކާލަބަލަ. މިއޮތީ ޗާންސެއް އެހާފަސޭހައިން ދުކޮށްގެން ނުވާނެ