13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.
އެނގިފައިވާ ގޮތުގައި ސައުދީ ވަލީ އަހްދު މުހައްމަދު ބިން ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދުގެ ދައުވަތަކަށް ނަޝީދު ސައުދީ އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށެވެ. ނަޝީދު މި ވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ.
ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އަށް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒާއި އެގައުމުގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވަނީ ފޯނުން ގުޅުއްވާ މަރުހަބާ ވިދާޅުވެފައެވެ.
ނަޝީދު ސައުދީ އަރަބިއްޔާ އަށް އަށް ވަޑައިގަންނަވާއިރު އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު "ވީ ހާލެއްގައި ވާން" ރާއްޖެ ވަޑައިގަންނަވާނެ ކަން ނަޝީދު ވަނީ ހާމަ ކުރައްވާފައެވެ.
ނަޝީދު ޖަލަށް ލުމަށް ޙުކުމް ކުރީ 2015 ވަނަ އަހަރުގެ މާޗް 13 ވަނަ ދުވަހު އެވެ. ބޭސްފަރުވާ އަށް ކަމަށް ވިދާޅުވެ ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ 16 ޖަނަވަރީ 2016 ގައެވެ. އޭގެ ފަހުން އެމަނިކުފާނު ދިރިއުޅުއްވަނީ އިނގިރޭސިވިލާތާއި ސްރީލަންކާގައެވެ.
ކެނެރީގެ ނަޝީދު ސައުދީ އެރެބިޔާ އަށް ދިއުމުން އޭނާ އަށް ރީއްޗަށް އިނގޭނެއޭ މި ފަހަރު ރިޔާސީ އިންތިޚާބުގައި އެމެން ހަދާފައިވާ ހުރިހާ މަކަރާއި ހީލަތް އަދި ކުރި ވައްކަން ސަރުކާރަށް ފަޅާ އަރައިފިކަން އޭނާ ސައުދީ އަށް ދަތުރު ކޮށް ނިމޭ ތަނުން އިނގޭނެ މިކަން ވަރަށް ރީއްޗަށް ބަލަން ތިބޭ ބަޔަކަށް މިކަން ފެންނާނެއޭ ވަރަށް ރަނގަޅަށް.
ރަސްގެފާނުގެ ދައުވަތަކަށް ނަޝީދު ސައުދީއަށް ދާނަމަ ދެން ތަމެންނަށް އިނގޭނެ މިފަހަރު ރިޔާސީ އިންތިޚާބުގައި ތަމެން ގަނެފައިވާ ގަނޑާއި މަކަރާއި ހީލަތް މުޅި ދުނިޔެ އަށް ފަަޅާ އަރައިފިކަން އެއީ ތަމެންނަށް ވަރަށް ރީއްޗަށް އިނގޭނެ ކަމެކޭ ކަން މިހެން ހުރުމުން ތިޔާ ދަތުރަށް ފަހު ދެން ރައްޔިތުންނަށް އިނގޭނެ އެމްޑީޕީން ރާއްޖޭގެ އިންތިޚާބު ތަކުގައި ހަދާ މަކަރާއި ހީލަތް ވަރަށް ރަނގަޅަށް. ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް ކަން ހިނގާފައިވަނީ މިހެންނޭ...
ވެރިކަމުގަވެސް ތިކަހަލަ ވާހަކައެއް ފެތުރުނު ފަހުން ވީއެއްޗެއް ނޭގުނު، ތިވާނީ މަދީނާ ޔުނިވަރސިޓީގައި ލެކްޗަރެއްދޭންވެގެން ހޯދަނީކަމަށް. ވަރަށް މޮޅުވާނެ ބޯކާލަން، މިރާއްޖޭގެ މިއޮތް ބޮޑު އާބާދީގެ ބޯކާލައިގެންހުރިމީހެއް. ހަރުގެއިން ބޮނޑިބަތްކޮޅެއް ކައިފި މީހަކު މީނާދެކެ ވާލޯބިން ހީވާނީ އެހެންކަމެއްހެން، އެހެންމީހަކު ނުވެސް ފެންނަކަމަށްވަނީ،
އަނެއްކާވެސް ދޮގުހަދަންށީ.
މިތިބެނީ ދުނިޔެ ޤަބޫލު ކުރާ ފެންވަރުގެ ވެރިން. ކައްޕި ވަނީ މުލި ދުނިޔެއިން ބާކީ.
ދެން ވަޑާއިގަންނަވާނީ، އައްސޭކު ޑޮކްޓަރ ނަމުގެ ކުރިޔަށް އިތުރު ކުރައްވައިގެން. ހައް ހައް ހައް