މި ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ޖަލަށްލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސަލާމަތްވާނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވެރިކަމަށް ވަޑައިގަންނަވައިގެން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު، ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުކޮށް، ރައީސް މައުމޫން ހައްޔަރުކުރީ އަމުރަށްފަހު ނެރުނު ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން ފެބްރުއަރީ ފަސް ވަނަ ދުވަހުއެވެ.

އަދި އެ މައްސަލައާ ގުޅިގެން ހިންގި ތަހުގީގަށް ފޯނު ނުދެއްވި މައްސަލާގައި ރައީސް މައުމޫން މިހާރުވެސް ގެންދަވަނީ އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅިކަމުގެ ތުހުމަތު ސާބިތުވެ އެއް އަހަރާއި ހަތް މަސް ދުވަހުގެ ޖަލު ހުކުމެއް މާފުށީ ޖަލުގައި ތަންފީޒު ކުރައްވަމުންނެވެ.

ކުޅުދުއްފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް މައުމޫން ހައްޔަރުކުރުމުން އިބޫއަށް ވުރެއް ބޮޑަށް އެމަނިކުފާނަށް އަސަރުކުރައްވާ ކަމަށެވެ. އަދި ރައީސް މައުމޫނަށް ހެޔޮ އެދޭ ބޭފުޅަކީ އެމަނިކުފާނުގެ ބޭބޭފުޅު ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.

"އަޅުގަނޑު މިދަންނަވަނީ ރައީސް މައުމޫނަށް އެންމެ ހެޔޮ އެދެނީ ރައީސް ޔާމީނޭ. ރައީސް ޔާމީން ވެރިކަމަށް އައިސްގެނޭ ރައީސް މައުމޫނު ސަލާމަތް ކުރެވޭނީ. އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އައިސްގެން ނުވާނޭ،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް މައުމޫނު ޖަލުގައި އޮންނަން ޖެހިވަޑައިގެންނެވީ އިދިކޮޅު ފަރާތްތަކުގެ މަޅިއެއްގައި ޖެހިގެން ކަމަށެވެ. ނަމަވެސް ރައީސް މައުމޫނަކަސް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނުވަތަ އެހެން ބޭފުޅެއް ނަމަވެސް ގާނޫނާ ހިލާފުވެއްޖެނަމަ، އަދަބު ލިބޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރައީސް މައުމޫން ބޭނުންފުޅުވަނީ ރައީސް މައުމޫނުގެ ލެގަސީ މިގައުމުގައި ތާއަބަދަށް ދެމި އޮތުމަށް ކަމަށެވެ.

"ރައީސް މައުމޫނު ބޭނުންވީ އެމަނިކުފާނުގެ ލެގަސީ ތާއަބަދަށް މިގައުމުގައި އޮންނަން. އަދި ބޭނުންވީ ޕްރައިމަރީއެއްގެ ތެރެއިން ފާރިޝް މައުމޫނަށް ޕީޕީއެމްގެ ޓީކެޓް ދީފައި ފާރިޝް މައުމޫން ވެރިކަމަށް ގެންނަން" އަބްދުއްރަހީމް ވިދާޅުވިއެވެ.

އުމުރު ފުޅުން 82 އަހަރުފުޅުގެ ރައީސް މައުމޫން މިނިވަން ވާނީ ރައީސް މައުމޫން ވެރިކަމަށް ވަޑައިގަތުމުން ކަމަށް އަދުރޭ ވިދާޅުވިއިރު، އެމަނިކުފާނު ގޭގައި ހުންނެވޭނެ ފުރުސަތު އެކި ފަހަރު މަތިން އެރުއްވި ކަމަށާއި ފުލުހުންގެ ތަހުގީގަށް ރައީސް މައުމޫން ފޯނު ދެއްވިނަމަ، އެމަނިކުފާނު މިހާރު ހުންނަވާނީ ގޭގައި ކަމަށް ރައީސް ޔާމީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޒީނާ

    ތިޔައީ ހަމަތެދެއް، 50 ގުނަ 4 = 200000، ވަރައް ތަފާތު، ވަގުތު ނޫސް ހަޖަމް ވަންޔާ ޕޯސްޓް ކޮއްލަދީ

    • ހެހެ

      ތިހެން ކިޔާލާ ބްރިޖްމަތިން ދުއްވަމުން. ދެން އާރަންވޭ ބަލާލާފަވެސް. ހުޅުމާލެ ސެކަންޑްފޭސް އާއި ރައްރަށުގަ ވަމުންދާ ތަރައްގީއާމެދު ވިސްނާލާފަ 50 ހާސް ގުނަ ސާދަ އިން ރައޔިދުން އިރާދަ ކުރެއްވިއްޔާ ތަރައްގީއައް ވޯޓް ދޭންބޭނުންވާނެކަން ހިތައް އަރުވާލާ.

      • ބުރިޖު

        ބުރިޖާއި ރަންވޭ އާއި ހުޅުމާލެ ސެކަންޑް ފޭސް ހެދީ ޔާމީނު އައްޕަ ލާރިންތަ އަހަރުން އެ ބަލާފަ އެއަށް އަރަން ލަދު ގަންނަންވީ

  2. އުތުރު

    ކެނެރީގޭ ނަޝީދުގެ ހީލަތްތެރި މަޅީގައި މައުމޫނު
    ވެސް ވަނީ ތާށިވެފައެވެ ކ.ކޯލިޝަނުން މައުމޫނަށް ހަމްދަރުދީ ފާޅުކުރަނީ އެ ކެހިވެރި
    ރޭވުމުގެ ތެރެއިން މައުމޫނުގެ ޚިދުމަތުގެ ފައިދާ
    ނެގުމަށެވެ އިންތިޚާބަށްފަހު އެއްވެސް އެހީތެރިކަމެއް އެމީހުންގެ ފަރާތުން މައުމޫނަކަށް
    ނުދޭނެއެވެ ޖަލަކުންވެސް މިނިވަނެއް ނުކުރާނެއެވެ އެމީހުން ވެރިކަމަށް ހުރަސް އަޅަން މައުމޫނަށް ެއެއްވެސް ފުރުސަތެއްނުދޭނެއެވެ މިއީ ކަށަވަރު ކަމެކެވެ.

  3. ނޯޑަރް

    ކީކޭ ދެން ބުނާނީ. ވެރިކަމައް ބޫތު ކާފަހުރި ވަރު. .ވޯޓު ނުލިބޭނެތީ ބާރުގެ ބޭނުން ކުރަން ބަންދުކުރީ.މައުމޫން މިނިވަން ކުރަން ޔާމިން އައް ވޯޓުދޭންވީޔޯ. ކޮންމެ ކަމެއްވެސް ބާރުގެ ބޭނުން ކުރަނީ.ރާއްޖޭގަ އުޅެނީ ޔާމިންގެ އަޅުންތަ އަޅެ

  4. އަދުރޭ

    އަދުރޭ އެބުނީ ހަމަ ތެދެއް. އެންދެރިމާގެއަށް ނިސްބަތްވާމީހަކު، މައުމޫނަކަށް ހެވެއް ނޭދޭނެ. ހަނދާންކޮށްބަލަ، ކޮބާތަ ދޮންދީދީގެ ކުޅިގަނޑު.

  5. އެކުވެރިޔާ

    ޚަބަރު ލިޔުނު ކުއްޖާ ލިޔެވިފަ ހުރި މިސްޓޭކް ތައް ރަނގަޅުކޮއްލުން އެދެން

  6. މޫސަ

    މިހާރު ވެރިކަމުގައި ހުރީ ޔާމީނެއް ނޫންތަ؟މައުމޫނު ހުރީ ކޮންތާކު؟އަދުރޭ ގޮތް ހުސްވެގެން ކޮސް ގޮވަނީދޯ.

  7. ސަޢީދު

    އަދުރޭ ކަލޭ ކޮފީއެއް ބޯންވީނު

  8. ޒު

    50 ގުނަ 4 200000

  9. އިވީ

    ޔާމީނު މިހާރު ވެސް އެހުރޫ ވެރިކަމުގައި ނޫންތެ އަޅެ ފަހެ. ދެން ސަލާމަތް ކޮށްބެލަ މިހާރު ވެސް މައުމޫނު.

  10. އ.ޖ.އ

    މިހާރު ވެރިކަމުގަ ހުރީ ޔާމީނެއް ނޫންތަ؟
    ބުޅަލެއްދޯ؟