ދިވެހިރާއްޖޭގެ ރައީސް ކަމާއި ދެން ހަވާލުވެ ވަޑައިގަންނަވާނެ އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ގެ ސަރުކާރުން ދިވެހިރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކޮށްގެން ނުވާނެ ކަމަށާއި، މަރުގެ ޙުކުމް ތަންފީޒު ކުރެވޭނެ ގޮތައް ހުރި ޤާނޫނުތައް ބަދަލު ކުރަން ޖެހޭނެ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފިއެވެ.

އެމްނެސްޓީ އިން މިހެން ބުނީ އިބޫ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

"ދިވެހިރާއްޖެ އަންނަނީ މަރުގެ ޙުކުމް ތަންފީޒު ކުރާނެ ކަމުގެ އިންޒާރު ދެމުންނެވެ. މަރުގެ ޙުކުމް ތަންފީޒު ނުކުރާތާ 60 އަހަރު ފަހުން އަނެއްކާވެސް މިއަނިޔާވެރި އަދަބު ދިނުމަށް އަންނަނީ ތައްޔާރުވަމުންނެވެ." އެމްނެސްޓީގެ ބަޔާނުގައި ވެއެވެ.

އެމްނެސްޓީގެ ބަޔާނުގައި ބުނެފައި ވަނީ މިހާރު ވެސް މަރުގެ ޙުކުމް އިއްވާފައިވާ ތިން މީހަކު ރާއްޖޭގައި އެބަތިބި ކަމަށާއި އޭގެތެރޭގައި އަމިއްލަ އިއުތިރާފް އަނބުރާ ގެންދިޔަ ހުސައިން ހުމާމް ވެސް ހިމެނޭކަން ފާހަގަ ކުރެވޭ ކަމަށެވެ.

"ދިވެހިރާއްޖޭގެ ޤާނޫނުން މަރުގެ އަދަބު އުނިކުރަން ޖެހޭނެ. މިހާރު މަރުގެ ޙުކުމް އިއްވާފައިވާ މީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކޮށްގެން ނުވާނެ. ދުނިޔޭގެ ގިނަ ގައުމުތަކުން ވެސް މިހާރު މަރުގެ އަދަބެއް ނުދޭ." އެމްނެސްޓީގެ ޑެޕިއުޓީ ސައުތު އޭޝިއާ ޑިރެކްޓަރ ޑިނޫޝިކާ ޑިސަނަޔަކަ ވިދާޅުވިއެވެ.

އެމްނެސްޓީ އިން ބުނީ މިއީ ރާއްޖޭގައި ހިންގަމުން އައި އިންސާނީ ޙައްޤުތަކަށް އަރައި ގަތުމުގެ އަމަލުތައް ހުއްޓާލާ ގޯސްކޮށް ކޮށްފައިވާ ކަންތައްތައް އަލުން ރަނގަޅު ކުރުމަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ.

އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނަކީ އިންސާނީ ޙައްޤުތަކުގެ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ޤާނޫނަކަށް ބަދަލު ކުރުމަށް ވެސް އެމްނެސްޓީ އިން ވަނީ ގޮވާލާފައެވެ.

އޭގެ އިތުރުން އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ ޙައްޤު ކަށަވަރު ކޮށްދިނުމަށް ވެސް އެޖަމިއްޔާ އިން ވަނީ ގޮވާލާފައެވެ.

ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި އަދިވެސް އެއްވެސް މީހެއްގެ މައްޗަށް އަދަބު ކަނޑައެޅިފައި ނުވާކަން ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގައި ޝާމިލްވާ މީހުންނަށް ވެސް އަދަބު ދެވިފައި ނެތް ކަން ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

"ޔާމީނާއި ރިލްވާންގެ މައްސަލައިގެ މިނިވަން ތަޙްޤީޤެއް ކޮށް، އެކަމުގައި ބައިވެރިވާ މީހުންނަށް އަދަބު ދޭން ޖެހޭނެއެވެ." ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

167 ކޮމެންޓް

  1. މޫސާ ޖަލީލް

    އިސްލާމްދީނުގައި އޮންނަނީ މަރުގެ ހުކުންތަންފީޒުކުރަން އެކަން ބަދަލެއް ނުކުރެވޭނެ

    • Anonymous

      ބަލަމާ

      • ސަކަ

        ބަލާކަށް ނުޖެހެއެއްނު ނުވާތާ 60 އަހަރު ވީވާހަކަ އެއޮތީ. އިސްލާމްދީނުގައި އޮންނަނީ މަރަށް މަރު ބަލާކަށް ނުޖެހެ، ވަރަށް ސާފު

        • ސަންގުމަރުމަރު

          ކަލޭ ތީ މުސްލިމެއްތަ އަނެއްކާ!!

        • ހިޔާލު

          ފުރަތަމައިނުން ޖެހޭނީ އަދުލުގެ ނިޒާމު ވަރުގަދަ ކުރަން... މަރުގެ އަދަބު ދިނުމަކީ ތުބުޅި ދިގުކުރުންހާ ފަސޭހަ ކަމެއް ނޫން.

          • އާންމެއް

            ކަލޭމެންނާ ތުނބުޅިއާ ކީކީތަ؟ ނުފަޅައިގެންތަ ތިއުޅެނީ. ނޫނީ ޖިންސު ބަދަލުކޮށްގެންތަ މިހާރުވެސް ތިއުޅެނީ؟ ހަމަކޮންމެ ކަމެއްވާއިރަށް ތުނބުޅިއޭ ކިޔަނީ ގައިމު ޖޭ ވާތީތާ!! އަދުލުއާ އިންސާފަކީ ކަލޭމެންނަށް ގެނެވޭނެ އެއްޗެއްނޫން. އެއޮތީ ޤުރުއާނުގަ. މަރަށް މަރު.

          • Anonymous

            މުނާފިޤުންގެ ބޯކަޑާލާ ދުވަސް ވަރަށް އަވަހަށް އަންނާނެ އިންޝާﷲ

          • އަދުލޭ

            ފުރަތަމަ އަދުލު އިންސާފު ގާއިމުކޮށްގެން މަރުގެ އަދަބު ދޭންޖެހޭނަމަ، މިވަގުތުން މިވަގުތަށް ހުރިހާ ހުކުމްތަކެއް ހުއްޓާލާ. ސަބަބަކީ އެކަންކަންވެސް ކުރަންވާނީ ހަމަ ތިބުނާ ކަންތައްތައް ހަމަޖެހުނީމާތާ. ބަލަ މަރުގެ ހުކުމާ ޖެހުނީމާތަ ކަންތައްތައް ފެންނަން ފެށީ.

  2. ސޯމާލި

    މަރުގެ އަދަބު ހަމަ ދޭން ޖަހޭނީ. މަރުގެ އަދަބު ނުލިބޭތީނު ޔާމީނު ރައްޔިތުން ބޭލި އިންސާފު ލިބެން ޖެހޭނެ އެހެންނޫނީ އިބޫވެސް ވައްޓާލާނަށް

    • އިންމާ

      ތިހެން ބޭނުންވާއިރަށް ސަރުކާރު ވައްޓާލެވޭނެކަމަށް ހީނުކުރާތި، މިގައުމުގައި އެބައޮތް ސަރުކާރު ހިމާޔަތްކުރަން ބާރުތައް. ރައްޔިތުން މެޖޯރިޓީއާއި އެކު ހޮވާ ސަރުކާރެއް ހިލާ ވައްޓާލާކަށް ނުދޭނަން. ދެން ޖެހޭނީ ދައުރު ހަމަވަންދެން ހަމަ ތިބެން.

      • ކަކުނި

        ހަމަ ވައްޓާލާނަން. ހުރޭ ބަލަން. ވައްޓާލާފަ ނާށި ޖަހާނަން. ބޮޑު މަންޒަރު އެބަ ފެނޭ

      • ޢަލީ

        މިއީ ތޯތޯ ކޮއްބުނާއެއްޗެއް ކަމަށް އެމްޑީޕީ އަދި ގުޅިފައިވާ ޕާރޓީ ތަކުން ނުދެކޭތި. ޢިސްލާމީ ޝަރީއަތުގައި ވާގޮތުގެ މަތިން މަރަށް މަރު ހިފަންޖެހޭނެ. ނޫނީ ސަރުކާރު ވައްޓާލަން ނިކުންނާނެ. ސަރުކާރު ވައްޓާލަން މަޖުބޫރު ނުކުރާތި

      • އީންމަ ޗީޓަރ.. ވައީފް ވަރީނުކުރަން ދޯ އަދީ.

        ތާރީޚް ބަލާ ބޭފުޅާ!
        ރައްޔީތުންގެ ނުރުހުމުގަ ކަނޑީ ބަޑީގެ ބާރު އޮތަސް ނުތީބެވޭނެ އީރާދަކުރެއްވީއްޔާ!
        ޔޫގެ ވައީފް މީހާރުވެސް ކަލެއަށް ޝައްކު ކުރޭ ވަގު ބީޓުން ގެންގުޅޭ ކަމަށް. ކެކެކެ

    • ޙައްޤު

      އިބޫ އާއި ކަލޭމެން ނަކަަށް ނުކުޅެވޭނެ. ދެން ލަލަލާ

  3. ާއައްލާ

    ކޮބާ ޝޭޙް އިލްޔާސް ޓުވީޓެއް ކޮއްބަލަ.

    • ހަމީދު

      ޔާމީން ރަޝިދާއި ރިޟްވާންގެ ވާހަކަ ދެއްކިއިރު އަފްރާޝީމްގެ ވާހަކަ ނުދައްކައެއްނު. އެހެންވީމާ އަހަރުމެން ބުނާ ވާހަކއަކީ މިއީ

      • އާންމު އާދުމީ

        ގުޑް ޕޮއިންޓް.

      • ރައްޔިތު މީހެއް

        ކުޑަހުވަދޫ އިން ގެއްލުން މާއިލް ގެ ވާހަކަ އެއް މ.ޑ.ޕ މީހުނެއްވެސް ނުދަކާ. އިންސާފު ލިބެން ޖެހެނީ ވަކި ޕާތީ އެއްގެ މީހަކައްތަ؟ ނޫނީ ނޫސް ވެރިޔެއް ނުވަތަ މައްޝޫރު މީހުން އައްތަ؟ ޕޯޑިއަމް ތަކުވެސް ހުސް ރިލވާން ޔާމިން. ކޮބާތަ ދެންތިބި މީހުން؟ ކޮބާތަ އައްޑޫ އިން ގެއްލުން ފުލުސް؟ ޕޯޑިއަމް ތަކު ދައްކަން ޖެހެނީ ހުސް މ.ޑ.ޕ މީހުން ވާހަކަ އެކަނިތަ؟ ނޫނީ އިންސާފު ހޯދަންވީ އެދެމީހުންނައްތަ؟

    • ހިނިއަރަނީ

      އިލްޔާސް ކެމްޕެއިނަށް ނިދިގޮތަށް އަދި ހޭނާރާ.. އެންމެ ފަހުން ދުއާ ކުރީވެސް މަސްއޮޑިޔަކަށް އަރާހުރެ.. ކަންނެލި ޝޭޚް...

    • މައި

      އިލްޔާސް ބުނީ ތިމަންނާ މިއައީ ޖަލްސާގަ ވާހަކަދައްކާކަށްވެސް ނޫނޭ އެކަމަކު އަލީ ޒާހިރުގެ ވަގުތު ދީގެން ވާހަކަދެއްކީ ކަމަށް ޝޯކުރީ! އެމް.ޑީ.ޕީ ހަސަންލަޠީފް ނޫސްވެރިންނާ ބަެްދަލުކޮށް ބުނީ ތިމަމްމެން ރާވާފައިވާ ގޮތަށް އިލްޔާސް ކެމްޕެއިންކޮށްިނީޔޭ އެރޭ! ދެން ކިހިނެއް އޭނަ މަރަށް މަރުހިފުމާބެހޭގޮތުން އެއްޗެކޭބުނާނީ ދޯ؟

  4. މުސްލިމް

    ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމެއް. ޢަހަރެމެން ބޭނުންވަނީ އިސްލާމީ ޝަރީޢަތް.

    • މަ

      މީ އެމީހުންގެ ފެށުން. މޑޕ ޔަހޫދީ. ލާދީނީ ބައިގަނޑު.

    • Anonymous

      ރައްކާވޭ ސައުދީއަށް

      • ޙައްޤު

        ރައްކާވޭ ރޭޕިސްތާނަށް.. މިޤައުމުގެ ރައްޔިތުންނަކީ މުސްލިމުން... 800 އަހަރުވެއްޖެ މުސްލިމުން މިތާ އުޅޭތާ..

        • Anonymous

          ނަމެއްގެ މުސްލިމުން ކަލޭމެން ދާންޖެހޭނީ ދޮންއަންހެނުންގާތަށް ކަލޭމެންނަށް މި ޤައުމުގައި ޖާގައެއް ނެތް ސޮރީ

      • ައަހަރެން މިއަހަނީ..

        މީ ކޮން ބަލިކަށި އިންސާނެއް މިހިރަގެން މީހުން ސައުދީއަށް ރައްކާވާން ގޮވަނީ؟؟!!

  5. މަޢުމޫން

    ދުނިޔޭގެ އެހެން ހިސާބުތަކުގައި ކުރުން މަނާ ކަންކަން އަހަރުމެންނަށް ކުރުން ފަހެ ޙަރާމް ވީތަ؟ ބަލަ އަހަރުމެން އެންމެން ޤަބޫލުކުރާ އިސްލާމް ދީނުގައި އޮންނަނީ މަރަށް މަރު. ވީ އިރު އަހަރުމެންގެ ދީނާ ޙިލާފްވާ ކަހަލަ ވާހަކަ ދައްކައިގެން ރާއްޖޭގައި އެހެން ދީންތައް ފަތުރަން މަސައްކަތް ނުކުރޭ. ދީނާއި ޙިލާފްވާ ވެރިއެއް އަހަރުމެންގެ މި ޤައުމަކަށް ބޭނުމެއްނޫން. އިބުލަކަސް ކިނބުލަކަސް އަހަރުމެންނަކަށް ނޯންނާނެ..

    • ދަރީ

      މަރަށް މަރު ތަ ހަމަ އޮންނަނީ؟

      • ޝިމާ

        ކޮން ފޮތަކުންބާ ކިޔެވީ؟؟

      • ހުސޭނުބޭ

        ޤުރުއާނުގައި އޮންނަނީ އެ ހުކުމުގައި ވާރިސުންނަށް ބާރުދީފައި. އެކަމަކު މިހާރު ތިވީގޮތުން އެމްނެސްޓީއަށް ބާރުދޭންޖެހުނީ ދޯ! ލާދީނީއޭ ބުނަނީ މިހެންވެ!

  6. ޖިލޭބީ

    އެމީހުން ބުނާހާ ގޮތެއް ހަދާކަށް ނުޖެހޭ! އެކިޔާ ދީންވެރި އިންސާފުވެރި ވެރިޔަކަށް އިބޫވާނަމަ އިސްލާމީ ހަމަތަކާއި އެއްގޮތަށް މަރުގެ ޙުކުމް އިއްވައި ތަންފީޒުކުރާނެ1

    ކޮންމެހެން އެމީހުން ހިތްރުއްސައިގެން އުޅޭނެކަމެއްނެތް. ދުނިޔޭގަިއ އުޅެން ޖެހޭނީ މާތްﷲ އެންގެވިގޮތަށް! މާތްﷲ ރުއްސަވާގޮތަށް. އޭރުން ކުރިއެރުމާ ތަމައްދުނު ޙާޞިލްވާނެ.
    އިބޫ އަކީ މުޙައްމަދު ނަޝީދުފަދަ އިސްލާމްދީނާ ދެކޮޅަށް ޢަމަލުތަށް ބަހައްޓާ ޢައިރު މުސްލިމުން ރުއްސަން މަސައްކަތްކުރާނެ ވެރިޔަކަށް ނުވާނޭ ކަމަށް އުންމީދު ކުރަން.

    • މި

      އިންޝާﷲ

    • އދ

      އާމީން

  7. ކކ ނޫން

    މީ މިނިވަން ޤައުމެއް .. އިސްލާމް ދީނުގެ އުސޫލް ތައް ބަދަލެއް ނުކުރެވޭނެ.. ދީނުގައި ވަނީ ކަންކަމަށް ހުކުމް ތަކެއް ކަންޑައެޅިފަ.. އެ ބަދަލް ކުރަން ގޮވާ ބަޔަކަށް ބޯލަބާކަށް ނުޖެހޭނެ.. އިސްލާމް ދީނުގައި އޮންނަނީ މަރަށް މަރު..

  8. އަދަބު

    “ދިވެހިރާއްޖެ އަންނަނީ މަރުގެ ޙުކުމް ތަންފީޒު ކުރާނެ ކަމުގެ އިންޒާރު ދެމުންނެވެ. މަރުގެ ޙުކުމް ތަންފީޒު ނުކުރާތާ 60 އަހަރު ފަހުން އަނެއްކާވެސް މިއަނިޔާވެރި އަދަބު ދިނުމަށް އަންނަނީ ތައްޔާރުވަމުންނެވެ." އެމްނެސްޓީގެ ބަޔާނުގައި ވެއެވެ

    އެހެންކަމުން އެމްނެސްޓީއިން ތި ބުނަނީ އިސްލާދީނަކީވެސް އަނިޔަާވެރި ދީނެކޭ ދޯ.އިސްލާމްދީނުގައިވެސް އޮންނަނީ މަރުގެހުކުމް ތަންފީޒްކުރުން. ތީ އޭ މައްސަލައަކީ އިންސާނުންވިއްޔަ މިއުޅެނީ ހުކުމްތައް ބަދަލުކުރަން..ލަދުން ބޯލަހާކު...

    • އަހްމަދު

      އެމްނެސްޓީން އެބުނަނީ ހުކުމެއްކޮށްގެން މީހުން ނުމަރާށޭ. އިސްރާއީލްސިފައިން ފަލަސްތީނުމީހުން އެމަރާގޮތަށް މަރާށޭ.

  9. ކޮބާ ކޮބާ

    ކޮބާ ޝޭކް އިލޔާސް އަދި އިޔާޒް އެއްމެ ކުޑަމިނުން ޓްވިޓެއްވެސް ކޮންލަން ނުކެރުނު

    • މޯހަން

      އެމްޑީޕީ އެ މީހުންގެ ގޮތުގައި ތިއްބައި، އަދާލަތުގެ ޑރ. އިޔާޒާއި އިލްޔާހާއި އަލީ ޒާހިރު އެމީހުންގެ އުސޫލު ބަދަލުކޮށް އީޔޫ ބުނާފަދަ އިސްލާމދީނަކަށްއަދާލަތު ބަދަލުކުރީ. މޮޑެނައިޒޭޝަނޯ

    • ދިވެހިލޭ

      އަހަރެމެން ނުޖެހޭ އެމީހުންނަށް ބަލާކަށް. މީ އަހަރުމެންގެ ދީން. ދީން ހިމާޔަތްކުރުމަކީ ފަރުދީ ޒިންމާއެއް. އެހެން އަދި މީހަކު އޮޅުވަލަން އުޅުނަސް، ﷲ ތަޢާލާ ސަލާމަތް ބުއްދި ދެއްވާފައިވާއިރު އޭގެ ބޭނުން ހިފައި އިސްލާމްދީނާ ޤައުމުގެ ދިފާޢުގައި ތިބޭނަން އިން ޝާ ﷲ.

  10. ޤާޟީ

    ބޮޑުސޭޓުގެ ޚަޒާނާއިން ރިޝްވަތުގެގޮތުގައި 35 މިލިޔަން ރުފިޔާ ބަހައިގެން ނެރެވުނު ނަތީޖާ ހަމަ ސުމެއް!

  11. ސޮޕް

    ހާދަ ދެރައޭ ދޯ.

  12. ދިވެއްސެއް

    ދިވެހިރާއްޖެ ބަލަންޖެހޭނީ އިސްލާމް ދީނާ އިސްލާމީ ޝަރީޢަތުގައި އޮތްގޮތެއް. އެމްނެސްޓީއަކަށް ނޫން. ދިވެހިރާއްޖެއަށް ގޮތްކިޔަން އެމްނެސްޓީއަކީ ސަފުން ކޮން ބައެއްތޯ؟ މިހާއަވަހަށް ތިފަދައިން ބަސްބުނެ އިއްވީމާ ދިވެހިންގެ އަމިއްލަ މިނިވަން ކަމާއެކު ލީ ވޯޓަށްވެސް މަލާމާތް ތިޔަކުރެވުނީ. ދުނިޔޭގަ ގިނަ ގައުމުތަކުން އެކަން ނުކުރަނީ ތިޔަފަދައިން ބިރުދައްކާ ނުފޫޒުފޯރުވާތީ. އިސްލާމީގައުމުތަކުން އިސްލާމީ ޝަރީޢަތަށް ބަލަންޖެހޭގޮތަށް އޮންނަ އޮތުމުގެ މައްޗަށް ތިޔަގޮތަށް ގޮތްކިޔަން ލަދެއް ހަޔާތެއް ނެތްދޯ. ތިޔަ ގޮވާލިގޮވާލުމުން ދޭހަވަނީ އިންތިޚާބުކާމިޔާބުކުރި ފަރާތާ ސިއްރު ގުޅުންތަކެއް އޮންނަ ކަން. ހިތާމަ ހުރިކަމެއް.

  13. ވޯޓް

    އެމެނެސްޓް އިން ބުނި ގޮތް ހަދަންޖެހޭނީ. އެއީ ދިވެހިން ބޭނުންވި ގޮތް. ވ ސަލާމް

    • ހަގީގަތް

      އަސްލުވެސް.ތެދެއް ތީ ދިވެހިންގެ ގިނަ މީހުން ބޭނުންވެގެން އުޅޭ ގޮތް އެއީ

    • ހުށިޔާރުވެ ތިބޭތި

      ބުނަންތަ ވާހަކައެއް. މަވެސް ތާއީދުކުރީ ޔާމީނަށް. އެކަމަކު، ދެން ބަލިވިއެއްކަމަކު މިގައުމު މޑޕ ބޭނުންހާ ކުޅިއެއްކުޅޭކަށް ދުލެއް ނުކުރާނަން އިން ޝާ ﷲ. ސިޔާސީ އޮއިވަރަކީ ބަދަލުވާ އެއްޗެއް. އިމްތިހާނުތަކާވެސް ކުރިމަތިވާނެ. އެކަމަކު ހަމަހިލާ ލޯމަރައިގެނެއް ނުހުންނާނަން ދީނާ ގައުމުގެ މިނިވަންކަމާ ސިޔާދަތާ ކުޅެންޏާ. އެނޫން ގޮތްތަކަށް ގައުމު ހިންގާ މޑޕ. އޭރުން ހިމޭނުން ބަލަން ތިބޭނަން.

  14. އެމް ޑީޕީ

    ކޮބާ މިބާޔަނާ ގުޅިގެން ޝޭޚު އަލީ ޒައިދުގެ ބަޔާނެއް ނެތްތަ؟ މިކަން އޭނާއަށް އޯކޭތަ؟

  15. ކުޑަ އަލީ

    ވަގުތު ނިއުސްގެ ހުއްދަ ބާތިލް ކުރޭ! ޒިންމާދާރު ނޫސް ވެރިއެއް ނޫނޭ ކިޔާފަ އޭރަށް ރަގަޅު ވާނީ

    • މ

      މި ގައުމުގަ ދީން ހިމާޔަތް ކުރަން މަސަތްކަތެއް ކުރާ ނޫ ހަކަށް އޮތީ ވަގުތު ނޫސް އެކަނި..ދެން ވަގުތު ނޫސް އުވާ ނުލެވިގެން ތިބާއި ގަނޑު ތެޅޭނެ ނޫން...

  16. ޙާޖީ ތުއްތު ދީދީ

    ދެން ގޮވާލާނީ އެއްޖިންސުން ކާވެނި ނުކުރެވޭގޮތަށް ހުރި ޤާނޫނުތައް ބަދަލުކުރަންކަން ނޭނގޭ. އިބޫގެ ސަރުކާރުގެ އަސްލު ސިފަ އިސާހިތަކު ފެނި ހާމަވެގެން ދާނެ.

  17. އީސަޅިއަނު

    ކޮބާ އަދިމިއުޅެނީ ގޮޑިކޮޅުގައި ރަނގަޅަށް ފިދު ޖައްސާލަން ނުލިބި، އެހާއަވަހަށް ދޮންބަޑުގެ ދަރިންފަތި ކުރަންވީ ކަންކަމާ ހަދަންވީ ގޮތް ކިޔައިދޭން ފެށީ.

    • ކ

      ވަގުތު މިކަހަލަ ހަޑި ބަސް ކޮމެންޓް ގަބޫލްނުކޮށްބަލަ.. އިންޝާﷲ އުއްމީދުކުރަން

      • ނ

        މިނިވަންކަން....ބޭނުންވެގެނއ އޭނަ އެރުވީ ވެސް ދެން ކީކޭ ކިޔާކަށް...

      • Anonymous

        މަށަށް މާ ހަޑި ކަލޭމެންވެގެން މޑޕ ކަހަލަ ބަޔަކު އެނގިތިބެ ގެނައީތީ. ހަމައެކަނި ކޮމެންޓެއްނޫން ހަޑިވާނީ.

  18. އަހުމަދު

    މަރުގެ ހުކުން އުވާލުމާ ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދޭންތާ ދިވެހިން މި ނަތީޖާ ނެރުނީ. މިއީ އަހަރުމެން ކުރިންވެސް ދެއްކި ވާހަކަ

    • އާންމު އާދުމީ

      ބުނަން ޔާމީނަށް ސަޕޯޓުކޮށް ބަލިވިއެއްކަމަކު ހަމަ ބޭނުންހާ ގޮތެއް ހަދާކަށް ދުލެއް ނުކުރާނަން. ސިޔާސީ އޮއިވަރަކީ ބަދަލުވާ އެއްޗެއް. އެހެންނޫނަސް މަސްހުނިގަނޑަކަށް ދިވެހިން ވޯޓުލީ. ކޮންމެހެން މޑޕ ގެ ފިކުރަކަށް ނޫން.

  19. ކުޑަ އަލީ

    އިބޫ އަށް ސަނާ ކިޔާ ކަށް ނުޖެހޭ ހުރިހާ ނޫސް ތަކަކުން ހަޒަމް ކުރޭ

  20. ނައިންޓީ

    އަހަރެމެން ވޯޓުލީ ތިޔަފަދަ ޖަމާޢަތްތަކުން ރާއްޖެ ފިއްތައިން ނުފޫޒުގެ އުނގެއްގައި ނިންދާފަ ބާއްވާކަށް ނޫން. ދިވެހިން ކިޔަވާ ހޭލުންތެރިވަނީ ވަރަށް މިނިވަންކަމާއެކު ވޯޓުލީ ތިޔަފަދަ އިސްލާމްދީނާ ދުރު ގޮފަޅު ފިކުރުތަކުން ސަލާމަތްވެ ތިބުމުގެ ނިޔަތުގަ. މިނިވަންކަމާ އުފާވެރިކަމަކާ ތަރައްގީއާ ކުރިއެރުމަކީ ތިޔަފަދަ ޖަމާޢަތްތަކުން ލިބިދޭ އެއްޗެއްނޫން. އެއީ ﷲ ގެ ހަޒުރަތުން ލިބިދޭ މަތިވެރި ކަމެއް. ދިވެހިން މުސްލިމުންނަށް ވެފައި އެގޮތުގައި ދެމިތިބެއްޖެނަމަ ކުރިއަރާ ދާނެކަން އެނގޭތީ ހެދެމުންދާ ކުރީގެ މަތީ އަތް އަޅާ އެކުރި މަރާލަން ތިޔަ އިއްވާ އެއްވެސް ޙުއްޖަތެއް ނެތް ގޮވާލުމަކީ ފިތުނައެއް. ދެދުނިޔޭގެ ގެއްލުމާ ހަލާކެއް.

    • ހުސޭނުބޭ

      ދެން ތި ވޯޓުގެ ވާހަކަ ދެއްކުމަކީ ބޭކާރުކަމެއް! 3 އަހަރުގެ ވެރިކަމުގައި އެވެރިން ކުޅަ ކަންތައްތައް ތިބާއަށް ނުވިސްނުމަކީ ތިބާގެ އުނިކަން.

      • ދިވެހިދަރިއެއް

        ހުސޭނުބޭ ތިބުނީ ތެދެއް. ވިސްނުމުގެ ކޮށިކަމުން ބޮޑުންގެ ހައްގުގައި އެމީހުން ހައްލާލަން މޑޕ އަށް ފަސޭހަވީ. އެކަމަކު އަހަރުމެން މުސްލިމުން މޑޕ ބޭނުންހާ ކުޅިއެއްކުޅޭކަށް ދުލެއް ނުކުރާނަން. އަހަރުމެންގެ ދީނާއި ގައުމުގެ އިސްތިޢްމާރުކުރުވުމާ ދެކޮޅަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނަން އިން ޝާ ﷲ.

  21. ވިސްނާ

    މިއޮްށް ފެންނަންފެށީ ކަންކަން. މިމީހުންނާ ބައިއަތު ހިފައިގެން އައި ބަޔަކަށް މިނުން ގޮތެއް ނުހެދޭނެ. ދިވެހިން ހޭއަރާނީ ވަގުތު ފާއިތުވާފަހުން. ހިތާމައިގެ ކޮޅެއްވެސް ނެތް. މާދަން އީޔޫގެ ގަރާރު ތަންފީޒުކުރަން ބުނާނެ. އެމީހުންގެ އަތުން ފައިސާ އަތުލައިގެން ވެރިކަންހޯދީމަ ވާނީ އެމީހުންގެ އަޅުންނަށް.

  22. އާދަނު

    މަރުގެ ޙުކުމް ޖެހޭނީ ތަންފީޒު ކުރަން. ނަމަނަމަ އިބޫ އެކަން ބަދަލު ނުކުރާތި! އެމްނެސްޓީން ބުނާހާގޮތެއް ހަދާކަށް އިބޫއަކަށް ނުޖެހޭނެ! ކޮބާ އިލްޔާސް. ބުނެފާނެކަންނޭނގެ. އެވާހަކަވެސް އޯކޭ އޭ.

  23. އަލީ ހުސެން

    ކޮބާތަ އެއްކަލަ ދަންނަބޭކަލު އިލިޔާސް މިކަހަލަވަގުތު ކީވެތަ ކަލޭ ފާޅު ނުވަނީ އެއްބުނަން ނުކެރި މުނާފިގް ސެއިހުން އުޅެނީ

  24. އަސަރީ

    ކަލޭމެންތަ އަހަރެމެނަށް ކާންދީބަލަހައްޓަނީ ބުނާގޮތް ހަދާކަށް ނުޖެހޭނެ! ނަމަވެސް އިބޫއަކީ އެވެރިންގެ ޔާރެއް! ރައްޔިތުންދެންތިބޭ ވާގޮތްބަލަން! ހޭއަރާ ރައްޔިތުންނޭ!ހުޅަގުން އަހަރެމެންގެ ދީނަކަށްވެސް ގައުމަކަށްވެސް ރައްޔިތުންނަކަށްވެސް ހަވަކަށް ނޭދޭނެ ރިސޯޓްތަކުގެ ގިނަ މުއައްޒަފުން އަންނިއަށް ވޯޓްދެނީ ކީއްވެގެންކަން އެގޭތަ އަންނި ހޮވުނީމައި ހިއްޕަވަން ފަސޭހަވާނެތީ

  25. އިބްރާހީމް

    ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމެއް. ޢަހަރެމެން ބޭނުންވަނީ އިސްލާމީ ޝަރީޢަތް. އިސްލާމްދީނުގައި އޮންނަނީ މަރުގެ ހުކުންތަންފީޒުކުރަން އެކަން ބަދަލެއް ނުކުރެވޭނެ. ދީންވެރި އިންސާފުވެރި ވެރިޔަކަށް އިބޫވާނަމަ އިސްލާމީ ހަމަތަކާއި އެއްގޮތަށް މަރުގެ ޙުކުމް އިއްވައި ތަންފީޒުކުރާނެ. ދުނިޔޭގަިއ އުޅެން ޖެހޭނީ މާތްﷲ އެންގެވިގޮތަށް. ަިބޫ އަކީ ޢައިރު މުސްލިމުން ރުއްސަން މަސައްކަތްކުރާނެ ވެރިޔަކަށް ނުވާނޭ ކަމަށް އުންމީދު ކުރަން.

  26. ސިއްތި

    އެމްނެސްޓީ ބޭޅާ. ތިޔަކަމަކާއި ހާސްވާނެކަމެއްނެތް. އިބޫގެ ސަރުކާރުގައި ތިޔަކަން ކީއްކުރަން ކަލޭމެން ނުރުހޭ ހަމަ އެއްކަމެއްވެސް ނުކުރާނެ. އެމަނިކުފާނު މިރާއްޖޭގެ ވެރިކަމަށް އައީ އިންސާފު ގާއިމްކޮށް މިރާއްޖެ އަމާން އޮމާން ޖަޒީރާ ރާއްޖެއަކަށް ހަދައިދޭން. އެމަނިކުފާނުގެ ވެރިކަމުގައި ޖަޒީރާ ރާއްޖޭގައި އިންސާނީ ހައްގު ފުޅާވެގެން ގޮސް އަވައްޓެރި އިންޑިޔާގައި މިހާރު އެއޮތްފަދަ މިިނިވަންކަންލިބިގެންދާނެ، ވަހުޝީއެދުން ފުއްދުމަށް އިންސިއެއް ޖިންނިއެއް ޖަނަވާރެއް ހައިވާނަކަށް ބެލުމެއްނޯންނާނެ، ކުކުޅު ހާ އުސޫލު އޮންނާނީ އެއީ އަޅުގަނޑުމެންގެ މިނިވަންކަން. އަޅުކަންކުރާކަށްވެސް ގޮތެއްފޮތެއްނޯންނާނެ، އީޔޫ އެމެރިކާ އިޒްރޭލު އެމްނެސްޓީ ބުނާހާ ގޮތަކަށް އެކަންތަށްވެސް އިބޫގެ ސަރުކާރުގައި ހަމަޖެހިގެންދާނެ. ކެއުން ބުއިންވެސް ހަމަ އެގޮތް، ކަލޭމެން ދޮންކުދިން ބޯކަލަ ރެޑް ވައިޓް ހާޑް ސަރުބަތުގެ ހުރިހާބާވަތެއް އަތްފޯރާފަށުގައި ބޭނުންބަޔަކަށް ލިބެން ހުންނާނެ. މިވަގުތަށް އަޅުގަނޑުމެންގެ ޝޭހް އިލްޔާސްވެސް މިގޮތާއި ރުހޭ.
    އެކަމަކު މިކަންކަން ކުރުމަށް ކަލޭމެންގެ ވެސް ޒިންމާއެއް އެބައޮތްކަން ހަނދާންކުރާތި. އެންމެ ފުރަތަމަ މިރާއްޖޭގެ މަސް ކަލޭމެންގެ ގައުމުތަކަށް ދަތިކަމެއްނެތި އެތެރެވެ ރަނގަޅު އަގު އެއަށް ލިބެންޖެހޭނެ، ދެން ދިވެހިންނަކީ ނިކަން އަވަހަށް ބާރު ސްޕީޑުގައި ތަރައްގީ ބޭނުންވާ ބައެއް. އެމީހުންގެ ރަށްރަށުގައި ހަސްފަތާލު، އިންޖީނުގެ، މަގުތާރު، ނަރުދަމާ، ބޯފެން، މަދަރުސާ، އެއަރޕޯޓުތަށް ހަދައިދޭންޖެހޭނެ. މިކަންކަމަށް ކަލޭމެންގެ އެހީލިބިގެން އިބޫއަށް ކުރިޔަށްދެވޭނީ. އަދި އިތުރަށް ޑިޑިޓޮޓޮޓޮކުސީ ސެންޓަރު ވެސް ބޭނުންވާނެ، ޒުވާންކުދިން ރަނގަޅުކުރުމުގެ ނަމުގައ ވާވެއްދޭނޭ ނިޒާމެއްވެސް އޮންނަންޖެހޭނެ ނޫންތޯ.
    މިހުރިހާ ކަމެއް ގާއިމްކޮށްދީފިއްޔާމު ބަދަލުގައި އަދި ކިތަންމެ ކަމެއް އަޅުގަނޑުމެން ވެސް ކޮށްދޭނަމު، ފަލަސްތީނުގެ ބިމުގައި ކަލޭމެން ހަދަމުންދާ އިޒްރޭލަކީ ހަގީގީ އިޒްރޭލުގެ ބިންކަން ބަލައިގަންނާނަން، މިކަހަލަ ކަންކަމާއި ޝޭހް އިލްޔާސްމެން ކަހަލަ ތުނބުޅި ލީކުދިން ބެހެންޏާމު ޓެރަރިސްޓް ބޯޑު އަޅުވާފައި ކަލޭމެންނާއި ހަވާލުވެސް ކޮށްދޭނަން. ގުއަންޓަނާމޯބޭ އަށް ގެންގޮސް ބުރިން ކާންދިނަކަސް މިރާއްޖޭގެ ރައްޔިތުން ހިތަކަށް ކަހެރުވަކެކޭވެސް ނާރާނެ.
    އެކަމަކު ތަރައްގީ ފަސްޓް، ޔާނު އެއޮތީ އެކަންތަށް ވާނެކަން ދައްކާފައި، ދެން އަހަރުމެންނަށް ހަމަޖެހުިލައިގެން ތިބެވޭނީ އެކަންތަށް ކޮށްގެން. އިސްވެ މިބުނިޕްލޭނަށް ތަދުރުކުރަން އަމާން މަގެއްކޮށޭނީ ތަރައްގީ ގެނެވިގެން.
    ތަރައްގީ ނުގެނެސް ކަލޭމެން ބޭނުންކަންތަށް ކުރަންއުޅެގެންފިއްޔާމު ދެން އިމްރާނުމެން ތުނބުޅިކުދިން ގޮވާލާއިރަށް ރައްޔިތުން ނިކުންނާނެ އެމްއެމްއޭ ކަންމައްޗަށް. ދެން އިލްޔާސްމެން ދެއަތް މައްޗަށް ނަގައި ރޮއިފާކަލާ ކުރިހައިހުވާ ކިޔަން ފަށާނެ. އެކަމަކު އެއްކަލަ ތަރައްގީ ގެނެވި ރައްޔިތުން ފާގަތިކަމުގައި ތިބިއްޔާމު މިރާއްޖޭގެ ރައްޔިތުން އިމްރާނާއި އިލްޔާސަށް ތުނބުޅިލީކުދިންނަށް ނޯބުނާނެ. ބޭނުމީ އެދުވަސް.

  27. ޕަޕެޓް

    އިބޫ އަކޫ ޔާމީންހާ ގަޓު ހުރި ވެރިއެއް ނޫން. އެމްނެސްޓީ ކޮމަންވެލްތު އަދި އދ ބުނާހާ ގޮތަކަށް ހަދައިގެން ހުރި އެމީހުންގެ ޕަޕެޓަކަށްވާނީ. އެއްޖިންސްުން ގުޅުން ހުއްދަކުރަން މަރު ހިފުން ދެކޮޅުހެދުން އަދި ހުރިހާ ދީނަކަށް މިނިަވަންކަމާއިއެކު އުޅުން ގޮވާލާނެ. އިބޫ އަކަށް އެމީހުންނާއި ދެކޮޅަށް އެއްޗެއް ބުނާކަށް ނުކެރޭނެ

  28. ސަމް މާލެ

    ކޮބާ ކިހިނަކުން މިވަނީ ބަލަގަ އިންސާފު ހޯދައިދޭށޯ ވެރިކަމަން އައީ ެއަވަހެންނު އިންޒާރު ފޮނުވަންފެށިލޭ

  29. ކޮބާ

    ލަސްތަކެއް ވެއްޖެ؟؟ ތިފެށުނީި

  30. ޙަޤީގަތް

    އިބޫ އަކަށް ނުކެރޭނެ އެމީހުންނާ ދެކޮޅަށް ބަސް ބުނާކަށް.. ޔާމީން އެމީހުން ސައިޒު ކޮއްފަ ބޭތިއްބިޔަސް އިބޫ ވާނީ އެމީހުންގެ އަޅަކަށް.. ބްލަން ތިބޭ.. ތި އިބޫއަށް ލީ ވޯޓު ގޮވާނީ ހަމަ އަތަށް..

  31. ރަޝީދު

    އެމްނެސްޓީން ތިއޮތީ ސީދާ އަމުރެއް ނެރެފަ، ކޮބާ ފެނޭތަ؟ އަދި 5 މިނިޓް ނުވޭ. މިހާރު އެއަށް އަންނަީ މަޖުބޫރު ކުރުމަށް

  32. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    މިހާރު މިރާއްޖޭގައި ހެކިބަސް ވަޒަން ކުރުމުގައި ބޭނުން ކުރަމުންދާ މިންގަނޑުތަކަށް ބަލާއިރު، އަދި ޚާއްޞަކޮށް ޢަދުލުއިންޞާފުގެ ހަމަތަކާއި އުޞޫލުތައް ތަންފީޒުވަމުންދާ ގޮތަށްބަލާއިރު، މަރަށް މަރު ހިފުމުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން ބެލޭނެ ކަންތައްތަކެއް ހުރެދާނެއެވެ. އެހެންނަމަވެސް، މަރަށް މަރު ހިފުން ހުއްދަވާ ޙާލަތެއްގައި އެކަން ނުކޮށް ފަރުނުޖެހޭނެއެވެ. ހިނގަމުންމިދާ ވެރިކަމުގައި ބުނެފައިވަނީ، މަރަށް މަރުހިފާނެ ކަމުގައެވެ. އެކަމަކު، 5 އަހަރުގެ ދައުރެއް ނިމިގެންދާއިރު، އަދިވެސް މިރާއްޖެ މިއޮތީ އެކަމަށް ތައްޔާރުވުމުގެ މަރްޙަލާގައެވެ. ދިވެހިރާއްޖޭގެ ރައީސް ކަމާއި ދެން ހަވާލުވެ ވަޑައިގަންނަވާ އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ގެ ސަރުކާރުން ދިވެހިރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކޮށްގެން ނުވާނެ ކަމަށް އެބުނަނީ، އެޑްވައިޒެއްގެ ގޮތުގައެވެ. ވީމާ، އެއްވެސް ޝަރުޢީ އަދި ޤާނޫނީ ހަމައެއްނެތި ދެއްވާ އެޑްވައިޒަކަށް ބޯލަނބާކަށް ނުޖެހޭނެއެވެ.

    • ފައިސަލް

      ސާބަހޭ އަބްދުﷲ..... ހުތުބާ އެެއްޗެހި ލިޔެ ހަދަންތަ؟....

  33. Anonymous

    ލަދު ގަންނަން ޖެހޭނެ އަނިޔާވެރި އަދަބޭ ބުނަން... ދެރަ ވެއްޖެ މި ކިޔާފަ.. ހަމަ ހުވާ ކަލޭމެން ތި ޖަހަނީ އިސްލާމް ދީނައް ޖޯކް.. މިހެން ވެގެން ނުވާނެ...ތީތި ވަރަށް ކަޑަ... ޖަލަށް ލެވިފަ ތިބިމީހުނަށް ޝަރީއަތް ކުރެވެން ޖެހޭނެ...އެމީހުން ގެ މައްސަލަ ބެލެން ޖެހޭނެ.. އިސްލާމީ ޝަރީއަތެއް ތަންފީޒު ކުރެވެން ޖެހޭނެ.... ލަދުން ބޯ ހަލާކު... ދެން ވެރިކަމަށް އަރާ އެކަކުވެސް ރަގަނޅު ނުވާނެ ކަން މިހާރު އިގިއްޖެ..ކަލޭ މެން ތި ކުރަނީ ވަރަށް ބޮޑު ނާ އިންސާފެއް...ކަލޭ ނެން ހެއްދެވި ފަރާތް ވަކި ގޮތަކަށް ކަޑަ އަޅުއްވާ ނިންމަވާ ފަ ވާކަމެއް.. ތީ ނާއިންސާފެއް..ތީ ނާއިންސާފެއް...ތީ ނާއިންސާފެއް

  34. ކަންނެލި އޮޑިވެރިޔާ

    ޔާމީން ރަޝީދާ ރިލްވާންގެ ވާހަކަ އޮތްއިރު ނެތެއްނު އަފްރާޝީމްގެ ވާހަކައެއް. އަދި ދިވެހިން ރޯނެ ދުވެސް ދުނިޔޭގަ ތިބި ބަޔަކަށް ވިއްޔާ ފެންނާނެ

  35. ޢަލީ

    ކުރިންވެސް އެނގޭ ތި އަމުރު އަންނާނެކަން އަދި އިތުރު އަމުރުތައްވެސް އަންނާނެ. މިހާރު އިންޑިއާއަށް ދާން ތައްޔާރުވަނީ ދެން އަންނާނީ ކޮން އަމުރެއްކަން ވެސް ނޭނގޭ، ދެބެންގެ އެކައުންޓަށް އެހާގިނަ ފައިސާ ލިބުނުގޮތް މި އެނގެނީއެއްނު.

  36. ރީނދޫ

    ކޮބާ ގޮށް ރީނދޫ ކުދިން. މަންޒަރު ވަރަށް ސާފުވޭ އެބަ. އަހަރަމެން މިހުރީ ނާށި ތަޅަން ތައްޔާރަށް

  37. މަރީ

    ހީވޭ ކަމެއް ހެން. ވެރިކަމުގެ ހުވާ ނުކުރަނީ އެއަންނަނީ އަމުރުތައް. ޔަޤީންކަމާއެކު ބުނާނީ އެކްނ ކުރާނެކަން އެނގެތީ. މަރުގެ ހުކުމް ތަންފީޒުކުރަންޖެހޭ. މިއީ އސިްލާމްދީން. ކޮބާތަ އިލްޔާސުއާއި، އިޔާޒުއާއި ޒައިދުމެން. ތަމެން ބެހޭކަމެއްް ނޫންތޯ މިއީ

  38. ކާފަ

    ތިބޭފުޅުންގެ ޤައުމެއްތޯމީ؟

    • Anonymous

      ފުރަތަމަ ވަޢުދު. ބަންދު މީހުން ދޫކޮށްލުން. ދެން އޮތީ މައިބަނދަރު ގެރިމޯދީ އަށް ނުއަގުގަ ވިއްކާލުން. ބަލަންތިބެއްޗޭ!!

  39. އަޙްމަދު

    އެ،މްނެސްޓީ. ހަމާއިގައިތޯ ތިއުޅޭނީ. މަރަންވެސް ޖެހޭނެ ރަނގަޅު ޝަރިއްޔަތަކުން ޙުކުމް ކޮށްފިއްޔާ. އިސްލާމް ދީނުގެ ޙުކުމްތަކާއި ދެކޮޅަށް ވާހަކަ ދައްކާމީހުންނަށް ވެސް ޙައްގު އަދަބުދޭންޖެހޭނެ. އެމްނެސްޓީއަށް ނިސްބައްވާ ބަޔަކު އުޅެނީތޯ މަރަން ޙުކުމްފައި!

  40. ހޫނު

    ހާދަ ހޫނުޚަބަރު އެބަގެނެސްދެއޭދޯ! އިސްލާމްދީނުގެ ތާކިހާ އަޅައިގެން ކުރި ވެރިކަމުގައި މަރުގެ ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ކުއްލިއަކަށް ކާފަރުވެރިކަމެއް އައިސް މަރުގެހުކުމް ބާތިލްކޮށް އެކަންކުރުން ހުއަޓާލީދޯ!؟

  41. ދެފުށްކެހެރި

    ޝޭޚް ދަރުސެއް ދޭންވީނު އެވެރިން އެބުނަނީ ރަނގަޅަށޭ ކިޔާފަ.

  42. މާސޭ

    މީ އަޅުގަނޑުމެން ހިތާމަ ކުރަންޖެހޭ ކަމަކީ އަބަދުވެސް އެމް.ޑީ.ޕީ ވެރިކަމެއްގައި، މިހާރު ހިއްވަރުދޭންފެށީ މާދަން މިކަމަށް އިޖާބަ ދީފިނަމަ ވެރިކަމަށް އަންނަމުން ދެއްކިވާހަކަ ތައް ވަނީ ކަނޑުއެޅި ރޮތްގަކަށް

  43. ނިހާދު

    ބަލަ ނުކުރާނެއޭ ޤުރުއާން ލިޔެފަވާ ހަތިމެއް ހާހިސާބްވެސް އެތެރެ ކުރުންމަނާއަދިވާނެ ތަން. ޢަންނާނެ ގުރުއާނުންނޭ ހިތްވަރުލިބެނީކިޔާފަ ދިވެހިން ނިއްމާނީ އެމީހުން އުޅުންވާގޮތް ތިކަހަލަ ހުރިހާ ކަމަކަށް ބޯލަނބާ ބަސްއަހާ ތަންފީޒުކުރާނެ ވަޅިޖަހާ ވަޅީގެ ތިލަފަތުން ލޭނުހިކޭ އަނެކަކު މަރާ ވައްޓާ ގާތިލު މީހާއަށް އަށް ކިހާބޮޑު ހިތްވަރެއް މާދަމާ ދަރިއަކު މަރާ ވައްޓާލިއަސް ދެން ދެން ހިތާމަނުކުރާތި

  44. ދާދު

    މިހާ އަވަހަށް ސަރުކާރު ހިންގަންވީ ގޮތް ކިޔާދޭން ފެށީ. މި ފެންނަނީ ޖަޒީރާ ރާއްޖެ ހިންގާނެ މީހުން. އިބޫ އެއީ އެމީހުންގެ ޕަޕިޓެއްތަ. މީ ދިވެހީންގެ ގައުމް މި ގައުމް ހިންގާނީ ދިވެހިން ބޭންވާ ގޮތަށް

  45. ޚޖބ

    މީ ބޭނުންވި ގޮތަކީ.. ކޮބާ އިލްޔާސް... ކޮބާ އިޔާޒް.. އެހެންވީމަ މީހުން މަރަންވީ ގުރުއާނުގަ ވާ ގޮތަށް އަމަލުކުރާކަށް ނުޖެޙެތާ.. އަމަލުކުރާނީ އެމްނޭސްޓި ބުނާ ގޮތަށް

    • އާންމު އާދުމީ

      އިޔާޒަށް އިލަޔާސަށް ބަލާކަށް ނުޖެހޭ. އެމީހުން ތިބެދާނެ އެމީހުންގެ ޖަޒީރާ އަވާމެންދުރުގަ. އެކަމަކު މުސްލިމަކަށްވެހުރެ، ރައީސް ޔާމީނު މިފަހަރު ބަލިވިއެއްކަމަކު، މިގައުމު މޑޕ ބޭނުންހާ ކުޅިއެއް ކުޅޭކަށް ދުލެއް ނުކުރާނަން. ކިތަންމެ ބިޓާރ ވިއެއްކަމަކު.

  46. ތަލްހާ

    އަދި ވެރިކަމުގެ ހުވާ ނުކުރަނީސް ބޭރުގެ ނުފޫޒް ރާއްޖެއަށް އެވަންނަންފެށީ.މިނިވަން ދައުލަތަކަށް އަތް ބާނަން އެފެށީ.ޔާމީން ރާއްޖޭގެ އިންޓަރނަލް ޕޮލިސީގެ ތެރެއަށް ބޭރުމީހުން ނުވައްދާތި 133ހާސް މީހުން އެކަން ބަލއިނުގަތީ.ބަލަ މަރަށް މަރަށް ހިފުމަކީ ސީދާ ހަތް އުޑުމަތީން ބާވައި ލެއްވިކަމެއް.އެމްނެސްޓީ އަކީ އިސްލާމްދީން ޤަބޫލުކުރާބައެއްނޫން. މިހުރިހާ ކަމެއް ބޭރު މީހުން ލައްވައި ކުރުވަނީ ކެނެރީގެ އައްނި. އިބޫ ހުއްޓަސް މިރާއްޖޭގެ ވެރިކަން ކުރާނީ، އޭނާ. މިހުރިހާ ކަމެއް. އެއްކަލަ އޭނަގެ ކޮޅަށް ވޯޓް ދިންމީހުންނަށް ފެންނާނެ. އެމީހުން މިކަމުގައި ޒިންމާ ނަގަންޖެހެންނެ.

  47. ސަވާ

    އަދި އިބޫގެ ހުވާ ނުކުރޭ. މިހާރު ވަގުތު ނޫހުން ފިތުނަ އުފައްދަން ފެށީ. މަޑު ކުރޭ އެއްމިލިއަނުން ޖޫރިމަނާ ކުރާނެ.

  48. ކިންގްފިޝަރ

    ތިޔަގޮތް ރަގަޅުވާނެ ޝޭޚް އިލްޔާސް އަދި ޑރ ޣިޔާޞް އަށްވެސް. ދެން އެމްނެސްޓީ އާއެކުގައި ޝޭޚްމެން ކުރިއަށްދޭ.

  49. ވަލުގެ އަހުމަދު

    ކޮބާ މިއޮތީ ކަންތަކާ ޖެހިފަ.މީ އޭރުވެސް ދެއްކި ވާހަކަ.އަދި މިއުޅެނީ ހުވާ ނުކުރެވިގެން މިހާރު އެކުރަނީ އަމުރު.ލާދީނީ ބައިގަނޑު މިހާ އަވަހައް ތެޅިގަތީ.އަދާލަތު ޕާޓީގެ ބަހެއް މިކަމުގަ ބޭނުންވޭ މިހާރުންމިހާރައް ވެސް.ސޭހް އިލިޔާސް ގެ ބަސް ބޭނުންވޭ މި މީހުނައް ރައްދުދިނުމައް.ސޭހް އިލިޔާސް އެއްޗެއް ނުބުނެ މިވަގުތު ހުރުމަކީ އިލްޔާސް ދީން ވިއްކާލި ކަމުގަ ބެލެވެން ދިވެހި ރައްޔިތުންނައް މިހާރު އެބަ އޮތް.

  50. ބަދި

    އެމްނެސްޓީ އަށް ދޯ އެނގެނީ އަހަރެމެން ކަންކުރަންޖެހޭގޮތް

  51. ޑަމް

    ކޮބާ ގޮށް ރީނދޫ ހުންޖެހިގެން އުޅުނު ކުދިން. މަންޒަރު ވަރަށް ސާފުވާހެން އެބަ ހީވޭދޯ އަދި މި އުލޅެނީ ވެރިކަމާ ހަވާލު ނުވެ ވިގެން ކިހާ ވަރަކަުން ދާނެ ބާ! ކޮބާތަ އިލިޔާސް ނިކަން ހައްޤު ބަސް ބުނެލަބަލަ މީ ސައްތައިން ސައްތަ މުސްލިމު ޤައުމެއް ކަތއް ވަމުންދާގޮތް އެބަ އިނގޭތަ! ކޮބާތަ ދީނުގެ ތާކިހާ އަޅާއިގެން ކެންޕޭނުގަ ފަތުވާ ދެއްވި ޢިލްމު ވެރިން ނިކަން މިކަމާ އެއްޗެކޭ ބުނެބަލާ ! މަދުމައިތިރި މިޒާޖާއި ބަސް އެހުމާއެކު އިބޫ އަށްޖެހޭނީ އެމިނިސްޓީގެ އެދުމާ އެއްގޮތަށް ކަންތައް ކޮށްދެން އެމީހުންގެ ފައިކޭޓަށް ވެއްޓިފަ އޮތީ ބުނާގޮތް ހަދަން މަޖުބޫރު ކުރުވާނެ . ލަސްވިތަ ކަންކަން ފަށައިގަނަން ޕުރޮޕެގެންޑާ ފަތުރަން މީ އަހަރުން ބުނި ތަން މި ފެންނަނީ . ދެން ބަލަން ތިބޭ !

  52. މުސްލިމް އަޚާ

    އެމްނެސްޓީއިން ބުނާހާކަމެއް އަހަރެމެން ކުރާކަށް ނުޖެހޭ. އަހަރެމެން އަމަލުކުރަން ޖެހޭނީ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް. އިބޫގެ ސަރުކާރުން މިކަމަށް ރުހިއްޖެއްޔާ ދިވެހިން ވަރަށް ދެރަވާނެ.

  53. މޮންސްޓަރ

    ދެން ހަޅޭ ލާާ ލާ ތިބޭ ދެން ލަލަލާ އޮންނީ ވަށްޓާލާފަ

    • Anonymous

      ދެން ޖެހޭނީ ގެރިމޯދީ އަށް އެއަރޕޯޓް ދޭން. ހަމަ ދޭންޖެހޭނީ. އީޔޫ ބުނާގޮތް ހަމަ ހަދަން ޖެހޭނީ. އެމްނެސްޓީ ބުނާގޮތް ހަމަ ހަދަންޖެހޭ ނީ. ދެން ލަލަލާ.

  54. ޢަޒީ

    މިސަރުކާރު ގެނައުމުގެ ބޭނުމަކީ ދިވެހިރާއްޖޭގައި ސެކިއުލިޒަމް ގާއިމުކޮށް ފެތުރުމަށް އަދި ވެރިކަމާއި ހަވާލުނުވަނީސް ފާޅުގާ އެގޮވަންފެށީ ﷲ ގެ އާޔަތްތަކަށް ކީފިވުމަށް އާދެ"ޤިޞާޞް" ހިފާގެން ނުވާނެކަމަށް

  55. ހުވަދު

    ކޮންމެބަޔަކު ކޮންމެ އެއްޗެއް ކިޔަސް މަރަށް މަރުހިފަން ޖެހޭނެ.

  56. އަދަން ފަރުބަދަ

    ބަލަ ޔާމީނުވެސް ދެއްކީ ދަޅަ މަރުގެ ޙުކުމް ތަންފިޒު ކުރާނަމޭ ކިޔައިގެން ރައްޔިތުންގެ ލޮލުގަ އެޅުވީ އަނދުން

  57. މޮޔަސޮރު

    ޔާމީނުގެ ސަރުކާރުގަ ކިތައް މީހުނަށް މަރުގެ އަދަބުދީ މަރާފި އެހެންވެ ދެން އެކަން ބާޠިލް ކުރަން އެމްނެސްޓީއިން މަސައްކަތް ކުރަނީ .....

  58. އެދުރުބެ

    އިސްލާމީ ހުމްތައް ފެއިލްކޮށް ވެރިކަން ކުރަން އުޅުމަކީ ރީތި ގޮތެއްނޫން އިބޫ

  59. ނަގޫރޯޅި

    ވޯޓުދީފަ ދެން ހަޅޭއްނުލަވާތިބޭ.

    • ސޭޓު

      ވޯޓެއް ނުދެން. އެކަމަކު ހަޅޭއްވެސް ލަވާނަން ބަލިވިއެއްކަމަކު ދީނާ ގައުމުގެ ދިފާޢުގަ. ހިމޭނަކުން ނުތިބޭނަން އިނ ޝާ ﷲ.

  60. ވާނުވާ

    ބާރެއް ނެތް ގޮނޑިކޮއްކޮ

  61. ކަލޯ

    ކަލޯ ޔާމީނު އެންމެން ހައްދާފަ.. ކެރުނު ތަ އެކަކުވެސް މަރަން.. އަޅެ ބުނެބެލަ... އެންމެ މީހަކުވެސް ކެރުނުތަ ؟؟ ހުމާމު ބައިންދާފަ.. މަރަށް މަރުހިފަން ހަމަ އެއްވެސް ހުރަހެއްނެތް.. ޢިއުތިރާފުވެފަ ތިބި ކިތަންމީހުން ތިބީ ؟؟ ކީއްވެ ހޭ ނުކެރުނީ ؟؟ ކީއްވެހޭ މި އަހަނީ ؟؟ ކެރުނު ނަމަ މިހެންނުވީސް.. ހޮވުނީސް ކަންނޭނގެ ؟؟

    • ކަރަންފޫ

      ޔާމީނު ގަޓުހުރީތީވެ ފާޅުގަ ބުނިދޯ ކުރާނަމޭ. އިންކާރެއް ނުކުރޭ. ތައްޔާރުތައްވެސްވި. ޔާމީނު އެހެންބުނީމަ އެންމެ ބޮޑަށް އެކަމާ ތެޅިގަތީ މޑޕ އެއްނޫންތަ؟؟ ކަލޭމެން ތިގޮތަށް ގޭމު ޖައްސާނެކަމެއްނެތް. ރައީސް ޔާމީނުގެ ލެގަސީ އަކީ ގަޓުހުރެ ހުޅަނގު މާޔޫސް ކުރުވުން. ދެން ނިކަން ބުނެބަލަ އެހާއަވަހަށް ބަޔާންތައް ނެރެ އެ ތެޅިގަންނަނީ އެމީހުން އާ ހިތްވަރެއް ލިބިގެންނެއްނޫންތަ. އުއްމީދުކުރަން އިބޫވެސް ޔާމީނުގޮތަށް އެމީހުންނަށް ނޫނެކޭ ބުނާނެކަމަށް. މީ ގައުމީ މައްސަލައެއް.

  62. އިބޫސޯލިހު

    އާދެ މަސާހިބު! ނުކުރާނަށް.

  63. ރުޒާނާ ޗޮއްޕަޓު

    ކޮށްގެން ނުވާނޭ!!!! އެބައުޅޭތަ ކުރަން.

  64. ކިޔާ

    ހުނ...ފުރަތަމަވެސް ތިފަދަ އެޑްވައިޒެއް ދީބަލަ ދުނިޔޭގަ އޮތް ސްޕަރ ލޫޒާ އެމެރިކާއަށް.އެމްނެސްޓީއޭ ކިޔާ ޖަމާއަތަށް ނުފެންނަނީތަ ނޫނީ ނުފެންނަ ކަމަށް ހެދިގެން އުޅެނީތަ އެމެރިކާ އިސްވެއޮވެ ކުށެއްނެތް މުސްލިމުންތަކެއް އިސްލާމީ ގައުމުތަކުގަ މެރިކަން އަދި މިހާރުވެސް މަރަމުންދާތަން.އެއޮތް ޔަހޫދީ ދައުލަތުން ކިތަައް ފަލަސްތީން ރައްޔިތުން ދުވާލެއްގެ މައްޗަށް އެމަރަމުންދަނީ.އެއީ މިމީހުން ގެ ބައިވެރިން ކުރީމަ މައްސަލައެއްނޫން.އެކަމަކު މިގައުމުގަ ގާތިލަކަށް އަދި މިއުޅެނީ މަރުގެ އަދަބު ނުދީ..މީ އަދަބެއް ދޭން އުޅޭތީ އުޅޭގޮތް.ހީވަނީ މޮޔަގެރިއެއް އަވަލައިގެން އުޅޭހެން.ބޮލަށް ތުރާ

  65. ހަބޭސް

    ކޮބާ މިކަމުގައި އަދާލަތުން ބުނަނީ ކީކޭތަ އެމެނެސްޓީން ބުނެފިއްޔަހައްދުވެސް ޖަހަން ނުޖެހޭގޮތަށް ، އެއްޖިންސުން ގުޅުން ހިންގުމާއި އެއްޖިންސްން ކައިވެނި ކުރުމުގެ ހުއްދަ ދިނުން ފަދަ ކަންތައްވެސް ކުރާނީބާ؟

  66. ސޯނާ.

    ކަލޯ މެންދެން ތިހެން ކިޔާލަ ކިޔާލާ ތިބޭ މިއީ އިބޫގެ ސަރުކާރު

    • Anonymous

      އިބޫގެ 'ކޯލިޝަން' ސަރުކާރު. އެހެންވީމައޭ އެމީހުންގެ އުއްމީދުތައް އެހާ ފާޅުވެ ޑައިރެކްޓް އަމުރު އެނެރެނީ!!

  67. ޭއިބްރާހީމް

    ކަލޭމެންތީ ކޮންބައެއް އިލާހީ ޤާނޫނައް ގޮތްކިޔަން .

  68. ހަޖަމް

    އިމްނާ މެންވެސް ތިބޭންޖެހޭނީ ޔާމިން ދައުރު ނިމޭންދެން.

  69. ާަަަަހައިކްސް

    އަނިޔާވެރި އަމަލަކީ ހިތުހުރި ގޮތަކަށް މީހުން ކަތިލުންތަ..! މީހަކު މަރާ މީހަކަށް އަދަބު ދިނުންތަ...!

  70. ހޯކު

    ޔާމީނު ސަރުކާރުން މަރުގެ ހުކުން ތަންފީޒުކުރިތަ؟ ވީމާ އިބޫ ސަރުކާރުން ހުކުން ތަންފީޒު ނުކުރިއަސް އެހުކުން ބާއްވާލިޔެފަ! އޮތްގޮތަށް

    • އާންމު އާދުމީ

      ޔާމީނު ސަރުކާރުގަ ނުކުރުން އެއީ ދެރަކަމެއް. އެކަމަކު ޔާމީނު އިންކާރެއްނުކުރޭ ދޯ ދީނުގެ ހުކުމަކަށް. ސާބިތުކޮށް މަރުގެ ހުކުމް ތަންފީޒުކުރާނެކަމަށް ބުނި ހަމައެކަނި ރައީސަކީ ޔާމީނު. އެކަމަށް ތައްޔާރީތައްވެސް ކުރެވުނު. ކީއްވެކަމެއް ނޭނގެ އެކަން ލަސްކުރި ސަބަބެއް. އެއާ ވަރަށް ތަފާތު ދީނުގެ ހުކުމްތަކަށް އިންކާރުކުރުން. އިބޫ މިކަހަލަ ބޮޑު ގޯހެއް ނުހަދާނެކަމަށް އުއްމީދުކުރަން. ނިކަން އަޅެ ގަޓުހުރިކަން ދައްކާލަބަލަ ޔާމީނުފަދައިން. ބުނެބަލަ ފާޅުގަ އެވެރީންނަށް ތިމަންނަމެންގެ ގައުމޭ، ތިމަންނަމެންގެ ދީނޭ. ހޯހޯއޭ.

  71. މަ މިއު މަ

    މަރުގެ ހުކުމް މިތަނުގަ ތަންފީޒު ކުރަން އަހަރެން ބޭނުން ނުވަނީ މި ގައުމުގެ ޣާޒީންނަށް އަހަރުމެނަށް އިތުބާރު ނުކުރެވޭތީ. އެ ހުކުމަކީ އެމީހުނަށް ކުރެވޭ ހުކުމަކަށް ވަންޏާ އޭގެ ނާޖާއީޒް ފައިދާ ނަގާނެ

  72. ބަލިމީހާ.

    މިރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒް ނުކުރުމަށް އެމްނެސްޓީއިން ގޮވަނީ އައްނީގެ އެދުމަކަށް. އޭނާ ދިވެހިރާއްޖޭގައި އެކަން ކުރަން އުޅޭތީ ބައިނަލް އަގުވާމީ އެކި އެކި ފޯރަމްތަކަށް އަރައި އެވާހަކަ ވަނީ ދައްކާފައި. އެއީ އޭނާގެ އެދުމެއް.
    އެމްނެސްޓީއަކަށް މިރާއްޖެއަކަށް ތިކަމަށް އަމުރެއް ނުހިންގޭނެ. ތީ ﷲ ގެ ޝަރީޢަތް. ތިކަމަށް ދިވެހިރާއްޖެއިން ހަދަންޖެހޭ ޤާނޫނުތައް ހަދައި ބަދަލުކުރަންޖެހޭ ޤާނޫނު އަސީ އެއްވެއްޖެއްޔާ ބަދަލުކޮށް ވާން ޖެހޭ ތައްޔާރީ ތައް ވުމަށް ފަހު އެކަން ތަންފީޒް ކުރެވެން ޖެހޭނެ.މިރާއްޖޭގެ މައުސޫމް އެތަކެއް ރައްޔިތުން ކަމަކާ ނުލާ މރަމުންދަނީ މަރަށް މަރު ނުހިފޭތީ.އައްނި މިރާއްޖެއަކާ އަޅައިގެން މިއުޅެނީ ކީއްވެތަ؟ މީނައަކީ ދިވެހީންނަށް ކޮންކަމެއް ކޮން ޚިދުމަތެއް ކޮން ދިން މީހެއް. ބޮޑު ބަ...........................................................

  73. އާދަމް

    ހަނދާނަށް އަންނަނީ ރައީސް ޔާމީނު ވިދާޅުވި ބަސްކޮޅެއް، ރައްޔިތުންނަށް ލިބޭނީ އެމީހުން ވޯޓުދިން އެއްޗެއް...ދިވެހިން ވޯޓުދިން ގޮތް އެމީހުންނާ މި ބައްދަލުކުރަނީ. ދިވެހިން ބޭނުންވަނީ ދީން ގޭގަ ބާއްވައިގެން އުޅެން.

  74. ހަހަ

    ޝޭޚް އިލްޔާސް ދެން އަތްޖަހާ.

  75. ސާދުނާ

    ރައީސް ޔާމީނުގެ ވެރިކަން ވެއްޓިގެން ދިއައިރު ކިތަން މީހުންނަށް މަރުގެ ހުކުމް އިއްވާފަދަ އެދިޔައީ! ވަގުތުން ނޫހުގައި ތިޔަ ވާހަކަ ދައްކަން ހަޑި މަރަން މަރުހިފަން ޖެހޭނެ. ހިފާނެ މީހަކުނެތީ އަނގަފުޅާކޮށްފަ ދީނީ އިލުމްވެރިންގެ ބޯކާލަން އެވާހަކަދެއްކުމަކުން ނުފުދޭ ޢަމަލް ބޭނުމީ...

    • Anonymous

      ހުކުމްތައް ތަންފީޒުކުރަން ތައްޔާރުވި. ކުރާނެކަމަށް ފާޅުގައި ދުނިޔެއަށް އިއްވި. ކީއްވެ ކަމެއް ނޭނގެ ނުކުރެވުނީ. އެކަމަކު މިއާވަރަށް ތަފާތު ހުކުމުތަކާ ދެކޮޅުވުން ނުވަތަ އިންކާރުކުރުން. އުއްމީދުކުރަން އިބޫ އެކަހަލަ ގޯހެއް ނުހަދާނެކަމަށް. އެކަމަކު އަހާލަބަލަ ނިކަން ކީއްވެތޯ އެހާ ކޮމާންޑު އެއަންނަނީ އަދި ގޮނޑީގައި ނުއިށީންނައިރު. ޔާމީނުގެ ދައުރުގަ އެމީހުން ތިބީ މާޔޫސްވެފަ. މިހާރު ދެން ނޭނގެ.

  76. ޢަލީ

    ޢީޔޫ އަކަށް ނިއެގޭހެއް ގައުމުގަ އިސްލާމީ ޝަރީއަތާއި އެއްގޮތަށް ހަދަފެއި ތިބި ގާނޫނު އަސާސީގެ މޢްދާތައް ބަދަލު ކުރަން

  77. ޢައިޝާ

    މިހާރު މި ޤައުމުގަ މަރަށް މަރު ހިފާތަ؟އެހެންވީމަ މިހާރުވެސް ލާދީނީ ދޯ

  78. 3ނިރު

    ރިކްއެސްޓެްއެއްވެސް ނޫން ސީދާ އަމުރުކޮއްފަ އެމީހުނަށް ވެސް އެނގޭ މިމީހުން އެމީހުންގެ ބަސް ގަބޫލުކުރާނެކަން

  79. އަޅުގަނޑު

    ދިވެހިރާއްޖެއަކީ މުސްލިމް ގައުމެއް. ރާއްޖެ ތަބަޢަވާން ޖެހެނީކީ ގިނަ ގައުމުތަކަކަށް ނޫން. އިސްލާމްދީނަށް. އެމްނެސްޓީއަކަށް ނޭނގޭނެ ހަދަންވީގޮތެއް!

  80. ތާރާ

    އެމެރިކާގަ ހިފާ އިންޑިޔާގަ ހިފާ ރާއްޖޭގަ ނުހިފާންވީ ކީއްވެތޯ އަހާލަބަލަ؟

  81. މީހެއް

    ކޮމެންޑް ސެކްޝަނު ބަލައިލީމަ ހީވަނީ ހުދު އިބޫ ނެރުނު ބަޔާނެއްހެން މިއީ. ބަލަ މިފަދަ ޖަމިއްޔާތައް މިކަހަލ ބަޔާންތައް ނެރޭނެ. އޭގެމާނަ އަކީ އިބޫ އެމީހުން ޖަހާ ބެރަކަށް ނަށާނެއެކޭ ނޫން. ދެން ބުލެލްން އޮތީ ބޭނުންވަނީ ހަމައެކަނި މަރުގެ ހުކުމް ތަންފީޒުކުރުމެއް ނޫނޭ ނަމަވެސް އިސްލާމްދީނާ އެއްގޮތަށް އެކަންވާނެގޮތަށް ތަންފީޒުކުރުމޭ. މިފަދަ ފެންވަރެއް އަދި ރާއްޖެއަކު ނެތް. ދުނިޔޭގެ އެހެން މުސްލިމު އަދި މުސްލިމް ނޫން ގައުމުތަކުގަވެސް ވަރަށް ގިނައިން ސިޔާސީ ނުވަތަ ޒާތީ ކޯޅުންތަކުގައި ބަދަލު ހުފުމަށް މަރުގެ ހުކުމް ބޭނުންކުރޭ. މިކަހަލަގޮތަކަށް ރާއްޖޭގަވެސް މިކަން މިހާރު ކަންތައްހުރި ގޮތުން ދާނީ. އެހެންވެ ހަމަ ކަމެއް ކުރުމަށް ނުކުރެއް. މިކަން ރަގަޅަށް ކުރެވުމުގެ ގާބިލުކަން ލިބެންދެން އަވަސްނާރުވަ މަޑުކުރުން އެކަމު ރަގަޅު.

  82. ސާރާ

    ދީނުގައި އަންގަވާފައިވާ ގޮތަށް އެކަން ކުރަންޖެހޭނެ. އަޅުގަނޑުމެންގެ ދީނަކީ އިސްލާމްދީން

  83. ޥީރާނާ

    ޢެހެންވެއްޖެއްޔާ ވެރިކަން ވައްޓާލާމު....

  84. ކަލޯ

    މަރުގެ ހުކުމް ތަންފީޒް ކުރާނެތޯ ނޫނީ ނުކުރާނެތޯ ނިންމާނީ ދިވެހިން. އިބޫ އަކަށް އަދި އެމްނަސްޓީ އިންޓަރ ނެޝަނަލް އަކުން ނޫން. ައިބޫ މި ގާނޫނު އަށް އެއްވެސް އިސްލާހެއް ގެނެސް މަރުގެ ހުކުމް ތަންފީޒް ކުރުން ހުއްޓުވައިފިނަމަ އިބޫ އަކަށް އަހަރުމެން ތާއީދެއް ނުކުރާނަން

  85. މަޒް

    ޔާމީނު އެކަން ކުރީތަ؟

    • އާންމު އާދުމީ

      ޔާމީނު އިންކާރެއް ނުކުރޭ. ބުނި ކުރާނަމޭ. އެކަމާ ދެކޮޅު ހެދީވެސް މޑޕ އެއްނޫންތަ؟ ދެން ނިކަން އިބޫ އަޅެ ބުނެބަލަ އެމީހުން ގާތުގަ ތިމަންނަމެން މީ މުސްލިމުންނޭ. މަރަށް މަރޭ، ޔާމީނު ބުނިގޮތަށް. އިބޫ އައީ އިންސާފޭ އިންސާފޭ ބޭރަށް ހިންގާވަރަށް ގޮވާފައެއްނޫންތަ؟ މަރަށް މަރު އެއީ އޮތް ހަމައެކަނި އިންސާފު. ނުޖެހޭ ރައްޔިތުންގެ ފައިސާއިން މުޅި އުމުރު ކުށްވެރިން ބަލަހައްޓާކަށް. ހުކުމްތައް ތަންފީޒުކުރޭ!

  86. ނަގޫރޯޅި

    ކޯބާތަ މޑޕ ދޫފަރިތަކުދިން، މިކަމައް ކީކޭބާބުނާނީ.

  87. ޓެކުސީ

    ވައްޓާލާނަން ތި ވެރިކަން މިބުނީ ހަމަތެދު.

  88. ައަސްތާ

    ޤުރްއާނާ ސުންނަތުން މިކަންއޮތީ ކިހިނެއްތޯ ނުބަލަންތަ؟ ޝޭޚެއްކައިރި އަހާލަބަލަ. އަނެއްކާ މުނާފިޤެއްކައިރި ނާހާތި. މިހާރު އެއީވެސް ވަރަށް އުނދަގޫކަމެއް.

  89. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    ވާރިޘުންގެ ފަރާތުން، ނުވަތަ ވާރިޘުންގެ ތެރެއިން އެކަކުވެސް ޤާތިލަށް މަޢާފުކޮށް ޤިޞަޞް ހިފުމަށް ނުނެކޭ ބުނެފިނަމަ، އެޙާލަތުގައި އޮންނަނީ ކޮންގޮތެއްތޯވެސް ބަލަންޖެހޭނެއެވެ. އެހެނީ، ދިވެހިރާއްޖޭގެ ޤާނޫނުން މަރުގެ އަދަބު އުނިކުރަން ޖެހޭނެކަމަށާއި، މިހާރު މަރުގެ ޙުކުމް އިއްވާފައިވާ މީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކޮށްގެން ނުވާނެކަމަށާއި، ދުނިޔޭގެ ގިނަ ގައުމުތަކުން ވެސް މިހާރު މަރުގެ އަދަބެއް ނުދޭކަމަށް، އެމްނެސްޓީގެ ޑެޕިއުޓީ ސައުތު އޭޝިއާ ޑިރެކްޓަރ ޑިނޫޝިކާ ޑިސަނަޔަކަ ވިދާޅުވެފައިވަނީ، އިޖުތިމާޢީ ނަޒަރަކުން ބަލާފައެވެ.

  90. ރައްޔިތުން

    އިސްލާމް ދީނުގައި އޮތް އެއްވެސް ކަމެއް އެނޫން ގޮތަކަށް ބަދަލުވެގެން ނުދާނެ. އެކަން އެގޮތަށް ހިނގާނެ އިންޝާﷲ، އެއްވެސް ފަރާތަކުން ދައްކާ ބަހަނާއަކީ އިސްލާމްދީނުގައި ކަނޑައެޅިފައިވާ އެއްވެސް ކަމެއް ކުރުމަކަށް އޮތް ހުރަހެއްނޫން. އެކަންކަން އެމަގަށް ކޮށްގެން އިސްލާމްދީނުގެ އަދުއްވުން އެމީހުންގެ މުޖުތަމައުތައްވެސް ކުރިއަރާނީ.

  91. ބެއްޔާ

    ﷲ ގެ ހުކމް ފުޅަށް ގޮންޖެއްސެވޭޏޭ އެއްވެސް ފަރާތެއް މިޢުޑުދަށުގައނުވޭ. މިކަމާ ޗެލެންޖްކޮށް ނުކުރާަނަމޭ ބުނީ ވެރިކަމުން ބާޅަން މަސައަކތްކުރާނަން.

  92. އިބުރާހީމް

    ލާދީނީ ލާދީނީ ލާދީނީ

  93. ޗިއްލޫ

    ކަންތައްފެށުނީ، ދެން އެއްކަލަ ޔަހޫދިން ބުނާހާގޮތަކަށް ކަންތައްކުރާނެ!

  94. Anonymous

    އެމެރިކާގަ މަރަށް މަރު ހިފާ. ކިޔަނީ ކެޕިޓަލް ޕަނިޝްމަންޓް. 31 ޔޫއެސް ސްޓޭޓްގަ ކެޕިޓްލް ޕަނިޝްމަންޓް ދޭ. އެމިނިސްޓީ އިންޓަރނޭޝަނަލުން އެމެރިކާގަ ކެޕިޓަލް ޕަނިޝްމންޓް ދިނުން ހުއްޓުވާ ބަަލަ. މިހާރު ވެސް ކެޕިޓަލް ޕަނިޝްމަންޓް ދޭ

  95. ޒ

    އެމެރިކާގަ މަރުގެ އަދަބްދޭ. ކިޔަނީ ކެޕިޓަލް ޕަނިޝްމަންޓް. 31 އެމެރިކާގެ ސްޓޭޓްގަ ކެޕިޓަލް ޕަނިޝްމަންޓް ދޭ. އެމިނިސްޓީ އިންޓަރްނޭޝަނަލް އިން އެމެރިކާގަ މަރުގެ އަދަބް ދިނުން ހުއްޓުވާ ބަލަ. އިންޑިއާގަ ވެސް ކެޕިޓަލް ޕަނިޝްމަންޓް ދޭ ވީމާ ސައުތު އޭޝިއާ ޑިރެކްޓަރ ޑިނޫޝިކާ ޑިސަނަޔަކަ އެކަންތަށް ހުއްޓުވާ ބަލަ

  96. ބޮކި ބޮކި ބޮކި

    ބަލަގަ ޔާމީން މަރުގެ ހުކުމް ތަންފީޒް ކޮށްފިއެއްނުން ! ދެން ނުޖެހޭ އިބޫ އެކަންކުރާކަށް !

    • އާންމު އާދުމީ

      އިބޫ އައީ އިންސާފޭ އިންސާފޭ ބޭރަށް ހިންގާވަރަށް ގޮވާފައެއްނޫންތަ؟ މަރަށް މަރު އެއީ އޮތް ހަމައެކަނި އިންސާފު. ނުޖެހޭ ރައްޔިތުންގެ ފައިސާއިން މުޅި އުމުރު ކުށްވެރިން ބަލަހައްޓާކަށް. ހުކުމްތައް ތަންފީޒުކުރޭ!

  97. އަލިބެ

    ކޮބާހީވޭ. އިންސާފުގެ މަގަށް އަދިކިރިޔާ އެގޮަވާލަނީ. ތިކަހަލަ ކިތަންމެ ގޮންޖެހުމަކާ ކުރމަތިވާނެ. ކުދިންނޭ ވިސްނާތިބޭތި.

  98. ކުދު ރަޝީދު

    سورة البقرة﴿١٧٨﴾
    يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى ۖ الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالْأُنثَىٰ بِالْأُنثَىٰ ۚ فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَاتِّبَاعٌ بِالْمَعْرُوفِ وَأَدَاءٌ إِلَيْهِ بِإِحْسَانٍ ۗ ذَٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ ۗ فَمَنِ اعْتَدَىٰ بَعْدَ ذَٰلِكَ فَلَهُ عَذَابٌ أَلِيمٌ އޭ إيمان ވެއްޖެ މީސްތަކުންނޭވެ! قتل ކުރެވޭ މީހުންނާމެދު قصاص ހިފުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) أخ އާގެ ފަރާތުން قصاص ގެ ބައެއް މާފުކުރެވުނު މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުން ހުށްޓެވެ. އަދި إحسان ތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ އަދާކުރުން ހުށްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި رحمة އެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ عداوة ތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި عذاب ހުށްޓެވެ

    سورة البقرة﴿١٧٩﴾
    وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الْأَلْبَابِ لَعَلَّكُمْ تَتَّقُونَ އަދި قصاص ހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ. އޭ ބުއްދީގެ أهل ވެރިންނޭވެ! (އެއީ) ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ.

    سورة المائدة﴿٤٥﴾
    وَكَتَبْنَا عَلَيْهِمْ فِيهَا أَنَّ النَّفْسَ بِالنَّفْسِ وَالْعَيْنَ بِالْعَيْنِ وَالْأَنفَ بِالْأَنفِ وَالْأُذُنَ بِالْأُذُنِ وَالسِّنَّ بِالسِّنِّ وَالْجُرُوحَ قِصَاصٌ ۚفَمَن تَصَدَّقَ بِهِ فَهُوَ كَفَّارَةٌ لَّهُ ۚ وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّـهُ فَأُولَـٰئِكَ هُمُ الظَّالِمُونَއެ توراة ގައި އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ (قصاص ގެ أصول) ކަނޑައެޅުއްވީމެވެ. ހަމަކަށަވަރުން، نفس އަކަށް نفس އެކެވެ. ލޮލަކަށް ލޮލެކެވެ. ނޭފަތަކަށް ނޭފަތެކެވެ. ކަންފަތަކަށް ކަންފަތެކެވެ. ދަތަކަށް ދަތެކެވެ. زخم ތަކަކީ قصاص ހުރި ކަމެކެވެ. ފަހެ، އެކަން މާފުކޮށްފި މީހާޔަށް އެއީ كفّارة އެކެވެ. އަދި اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ، ހަމަ އަނިޔާވެރިންނެވެ.

  99. ޙަސަން

    އިބޫ ކުރަންވީ ކަންތަކާ ނުކުރަންވީ ކަންތައް އެނގޭނީ އެމްނެސްޓީ އަކަށް ނޫން. މައިންޑް ޔޯ އޯން ބިޒްނަސް

  100. Anonymous

    އިސްލާމީ ޝައިރއަތުގެ ކޮން ހުކުމެއްތޯ ތަންފީޒްކުރީ އެކަމަކު ސައްތައިން ސައްތަ 100 ޕަސެންޓް މުސްލިމުން ޝަރިއަތަކީ ކާފަރު ޑިމޮކުރަސީ

  101. މާރިޔާ

    ކޮބާ މައްސަލައަކީ މޯދީ އެއީ ބަރުމާގެ ހުރިހާ މުސްލިމް މެރުމަށް ހިންވަރުދީ އަދި މުސްލިމުން މަރަން ފަންޑްވެސް ކުރި މީހެއް އަދި އެއްޖިންސުން ގުޅުން ހިންގަން ހުއްދީ އެކަން އާއްމު ކުރި މީހެއްކަން ދެއް މޮބާ މައްސަލަ އަކީ އެއްޑީޕީ އަކީ ލާދީނީ މީހުންގެ ޕާރޓީއެއް

  102. މަގަރުސް

    އެމްނެސްޓީ ތިހާ ގަމާރުވީ ކޮންއިރަކުތަ؟ ބަލަ މަރުގެ ހުކުމާ ދެކޮޅު ބަޔަކަށް ވެރިކަން ލިބުނީމާ، މަރުގެ ހުކުމް ތަންފީޛުކޮށްގެން ނުވާނޭ ތިބުނަނީ މޮޔަފުޅުވެގެންތޯ؟ އެއީ ބޯބާލަން ބޭނުންނުވާ މީހެއްކައިރީގައި، ބޯބާލައިގެން ނުވާނޭ ބުނުންކަހަލަ ކަމެއް.

  103. އައްޔު

    އިސްލާމް ދީނުގައި މަރަށް މަރު ހިފަން އޮތަސް އިބޫގެ ސަރުކާރުން މަރުގެ އަދަބު ތަންފީޒް ނުކުރާނެ މީޔަޤީން ކަމެއް ފަހުން ދުނިޔޭގައި ތިބޭމީހުން މިކަމަށް ހެކިވާނެ

  104. އެމްނެސްޓީ

    ތިޔަބުނާ މައްސަލަތައް ނިމޭއިރު މަރުގެ ޙުކުމް އައިސްފިއްޔާ ދެން ބުނާނީ ކީކޭތަ؟

  105. މައި

    ސޭކު އިލްޔާސޫ ނިކަން ނިކުމއ އެއްޗެކޭ ބުނެލަބަލަ ކަލޭގެ މަސް އޮޑިއެއް އަތުނުލާނެޔޭ

  106. ރެކިފުތާ

    އެއްގޮތަކަށްވެސް ނުވާނެ. މާތްކަލާކޯ. ޜާއްޖޭގެ މިތިބަފަނޑިޔާރުން ލައިގެން މީހުން ނުމެރިގެން ތިޔައުޅެނީ. މި ތުނބުޅި ލީ ހައްދުފަހަނަ އެޅި ބައިގަނޑެއް މިއުޅެނީ މިކަން ކުރަންވެގެން. ޖަލުން ނުކުންނަ މީހާވެސް އަނެއްދުވަހު މިހުންނަނީ ޝޭހަކަށްވެފައި. މިކަހަލަ މީހުން ގެ ބޯކައިލައިގެން މި ފޮނުވަނީ ސީރިއާއަށް. ފޮނުވާފައި ބޮޑެތި އަދަދުގެ ފައިސާ މި ތުނބުޅި މުއްލާތަށް ނަގައިގެން ދިރިއުޅެނީ. 10 ބާރަމީހުންނާއި އިނދެ ނުބެލޭވަރަށް ހަތަރުފަސް ބަނޑަށް ދަރިންހަދާ މިކަހަލަ ޖާހިލު ކޮންމެވެސް ގަބީލާއެއްގެ ވިސްނުން ގެންގުޅޭ ބައިގަނޑެއްމީ. ދައްޖާލު އަރަން ގާތްވީމާ ކަޅުދިދަ ފެންނާނެވާހަކަ އޮވޭ. ރާއްޖޭގައިވެސް މިކަޅުދިދަ ގެންގުޅޭ ބަޔަކު އެބަތިބި.

    • ކަރަންފޫ

      ޤިސާސް ހިފުން އޮތީ ޤުރުއާނުގަ. ދަތްޖާލުއަންނައިރުގެ ވާހަކައިގަ އޮންނަ ކަޅުދިދަ ހިފައިގެން ތިބޭ މީހުންގެ ވާހަކައަކީ.. އެކަޅު ދިދައަކީ ކީރިތި ރަސޫލަ ސައްލަﷲ ޢަލައިހި ވަސައްލަމްގެ ދިދަ. ދެން ރޯނު އެދުރުންގެ ވާހަކަ ހަނދާނަށް އަންނަނީ. އެނގޭ އެއްޗެއް ނޯވޭ، ނޭނގޭ އެއްޗެއްވެސް ނޯވޭ.

  107. ބެއްޔާ

    ފުރަތަމަ މީހުން މަރަންވީކީ ނޫން. ފުރަތަމަ ވީ ކަލޭމެން އިސްލާހުވާން 10 ބާރަ މީހުންނާއި އިނދެ 12 ބަނޑަށް ދަރިން ހަދާ ނުބެލުނަސް. ދުނިޔޭގައި ލާހެއްވި ނުބައިކަމެއްކޮށް އަނެއްދުވަހު ތުބުޅިބަހައްޓާ ޝޭހުންނަށްވެގެން ތިއުޅެނީ. އިސްލާމް ދީންވެސްއޮޅުވާލާ ޖާހިލު މުއްލާތަކެއްތީ. ތުނބުޅި ފިހާރަތަކުގައި ޖީ.ސްޓްރިން ވިއްކާ ވަހުޝީ ކަމުންވެސް ހައްދުފަހަނަޅާފައިވާ ބައެއްތޯ.

  108. އަފްލާ

    ޢަހުރެމެނގެ ގާނޫނަކީ އިލާހީ ގާނޫނު އެއްފަހަރު ނަމަވެސް މުސްޙަފް ރަނގަޅަށް ކިޔާ ގްރއާނުގެ އާޔަތް ތަކުގެ މާނަ ބަލާ އޮޅުންފިލުވަބަލަ މޮޅެތި ފޯނު ގެންގުޅުމުގެ ބޭނުމަކީ އިލްމީ ގޮތުނަނާއި ދީނީ ގޮތުންވެސް ތިމާ ތަސައްރަފް ފުދޭ މީހަކަށްވުން ފޭސްބުކް ގަ ހަޑި ހޭވިޔަސް އެއްވެސަ ފައިދާއެއް ނުކުރާނެ އެނގޭ އެއްޗެއް ނޭނގޭ ކަމަކަށް ނުވާނެ ނޭނގޭ އެއްޗެއް އެނގޭ ކަމަކަށް ނުވާނެ އެނގޭ މީހަކާއި ނޭނގޭ މީހަކާއި ވ ތަފާތު ވާނެ އެނގުމާ ނޭނގުމާވެސް ވ ތަފާތު ވާނެ

  109. ޔޫރޯ

    އިބޫގެ ސަރުކާރު ވާންޖެހޭނީ އަހަރެމެން ރުހޭ ސަރުކާރަށް

  110. ދިވެއްސެއް

    ރަނގަޅު. ގިނަ މީހުންގެ ނިންމުމަކީ ވެސް މަރުގެ ހުކުން ތަންފީޒުނުކުރުން. ވަރަށް ސާފު.

    • Anonymous

      ދީނުގެ ހުކުމުތަކަކީ ގިނަ މީހުންނަށް ފެނިގެން ބަދަލުގެނެވޭނެ ތަކެއްޗެއް ނޫން. ދެން ކޮން ގިނަމީހުންނެކޭ ކިޔާކަށް؟ ގިނަމީހުން ވޯޓެއްނުލާ އެއްވެސް ކަމަކަށް.

  111. ސަޓޯ ތުރާކުނު

    އެމްނެސްޓީ އިންޓާރނޭޝަނަލް އަށް މަރުގެ އަދަބުދީ

  112. ސޮއްބެ

    އިބޫ އަކީ ހެޔޮފުޅު ވެރިއެއް... ޖަޒީރާ ރާއްޖޭގަ ހުރިހާ ކަމެއްވެސް އޯކޭ... ރާ ބޮއެގެން ޒިނޭވެސް ކުރަންވީ... ނޯ ވޮރީސް... ވެލްކަމްޓު ޖަރީމާ ރާއްޖެ

  113. ޖަމާލު

    އެމްނެސްޓީ އިންޓަނޭޝަނަލް މީއަދި ކޮންބަޔެއް.މިމީހުންނަށްތަ އިނގެނީ.ބަލަ މީ އިސްލާމީ ގައުމެކޭ.

  114. ޢާސިދާ

    ސާބަހޭ ތި ކުދިން އުރުމާ މަންޖޯލި ހުއްޓާލާފަ ކުރެވުނު ވައުދު ތަކާމެދު ވިސްނާލަބަލަ އެންމެފަރަކުވެސް ވައުދުމަތިން ހަނދާންވޭތަ އާދެވުނުގޮތް ހަނދާންވޭތަ މީހުސް ވިސްނަންޖެހޭ ކަންކަން މިހާރު އުފާ ފާޅު ކުރެވިއްޖެ ކަން ނޭނގޭ..ދެން ނަމަނަމަ ހަމަޔައް ބައި އެޅޭތޯ ބަލާތި ނޫނީ ބޮޑު މައްސަލަ ނުކުންނާނެ..

  115. ޙަބޭސް

    ތިހެނެއް ނުބުނެވޭނެ ނުވެސް އެންގޭނެ. އެކަމު އިބޫ އެކަމެއް ނުކުރާނެ އަދާލަތުން އޮންނާނީ ހައްޕު ކިޔައިގެން