ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޖަލު ޙުކުމެއް އިއްވާފައި ވަނިކޮށް ރާއްޖެ އަންނަން އުޅޭތީ އެކަމާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހްމީ ކޮށްފައިވާ ޓްވީޓެއް ގާސިމް އިބްރާހިމް ދެންމެ ރީޓްވީޓް ކުރައްވައިފިއެވެ.
ޓްވީޓްގައި އަލްހާން ވިދާޅުވެފައި ވަނީ ޝަރީޢަތުން ނިންމާފައިވާ ކަންކަން ޝަރީޢަތުން ބޭރުން ހަވަރު އެއްކޮށްގެން ނިންމޭކަށް ނޯންނާނެ ކަމަށެވެ. ވެރިކަން ލިބުނީމާ ޤާނޫނާ ޚިލާފަށް ވެރިކަން ހިންގަން އުޅުމަކީ ހިތާމަހުރި ކަމެއް ކަމަށާއި އެހެން ބޭފުޅުންނެކޭ އެއްގޮތަށް ރައީސް ނަޝީދު ވެސް ކަންކަން ނިންމަވަން ވާނީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކަމަށް އަލްހާންގެ ޓްވީޓްގައި ވެއެވެ.
އާންމު ގޮތެއްގައި ރީޓްވީޓް ކުރުމުގެ މާނަ އަކީ ޓްވީޓްގައި ހިމަނާފައިވާ ވާހަކަތަކަށް ތާއިދު ކުރުމެވެ. އެހެންކަމުން އަލްހާންގެ ޓްވީޓް ގާސިމް ރީޓްވީޓް ކުރެއްވުމުގެ މާނަ އަކީ އަލްހާންގެ ވާހަކަތަކަށް ގާސިމް ތާއިދު ކުރެއްވުން ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.
ނަޝީދުއާ ދެކޮޅު ޓްވީޓެއް ގާސިމް މިއަދު ރީޓްވީޓް ކުރައްވާއިރު ގާސިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ އިބޫގެ ސަރުކާރުގެ ވަޒީރު ކަމަށް އައްޔަން ކުރަން އުޅޭ ކަމަށް ބުނެ އެމްޑީޕީ އެކްޓިވިސްޓުން ގެންދަނީ ވަރަށް ބޮޑަށް ނަހުލާ އަށް ފާޑުކިޔަމުންނެވެ. ބައެއް އެކްޓިވިސްޓުން ނަހުލާގެ ޒާތީ ކަންކަމާއި ބެހި ވަރަށް ދަށު ދަރަޖައިގެ ވާހަކަތައް ހިމަނައިގެން ޓްވީޓްތައް ކުރަމުން އެބަގެންދެއެވެ. އެމްޑީޕީގެ އެކްޓިވިސްޓުން އައިޝާ އަށް ފާޑުކިޔަމުން ގެންދާނީ ޖޭޕީގެ އެކްޓިވިސްޓުން ގެންދަނީ އެކަމަށް ވަރަށް ވަރުގަދަ އަށް ރައްދު ވެސް ދެމުންނެވެ.
މިއަންނަ ނޮވެމްބަރު މަހުގެ 01 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވާއިރު އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ޙުކުމެއް އެބައޮތެވެ. އެހެންކަމުން ޤާނޫނީ ހަމަތަކަށް ބަލާއިރު ރައީސް ނަޝީދު މިހާލަތުގައި ރާއްޖެ ވަޑައިގެންފި ނަމަ އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭނެއެވެ.
ހަހަހަހަ އެބަ ރަގަޅުވޭ .....
ޝައްކެއްވެސް ނެތް. އެބައި މީހުން ޢަދުލު އިންސާފު މާނަކުރާގޮތަށް އެދަނީ ޤާނޫނީ ހަމަތަކާއި ޚިލާފަށް ނަޝީދު މިނިވަންވިި ވާހަކަ ދައްކަމުން. ނަޝީދު މިނިވަންކުރިކަމަށް ރާއްޖޭގެ ކޯޓަކުން ނުނިންމާހާ ހިނދަކު އޭނާއަކީ ހުކުމް ތަންފީޒު ކުރަންޖެހޭނެ މީހެއް. އެހެންކަމުން ރާއްޖެ އައިސްފި ނަމަ ހައްޔަރު ކުރަންޖެހޭނެ.
ނަޝީދު އެއުޅެނީ ކެއް ނުލަވައިގެން ހީރޯއެއްގެ ގޮތުގައި ރާއްޖެ އަރަން، ނަޝީދަކީ އޭރު ވެސް މިހާރު ވެސް އަދި މުސްތަޤްބަލުގައި ވެސް މި ގައުމަށް ހުރި އަދި ވާނެ އުނދަގުލެއް. ކުޑަކޮށް ސޭކު އެކަމަކު މަވަރު ނެތިގެން އުޅޭ ގޮލައެއް.
މިދިވެހިންނައް ހުރި ބޮޑު ދުއްޕާނެއް
ކިއްކުރާނީ ޤާސިމްވެސް އިބުއަށް ވެރިކަން ހޯދަދޭން އަނބި ކަނބަލުން ލައްވާ ކެމްޕެއިންކޮށް އިސްތިހާރު ކުޅުވީ ކުރާނެ ކަމެއްނެތް
އަދި މިއުޅެނީ ހުވާ ނުކުރެވިގެން މިހާރު ކޯލިސަން ރޫޅުމުގެ ކުލަމަތި ފެންނަން ފަށާފި.
ގާސިމް އިބްރާހިމް ކިޔާ އެންމެ މީހެއްތަ އަޅެ ފަހެ ޓްވިޓާގަެި އުޅެނީ
މާ ގިނަ ދުވަހެއް ނުވެ ތިމީހުން އަތުން ވެރިކަން އިސާހިތަކު ބީ ވެދާނެ.
ކިތަންމެ ވަރަކައް ދޭތެރެ ޖައްސަން އުޅުނަސް ގާސިމްއާ ނަސީދު ދޭތެރެ އެއް ނުޖެއްސޭނެ
ހުޅަނގުން ހާދަވަރެއް އެބަހުއްޓޭދޯ ސަބަބުތަށް އޮންނާނެތާ !!
އެމް.ޑީ.ޕީން އާއިޝާގެ އަގު ވައްޓާލައިފި. އާއިޝާ ބޭނުން މަގާމެއް ލިބެންޖެހޭނެ. އިބޫގެ ކާމިޔާބަކީ އައިޝާ
ކޮއްކޯ ގާސިމް މަނިކުފާނަށާއި އަނބިކަބަލުންނަށް އެވަރުކޮށް އަގުވައްޓާލާފައި ވާތީ އަވަހަށް ކޮޅުބަދަލުކޮށްލާ އައިޝަތު ނަހުލާއަށް ޔާމީން ސަރުކާރުގައި ކުރިއަށް 5 އަހަރުގައި މަގާމެއް ދޭނެކަމުގެ ޔަގީންދެން
އަހަރެންނަށް ވެރު އުފާވެރި މީހެއް މިއަދު ނުހުންނާނެ.
އަހަރެން ބުނި ދުވަހަށް ވެރު ކުރިން ކޭކުގެ މައްސަލަ ފެންމަތިވެއްޖެ.
ހެއް ..ހެއް...
މޑޕ އެކްޓިވިސްޓުންނަކީ ނުލަފާކަމަށް ލޯބިކުރާ ބައެއް.
ޑިމޮކްރަސީ އާއި އިންސާނިއްޔަތުކަމާއި، ޙައްޤުހޯދުމާއި، ތެދުވެރިކަމާއި ދީން ހިމާޔަތްކުރުން މިހިރަގެން ކެކިގެން އުތުރިއަރަމުންދަނީ. އަހުރެން ހުންނާނަން ދުރުގައި އަތްޖަހަން. އަދި މިއުޅެނީ ހުވާ ނުކުރެވިގެން. މިހާރު ޖަޒީރާރާއްޖެ މިހިރަފައްކާވެގެން ވެއްޓެން ކައިރިވަނީ. ދިރިތިބީންނަށް އިބުރަތް މިކަމުން ލިބޭނީ ކޮންއިރަކުންތޯ؟
ނަޝީދަށް މަރުޙަބާކިއުމަށް އެއްވެސް ދިވެއްސަކު ދާނެކަމަކަށް ގަބޫލެއްނުކުރެވެއެވެ
އޭނާ އަކީ 13 އަހަރުގެ ޖަލުޙުކުމެއް ތަމްފީޒް
ކުރަން ޖެހިފައިވާ ކުށްވެރިއެކެވެ ކުށްވެރިންނަށް މަރުޙަބާ ކުއުމަކީ ދިވެހިން ކުރާނެކަމެއް ނޫނެވެ
އެމްޑީޕީގެ އެކްޓިވިސްޓުން އެކިރަށްރަށުން މާލެ
އަށް ޖަމާކޮށްގެން މަގުމަތިން މިނިވަންކަން
ހޯދަންއުޅުމުގެ ފުރުސަތު އެއްވެސް ސަރުކާރަކުން ދީގެން ނުވާނެއެވެ
ހައްހައްހައްހާ ވެރިކަން ނުލިބޭ މިހާރު ބޮޑު ގެރިންތައް އޮޅުލަން ފެށީ..... ގައުމު ހިންގަން މިބައިގަނޑައް ވޯޓުދިން ހުރިހާ ރައްޔިތުންނަށް ޝުކުރިއްޔާ ދެން ލަލަލާ..... ޖަރީމާ ރާއްޖެ އަށް މަރުހަބާ
ތީހުރިހާތާކައްހިޔޮވަރު ފުޅިމަދުއުގުރިއެއް
ތީމުޅިޤައުމުގެހަލާކު
އެއްމެ ރަނގަޅީ އަލުން ވޯޓަކަށްގޮސް ﷲގެ ހެޔޮރަހުމަތުން ނަތީޖާއިން ޔާމީނަށް ކާމިޔާބު ލިބި ތިހުރިހާ އެއްމުން އަލުން ޖަލަށް ކަހާ ކުރިޔަށް އޮތް ފަސްއަހަރަށް ޔާމީން ވެރިކަމުގައި ހުރުން. އޭރުން ހުންނާނީ ރަނގަޅަށް ލޮނުބޮވެފަ. ގާސިމް ވެސް ކުރިމަތި ލާންވާނެ. އޭރުން ޔާމީން ހޮވޭނީ... ވެރިކަމާ ހެދި ހޭބަލިވަނީ..