ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ބަންދުން ދޫކޮށްލައިފިއެވެ.

ރިޔާޒް ދޫކޮށްލުމަށް ކޯޓުން ނިންމީ، އޭނާ ދޫކޮށްލުމާއި މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.

އެނގިފައިވާ ގޮތުގައި ރިޔާޒު މައްސަލާގައި ހެބިއަސްކޯޕަސް އަމުރުގެ އަޑުއެހުމެއް މިއަދު ކޯޓްގައި ބާއްވަން އޮތީ ހަމަޖެހިފައެވެ. ރިޔާޒުގެ ފަރާތުން ހެބިއަސްކޯޕަސް މައްސަލައެއް ހުށަހަޅާފައިވަނީ ރިޔާޒުގެ މައްޗަށް މިދިޔަ އޭޕްރިލް މަހު ހައިކޯޓުން އިއްވި ހުކުމުގެ މުއްދަތު ހަމަވެފައިވާތީ މިހާރު ރިޔާޒު ބަންދުގައި ބަހައްޓާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެވެ.

ރިޔާޒުގެ ގާނޫނީ ވަކީލުން ބުނެފައިވަނީ ރިޔާޒުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ 4 މަހާއި 24 ދުވަހުގެ ޖަލު ޙުކުމްގެ މުއްދަތަށް ވުރެ އިތުރަށް ވެސް ރިޔާޒު މިހާރު ވަނީ ޖަލު ބަންދުގައި ހޭދަކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ތަހުގީގެއްގައި ރިޔާޒުގެ ފޯނު ހިފަހައްޓައި، ހުޅުވަން އެންގުމުން އެކަމަށް ރިޔާޒް ދެކޮޅު ހެދި މައްސަލައިގައި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅިކަމުގެ ދައުވާ ސާބިތުވެ ރިޔާޒު ހަތަރު މަހާއި 24 ދުވަހަކަށް ޖަލަށްލާން ހައި ކޯޓުން ހުކުމް ކުރީ މިދިޔަ އޭޕްރިލް މަހުގައެވެ. ނަމަވެސް އެ ހުކުމް ތަންފީޒު ކުރެއްވުމުން ވެސް ރިޔާޒު މިނިވަން ކޮށްފައެއް ނުވެއެވެ.

ރިޔާޒަށް ޖަލު ހުކުމް އިއްވީ، ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އޭނާ ބައެއް ފުލުހުންނާ ސުވާލުކޮށް، މުއާމަލާތްކުރި މައްސަލާގައި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ޝަރީއަތް ނިމެންދެން ކްރިމިނަލް ކޯޓުން އޭނާ ބަންދުކޮށްފައި ހުއްޓައެވެ. އޭގެ އިތުރުން ރިޔާޒުގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާއެއް ވެސް އުފުލާފައެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު ކަންވެސް ކުރައްވާފައިވާ ޢަބްދުﷲ ރިޔާޒު ފުލުހުން ހައްޔަރު ކޮށްފައިވަނީ އެކެއް ފެބުރުވަރީގެ އަމުރާ ގުޅިގެން ހިންގި ތަހުޤީގުތަކުގެ ތެރެއިން 2018 މާރޗް 12 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ދދދދދދ

    ބާޣީންތައް ގަންނަ ގަނޑު ފެންނާނެތާ.

  2. ދޮންނޭ

    ބޮޑެތި ކުށް ކުރުން މި ގައުމުގަ މަދު ކުރެވިދާނެ ކަމަށް ކުރެވުނު އުންމީދު ގެއްލިއްޖެ. ގައުމަށް ޣައްދާރު ވުންފަދަ ބޮޑެތި ކުށް ކޮށްފަ ތިބޭ މީހުން އެއް ބަޔަކު އަނެއް ބަޔަކަށް ވާދައަށާއި ޖެއްސުމަށް ދޫކޮށް މިނިވަން ކުރާއިރު މި ކުރެވެނީ ކިހާވަރުގެ ކަންތައް ކަމެއް ހިތަކަށް ނާރާ.

  3. ާސަން1432

    ކުޅިސަމާ ބަލަން ތިބެމާ ކޮކްޓެއިލް ކޯލިޝަން

  4. ވިސާހް

    ހަމަ ޖެހޭނީ ދޫކުރަން. ނާއިންސާފުން ހުކުންކުރި އެންމެން ޖެހޭނީ ދޫކުރަން.

  5. ޢިރުފާން

    ބާޣީ ނަމްބަރު 4 ތިޔަ ދޫކޮށްލީ! ތިޔައީ ވަގުތީ އުފަލެއް ބާޣީއަށްގެނެސްދޭ! ސަހަލަކުން ނުދާނެ! މިއީ ތޯތޯއެއްނޫން!

  6. ކަމަނަ

    ކަލޯ އަދި ބޮޑަށް

  7. އިބްރާ

    ވޯޓުން ގޮތްނިންމީމަ އޯކޭދޫކޮށްލިޔަސް. ދެން ރައީސްޔާމީނުގެ ވެރިކަމާއި ދެކޮޅަކަށް ނުނިކުމެވޭނެއެވެ. ބަންދުކުރަންޖެހުނީވެސް ދައުރު ފުރިހަމަނުވަނީސް ވެރިކަމާއި ދެކޮޅަށް ފިތުނަ އުފައްދާތީއެވެ. މިވެރިން ބަންދުކުރިފަހުން ގައުމު އަމާންވެގެންދިޔަކަން ފާހަގަކޮށް ނެންގެވި ޑިސިޝަނަށްޓަކައި ރައީސަށް ޝުކުރު ދަންނަވަން.

  8. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    ދުނިޔެއަކީ، ވަގުތީ ތަނެކެވެ. ދުނިޔޭގައި ހިނގާ ކޮންމެ ކަމަކީ ވަގުތީކަމެކެވެ. އިއްޔެ ހިތާމާގައި ތިބި މީހުން މިއަދު އެތިބީ އުފަލުގައެވެ. އިއްޔެ އުފަލުގައި ތިބި މީހުން މިއަދު އެތިބީ ހިތާމާގައެވެ.

  9. އިބްރާހިމް

    ބާޣީ، ނޫން ޣާޒީ ރިޔާޒު ދޫކޮއްލީ