ގާނޫނު ނެގެހެއްޓުމަށް ސަލާމަތީ ހިދުމަތްތަކަށާއި ޖުޑީޝަރީ އަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ގޮވާލައްވައިފިއެވެ.
މިވަގުތު ފުލުހުންގެ ހައްޔަރުގައި އުއްތަމަ ފަނޑިޔާރު ހުންނެވިއިރު އެމަނިކުފާނުގެ ވަކީލު ހިސާން ހުސެއިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައްޔަރުކުރެވުނުތާ 34 ދުވަސްފަހުން އުއްތަމަ ފަނޑިޔާރަށް ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުކުރާކަން އެމަނިކުފާނަށް އަންގާފައިވާ ކަމަށެވެ.
މި ތުހުމަތަށް އެމަނިކުފާނު އިންކާރު ކުރައްވާ ކަމަށާއި އަދި ގާނޫނު ނެގެހެއްޓުމަށް ސަލާމަތީ ހިދުމަތްތަކަށާއި ޖުޑިޝަރީ އަށް އެމަނިކުފާނު ގޮވާލައްވާ ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.
34 days after his arrest,CJ Abdulla Sayeed was yesterday informed that he has been charged under Anti-Terrorism Act for the alleged offence of attempting to overthrow the Govt. He denies the charges&calls upon the judiciary& security forces to uphold rule of law #MaldivesInCrisis
— Hisaan 🎈؟ (@hisaanhussain) March 11, 2018
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަކީ، ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމާއި، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާއި ހިލާފަށް ބަދަލު ކުރުމަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުުރުމާއި ދައުލަތް ހިންގުން ހުރަސް އެޅުމާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގުމަށް ގަސްތުގައި ހުރަސްއެޅުމެވެ.
މީގެއިތުރުން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކަކާއި ގުޅިގެން ތަހުގީގަށް ހޯދަން ބޭނުންވާ ހެކިތައް ފޮރުވާފައިވާ ކަމުގެ ތުހުމަތު ވެސް އެމަނިކުފާނުގެ މައްޗަށް ވަނީ ކޮށްފައެވެ.
ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރާއެކު ގިނަ އަދަދެއްގެ ބަޔަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހިމެނިވަޑައިގަންނަވަ އެވެ.
ނީވެއަޑެއް ބޮޑު ބާގީއެއްތީ
ޢުއްތަމަ ފަޑިޔާރުކަމަކަށް މިހާރު ބަލައެއް ނުގަންނަން، އެހެންވީމަ ފާޑު ފާޑަށް މޮޅެތި ޓުވީޓް ނުކޮށް މަޑުންތިބޭ ، ތި ހިސާންތީ މާމޮޅު ލޯޔަރަކަށް އަމިއްލަ އަށް ވެގެނިގެން އުޅޭ މީހެއް!
މިހިސާނު ލޯޔަރުކަންކޮށްދިން އެއްވެސް މީހެއްމައްސަލައެއް މިހާތަނަކަށް އަދި ކާމިޔާބު ވެފައެއްނެތް.
ޑޮލަރާއި ބިންތައް ނަގާބަލަ ކޮންޤާނޫނެއް ނަގާކަށް. ކެވެނުވަރުމަދީތަ. މުޅި ޖުޑިޝަރީ ފުނޑާފަ. ނާކާމިޔާބުވި ބަޣާވާތް ކުރިމީހުން މީ.
ކުށެއް ކޮށްފަ އެއްބަސްވަނީ ކާކު
ގައްބަރ ސިންގ އަދިވެސް އަނގަ އެބަ ހުޅުވާ 2އަތާ 2 ފައި ބަނދެ ކޯސްޓަ ދަޅެއް މަތީ ބޭންދީމަވެސް. ކަލޭ ދެން އޮވޭ. މިގައުމުގެ އިގްތިސާދު އަށް ލޮޅުން ގެނުވި ގައްދާރު ތީ. މިކޮމެންޓް އޭނާ އަށް ފެންނާނެ ނަމަ ކިހާ ރަގަޅު ....
އޭ ރިޝްވަތު ބޮނޑި. އަނގަހުޅުވާ ވާހަކަދައްކަން ކޭމެންގެ ލަދުކޮބާ. މީވަރަށް ވާހަކަ.
ޤާނޫން ނެގެހެއްޓުމުގެ މަސައްކަތް މިހާރުވެސް ކުރަމުން ދަނީ އޭގެ ހެއްކެއްގެ ގޮތުގައި ކަލޭ ހައްޔަރުކުރީވެސް...
އަދިވެސް ބާޣީ ގޫކާޓްބެއްޔާގެ އަނގަ މައިތިރި ކޮށް، ކުށް ގަބޫލުކުރާކަށް ނޫޅެޔޭދޯ. އަވަހަށް މިކަލޭގެ ވަޒީފާއިން ވަކިކުރޭ....!!!
އިންކަރު ނުކުރާނީ ކާކު އެކަކުވެސް އެއްބަހެއްނުވާނެދޯ ތިޔަމީހުން ނުދަންނަ ބަޔަކު ނުލޭ
ސައީދަށް މަގޭސުވާލެއް: 1ފެބްރުއަރީގައި ނެރުނުއަމުރު ރަނގަޅުކަން ސިކުނޑިހަމަޖެހޭ އިންސާނަކަށް ވިސްނޭވަރަށް ކިޔާދީފާނަންތަ؟
މިހާރު ތިޔައީ އުއްތަމަ ފަނޑިޔާރުކަމަކަށް ބަލައެއް ނުގަނެވެއެވެ. މަނިކުފާނަކީ މިހާރު ރިޝްވަތު ބޮޑޭއެވެ.
ގާނޫނުނަގަހައްޓާދަމަހައްޓަން ބުނަން ގޮވަން ހަމައެންމެރަންގަޅީ ކަޅުފައިސާގަޖެހިފަ ތިބޭ މީހުންބާ؟ ނަސީބަކުން އަޑެއްނީވޭ.
މިސަރުކާރުން ގާނޫނު ނަހައްޓާތަން ނުފެނޭތަ!!! ކޮރަޕްޝަންގެ ނުބައި ފައިސާގައި ހިފާ ޖުޑިޝަރީ ބޭނުންކޮށްގެން ބަޣާވާތްކުރަން އުޅުނީމާ އެކަން މިބަލަނީ!! މޮޅުވާހަކަ ނުދައްކާ!! ދައްޖައްސާނެ އިރާނުކަހަލަ ގައުމެއްނަމަ!! ކަލޭނެން އަމިއްލަ އެދުމުން ފޯވެގެން ގައުމަށް ޣައްދާރުވި ޣައްދާރުވުންމަތީން ހަދާންކުރޭ ޖަލުގަ ތިބެގެން!! އެންމެ ބޮޑެތި ޚިޔާނާތްތެރިން ތީ!! ފާޑުފާޑުގެ ބަޔާން ވަކީލު ލައްވާ ނެރޭއިރު ލަދެއްނުގަނޭތަ ކަލޭމެން!!! ވިތް ވައިޓް ޕޭންޓީސް!! ސަހަނރޯ!!
އެއްވެސް ގާނޫނެއްގާ އޮވޭތޯ ހުރިހާކޯޓަކުން ހުކުމަކަށް ތާއީދުކޮށް ހުކުމް ތަންފީޒު ކުރަމުންދާމީހަކު ، އެހުކުމެއް ކަނޑައެޅުނު މައްސަލަ ބާތިލުނުކޮށް ފަނޑިޔާރުންގެ އަމުރަކުން ދޫކޮށްލަން އެންގުން. ތިމާމެން މިތިބެނީ ވަރަށްމޮޅަށް ގާނޫނު ކިޔަވާގެންނޯ؟ ޖާހިލަކު ވެސް އުއްތަމަ ފަނޑިޔާރު ސައީދަށްވުރެ ބުއްދިވެރިވާނެކަން ކަށަވަރު.
ކިތަށް މިލިއަނަށްބާ އީމާންކަން ވިއްކާލީ. ބޮޑު އިބިލީސް. ހަޔާތްކުޑަ ރިޕީޓަރ. ކޮންފަދަ އުނދަގުލެއް. ޖަލުގޮޅިގަ މަރުދުވަހަށް އޮންނަންޖެހޭ ހާއިނެއް ތިއީ.
އުއްތަމަށް ފަނޑިޔާރު ވަނީ ފުލެޓަކަށް ޤާނޫނު އަސާސީ ވިއްކާލާފަ. ތިޔަ ފަދަ މީހުން ދައްކާ ވާހަކައިގަ ނުޖެހުމަށް ގޮވާލަން
ފުރަތަމަ ކަލޭ ޤާނޫނަށް ތަބާވެފަ އެހެންމީހުންނަށް ތިގޮތަށް ގޮވާބަލަ، ރިޝްވަތު ހިފުމަކީ ޤާނޫނު ނެގެހެއްޓުން ކަމަށްވަންޏާ އެކަން ކުރިކަމުގެ ސަޅި ތުހުމަތެއްގަ ކަލޭ ތިހުރީ
ސާލާމަތީ ބާރުތަކަށްވެސް ތިގޮވަނީ ހަރާން ފައިސާގަ ހިފަންދޯ ލަދުކޮބާ؟