ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންނަށް އިންސާފު ނުލިބޭހާ ހިނދަކު، ދިވެހި އެއްވެސް ރައްޔިތަކަށް އިންސާފު ނުލިބޭނެ ކަމަށް، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.
ސައުދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެންބަރުންނަށް އިންސާފު ނުލިބޭހާ ހިނދަކު ދިވެހި އެއްވެސް ރައްޔިތަކަށް އިންސާފު ނުލިބޭނެ ކަމަށާއި މަޖިލީހުގައި 60000 ރައްޔިތުން ތަމްސީލު ކުރައްވާ 12 މެންބަރުންނާއި އެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަން ފަސޭހަ ނަމަވެސް، އެ ރައްޔިތުންނަށް އިންސާފު ހޯދަން ދައުލަތަށް އުނދަގޫ ކަމަށެވެ.
" 12 މެންބަރުންނަށް އިންސާފު ނުލިބޭހާ ހިނދަކު ދިވެހި އެއްވެސް ރައްޔިތަކަށް އިންސާފު ނުލިބޭނެ، ރައްޔިތުން ރައްކާތެރި ކުރުމާއި ހައްގުތައް ކަށަވަރު ކޮށްދޭނީ ކޮން މުއައްސަސާއަކުން ކިހިނެއް؟" ސައުދު ވިދާޅުވިއެވެ.
12 memberun, 60,000 rayyithunge haggu thakah araigannan faseyha adhi insaaf hoadhai dhinumah ehāme udhagoo dhaulatheh! Mi 12MPs insaaf nulibeyhā hindhaku dhivehi evves rayithakah insaaf nulibeyne! Rayyithunge rakātheri kamai hagguthah kashavaru Kohdheyny kon muassā akun? kihineh? pic.twitter.com/I33Fww0f3k
— Saud Hussain (@SaudVillingili) October 4, 2018
ރައްޔިތުން މަޖިލީހުގެ 12 މެންބަރުންނާއި ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވަކި ގޮތަކަށް ނުނިންމަނީސް އެމެންބަރުން ބައިވެރިކޮށްގެން ރައްޔިތުންގެ މަޖިލިސް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އަދި އެ 12 މެންބަރުން ބައިވެރި ކޮށްގެން ނިންމާ ކޮންމެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ރޭ ވަނީ ކަނޑައަޅާފައެވެ.
ސުޕްރީމް ކޯޓުން މިފަދަ އަމުރެއް ނެރުނީ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި އެ ދާއިރާތަކުގައި ބައި އިލެކްޝަން ބާއްވަން ނިންމި ނިންމުން އިލެކްޝަންސް ކޮމިޝަނުން ބާތިލުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ރުފިޔާ ހުސްވެގެން މި އުޅެނީ..ނެތްތަ ހެލުޕެއް ދޭނެ ކުއްޖަކު..
ޖަވާބު އަހަރެމެން ވޯޓްލީ އެކަމުން ކަލޭމެން ނާޖާއިޒް ފައިދާ ނަގާކަށް ނޫން. ކަލޭމެންނަށް ވޯޓްލީ އަހަރެމެން. އަހަރެމެންނަށް ގައްދާރު ވެފަ ކަލޭމެންގޮސް އިންސާފޭ ކިޔަސް ކަލެމެންނާ އެއްކޮޅަށް މައްސަލަ ނިމުނަސް އެނުވާނެ އިންސާފަކަށް. ޢަހަރެމެން ހަވާލު ކުރި ޒިންމާ އަދާ ނުކޮށް ވޯޓް ވިއްކީމަ އެއީ އިންސާފެއް ނޫން.
އިންސާފުން ކަންކުރާ މެމްބަރުންނަށް އިންސާފު ލިބޭނީ، އެމީހުންގެ ދާއިރާގެ ރައްޔިތުން ވޯޓުދީގެން ހޮވީ އެއިރުގެ އެމީހުންނަށް އެޕާޓީއަކުން ޓިކެޓުދީފައިވާ ޕާޓީތަކަށް ސަޕޯޓުކޮށްފަ، ނަމަވެސް ހޮވިގެން ދުވަސްކޮޅެއްފަހުން އެމެމްބަރުންގެ ދާއިރާތަގެ ރައްޔިތުންނަށް ޢައްދާރުވެ އިދިކޮޅަށް އަނބުރާލުމުން ދޭހަވީ ރިޝްވަތަށް ވިކިފައިވާ މިންވަރު ބޮޑުކަން، އެއިން ދާއިރާއެއްގެ ރައްޔިތެއްގެ ހައިސިއްޔަތުން މިބުނަނީ އެފަދަނުބައިބަޔަކު މަޖިލިސްއަށް ވައްދައިގެންނުވާނެ،
ކަލޭ ވޯޓު ވަގޭ ކިޔާބަލަ. ޕީޕީއެމްގެ 60000 މީހުންގެ ހައްގައް އަރަގަނެގަފަ ތިބެ ކޮން ހައްގެއްގެ ވާހަކަ ދައްކާކައް . ޕީޕީއެމް 60000 މީހުން ވޯޓުދިނީ އެމްޑީޕީއައް ދާކަށެއްނޫން. ތިވެސް ބާޣީއެއް. ކޮރަޕްޓް.ބޮޑު ވަގެއް.
ކޮންމެ މީހަކު ސޭޓު އަތުން ދެމިލިއަން ރުފިޔާ ކައިގެން ތިތިބީ ﷲޢިރާދަކުރެއްވިއްޔާ ތިބައިގަނޑަށް ރަގަޅުގޮތެއް މެދުވެރިއެއްނުކުރައްވާނެ
އިންޞާފް ނުލިބިފަ ކޮބައި؟ ޕީޕީއެމް ސަޕޯޓަރުން އެމްޑީޕީޔާ ދެކޮޅަށް ގަދަހިފުންހިފައި ލޭކޮށާލައިގެން ކަލޭ ގޮނޑިޔަށްހޮވީ! ދެން އެމްޑީޕީއަށް ކަލޭ ގޮނޑި ވިއްކައިލީ 4 މިލިޔަން ރުފިޔާއަށް! ދެން ގޮނޑި ގެއްލުނީ! ސްޕްރީމްކޯޓުން ބުނީ މަޖުލިސަށް ނުވަދެވޭނެޔޭ! އަދި ވެސް އިންޞާފެއް ނުލިބެޔޭތަ ތިޔަ ބުނަނީ؟ ގަމާރީތަ ނޫނީ؟؟؟