ޕީޕީއެމް އިން މިހާރު ކުރިއަށްގެންދާ މުޒާހަރާތައް މިހާރުން މިހާރަށް ހުއްޓާނުލާނަމަ އެ ޕާޓީ އާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.
އީސީން މިގޮތަށް ނިންމީ ޓެލެކޮންފަރެންސް މެދުވެރިކޮށް މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައެވެ.
އީސީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމީ ޕީޕީއެމް އޮފީސް ކަރީގައި ކޮންމެ ރެޔަކު ހިންގާ ހަރަކާތަކީ އެ ޕާޓީން ހިންގާ ހަރާކަތެއްތޯ ސާފުކޮށްދިނުމަށް އެދި ޕީޕީއެމް އަށް ސިޓީއެއް ފޮނުވުމަށެވެ.
އީސީގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ އެ ހަރާކަތަކީ އެ ޕާޓީން ހިންގާ ހަރަކާތެއްނަމަ މިހާރުން މިހާރަށް ހުއްޓާލަން އެ ސިޓީގައި އެދޭނެ ކަމަށެވެ. އަދި އެ ހަރަކާތް ހުއްޓާނުލައިފިނަމަ ޕީޕީއެމްއާ މެދު ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެއްގޮތަށް ފިޔަވަޅު އަޅަން ވެސް މިއަދުގެ ބައްދަލުވުމުގައި ނިންމި ކަމަށް އަކްރަމް ވިދާޅުވިއެވެ.
ޕީޕީއެމް އޮފީސް ދޮރުމަތީ ކުރާ މުޒާހަރާއަކީ އެއްވެ އުޅުމުގެ ގާނޫނާއި ސިޔާސީ ޕާޓީތަކާބެހޭ ގަވާއިދާ ހިލާފަށް ކުރިއަށް ގެންދާ މުޒާހަރާއަކަށް ވާތީ އެކަން ހުއްޓުވުމަށް ފުލުހުންނަށް ހުށަހެޅުމަށް ވެސް އީސީން ވަނީ ނިންމާފައެވެ.
ޕީޕީއެމް އިން ކޮންމެ ރެޔަކު މުޒާހަރާ ކުރަމުންދަނީ ރިޔާސީ އިންތިހާބު އިލެކްޝަންސް ކޮމިޝަނުން އޮޅުވާލާފައިވާ ކަމަށް ބުނެއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ޕީޕީއެމް އިން ކުރަމުންދާއިރު އެ އެތުހުމަތުތަކަށް ބާރު ލިބޭ އޯޑިއޯއެއް ދާދިފަހުން ވަނީ މީސް މީޑިއާގައި ލީކް ކޮށްލާފައެވެ. ލީކް ކޮށްލާފައިވާ އޯޑިއޯގައި ވާހަކަ ދައްކަވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި އެހެން މީހެކެވެ.
ސާބަސް އީސީ
ބިރު ދެއްކިޔަސް ފަހަތަކަށެއް ނުޖެހޭނެ
ކަލޭ ބުނެބަލަ ރިޔާސީ އިންތިހާބުގަ ވޯޓް އޮޅުވާލަން ދިން ލާރިގަނޑު ކަލޭ ބަނޑު ނާޅަކަމަށް...
އީސީއަށް ފެނުނީ ޕީޕީއެމް މުޒާހަރާ ކުރާތަން އެކަނިތަ. އެމްޑީޕީ މީހުން މުޒާހަރާކޮށް މީހުންނައް އަނިޔާކުރިއިރު އެތަން ނުފެނުނީ އަނދިރިވެފަ ތިބީމަތަ. އީސީ ހިތްހަމަ ނުޖެހޭ ބަޔަކު މިހާރު މުޒާހަރާ ކުރާތީދޯ ކަންތައް ބޮޑުވީ. ހަމަހަމަ ކަމާއެކީ ކަންތައް ކޮއްބަލަ. ވަކިކޮޅަކަށް ޖެހިގެން މިހާރު ތިއޮތީ ވޯޓްވެސް އޮޅުވާލެވިފައެއްނު
ތިއީ ޒާތީވުންދޯ މީގެކުރިން އީސީން ނުނަގާ ޑިޒިޝަނެއް ކުއްލިއަކަށް ތިނެގީ ކީއްވެތޯ ސުވާލުކޮށްލަން އެބަޖެހޭ ތިއީ ކޮމިޝަނުން އިސްނަގައިގެން ތިފަދަކަމެއްކުރި ކިތައްވަނަ ފަހަރުތޯވެސް ސުވާލުކޮއްލަން
ޚަޤީޤަތް ފަޅާ އަރާތީ ބިރުގަންނަނީދޯ ހިންގި ފައިސާގެ ކަންތައްގަޑުން ފަޟީހަތްވީދޯ
100 ޕޮއިންޓް އީސީ އަށް
ކުރެވިފައި އޮތް ކަމެއްގެ ބޮޑު ކަމުން ތިވަރަށް ތި ތެޅެނީ
ތި ޕީޕީއެމް އަކީ މިހާރުން މިހާރަށް އުވާލަންޖެހޭ ޕާރޓީއެއް! ޖަޒީރާ ރާއްްޖޭގެ ރައީސުވެސް އެއޮތް ވަޑައިގަންނަވަނީއެވް. އެ މަނިކުފާނު ވަޑައިގަންނަވާއިރަށް ތިޔާ ޕާރޓީ އޮވެގެނެއް ނުވާނެ! ވަސްވެސް ފޮހެލަންވާނެ!
ކަލޯ ޕާޓީ އުވާލެވިދާނެ ލޮލަށްފެންނާން ހުރި ކަންތަށް ކިހިނެތް ފިލުވާނީ
ކޮބާ މިއޮތް ހުރިހާ ދުވަހު އެއްޑީޕީއިން ބޭއްވި މުޒާހިރާތަށް ތިއިވެންވެސް އިގެނީ ކަލޭމެން ވޯޓްއށް މަކަރުހެދިކަން ބަލަ ހިޔާލު ފާޅު ކުރުމަކީ ގާނޫނު އަސާސީންލިބޭހައްގެއްކަން ނޭގޭތަ؟
މަސަށް މިހާރު 100% ޔްގީންވެޖެ ވޯޓުން ވަކަންކުރީކަން.
މަށަށްވެސް. ކުރިން ހީކުރެވުނު ޔާމީނު ހަމަ ބަލި ގަބޫލުނުކުރެވެނީޔޭ. އެކަމަކު މިހާރު އެނގޭ އަދި އަޑި ނޭނގޭ ކަންތައްތަކެއް މީގަ އެބައުޅޭކަން.
ސާބަހޭ ދަރިއާ ވިކިފަ ހުރިވަރު ތިއޮތްގެން ބޭޒާރުވެ އަމިއްލަޔަަށް ސޯޓުބާލަނީތަ ހަހަހަ ހަމަ ހިނިއަންނަނީ. .
ހުޅުމާލެއިން 4 ލައްކައަށް 400 ގޯތި ވިއްކަނީ ނަމަ އެއީ މަމެން އުފާކުރާ ކަމެކޭ އެމެން އަތޮޅޭ މެންގެ އަތޮޅޭ ރައީސް ހޮވައިގެން ތިބެގަ އަތޮޅު ތަކުން ގޯތި ދޭން މިފަހަރު މާލެ ސަރަަހައްދުން ފްލެޓްސް ތަަކަށް އެދިފައިވާ އެންމެންނަށް ފްލެޓްސް ތަކުގެ ބަދަލުގައި ގޯތި ލިބޭނެއޭ ހުޅުމާލެ ދޭކުން ހުޅުމާލެ ދޭއް އެއީ މަމެން ޕިންކީންގެ ވެރިކަމުގައި ހިއްކި ތަނޭ އެތަނުން މަމެން ޕިންކީންގެ ވެރިކަމުގައި ގޯތި ދޭނަމޭ ތަމެން ނުބެހޭތި މިކަމާއި އިނގޭތޭ މީ މަމެންގެވެރިކަން މީ މަމެންގެ ހުޅުމާލެ 2 ދޯ. ވީއާރ ދަ ރިދަމް ރިދަމް އޮފް ޔުއަރ ހާރޓް...
ކުރިންވުސް ބަގާވާތް ކުރިމީހުން ނޭ އެއީ ދެން އޮންނާނީ ކޮންގޮތެއް
ފިތަވަޅު އަޅައިގެން ކަލޯ ނުހުއްޓުވޭނެ. ކާކު ބިރުދައްކަން ތިއުޅެނީ. ވޯޓް ގަޑުބަޑުކޮށްފަ ވައްކަން ކޮށްފަ ތިހެން ތިބެވޭތަޮ ބަލާނަން.
ރިސްވަތުނަގާ ވޯޓުން އެމްޑީޕީއަށް ވައްކަންކޮށްދީފަ ކޮންމުޒާހަރާއެއް ވިޔަވަޅެކޭ އަނގޮޓިސަރީފާއި،ރިސްވަތު އަކްރަމު މި ކިޔަނީ
ބަލަ އެމް. ޑީ.ޕީ މުޒަަހަރާ ކުރި އިރު އީ.ސީ ކޮބާ
ބަލަ އީސީންތަ މުޒާހިރާތައް ހުއްޓުވަނީ
އަޖަިބު ވެއްޖެ އަހުން
ދެން މިއޮތް ހުރިހައިދުވަހު މޑޕ ކުރި ކަންކަން ނުހުއްޓުވީކީއްވެބާ؟ ގައިމުން ކިތަށް ފަރުދުންނަށާއި ވިޔަފާރިވެރިންނަށް ގެއްލުންވި...
ރަގަޅުކަމެއް ތާއީދު
ވަރެއް އެބަވޭ ދޯ މިތިބި އީސީ ވަގުންނަށް. ބަލަގަ އެއީ ދިވެހި ރައްޔިތުން ކުރާ މުޒާހިރާއެއް
މިހާރު މަ ދެން ގަބޫލުކޮށްފިން ވޯޓު އޮޅުވާލައިފިކަމަށް. އަދި ރިޝްވަތުގައި ހިފައިފިކަމަށް. އާނ ފަހެ، ޕީޕީއެމްއިން ނެގި އިލެކްޝަނެއްގެ ކޮޅު ކުއްލިއަކަށް ބަދަލުކުރެވޭނީ ދެގޮތުން ކުރެ ކޮންމެވެސް އެއްގޮތެއްވެގެން. އެއީ މަރުމަތިން ހަނދާންވެ ކުއްލިއަކަށް ތަގުވާވެރިކަން ހިތަށް ވަދެ ﷲ ސުބުހާނަހޫ ވަތައާލާދެކެ ބިރުވެތިވެގެން ނުބައިކަމެއް ކުރެވިދާނެތީ ބިރުން ނޫނީ، ގޮހޮރު ފޫދާވަރުގެ ބޮޑުވެގެންވާ ރިޝްވަތެއް ކާލެވިގެން.
ޕާޓީގަނޑު އުވާލާ
އިލެކްޝަން މީހުނަށް ލައްކަ ވަރުވެފަހުރިކަން ތިކަމުންވެސް އެނގިގެންދޭ
ހުރިހާރަށަކައްގޮސްބޯގުނަންފެނޭ
ހަމައެއް ލަމައެއް އޮންނަ ބައެއް ނޫން. މުޒާހިރާ އެކުރަނީ ކާނިވާ އެކަނިކަމަށް އަމިއްލަޔަށް ކަނޑައަޅާފަ. އޭސީސީ މެމްބަރުންނަށް މަރުގެ އިންޒާރު ދޭން ދެންފަށާނީ.
ޢީސީ ގެ އިސްވެރިން ތި ހާދަމަކަރުވެރިބައެކޭދޯ! ﷲ ގެ ރަހުމަތު ތިމީހުންނަ ކޯފާފޮނުވާނދޭ
ވަޓް... ކޮބާ އިންސާފު؟
ކަލޭމެން ތިހާ ހިތްމައްޗައް އަރައިގެން ތިއުޅެނީ ރީދޫބައިގަނޑު ކަލޭމެނައް ރިޝްވަތުދީފަ ކލޭމެން ގެފހަތުގަތިބީމަ
އެ އުޅޭ ގައުމުފަނާކުރާ އަންނި ބުނިވާހަކަ އެއީ
ގަމާރުވިޔަސް ބޮޑުވަރު! ޕީޕީއެމް އިން އެބަ މުޒާހަރާ ކުރޭތަ؟ މީހުނަށް ދުއްޕާންނުކޮށް ، މަގުތަކަށްނުނިކުމެ އެމީހުންގެ ޖަގަހަކައިރީގައިތިބެ އަޑުއުފުލުން އެއީ މުޒާހަރާކުރުންތަ؟ ޝައްކެތްނެތްގޮތުގައި ވޯޓު އޮޅުވައިލައިފި! ޔަޤީންހަމަ މިހާރު!!!
މަދު ބަޔަކު އެހެން ކިޔާ އެއްޗަކަށް ޖަވާބު ދާރީ ވާން ނުޖެހޭ ކަމަށް ބުނީ ވެސް ހަމަ ތި ކޮމިޝަނުން، އެ މީހުން އެ ދައްކާ ވާހަކަ އަށް ޖަވާދާރީ ވާން ނުޖެހޭއިރު ދެން ކޮން ވާހަކައެއްބާ! މި ފެންނަ މަންޒަރުން މަށައްވެސް ހީވަނީ ގަޑެއް ގަތްފިހެން. އެހެން ނޫނީ ދެން ކޮންކަމެއް މީ.
ތިޔަ ފިޔަވަޅު އަޅާ ޕީޕީ އެމްގެ ޒައީމް މައުމޫނަށް. ޕީޕީއެމްގެ ކޮންގްރެސް ބާތިލްކުރީމާ ޕީޕީއެމްގެ އަސްލު އޮތީ އޮޅިފަ
އެންމެފަހުން އީސީ އިން ޕީޕީއެމް އުވާލާނެ. އެކަމަކު އެކަމާ ކަންބޮޑުވެގެން އުޅޭ އެއްވެސް ފަރާތެއް ނެތް. އިނގިރޭސިންނާއި، އިންޑިއާ އިންވެސް އަޅާ ނުލާނެ. އެހެނީ، އެމީހުން ބޭނުންވާ ގޮނޑި ކޮށްކޮ ސަރުކާރު މިހާރު އެއޮތީ ގެނެވިފައި. ދެން އެހެން ބައެއްގެ ހައްގެއް އުނިވެގެން މައްސަލައަކަށް ނުވާނެ.
އީސީ ވަނީ ރިސްވަތު ހިފާފަކަން މީގެން ވެސް އިގޭ. ވޯޓް އޮޅުވާލާގެން މިމީހުނަން މިކިޔަނީ ކީކޭތަ. ވަގުފައިސާގަޑު އީސީ މެންބަރު ބޭނުކޮގެން އެތިބީ. މިއޮހާދުވަހު އެމް ޑީ ޕީ ކުރި މުޒާހިރާތައް ކޮބާ. އީސީ މެންބަރުން ނަން ޕީ ޕީ އެމް އެއް އޮވައެއް ނުލެވޭނެ. އީސީ މެންބަރުން އިސްތިއުފާ. އީސީ ގަ ތިބީ މުޅިން ވެސް ވަގުން. ޕީ ޕީ އެމް ގެ އަޑު ނުހުޓް ވޭނެ. މިވޯޓް ބާތިލު ކުރަން ދެން އަޑު އުފުލާނަން.
ޕީޕީއެމުން ޝަރީޢަތަށް ދާން ލަސްވެއްޖެ ނަތީޖާ ބަދަލުނިވިޔަސް އޯކޯ އިންތިޚާބާއިގުޅިގެން ހިންގި ޖަރީމާތަށް ރަޢިއްޔަތުންނަށް އެގި ޖަރީމާގެ ބައިވެރިންނަށް ހައްގު އަދަބު ލިބުނީމަ ނިމުނީ
ވާހް! އީސީ އިން އަމިއްލަ އަށް އެމީހުން، ގޯހެއްހަދައިފި ކަމުގައި އެއްބަސް ވެވުނީ! އަދި މާގިނަ ދުވަސްތަކެއް ވީކީއެއްނޫނޭ، އަހަރުމެންގެ ހައްގު ވަގަށް ނަގައިގެން އެކަމާ އަހަރުމެން ވާހަކަ ދައްތާ، މީ ދެން ކޮންކަމެއް، އެމްޑީޕީ އިން 7 އަހަރު ވަންދެން މުޒާހަރާ ކުރިއިރު ތިޔަބައިގަނޑުގެ ކަންފަތެއް ނެތިފަ މިހާރު ޕީޕީއެމް އަށް ފިޔަވަޅުއެޅުމަށް ތެޅިފޮޅި ގަތީ ހިފި ރިޝްވަތުގެ ބޮޑުކަމުންކަން ޔަގީން މިވީ!!!
ޕީޕީއެމް އަކީ ހިސާރުކުރެވިފައިވާ، ގާނޫނީ ހަމަތަކުގެމަތިން އޮޓޮމެޓިކުން މިހާރުވެސް އުވިފައިވާ ޣައިރު ގާނޫނީ ޖަމާއަތެއް
އިވުނުވާހަކައެއް އިވުނުގޮތަކަށް ދައްކަމުން ގެންދިޔުމަކީ، މިރާއްޖޭގައި ވަރަށްގިނަ ބަޔަކު ކުރަމުން ގެންދާކަމެކެވެ. މިގޮތުން އިންތިޚާބަށްފަހު، މިހާރު މިދެކެވޭ ވާހަކަތަކަކީ، އީސީގެ ނިޞްބަތުގައި ދެކެވޭ ވާހަކަތަކެވެ. އެހެންނަމަވެސް، ދީނާޚިލާފު ވާހަކަތަކާއި މަޞްލަޙަތު ގެއްލޭފަދަ ވާހަކަތަކާއި، އެއްވެސް މީހެއްގެ އަބުރާބެހުމުގެ ގޮތުން ދައްކާވާހަކަތައް އެއީ ޤާނޫނީ ގޮތުން މަނާވާހަކައެވެ.