އިދިކޮޅު ކޯލިޝަން ފަސޭހައިން ރޫޅިގެން ނުދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ޖަލުން މިނިވަންވުމަށްފަހު މީޑިޔާތަކަށް މައުލޫމާތުދެއްވަމުން ފާރިސް ވިދާޅުވީ، ކޯލިޝަން ދެމެހެއްޓުމަށްޓަކައި ހަތަރު ޕާޓިގެ ހަތަރު ލީޑަރުން ކަމުގައިވާ ރައީސް މައުމޫން، ރައީސް ނަޝީދު، ގާސިމް އިބްރާހިމް އަދި ޝެއިހް އިމްރާންގެ ދައުރު ވަރަށް ފުޅާ ކަމަށެވެ.

އަދި އެކަމުގައި، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަރަށް މަސައްކަތް ކުރެއްވި ކަމަށާއި، އެކި ފިކުރުގެ ބޭފުޅުންނާއެކު މަސައްކަތްކޮށްގެން އިތުބާރު އުފެއްދެވިކަމަށް ފާރިސް ވިދާޅުވިއެވެ.

"ބިހައިންޑް ދަ ސީން ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވުނު އިތުބާރު އުފެއްދުމަށްޓަކައި. އަޅުގަނޑުމެންނަށް ވެސް އިތުބާރު ކުރަން ދަތިވި ބައެއް ކަންތައްތައް. އެކަމަކު ތަކުރާރުކޮށް އެ މީހުންގެ ބަހާއި އަމަލާ ދިމާވާތަން ފެނުމުން، އަދި އެ ބޭފުޅުންނަށް އަޅުގަނޑުމެންގެ ބަހާއި އަމަލާ ދިމާވާތަން ފެނުމުން އެ އިތުބާރު އުފެދިގެން ދިޔަ". ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ، މިއީ އެއް ދުވަހަކުން ދެ ދުވަހަކުން ކުރެވުނު މަސައްކަތެއް ނޫން ކަމަށެވެ. އަދި މިި މަސައްކަތުގައި ފަހަތުގައި ދިވެހި ރައްޔިތުން ތިބިކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑު މިހިރީ ވަރަށް އުއްމީދީ ހާލަތެއްގައި ކުރިމަގާއި މެދު. މި ކޯލިޝަންއަކީ ފަސޭހައަކުން ރޫޅިގެންދާނެ އެއްޗެއް ނޫން". ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ، މަޖިލީހުގެ ތެރޭގައިވެސް ހުރިހާ ޕާޓީއެއް އެކުގައި މަސައްކަތް ކުރުމުގެ ރޫހު އޮތް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަހަތްޕުޅުގައި ތިއްބެވި އާއްމު ރައްޔިތުންވެސް ތިއްބެވީ ޕާޓީތަކުގެ ފިކުރުތައް އެއްކިބާ ކޮށްފައި ގައުމީ މަސްލަހަތު އިސްކޮށްގެންކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

މި ރާއްޖެ ހަަމަ މަގަށް އެޅުވުމަށް އޭނާ އާއި ޓީމް ހުންނާނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އާއި އެމަނިކުފާނުގެ ރަނިންގ މޭޓް، ފައިސަލް ނަސީމްއާއި އެކުގައި ކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުަވީ، މިނިވަން ވާނެކަމަށް އޭނާއަށް އެނގުނު ކަމަށާއި، އެހެން ނަމަވެސް އޭނާ މިނިވަންވާނީ ކޮންއިރަކު ކަމެއް ބުނަން ނޭނގޭ ކަމަށެވެ.

"އަބަދުވެސް އުއްމީދުގަ ނޫން ހާލަތެއްގައި ނުހުންނަން. އެތާ ހުރި ހުރުމަކީ އަޅުގަނޑު ގަބޫލުކުރާގޮތުގައި، ރާއްޖެއަށް ކޮށްދެއްވުނު ކޮންމެވެސް ހިދުމަތެއް" ފަރިސް ވިދާޅުވިއެވެ.

ފާރިސް ވަނީ ފަސް އެނބުރި ބެލުން ދޫކޮށްލުމަށް އެދިފައެވެ. އަދި އެހެންގޮތަކަށް ވޯޓު ދެއްވި މީހުންނަކީވެސް، އެ މީހުންގެ ބޭފުޅުން ކަމަށާއި، ކެމްޕެއިންގައި ދެކެވުނު ވާހަކަތައް ފަހަތަށް ދޫކޮށްލުމަށް ފާރިސް އެދުނެވެ. އަދި ކުރިއަށް އެކުގައި މަސައްކަތް ކުރުމަށް ފާރިސް އެދިވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އަލީ ހަމީދު

    ޯހޫޫޫމމމމމމމް ބަލަން މިތިބީ ތިޔަ ކޯޅޭޝަނަށް ވަގޮތްވެސް ތިން ހަތްދުވަސް ވެއްޖިއްޔާވެސް ގައިރޯދި

  2. މަވޯޓާ

    ބަރާބަރު ތެދުވާހަކައެއް! ޔާމީނު ވރިކަންކުރަނީ ތާއީދު ކުރާމީހުންނަށް، އިބޫވެރިކަން ކުރާނީ ތާއީދުކުރާމީހުންނާއި ނުކުރާމީހުންނަކީވެސް ދިވެހި ދަރިންކަން ދަނެގެން، އެމީހުހުންގެވެސް އިޙުސާސްތަކެއް ވާކަން ދަނެގަން...

    • ޝިދާތާ

      އިބޫ ވެރިކަން ކުރީ ކޮންތާކު .

  3. ޙަބޭސް

    މުސްތަގުބަލުގައި މިގައުމުގައި އިދިކޮޅު ޕާޓީ އެއް ނުއޮންނާނެތަ އަނެއްކާ ދިގު 30 އަހަރު އަލުން ފެށެނީތަ

  4. ދާނެއޭ

    ތަމެން ކޯލިޝަން ރޫޅިގެން ނުދާނެ ކަމަށް ބުނި ނަމަވެސް ރޫޅިގެން ދާނެއެވެ. ގާސިމް އިބްރާހިމް އެމިނިވަންވީ ކޯޓް ތަކުން ނެރޭނީ ދެން ގާސިމް ބޭނުންވާ ގޮތަށް ހުރިހާ ހުކުމެއް ތަމެން ބަލަން ތިބެއްޗޭ ކޯލިޝަން ވަރަށް ފަސޭހައިން ރޫޅިގެން ދާނެއެވެ.

  5. ރެނދު

    މާގިނަ ދުވަހެއް ނެތް. އާރައީސް ހުވާ ކުރުމުގެ ކުރިން ކޯލިޝަންގަ ރެނދު ލާނެ. ޝައްކެއް ވެސް އޮތް ކަމެއް ނޫން.

  6. މީހާ.

    ރާއްޖޭގެ މާޒީއަށްބަލާއިރު ކޯލީޝަން މާގިނަ ދުވަހަކަށް ދެމިއެއްނޯވެ.މިފަހަރުވަކިކޮންގޮތެއްވާނީ.

  7. އަކްރަމް މުހައްމަދު

    އިންތިޚާބުގައި ވެސް ކެންޕޭނު ކުރިފަދައިން ދިނާއި ގައުމަށް ވިސްނުމެއް ނެތި ތިޔަ ބުނާ 4 ޑީލަރުންގެ ޖީބަށް ވަންނަ އެއްޗަކަށް ވިސްނައި ގައުމު ވިއްކާލައިގެން ބައިއަޅަން އެއްބަސްވެފައި އޮތިއްޔާ ތިޔަހެން ވެދާނެ. އެކަމަކު އެތަން ބަލާކަށް ރައްޔިތުން މަޑަކުން ނުތިބޭނެ.

  8. ދުއްމީހާ

    މާޒީން ޢިބުރަތް ނުހޯދާމީހާ އަށް މުސްތަގުބަލް ރާވާކަށް ނޭގޭނެ މީވަރައްވާހަކަ.

  9. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    ތަޢުލީމީ ޒުވާނުންނަށް އެމީހުންގެ ޙަޔާތުގައި ކުރެވޭ ތަޖުރިބާތަކަކީ، އަގެއްހުރި އެއްޗަކަށް ހަދައެވެ. ޖަލަކީ، މަދުރަސާއެކެވެ. ސްކޫލުތަކުން ނުލިބޭ ފިލާވަޅުތައް ޖަލުންލިބޭއެވެ. ފާރިޝް މައުމޫނަށް ކާމިޔާބީއަށް އެދެމެވެ.

  10. ދިރާސާ

    ދޮން ކަށިކެޔޮ ގަޑެއް ރޫޅިގެން ދާހެން ރޫޅޭނެ !!

  11. ކުމާރު

    އުނދަގުލުންވެސް ރޫޅިއްޖިއްޔާ އޯކޭއޭ

  12. އަލީ

    ތިޔައިގެ މާނައަކީ ކޯލިސަން ރޫޅޭނެ ވާހަކަތޯ؟

  13. ބުއްޅަަަަަަަަަަަަަަބޭ

    އެއްމެ އަވަހަށް ބޭރުކުރާނީ މިސޮރު. މިއީ އެއްވެސް ބާރެއް އަގެއް އޮތްސޮރެއްވެސްނޫން!

  14. ވާރޭ

    ޚޮބާ ފާރިސު މެމްބަރުންނަށް ބެހި ލާރިގަޑު

  15. ޝީ

    ތިތަނުނެއް އަމިއްލަ އެދުމާއިގެ ކޮޅަށް ހުރެވޭ ވަރުގެ މީހެއް ދޭން ކޮންކޯލިޝަނެއް ދެމިއޮންނާނީ ލިބޭވަރު މަދުވެގެން އެކަމާ މިހާރުވެސް ސައްލާކުރަނީ.

  16. ކޯޅޭޝަން

    ކުރިން ދެފަހަރުވެސް ބިހައިންޑް ދަ ސީންގައި ވަރަށް ގިނަގުނަ މަސައްކަތްތައް ކުރެވުނު ކޯލިޝަން ދެމެހެއްޓުމަށް. އެހެނަސް ހަފްތާއެއް ވީއިރަށް ކޯލިޝަން ކޯޅޭޝަނަށްވެ ނިމިއްޖެ.
    މިއަދު މީ ސެޕްޓެމްބަރ 30 ވަނަ ދުވަސް. އިބޫ ހުވައިކުރާނެ ނޮވެމްބަރު 17 ނޫނީ 11 ގައި. ދެން ތިބެމާ ބަލަން. ކިތަށް ދުވަސްތޯ ވަނީ. އެންމެ ފުރަތަމަ ކޯލިޝަނުން ނުކުންނާނީ ފާރިޝް ގޮވައިގެން ފާރިޝްގެ ބައްޕާފުޅު.

  17. ޝ

    ފަސޭހައިން ރޫޅިގެން ނުދާނޭ ބުނީމަ އެގޭއެއްޗަކީ ކޮއްމިޔަސް އިރަކުން ރޫޅޭނެ ކަން ތާ

  18. ނަން

    ކޯލިޝަން ހަމަ ކުޑަ ތަންކޮޅެއް ކުރިއަށް ޖެހިލާއިރަށް އެރޭނީ ހަތަރު އަނގޮޅި ކަންްމައްޗަށް. ދެން ހަތަރު ލީޑަރުން ހަތަރު މަގުން ހިނގައިދާނެ