އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވީހާވެސް އަވަހަކަށް، އިންޑިއާއަށް ވަޑައިގަތުމުގެ ދައުވަތު، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ދެއްވައިފި އެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމުން، މޯދީ ވަނީ އިބޫއާ ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވެފަ އެވެ. އަދި އިންޑިއާއަށް ވަޑައިގަތުމަށް ދިން ދައުވަތު އިބޫ ވަނީ ގަބޫލުފުޅު ކުރައްވާފައެވެ.މޯދީއާ އެކު ފޯނުން ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން "ރާއްޖެ ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި އިބޫ ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ރާއްޖެ އާއި އިންޑިއާއާ އޮތް ގުޅުން ހީނަރުވެފައިވާ ކަމަށް މޯދީ ވިދާޅުވި ކަމަށާއި އަދި އެކަން ރަނގަޅު ކުރުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި ކަމަށެވެ.

"އަޅުގަނޑު ދެންނެވިން އިންޑިއާ އަކީ އަބަދު ވެސް ރާއްޖެއާ އެންމެ ރަހުމަތްތެރި އެއް ގައުމު ކަމަށް. އަދި ކުރިއަށް އޮތްތަނުގައި ވެސް އިންޑިއާ އާއި ރާއްޖެ އާއި ދެމެދުގައި އޮންނަ ގުޅުން އެގޮތުގައި ބާއްވާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދިނިން،" އިބޫ ވިދާޅުވި އެވެ.

ރާއްޖޭގައި ޑިމޮކްރެސީ ކުރިއެރުވުމުގައި އިންޑިއާގެ އެހީތެރިކަން ބޭނުންވާނެ ކަމަށް މޯދީ އަރިހު ދެންނެވި ކަމަށާއި އެކަން ގަބޫލުފުޅު ކުރައްވައި، ރާއްޖޭގެ ތަރައްގީއަށް ކުރެވެން އޮތްހާ ކަމެއް ކޮށްދޭނެ ކަމަށް މޯދީ ވިދާޅުވި ކަމަށް އިބޫ ވިދާޅުވިއެވެ.

އަދި މުސްތަގުބަލުގައި ވެސް ހުރިހާ ޕާޓީތަކުން ގުޅިގެން މަސައްކަތް ކުރުމަށް މޯދީ އެދިވަޑައިގެންނެވި ކަމަށް އިބޫ ވިދާޅުވި އެވެ.

އިންޑިއާ ފާހަގަވެފައި އޮންނަނީ އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮންނަ ގައުމެއްގެ ގޮތުގައެވެ. ނަމަވެސް ރައީސް ވަހީދުގެ ވެރިކަމުގައި ޖީއެމްއާރް އަތުން އެއާޕޯޓް އަތުލި ފަހުން އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަނީ ހީނަރުވެފައެވެ. މޯދީ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާ އާއި ސަރަހައްދީ ހުރިހާ ގައުމަކާއި އޮންނަ ގުޅުން ވެސް ވަނީ ހީނަރުވެފައެވެ. ހާއްސަކޮށް ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ މީގެ ކުރިން ދުވަހަކުވެސް ގޯސް ނުވާވަރަށް ގޯސްވެފައެވެ. އެކަމުގެ މައިގަނޑު އެއް ސަބަބަކީ ރާއްޖެ އިން ޗައިނާ އާއި ގުޅުން ބަދަހި ކުރުމެވެ. އަދި އިންޑިއާ އިން ބުނާ ގޮތްތަކަށް ރައީސް ޔާމީންގެ ސަރުކާރުން ބޯނުލެނބުމެވެ.

ސިޔާސީ ނުވަ ބޭފުޅަކު މިނިވަންކުރަން އަމުރުކޮށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސިޔާސީ މަސްރަހުގައި ހިނގި ކަންތައްތަކާ މެދު އިންޑިއާއިން ކަންބޮޑުވުން ފާޅުކުރުމުން އިންޑިއާއިން ދެގައުމުގެ ދެމެދުގެ ގުޅުން އިތުރަށް ހީނަރުވިއެވެ.

ނަމަވެސް އެހީނަރުކަން އެއްފަރާތްކޮށް ހުރިހާ ގައުމަކާއި އެކުގައިވެސް ހަމަ ކަމާއި އެކުގައި ގުޅުން ބަދަހި ކުރާނެ ކަމަށް ރާއްޖޭގެ ރައީސްކަމަށް އިންތިހާބުވި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދުސޯލިހު (އިބޫ) ވަނީ ވިދާޅުވެފައެވެ.

މޯދީ، އިންޑިއާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް ރާއްޖެއަށް ވަޑައެއް ނުގަންނަވަ އެވެ. މިއީ މި ސަރަހައްދުން އަދި މޯދީ މިހާތަނަށް ވަޑައިނުގަންނަވާ ހަމައެކަނި ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު

55 ކޮމެންޓް

  1. ޑހ

    މޯދީގެ އުނގަށް ވެއްޓި އެއަރޕޯޓް އިންޑިޔާއަށް ވިއްކާލަން ޑީލްހަދަން އަވަހަށް ވަޑައިގަނޭ. މިތާ ފައްޅިއެއް އެޅޭތޯވެސް ބަލާދެއްވާތި. ޢެއިރުން އިހުލާސްތެރިކަން ދެއްކޭނީ. 11ގެ ކުރިން މަރުވެދާނެ ކޮންމެވެސް އެއްޗެއް.

    • މީ މަ

      ޢޭކީކޭ 11 އިގެ ކުރިން މަރުވެދާނެޔޭ ކޮންމެސްއެއްޗެއް. މިކަހަލަ ނުސީދާ ގޮތުން ބިރުގެންނެވުމުގެ ބަސްބަސް ބޭނުން ނުކުރައްޗޭ. މީ އިންޒާރެއް. ްަބޫލުނުކޮށްފިއްޔާ 11 އިގެ ކުރިން ދޫ ދަމައިގަންނާނަން

      • ދިވެހިދަރިއެއް

        މީ އިންޒާރެކޭ؟؟ ކަލޭމެންގެ ގޭމުތައް ފެނިއްޖެ. ދެނެއް ތިގޮތަކަށް ބިރެއް ނުދެއްކޭނެ. އޭނަ އެބުނީ މަރުވެދާނެ ވާހަކަ. މަރުވެސް ގަބޫލުނުކުރަނީތަ މިހާރު؟ އަހަރުމެންނަށްވެސް ކަލޭމެންގެ އަތާ ފައިވެސް ބުރިކުރެވިދާނެ. ހަޔާތް ކެނޑިގެން އުޅެވިދާނެ، އެކަމަކު ނޫޅެނީ ގޮތެއްވެސް ހުރީތީ. އޭގެ މާނައެއްނުން ބޭނުންހާ ކަމެއްކުރަން ދޫކުރާނަމެކޭ. މިފަހަރު ކަލޭމެން ގައުމުގަ ފާޑުފާޑުގެ ކުޅިތައް ކުޅެންޏާ އަހަރުމެން އާންމު ރައްޔިތުންގެ ބަސްވެސް އިއްވާނަން އިން ޝާ ﷲ.. ސިޔާސީ ބޮޑުންގެ ހައްގުގަ ރައްޔިތުން ލައްވަ ގައުމު ތި ގުރުބާން ކޮށްލީ. އަދި އެމީހުންވެސް ހޭލާނެ ކަލޭމެންގެ ރޭވުންތަކަށް.

      • ބޯހަލާކު

        އެއީ އިންޒާރެއް ވިއްޔާ މީ ދެން ކޮންއެއްޗެކޯ

  2. ޟ

    ޢަހަރު މެންގެ އެއާރ ޕޯރޓް ނުދޭތި އިބޫ..

  3. ރާމްރާމް

    ރައީސް ނަޝީދުތޯ އިސްކޮށް ހުންނަވާނީ ނުވަތަ އިބޫތޯ؟

  4. ހސ

    އެއީ ޔާމީނެއްނޫނޭ ހަރާންކޯރު ވާކަށް..

    • އާންމު އާދުމީ

      ތިބުނީ އިންޑއާއަށް ހަރާންކޯރު ނުވާނެއޭތަ އިބޫ؟ ހަމަ ނޭނގޭތީ އަހާލީ.

    • ތިއެއް ބަލާނަން

      ޔާމިނު އެކަނި ހަރާންކޯރީ

  5. ސާބަސް

    މޯޑީގެ އަނގޮޓިކޮޅުގަ ބޮސްދޭން ދާށޯލަ. ދެން އިބޫ އިންޑއާ ދަތުރުލަސްކޮށްފިނަމަ އަހަރުމެންވެސް މަރުހަބާ ކިޔާނަން އިބޫގެ އެ ނިންމުމަށް.

  6. ހުސޭނުބޭ

    ކެރެލާ ސްޓޭޓްގެ އަވަށެއްގެ ގޮތުގައި ދިވެހިރާއްޖެ ބޭއްވުމަށް މަޝްވަރާކުރައްޗޭ! އެޖެންޑާގައި އެބަ އޮތްނޫންތޯ އެމްއެންޑީއެފް އުވާލާ ބޭރުގެ ބަޔަކުންނާ އެކަން ޙަވާލުކުރަން!

  7. ސަރީފު

    ބޮޑު މައްޒަރު ވަރައްއަވަހައްފެންނާނެ...ރާއްޖެ އަކީ އިންޑިއާގެ ގޮޑިކޮއްކޮ

  8. ޖަޒީރާ

    އިބޫ ކުރަށްވާ ރީތި ވެރިކަން ބަލަން ތިބެމާ.

  9. ދޮށިމޭނާ

    އަވަހައް އިބްޑިޔާ އަށް ދާންއުޅޭ އެތާގެ ސަގާފަތް މިތާފަތުރަން އަވަސް ވެގަނޭ މިއޮތީ ފައްޅި އަޅަން ރަގަޅު ދުވަސްވަރެއް އެއްޖިންސުން ކައިވެނި ކުރަން ކުރިސްޓިއަން ފަތުރަން އުޅޭ މިތާގެ ހަރުމުދާ އިންޑިއާ އަށް ނުއަގުގައި ދޭން އަވަސް ކުރަން ގޮވާލަން އިންޑިޔާ އިން އޮންނާނީ އަބަދާ އަބަދު މިގައުމުގެ ކަންކަމުގެ ތެރެއަށް ވަންނަ ހިތުން އުޅޭބައެއް

  10. ހިތިރަހަ

    ދެން މިގައުމުގައި ކުއްވެރިޔަކު ނުހުންނާނެ އިންސާފުން ހުރިހާ ކަމެއް ކުރާނެ.

  11. ހަރުގެ

    ކުރިއަށް އޮތް ފަސް އަހަރު މީހާރު މިދެކޭ ތަރައްޤީ އަށްވުރެ ބޮޑު ތަރިއެއް ގެންނާނެ.

    • ހުސޭނުބޭ

      ނުވާނެ ތިކަމެއް! ޔާމީނު ކޮށްފައި ހުރި ކަންތައްތަކަކީ ހަމައެކަނި ތަރައްޤީއެއްގެ ގޮތުގައި ކޮށްފައި ހުރި ކަންތައްތަކެއްވެސް ނޫން! އެއީ މައުމޫނާއި އެމްޑީޕީއަށް ކޮށްފައި އޮތް ޗެލެންޖެއް! ދެން އަޅެ ތި ޗެލެންޖް ބަލައިގަނެ 5 އަހަރުން ޔާމީނަށްވުރެ ކުރިއަރާބަލަ!

  12. ދޮންބެ

    ތިބުނާ އިންޑިއާ އިންމިއޮއްހާދުޑުވަހު ނުކޮއްދިން ކަމެއް އެއްމެ ކުދަވެގެން އައިޖީއެމް އެޗޮގާ އެމް އަރު އިމެސިނެއް ބަހައް ޑަން ނުކެރުނު ލަދުކުޑަކަން

  13. ސައިނީ

    ރައީސްކަން ލިބިވަޑައިގަތުމުން ނޫނީ ވަޑައިނުގަންނަވާތި ދިވެހިން ދެވހިންގެގޮއް ދައްކަވަންވާނެ

  14. ތަކުރު

    އެއްޖިންސުން ކައިވެނި ހުއްދަކުރަން މަޝްވަރާނުކުރާތި ނަމަނަމަ.

  15. ސަރަގު

    ކޮބާ އެއްކަލަ ރައީސް ނަސީދުގެ ބޯކަނޑަން ގޮވި އަންހެންފަހުލަވާނު އެކަމަނާ ހުރިތާކުން ނެރެގެން އިންސާފުގެ ކުރިމައްޗައް ގެންދިއުމައް ދިވެރިރައްޔަތުންނައްގޮވާލަން

    • ޜުޒާނާ ޗޮއްޕަޓު

      މަ މިހިރީ. ނިކަން އާދެބަލަ. ކުޅިވަރު ދައްކާލާނަން. މަށާ ވައި އެޅޭ ހިސާބަށްވެސް ގާތް ނުވާތި. ބޯ އުފުރާލަނަން.

  16. މިހާރު

    ކަންތަކާ ޖެހުނީ.. ނުޖެހޭ ކޮންމެހެން އިންޑިޔާ ފައިބުޑަށް ވެއްޓޭކަށް..

  17. ހުސެން

    ވަކި ސުމާރެއްނެތި ކެންޕޭން ކުރާށާ ވޯޓުގަންނަން ލާރިތައް ދީފަ ހުރީ. ބަދަލުގަ އެއަރޕޯޓް ވެސް އަނެއްކާވެސް ދޭންޖެހޭނީ. ތީ އަޅުން.

  18. Anonymous

    ދުވަސް ކޮޅަކުން މިގައުމުގައި އެއްޖިންސުން ގުޅުން ހިންގންވެސް ހުއްދަ އެމްޑީޕީގެ ލާދީނީ ސިޔާސަތުގެ ތެރެއިން ދޭނެ.ބަލަން ތިބޭތި

  19. ގެރި ރާޖާ

    ޑީލް ނުހަދާތި. ދިވެހިން މިހާރު ބޭނުމެއް ނުވޭ ކުރީގަ އުޅުންހެން އިންޑިޔާ ދަށުވެގެން އުޅެކަށް.

  20. ފުރުސަތު

    އަވަހަށްގޮސް އެއަރޕޯރޓް ވިއްކާލާފަ އާދޭ. އަދި ދާދިފަހަކުން އެވެރިން އެފެށި ކުޅިގަނޑު މިތާގައި ކުޅެދޭނެކަމަށް އެގްރީމެންޓެއްވެސް ހަދާތި. ލިޔެކިޔުމުން ދައްކާ އަދަދާއި ލިބުނުކަމަށް ދައްކާ އަދަދު މިފަހަރު ތަފާތު ބޮޑުކުރާތި.

  21. ކޮބާ

    އަވަށްޓެރި އެންމެބޮޑު ޑިމޮރަސީ. ހަމަހަމަ ކަމުގެ ލާސާނީ. ފަޤީރުންނެއް ނޫޅޭނެ. އަވަހަށްގޮސް( ރޭޕް،ޖިންސީ، ދީނީ، އަޅުވެތި) ސަޤާފަތްކޮޅެއް ހިފައިގެންއާދެބަލަ. ކުރިންގޮސްފިއްޔާ ރަނގަޅު އެއްޗެއްވެސް ލިބިދާނެ. ޕައްލަންބޭ.

  22. ޔާމީނޫ.........ބަލާބަލަ

    ރޮދި ކެނޑިފަ ތިބޭ މީހުން ވިއްޔާ....
    ޗީޑި...އެއްޖިންސުން ގުޅުން ހިންގަން ހުއްދަ ކުރުމުގެ އެއްބަސްވުމުގ ސޮއި ކުރަން އަވަހަށް ދޭ...
    މި ރާއްޖޭގެ ވެރިކަމަކަށް ނާންނާނެ ރަނގަޅު މީހެއް...ބަލާއެއް....??

  23. ޥަގުބުޅާ

    އިނގިރޭސި ވިލާތުގެ މަޝްހޫރުފާދިރީ ހާރޑިން ހަމް ރާއްޖެ ނުގެންނާތީ އަނެއްކާ ވައްޓާލާނަން ވަރައް ސާފު އިބުއަކައް ވޯޓެއް ނުދެން ކަރަޕް ޝަނާ އަނިޔާވެރިކަމާ ވައްކަމާ ދެކޮޅައް ވޯޓް ދިނީ އޮޅުވާނުލާތި.

  24. ޯދޮގެއްތަ؟

    ޥީހާ އަވަހަކަށް ޖީއެމްއާރް މިތަނަށް ގެނެބަލަ ރޭޕް އިންޑިއާ. އަދި ޑޮލަރުކޮޅު ފޮށިތަކަށް ކަހާލައިގެން ގެންދަބަލަ. އޭރުން އެއްކަލަ ދިވެހިންގަނޑު އަނެއްކާވެސް ހޭވެރިކަން ވެދާނެ.

  25. ޓެކުސީ

    ކަލޭ އިންޑިޔާ އަށް ގޮސްފި ނަމަ ވެރިކަން ވެއްޓޭކަށް މާގިނަދުވަހެއް ނުނަގާނެ ހަދާން ކުރާތި މިއީ ކަށަވަރުކަމެއް ބޯ ބަހައްޓާތި ނުކިޔަވާމީހަކަށް ވެރިކަންލިބުނީމާ ވާނުވާއެއް ނޭގޭނެ.

  26. ލަތީފާ

    ކުދިންނޭ އިންޑިޔާ އުނގަށް ވެއްޓޭނީކީ ނޫން. ރޭޕްސްތާނުގެ ސްޓޭޓަކަށް ހަދަން އިބޫ ބޭނުމީ ކިތައް ރުޕީސްތޯ އަހާނީ. އެމްއެންޑީއެފް އުވައިލައި އިންޑިއާ ސިފައިންނާ މިތަން ހަވާލުކުރުން އަވަސްކޮށްދޭން އެދޭނީ. ރައީސް ޔާމީން ފަދަ އަމިއްލަ ވަންތަކަމާއި ސިޔާދަތު ހިމާޔަތް ކުރުމުގައި ސާބިތުވެ ހުރި ގަޓްހުރި ރައީސެއް ދެން ނުފެންނާނެ. ދިވެހިންގެ ހަލާކު ދިވެހިން އަމިއްލަޔަށް ހޯދައިގެންފި. ހިތާމަހުރި!

  27. ޟުން

    ޢިންޑިއާ ސިފައިން ރާއްޖޭގައި ހެކިކަޕްޓަރ ދުއްވަން ތިބޭކަށް ނުޖެހޭ. ޢަދި އެއަރޕޯޓް ނުވިއްކާތި.

  28. ނަރުގިސް

    އަހަރެން ނަށް ހަާދަހީވެޔޭމިޤައުމުގެ ދުވަސް މިދަނީހެން މާގިނަ ދުވާހެއް ނުވާނެ ބައިބައިވެ ފޮތި ޕޮތި ވެ ރަނދުލައިގެން ހިގައިދާނެހެން މިކަން ނުވެއެއް ނުދާނެ މާގިނަ ދުވަހެއް ނުވެފެން ނާނެ ދުނިޔޭގައި ތިބި ބަޔަކަށް މިކަހަލަ ދުވަހެއް ނުދައްކަވާށި އާމީން

    • ޢަލީ

      އަހަރެމެންނަށް އެނގޭ އެހެންވާނެކަން އެހެންވެ ވޯޓެއް ނުދެން. ކުރިންވެސް ހެދިގޮތް އެއީ. ދެން ތިބޭ ރާކަނިމަސްކާން މާލަސްތަކެއްނުވެ ޑޮލަރުތާށިވެ އިންވެސްޓަރުން މަދުވާތަން ފެނިގެންދާނެ. ކިތަންމެ ކަމެއް ފެންނާނެ.

  29. މޯޱު

    ދެން ހުރިހާ ވަޒީފާއެއް ވެސް އިންޑިއާ މީހުން ނަށް. ދިވެހިން ހުސްއަތާ

  30. މރމ

    ނަމަނަމަ މޯދީއަތުން ގެރިއެއް ނުގެންނާތި، އިންޑިޔާކަހަލަ ގޮނޑުތަނަކަށް މާލެ ނުހަދާތި

  31. ބޭބެމެން

    ދީނަށް ފުރަށްސާރަ ނުކުރާނެ ކަމަށް އުމްމީދު ކުރަން.

  32. ގޯސް

    42% މީހުން ބުނީ ނޫނެކޭ. ޢަދި ކަނަކަން ނިންމާގޮތަކުން އިތުރު މީހުންގެ ނަފްރަތު އިބޫ އާއިދިމާލަށްދާނެ.
    ޢިންޑިއާއިން ދޭ އެހީއެއްނެތް. އެވެސް އަމިއްލަ ގައުމުގެ ބޮޑުބަޔަކަށް އަދިވެސް ފާޚާނާ އެއް ނުދެއްކިގެން އުޅޭ ބައެއް.

  33. ޑރ

    ރާއްޖޭގެ ނަން މޯދީއަށް ކަމުދާ ނަމަކަށް ބަދަކުރަން ހިތަށްވެސް ނާރުވާތި، ކޮންމެ ރައްޔިތަކަށް މޯދީއަތުން ގެރިއެއް ގެންނާތި

  34. ފައިބުޑު

    ޤައުމަށް ވަފާތެރިވު.މަށް އެދެން.

  35. މަ

    ޝުކުރިއްޔާ މޯދީ. މާލޭގެ ހުޅަނގުން ގުޅީފަޅަށް އަޅާ 2 ބުރުޖް އިންސަފުވެރިކޮށް ބީނާކޮށްދޭތީ.

  36. ސިޒާ

    ރައީސް ޔާމީން ތަރައްޤީ ކުރި ބިޔަ އާ ރަންވޭ އާއެކު އަވަހަށް ވިއްކާލާ 100 ރުފިޔާ އަށް. ކުޅި ހުންނާނެ

  37. ޒާ

    ދެން ރާޢްޖެ އަޅުވެތިކޮށް ކުޑަކަކޫ މައްޗަށް ތިރިކުރުވާފައި އާދޭ. ބަލަ އިންޑިއާގެ ތައްޕާހާ ނުލައި އުޅެން ނޭނގެނީތަ.

  38. އަލީ

    މާސްޓާރ ކޯލްސް!! ސެލޭވް އޮބޭސް!! ޥަރަށް ސާފް!!

  39. ކޮނބޫ

    މޯދީ އިބޫ އައް ހިތްކީ ތޯއްޗެއް

  40. ފަޅުވެރިން

    ޤައުމު ފަހަތަށްދާން ފެށުމުގެ ކޮޅުމަތި ފެށުނީ!! މާތް ﷲ މިޤައުމު ފިތުނަވެރިންގެ ވަކިތަކުން ސަލާމަތް ކޮށްދެއްވާށި!!

  41. އަލީ

    ނަވަިންޕިއްލޭ މަރުހަބާ ނުކިޔައިތަ ނަޝީދުގެ ގާތްރަށްޓެއްސަކު ޔޫރަޕުގައި ހުންނާނެ އޭނަ މަރުޙަބާއެއް ނުކިޔައިތަ މިހިރަ ކިބޫ އާ މިއީ އިސްލާމީގައުމެއް ފާދިރީންނާ ބުދުދީނުގެ މީހުންނެއްނޫން މިގައުމުގައި އުޅެނީ އެއްވެސް އިސްލާމީ ޤައުމަކުން މަރުހަބާއެއް ނުކިޔައިތަ!

    • އޭއާރު

      ނުކިޔާނެނުން މަރުހަބާއެއް ލާދީނީ ބައިގަނޑަކަށް

  42. ނީރާ

    ރައްޔިތުން ހަލާކުގެ ތެރެއަށް މިވެއްޓުނީ އަމިއްލައަށް ދެން ރާއްޖޭގަ އެއްޖިންސުން ކައިވެނި ކުރަން ހުއްދަ ދޭނި

  43. ާާއަލި ބެއްޔާ

    އެއަރޕޯޓް ކީއްކުރަން.. އަހަރަމެން ބޭނުމެއްނުން މިގައުމުގެ ވެލިކޮޅެއްވެސް އިންޑިޔާގެ ބާރުގެ ދަށައްދާކަށް. އިބޫ މޯޑީ އާއި ކޮންމެވާހަކައެއްދެއްކިޔަސް ހެއޮ. ނަޝީދު ހެދިހެން ގައުމު އިންޑީޔާގެ އަޅުވެތިކަމުގެ ދަަށައް ނުގެންދާތި..

    • މޮޔަބޯ

      މޯދީއަށް އަންނި ހިލޭ ދީފަ ޢާދޭ.އޭރުން ދިވެހިން އެމުސިބާތުން ސަލާމަތްވީ

  44. ނޮންނި

    އިބޫ މާރިޔާ ބުނެފަ އޮތީ ރ ޔާމީން ދެވަނަދައުރަކަށް ހޮވިއްޖެނަމަ އޮރިޔާމުން ހިގާނަމޭ އިބޫބުނި އަހަރެންވެސް ޔާމީން ހޮވިއްޖެ ނަމަ މާރިޔާ އާއިއެކު އޮރިޔާމުން ހިގާނަމޭ މިހިރީ ވެރިކަމަށް ކުރިމަތިލާ މީހުންގެ ފެންވަރު

  45. އެދުރުބެ

    މޯދީ އިބޫގެ އިންތިހާބަށް ޚަރަދުކުރީބާ