ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުން އިންތިޚާބުގައި ނާކާމިޔާބު ވެވަޑައިގެންނެވި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބަލި ޤަބޫލުކުރައްވާފައި ނުވާ ކަމަށާއި، އިންތިޚާބުގެ ވަގުތީ ނަތީޖާ ބާތިލުކުރަން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޙްލޫފް ތުހުމަތު ކުރައްވައިފިއެވެ.

މަޙްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބަލި ޤަބޫލު ނުކުރައްވާ ކަމަށާއި، އިންތިޚާބު ބާތިލު ކުރުމަށް ރާވަމުންދާ ކަމަށެވެ.

"ޔާމީން ބަލި ޤަބޫލެއް ނުކުރޭ. އަޅުގަނޑުމެން ރީތިކޮށް ގެންދަން އުޅުނަސް އޭނަ ހުރީ މަސްލަހަތު ގެއްލުވާލާގޮތަށް. އިންތިޚާބު ބާތިލް ކުރުމަށް ދަނީ ރާވަމުން." މަޙްލޫފްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުން ބަލާލައި ޖަހާ ދިވެހި ފުލުހުންނާއި، ސިފައިން އަދި އިލެކްޝަންސް ކޮމިޝަނުގެ އިތުރުން ސްޕްރީލް ކޯޓުން އެ ފުރުޞަތު ނުދެއްވުމަށް މަޙްލޫފް ވަނީ ގޮވާލައްވާފައެވެ. އަދި ހަމައެއާއެކު ރައްޔިތުން މިކަމަށް ސަމާލުވެލެއްވުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

މަޙްލޫފް މިހެން ވިދާޅުވިއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހީމް މުޙައްމަދު ޞާލިޙަށް މަރުޚަބާ ދަންނަވައި، ބައްދަލުވެސް ކުރައްވާފައެވެ. އަދި އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރައްވާކަމަށް ވިދާޅުވެ މީޑިއާގައި ތަޤްރީރުވެސް ކުރައްވާފައިވެއެވެ.

ރިޔާސީ އިންތިޚާބުން އިދިކޮޅު ފަރާތްތައް ކާމިޔާބު ހޯއްދެވުމާއެކު، ކްރިމިނަލް ކޯޓުގެ އަމުރުތަކުން ބަންދުގައި ތިބި ސިޔާސީ ފަރާތްތައް ވަނީ ދޫކޮށްލަން ފަށާފައެވެ. އެ ކޯޓުން ވެތުވެދިޔަ ދެ ދުވަހު ދޫކޮށްލި ކުށްވެރިންގެ ތެރޭގައި މެންބަރު ސިނާން، އިލްހާމް، މަހްލޫފް އަދި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަރީފް އާއި ރިޔާޒްވެސް ހިމެނެއެވެ.

މަޙްލޫފް މިނިވަން ވުމާއެކު ކޯޓު ކުރިމަތީގައި ހުންނަވައިގެން މަޙްލޫފް ވިދާޅުވީ، ބަންދުން މިނިވަން ވީ ނަމަވެސް އިންސާފު ޤާއިމު ނުވާ ކަމަށާއި، އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވަރަށް ބާރުމިނުގައި ކުރަންޖެހޭ ކަމަށެވެ. އަދި ރައީސް ޔާމީން ޖަލަށް ލިޔަސް މިނިވަން ކުރުމަށް ގޮވާލާނެ މީހަކު ނާންނާނެ ކަމަށްވެސް މަޙްލޫފް އިއްޔެ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. Anonymous

    ދައްޖާލައްވުރެ ނުބައި ފިތުނަ ފަސާދަކުރުމައް އަރާހުރި

  2. އަދް

    މަހްލޫފު ވަރަށް ރަނގަޅު ވާހަކައެއް ... މަށައް ފެނޭ މި އާދީއްތަ ދުވަހު ހުވާ ކުރަން

  3. Anonymous

    މިނިވަންވީމަ ވައިރޯޅިތަ ގައިގަޖެހެނީ ނޫނީ ތިމަންޖެގެ އެތަންމިތަންތަ ޖެހެނީ

  4. ހަވީި

    މަހުލޫފަށް އެގޭނެ ދުނިޔޭގަ ލެއްވި ހާކަމަކާ ވާންހުރި ހުރިހާކަމެއް ތީހަމަ ދެއަތައް ކިރޭމީހެއް!!

  5. އައިޝް

    ކަލޯ ހަމަތަ؟ އެއޮތީ ބައިނަލްއަގުވާމީ ދުނިޔެއަށްވެސް ބަޔާން ފޮނުވާފަދޯ ބަލިގަބޫލުކޮށްފަ. ޖަލުން ނިކުމެވުނީ ފިތުނަ ފަތުރަން ފެށީ. ދެން ފެންނާނީ އިބޫ ކަލޭ ޖަލަށްލާތަން.

  6. ކާފަ

    މި މަހްލޫފަކީ އަބަދުވެސް ދޮގުން ހިފަހައްޓާ މީހެއް. ތެދެއް ހެދެން އޮތަސް ފުރަތަމަ ހަދާނީ ދޮގު

  7. ޙެހެ

    މަހުލޫފު ދައްކާ ވާހަކައިގެ ނުހުންނާނެ އެއްވެސް ހަޤީގަތެއް.. އޭނަ ބުނި ވޯޓުލާ ދުވަހުވެސް ހަމަނުޖެހުން ހިންގާނޭ... އެކަމު ﷲގެ ރަޙުމަތުން އެއްވެސް ހަމަނުޖެހުމެއް ނެތި އެކަންވެސް އެެއޮތީ ނިމިފަ..

  8. ނަން

    ކަލޯ ތިލިބުނު ކާމިޔާބީއަށް ޝުކުރު ކުރުމެއްވެސް ނެތްތަ!

  9. މަޙްލޫފްގެ ދޮންބެ

    އޭ ކަލޯ ހަރާންކޯރު ނުވޭ. 96132 މީހުން ރަޢީސް ޔާމީނަށް ވޯޓް ދީފަ އެއޮތީ..... މަޙްލޫފުމެން ރިޝްވަތު ބަހައިގެން ކުރި ހޯދީ

  10. މެސީ

    ވޯޓް ވަގައްނަގައިގެން ނަމަވެސް އެއޮތީ ހޯދާފަ ވަގުތު ނޫސް ބޮއިކޮޓް

    • ގާލްކޮޓް

      ވަގުތު ނޫސް ބޭނުން ނުކުރަން ގޮވާ ކުދިންވެސް ކޮމެންޓް ކުރަނީ މި ނޫހުގަ.
      ސާބަސް ވަގުތު ނޫހުގަ އުޅޭ ކުދިންނަށް.
      ދިވެހިންގެ މެދުގަ މަޤްބޫލް ނޫހެއް.

  11. ދޮގުވެރިނާގެ ދުޝްމިން

    ދޮގު ބޮނޑި ފެށުނީދޯ...
    ޖަލުގަބަ ތި ރޭވުންތައް ރޭވީ...؟

  12. ކުޑަ ސޭކު

    ކަލޭ ހާބަލިވީތަ؟

  13. މަހޭ

    ސިޔާސީ ރަންޑި

  14. ރީލޯޑު

    ކަނޑުކޮސް ކަލޭގެ ވަކަރުގޭއިންބޮޑުވި ކަލޭގެ ޔާމީނާ ކިހިނެއް އެއްވަރުވާނީ؟ ދެން ބޮޑެތި ދޮގުތައް ހަދައިގެން އެއީ މާބޮޑޫ ސިޔާސީ ވާހަކައަކަށް ހަދައިގެން އުޅޭކަށް ރައްޔިތުން ނޫޅޭ. ރީލޯޑު ނުކުރެވިގެން މޮޔަވެގެން މެލޭޝިއާއަށް ގޮސް ނާޒިމު ރީލޯޑު ކޮްދިން ކަން އެގެޔޭ ބަލަ.

  15. ވަސް

    ހާދަ ކައިރީގަޔޭ...ވަސްދުވާތަ؟

  16. ތިއްތި

    މޮޔަލޫފު ހޭބަލިވިޔަސް ތީބޮޑުވަރު

  17. Anonymous

    ޥިސްނާލަން ނަމުގައި ކުރި ކޮމެންޓް ޖަހާނުދިނީ ގައުމަށް ހެޔޮއެދިގެން ކޮމެންޓް ކުރީމަތޯ