ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު އަދި ކުރީގެ ކާށިދޫ ދާއިރާގެ މެންބަރ އަބްދުﷲ ޖާބިރުގެ އިކޮނޮމިކް މިނިސްޓަރުކަމުގެ ދަށުން ޖަޒީރާ ރާއްޖޭގެ ރައްޔިތުން ރަނުން ޖަރީކޮށްލަދޭނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

މިހެން ޖާބިރު ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ. ޓްވީޓުގައި ޖާބިރު ވިދާޅުވީ އޭނާގެ އިކޮނޮމިކް މިނިސްޓަރުކަމުގެ ދަށުން ޖަޒީރާ ރާއްޖޭގެ ރައްޔިތުން ރަނުން ޖަރީކޮށްލަދޭނެ ކަމަށާއި ޑޮލަރުގެ އަގު ދަށްކޮށް ރާއްޖޭގެ ރައްޔިތުން ޑޮލަރަށް ސަލާން ޖަހަން ނުޖެހޭ އުފާވެރި ދުވަސްތަކެއް އަންނާނެ ކަމަށެވެ. އަދި އޭރުން ރާއްޖޭގެ ރައްޔިތުން އުޅޭނީ ފަސް ތަރީގެ ފެންވަރުގައި ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

"އަޅުގަނޑުގެ އިކޮޮމިކް މިނިސްޓަރ ކަމުގެ ދަށުން ޖަޒީރާ ރާއްޖޭގެ ރައްޔިތުން ރަނުން ޖަރީކޮށްލާނަން. އަދި ޑޮލަރުގެ އަގު ދަށްކޮށް ރާއްޖޭގެ ރައްޔިތުން ޑޮލަރަށް ސަލާން ޖަހަމް ނުޖެހޭ އުފާވެރި ދުވަސްތަކެއް އަންނާނެ! ރާއްޖޭގެ ރައްޔިތުން އުޅޭނީ ފަސްތަރީގެ ފެންވަރުގައި" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ގެންދަވަނީ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެކުލަވާލައްވާ ސަރުކާރުގައި އިކޮނަމިކް މިނިސްޓަރުގެ މަގާމު ހޯއްދެވުމަށް ލޮބީ ކުރައްވަމުންނެވެ. ފާއިތުވި ދެތިން އަހަރު ޖާބިރު ވަނީ އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް ބޮޑެތި ޚަރަދުތަކެއް ކުރައްވާފައި ކަމަށް ބައެއް މީހުން ބުނެއެވެ. އެހެންކަމުން ޖާބިރު ބޭނުންފުޅު ކޮންމެ މަގާމެއް އޭނާ އަށް އިބޫގެ ސަރުކާރުން ދެއްވުން އެކަށީގެންވެއެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޔޮޓް ޓުއާޒްގެ ޗެއާމަން ޖާބިރު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގެންނެވީ މިމަހުގެ ހަ ވަނަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

103 ކޮމެންޓް

 1. ވަކަބެ

  ސުއްބޫހުން..މީނާވެސް ވަޒީރަކަށް ވީމާ ގައުމު ވާނީ ބަގުރޫޓް.. ގާބިލު ކަމަކަށް ފައި ނެންގެވި ނަމަ ކިހާރަގަޅު.

  • އަހުމަދު

   އެއީވެސް ވަކަބެ އެއް....ލޮލް

  • ޙައްގުބަސް

   ބުނަން ވާހަކައެއް!! އަހަރެމެން ނޫޅެމޭ ކަލެއާއެކު ގޮސް ހޮނޑައިދޫ އަތިރިމަތީގައި ތިބެގެން ބަނގުރަލުން ޖަރީ ވާކަށް!! ކަލޭ އަނގަ ހުޅުވާ ވާހަކަތައް ދެއްކުމުގެކުރިން ކުރެވިފައިވާ ނުބައި ނުލަފާ ކަންތައްތަކުގެ ފާފަ ފުއްސަވާތޯ ދުޢާކޮށް ތައުބާވެބަލަ!! އެންމެ ކައިރީގައި އޮތީ މަރު!! މަރުމަތިން ގިނަގިނައިން ހަނދާންކޮށް އިސްލާޙުވޭ!! ކޮޅުކޮޅު މައްޗަށް ނުދުވެ!! ހުރި އަމިއްލަ އެދުން ބޮޑުކަމާއެވެ!!

   • އަހަރެން

    ކަލޭމެންގެ ގައުމެއް ނޫން މީ ހަމައެކަނި!! އަހަރެމެން ބޭނުމީ ގޮސް ހޮޑައިދޫ އަތިރިމަތީގަ ތިބެން! ވަރަށ ވާހަކަ!!

 2. ކައުންސެލަރު

  ކޮބައިތަ ހޮނޑައިދޫ ؟

  • ޖާއްބެ

   ހޮނޑައިދޫގެ ވަޒީރުކަމުން އިސްތިއުފާ ދެއްވައިފި. މިހާރު ޖަޒީރާގެ ވަޒީރުކަން ލިބޭތޯ؟ ދަރަނި މާފުވާނެ ގޮތެއް.ވޭތޯ؟

 3. ރެގްރެޓް ނައު

  މީނަ މިނިސްޓަރަކަށް އައުމަށްވުރެ ޔާމީނު ވެރިކަމުގަ ބަހައްޓަންވެސް މަށަށް ރަނގަޅު..

 4. ވިސްނާ

  ފުޅިންނެއް ނޫންތޯ ޖަރީކޮށްދޭނީ...

 5. ?

  ތި ދުވަހަކަށް އަހަރެމެން އިންތިޒާރު ކުރާނަން.

 6. ހެޔޮނުވާނެ

  ޔާމީނަށް ވޯޓް ނުލީ ކޮރަޕްޓްވީމަ އޭނާ ކިތަންމެ ތަރައްގީ ކުރިއަސް އެކަމަކު މި ޖާބިރުއަށް މިނިސްޓަރުކަން ދީފީޔާ ހަމަ ކޮރަޕްޓް ވީ އަދި ތަރައްގީ ނުވީތާގަ.

  • ނައުބެ

   ޜާކަނި މަސް ކެވިއްޖެ ދޯ...ހަހާ

  • ހުސޭނުބޭ

   ކޮން ކަރަޕްޓެކޭ ކިޔާކަށް! ތިޔައީ އިންސާފު! ތިއީ އަދި އެންމެ ގޮލައެއް! އަދި ހުވާކުރުމުން ތީގެ އެއްޗެތި ކޯޅިކޯޅިއަށް ތަންތަނުން ފާޅުވާނެ! ދެން ބާރަށް އަތްޖަހާ!

 7. ޙަގާނި

  ޢެނގެޔޭ ތިކަން މާކުރިންވެސް އެހެންވެތާ ޖާބިރު ރިސޯޓުގެ މުވައްޒަފުން ޖަރީވެފަ ތިބީ ރިސޯޓު ވެސް މަޑުމަޑުން ޖަރީވާތަން ފެނޭ މަނިކުފާނު ވެލިން ޖަރީވެފަ އިންތަންވެސް ކޮއްކޮމެން ދުށީމެ

 8. ބޮޑުވައުދު

  ހެޔޮ ނުވާނެ. ފުރަތަމަ ކާށިދޫއަށްވި ވައުދުތައް ފުއްދަބަލަ. ހަތަރު ތަނބުޖަހާފަ ހުރިގޮތަށް ވީރާނާވެގެން އެއޮށްދަނީ އަޅަންބުނި ގެސްޓްހައުސްތައް.

 9. ޅޮސް

  ބޭނުމެއްނޫ ނެވެ. ތަ މަޑުކޮށްލާ އެއްފަރާތުގަ. ފުޅިއެއް ހިފައިގެން

 10. ޖަޒީރާ

  ލޮލީ އައް ބުނެލަންއޮތީ ފޮނިނުކަނޑާ ފުރަތަމަ ޓެކްސް ފައިސާ ދައްކާށޭ

 11. އިލްކްސަ

  އެހެންވީމާ މީނާއަށް ހައްގުވެގެންވަނީ މިނިސްޓަރުކަމެއް ނޫން. ރައީސްކަން. އިބޫއަށް މިއަދުން މިއަދަށް ގޮވާލަން ޖާބިރަށް ވެރިކަން ހަވާލުކުރަން. އޭރުން އަހަރެމެންނަށް 7 ތަރީގެ ފެންވަރަށް ދާނެކަން ޔަގީން. ބޮލަށް އެނބުރުން އަރަން ފަށައިފި.

 12. ޔާމީން

  ޢަބްދުﷲ ޖާބިރު ހ.ތިމާވެށި ދެން އަޅުގަނޑު ހުންނާނީ ހަނު.

 13. Anonymous

  ސުޙާނައްﷲ ކަލެއަށް މިނިސްޓަރުކަން ތިއަށްވުރެ މާރަނގަޅުވާނެ އިބޫ އަމިއްލައަށް ދަންޖެހުނަސް ?? ދޯ ؟ މަރިޔާ

 14. ތޯމަރާ

  އޭލިއަންސެއްހެން ހަތަރުއަނގުނުޖައްސާފާހުރި ހަދާނެތުނީތަ

 15. މުހައްމަދު

  ގޫގުލްއިން ޖާބިރު -- ފޮޓޯޖަހާލަނިކޮށް އިކޮނޮމިސްޓް ފޮޓޯ ފެންނާނެ.
  ވަރަށް ސަލާމް.

 16. ނިރުބަ

  ރަނަކީ ފިރިހެނުން ބޭނުން ކުރުން ހަރާމް އެއްޗެއްކަން ނޭނގޭ ރާބޯ އަކަށް ހަވާލު ކުރީމަ، ޔާމީނަށް ވުރެ ތޮޅިއަށް ދާނީ

 17. ހުސޭނު

  ޖާބިރު މީގެކުރިން ރާއްޖެގެނައި އިންވެސްޓަރުން ރަނުންޖަރީކޮއްދީފަ ހުރިވަރުން ކޯޓުން ނުކުންނާނެ ވަގުތެއްނުވެގެން އުޅޭތައް ފެނި އަތުން ހިފާފަ ހުރިމީހެއްގެ ހަސިއްޔަތުން ދެން ޖާބިރުމެން ރަނެއްނޫން ކޮންމެއެއްޗެއް ބެހިޔަސް މަވާ ސަލާން. ޖާބިރައް ޔާމިނު ވަރައް ސަލާންބުނި،

 18. އިބޫ

  ޖާބިރު މިނިސްޓަރުކަން ބޭނުންވަނީ ނަމަ ފުރަތަމަ އިއުލާން ކުރަންވީ އެއްވެސް ދަރަންޏެއް ދައްކަން އޮތްތޯ؟ އެއަދާކުރުމަށްފަހު ނަގަންވީ ވޯޓެއް އިއްތިހާދު މެންބަރުންގެ މެދުގަ.. އެވޯޓުން ހޮވުނީޔާ މީނަ އަތުން ދެތިން މިލިޔަން ޑޮލަރު ސަރުކާރަށް ނަގަންވީވާނެ ގެއްލުންތައް ފޫބައްދަން.. ދެން މޮކަޕް އެކޮނޮމިކް އެކޮނޮމިސް މިނިސްޓުރީއެއް ހަދަންވީ ހޮނޑައިދޫގަ.. ހަފްތާއެއް ވަންދެން ހަމަގަ ހުރެ އާދެވުނީޔާ ދެން ރަނގަޅު މީނަ އަށް މިނިސްޓަރުކަން ދިނުމާމެދު މަޝްވަރާކުރަން..

 19. sha
 20. Anonymous

  ރައްތިރުން ރަލުން ޖަރީކޮއްދޭނަން.

 21. ޢަބްދުﷲ

  ވަޒީރު ކަމަށް ކެމްޕޭން ކުރުމުގެ ދޮރު ހުޅުވުނީތޯ ސުވާލުއުފެދެއެވެ. އެ ބޭފުޅެއްގެ އެޑިޔުކޭޝަނަލް ކޮލިފިކޭޝަންތަކާއި ވޯކިންގ އެކްސްޕީރިއެންސަށް ނުބަލައި އެއްވެސް ބޭފުޅަކަށް ދައުލަތުގެ މަޤާމެއް ޙަވާލުކުރުމަކީ، ރައްޔިތުންގެ ވެރިކަމެއްގައި އިންޞާފުގެ ދަތުރެއްގައި އިބޫ ކުރައްވާނެ ކަމެއްނޫނެވެ. އަދި ޚާއްޞަކޮށް މަސްތުވާ ތަކެތީގެ ތުހުމަތުގައި ކުރެވޭ ޔޫރިންގ ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ މީހަކު ވަޒީރަކަށް ޢައްޔަން ކުރުމަކީ، އެބޭފުޅެއްގެ ރައުޔާއި ތަދުބީރުގައި ބަކަރާތް ތެރިކަމެއް ހުރި ވެރިޔަކު ކުރައްވާ ޒާތުގެ ކަންކަމެއް ނޫނެވެ.

  • ާއަލީ

   ޖަޒީރާ ރާއްޖޭގަ ތައުލީމެއް ނަރުދަމާއެއް ބޭނުމެއްނުވާނެ ދުނިޔެއިންބޭރުން ހުރިހާކަމެއް ވާނެ

 22. ޖޮއްބެ

  ތިޔަކަހަލަ ނުކިޔަވާހުރި ޖާހިލަކަށް އެހާ މުހިއްމު ވުޒާރާއެއް ހަވާލުކޮށްފާނެކަމަކަށް ނުބެލެވޭ.

 23. ޙާލުގެ ދުލުން

  އަޅުގަނޑު ދާނީ ރައްޓެހި ކުދިންކޮޅެއް ގޮވައިގެން ހޮނޑައިދޫ ދޮންވެލިގަނޑުމަތީގައި ކުޅެން

 24. Anonymous

  އިކޮނޮމިކް މިނިސްޓަރުކަން ކުރެވޭނެފަދަ ކަމާއިގުޅޭ ތަޢުލީމެއްވެސް ތިބޭފުޅާއަށް ލިބިފައިވޭތަ؟؟މިހާރުގެ އިކޮނޮމިކް މިނިސްޓަރަކީވެސް ކަމާގުޅޭ ފަންނީ ބޭފުޅެކެވެ.

 25. މަރުމޯލު

  ސޯލިހުބޭ ބުނޫ ނަޒާހަތްތެރިންކަމަށް

 26. ބުރުމާ

  މިނިސްޓަރ ލޮލީ ރޭގަޑު 12ޖަހަންދެން ފިހާރަ ތައް ހުޅުވާފަ ބަހައްޓާދެއްޗޭ

 27. މުހަންމަދު.

  މި ލޮލީ ނުވަތަ ހޮޑައިދޫ ޖާބިރު މީގެ ކުރިން ރަންކޮށް ޖަރީކޮށްދިނީ، ކްލަބު ވެލެންސިޔާގެ މެމްބަރުން،ޑޮކްޓަރ ވަހީދު ސަރުކާރުގައި ކާށިދޫ ދާއިރާގެ މެމްބަރު ކަންކުރިއިރު އެސަރަހައްދުގެ ރައްޔިތުން.....

 28. ރޯޒްމީ

  ހެހެ ލޮލް.. މަ ބަލާލަން ބޭނުންވަނީ މިހާރު މި ކޯލިޝަން ގްރޫޕް އުޅޭނެ ގޮތް. ރައްޔިތުންނަށް ފެނުނީމަ ތިބޭނެ ސަހަރޯއޭ ހިތާ. ރައީސް ޔާމީންވެސް ދެން ފެންނާނެ ލަނޑު އެޅީމަ.. ދެން ޔެލޯ ފީވާތައް މޮޔަވާނެ.. ކޯލިޝަނަށް ފުރުސަތުދީފަ ބަހަށްޓާ.. އޭރުންތާ އެނގޭނީ... ހީހީހީހީ

 29. Anonymous

  "ހެޔޮނުވާނޭ" ކިޔާމީހަކު ބުނެފައިވަނީ ޔާމީނަށް ވޯޓުނުދިނީ ކޮރަޕްޓްކަމުންނޭ ތަރައްގީކުރިޔަސް، މިވާހަހަކައަށް ބުނެވޭނީ އެމީހަކު ކޮރަޕްޓް ސިފަކޮށްފައިވަނީ ތަރައްޤީއަށޭ، އެމްޑީޕީގެ 3އަހަރު ވެރިކަމުގައި ހިންގާފައިވަނީ ބިލިއަން ބިލިއަންސް ޑޮލަރގެ ކޮރަޕްޓް އެއްވެސް ތަރައްގީއެއް ފެންނާކަށްނެތް، އެއާޕޯޓް ވިއްކާފަ ކާލި ކޮރަޕްޓް، އެމްޑީޕީ އެކްޓިވިސްޓުން 400 ފަޅުރަށާއި ފަޅުތަކާއި ގިރިތައް ވިއްކާ ބަނޑަށް އަޅާލި ކޮރަޕްޓް ކޮންމެ މިނިސްޓަރަކު ކާލާފައިވާހަާ ރައްޔިތުންގެ ހައްޤު ކޮރަޕްޓް މިއަށްކިޔާނީ އާނާތޭ ދޮތަ؟؟

 30. އެކޮނަމިކް

  ޖާބިރު ތިޔަ ވިދާޅުވާ ވާހަކައިގެ އެއްވެސް އޮށްޓަރެއްނެތް މިފްކޯގެ ވެރިޔަކަށްހުރެ ޔާމީނާ ދެމީހުން މިފްކޯ ތިޖޫރިއަށް ވަގުފައިސާ ވައްދައި މިފްކޯ ދަވާލިކަމަށް މީހުން ބުނަނީ ދެން އިކޮނަމިކް މިސްތަރުކަން ލިބުމުން ކުރާނެކަމެއްނުވެސް އެނގޭ އެހެން ނޫނަސް ތިޔަ ފައިނަގަނީ މާމައްޗަށް ކަކުނިވެސް ގޮނޑު ދޮށުގަ ތަން އޮތަސް ހަރު ކޮންނަނީ އެކަކުންޏަކާ ވާވަރަށް އެހެން ނޫނަސް ޖާބިރުގެ މައްސަލަތައްބަލާ އިންސާފުވެރި ޙުކުމް ކުރަން އެންމެ ފުރަތަމަ ޖެހޭނީ މުޅިރައްޔިތުން ކުރިމަތީގަ އެއޮށް އުޅުނުގޮތް މިހާރު ހަނދާން ނެތުނީތަ؟ މަނިކުފާނަކީ އެއިރެއްގަ އޮންނަ ސަރުކާރަކަށް ސަނާ ކިޔަމުން ދުވާ ސިޔާސީ ރަންޑިއެއްކަން އެންމެނަށްވެސް އެނގޭ

 31. ހޮނޑައިދޫ ބީޗް

  ކަލޯ ޖާބިރު ހޮނޑައިދޫ ގޮނޑުދޮށުގައިވެސް ޖަރީވެގެން ވެލިކެވިފަ އިން މަންޒަރު އަޅުގަނޑުމެން ދިވެހިން ދުށިން. އެގޮތަށް ޖަރީވާން އަހަރުމެން ބޭނުމެއް ނޫން

 32. ނަފާ

  މަށަކީވެސް އެމްޑީޕީ މީހެއް. މަށައްފެއްނަނީދަމާކަޑާމީހުންގެ ސުޕަވައިޒަރަކަށް ލާން. ތިކަހަލަ މީހުންނަ ކަންކަން ހަވާލު ކުރަންޔާ ދެންކޮބާ ސަލާމަތަކީ. ހައްހައްހާ

 33. އަލީ

  ބަނގުރަލުން ޖަރީކޮށްދޭނެ! މި ސުންޕާ މީހާގެ ލަދުހަޔާތްކޮބާ

 34. އިބޫ

  ރައްޔިތުން ނަކީ ފަނާ ކުރެވުނު ހަދިޔާ އެއް ނޫން.

 35. ގަލޮޅު މީހާ

  ލޮލީ ބަލަ ކަލޭ ކަހަލަ މީހަކު ކިހިނެއްތޯ ކުފޫހަމަވާނީ .
  އިކޮނޮމިކްސް ގެ ސްޕެލިންގު އެނގޭތޯ.

  ދެން މަ ހީ ހީ ހީ ހަލާކު

 36. ޜަހާ

  މާރިއާ ބަލާބަ މިއޮތް ކޮސްގޮވަނީ
  މީނާގެ ތިސޯރޓް ސްޓާފުންނަށް ހަމަޔަށް މުސާރަ ނުދެވޭ.

 37. ޜަހާ

  ...މާރިއާ ބަލާބަ މިއޮތް ކޮސްގޮވަނީ
  މީނާގެ ތިސޯރޓް ސްޓާފުންނަށް ހަމަޔަށް މުސާރަ ނުދެވޭ.

 38. ސަމީރު

  ރާ ބޯ މީހަކަށް ތިފަދަ ވަޒީފާއެއް ރައީސް ދެއްވައިނަމަ އޭނަގެ ވެރިކަމަކީވެސް އެފަދަ ވެރިކަމަކަށް ވާނެ ކަމުގައި ދެކެން!

 39. މާފުށި މާންބެ

  މީނައަށްވެސް ކުރެވޭނެ އޭރުންތާ ކޯލިސަން ކޯޅޭނީ. ދެން އަތްޖަހާ.

 40. ޒަވިޔަނި

  ކާކު ޑޮލަރު ނުލިބިގެން އުޅެނީ މިހާރު؟ އެއީ މާކުރީގެ ވާހަކައެއް.

 41. ނުރަބޯ

  ތިހެން ބުނި ނަޝީދުވެސް. އެކަމަކު ވެރިކަމަށް އައިގޮތަށް ޓެކްސްތަކެއް ނަގާފަ ޑޮލަރު އަގު ބޮޑުކުރީ. އެކަމާހުރެ ތަކެތީގެ އަގުތައް +%200 އަށްވުރެވެސް މަތިވެގެން ދިޔައީ.

 42. ސަންގުމަރުމަރު

  ރައްޔިތުން ބޭނުންވަނީ ރަހުން ޖަރީވާކަށް ނޫން. ބޭނުންވަނީ އިސްލާމް ދީނުގެ ފޭރާން ލާން. އެކަން ހިޔެއް ނުވޭ ތިކަހަލަ ޔަހޫދީ ބައިގަނޑަކަށް ކުރެވޭނެހެނެއް.

 43. އަލްޖިބްރާ

  ޖާބިރު ކިތަންމެ ވަރަކަށް ރައްޔިތުން ރަނުން ޖަރީ ކޮށްދޭނަމޭ ބުންޏަސް ، ރައްޔިތުން ގެ ބޭނުމަކީ އަދި އެކަމެއް ނޫން ! ރައްޔިތުން ބޭނުންވަނީ އެންމެ ފުރަތަމަ ކަމަކަށް މި ޤައުމުގައި އިންސާފު ޤާއިމު ވުން ! އެހެން ނޫނަސް ޖާބިރު އަކީ ތިޔަފަދަ މަޤާމަކަށް ކުފާުހަމަވާ ވަރުގެ މީހެއް ނޫން ! ދުނިޔޭގެ ހުރިހާ އެއްޗަކީ ހަމައެކަނި ފައިސާއެއް ނޫން ! ދިވެހިރާއްޖެއަށް ހެވެއް އެދެނީކަމަށް ވަނީ ނަމަ ޖާބިރުވެސް މިކަން ޤަބޫލު ކުރަން ޖެހޭނެ ! ޖާބިރުވެސް ޖާބިރުގެ ވިޔަފާރީގައި ކުރިއަށް ދިއުން ބުއްދިވެރި !

 44. ޢަލީ

  ތިއީ ގައުމުގެ ހަލާކު. ތިވެންނަކީ އަބުރު ގެއްލިފަ ތިބި ބައެއް

 45. ފަލަކް

  ޖާބިރު އަށް ލޮލީ ވިއްކާމިނިސްޓްރީއެއް

  ޢުފައްދާފަ އެ މިނިސްޓްރީގެ މިނިސްޓަރުކަން

  ދޭން ރަގަޅު ލޮލީން ޖަރީ ކޮއްދޭން

 46. ލޮލީ

  ހަމައިގައިތޯ. ރައްޔިތުން މިހާރު ޑަޮލަރަށް އެދި ސަލން ނުޖަހާކަން ވެސް ނޭނގޭ؟ ޑޮލަރު ލިބުން މިހާރު ދައްޗެއް ނޫން. އަންނި ވެރިކަމުގައި ދަތިވީ. ރާއްޖޭގެ ހާލަތު ވަޒަން ނުކުރެވޭ މީހަކަށް ކިހިނެއްތީ ވަޒީރުކަން ކުރެވޭނީ.

 47. އަންނަ

  ޖާބިރު؟ އިކޮނޮމިކް މިނިސްޓަރ؟ އޯހ ޕްލީޒް.

 48. ޒާ

  ވަގެއް މީވެސް. މިހާރުންސުރެއް އެބުނީ ވައްކަން ކުރާނަމޭ... ވަގު އެމް.ޑީ.ޕީ

 49. ޖަޒީރާ ކުއީން

  ޖާބިރު އެއްވެސް މިނިސްޓަރަކަށް ނުލެވޭނެ. އަބަދު ބޮއެގެން ހުންނަ މީހަކަށް އެއްވެސް ޖަރީ އެއް ނުކުރެވޭނެ. ނިމުނީ

 50. ހުސްނީ

  އިބޫ މިސޮރަށް އަވަހަށް މިނިސްޓަރުކަންދީ އަހަރެންވެސް ބޭނުން 5 ސްޓަރ ފެންވަރުގެ

  އުޅެލާ، ރަނުން ޖަރީވާން. ހާދަ ރަނެކޭ މަށަށް ވެސް ލިބޭނީ. އިބޫ އަވަސް ކުރޭ.

  ރަނުން ޖަރީވާ ހިތުން މޮޔަވެއްޖެ.

 51. މާރިޔާ

  ޖާބިރު ކިތަންމެ ހަރަދެއްކުރިނަމަވެސް މިނިސްޓަރު ކަމެއް ނުލިބޭނެ. ނުކިޔާ އެކަކަށްވެސް ޖާގައެއް ނެތް ކެބިނެޓްގަ.

 52. ލީމަން

  އާދޭސް މިދަންނަވަނީ... މީނާއަށް މިނިޓްރީ ކަން ނުދެއްވާތި... ދީފިނަމަ އެކަން ވާނީ އެމް ޑީޕީގެ ހަލާކަށް..

  އައިވެސް އެމްޑީޕީ އެކަމަކު މިކަމާ ދެކޮޅު..

  މިމީހުން ބައިތިއްބާ ވިޔަފާރިކުރަން... ރާބޯން..

  އިބޫއަށް ވޯޓުލީ މީހެއްގެ ފަރާތުން އެދޭ އެދުމެއް... ޕްލީޒް މިކަހަލަ ފެއިލިއަރުން ނުލައްވާތި ތިބޭފުޅާގެ ކެބިނެޓަށް..

  މުޅި ގައުމުވެސް މިމީހުންނާއި ދެކޮޅުވާނެ..

 53. ޑެއިލް

  ހުރިހިތާމައެއްގެ ބޮޑުކަމާ. މިގައުމު ހަލާކުވެއްޖެކަން ކަށަވަރު.

 54. ނީބުމަ

  ބަނގުއާވިން މުޅިގައުމުޖަރީ ކޮށްދީފާނެ ... ހެހެހ ޗީޑި

 55. މުޙައްމަދު ސަޢީދު

  މަޝަށް ނުވިކަންތައް ޖާބިރު އަށް ވާނެ ދޯ. އޭނާ ހުންނާނީ ޕީއެޗްޑީ ހަދާފައޭ! ފިސާރި މޮޅުވާނެ

 56. ވަހީދު

  މީރާއަށް ދައްކަން ޖެހޭ 6.7 މިލިޔަން ޑޮލަރު ދައްކަން އެންގީމަ މަނިކުފާނު ރައީސް ޔާމީނު ދެކެ ހިތްހަމަ ނުޖެހުނީ. އެފައިސާ ދައްކަން އަންގާނެ އެމްޑީޕީގެ ވެރިކަމުގައި ވެސް. ރައްޔިތުން ހޭލާ ތިބިވާހަކަ ދަންނަވަން.

 57. ޝަހީދާ

  ބަލަ ޖާބިރު ކޮބާ ކަލޭ ކާށިދޫ ފަޅު ހިއްކާފަ އެޅި ހޮޓާ ތައް . ހުސްދޮގު ނުދޭތި މިނިސްޓަރުކަން އިކޮނޮމިކްސް ކޯންޗެއް އެގޭ މީހެއް

 58. ޖިލޭބީ

  ރަލޭ ލިޔަން އުޅެނިކޮށް ރަނޭ ލިޔެވުނީ ކަންނޭންގެ

 59. ރައްދު

  ޔޮޓް ޖާބިރަށް ސަރުކާރު ދަވާލެވިދާނެ އެހެން
  ކަމެއްނުކުރެވޭނެ ފެންވަރެއް މައުލޫމާތެއް ތަޖްރިބާއެއްނެތް މީހަކަށް ކުރެވޭނެ ކަމެއްނެތް
  ސަރކާރުގެ އެއްވެސަ ކަމެއް ހަވާލްނުކުރުމަށް
  ގޮވާލަން

 60. ބަޑޭ

  އޭރުން މިގައުމުވެސް ނޯންނާނެ.. މީނަ މިގައުމެވެސް ކާލަފާނެ..

 61. ވަހުޝީ

  ރަލުން ދެއްތޯ. ލޮލޮލް. އޮޅިގެން ރަނުންނޭ ބުނެވުނީ.ހަހަހާ

 62. މޫސާ

  އިބޫގެ ވަޒީރު ކަމަށް ކުފޫ ހަމަނުވާ މީހެއް!

 63. ބޯހަލާކު

  *** ރަލުން ޖަރީ ކޮށްދެވޭނީ ޖާބިރު އަށް

 64. ހަސަދު

  އަނެއްކާ އަނެއްބައި މީހުން ފަށަނީ. އިކޮނޮމިކް މިނިސްޓަރަކަށް ވާން ޖެހޭނީ ދިވެހިން ވަޒީރެކޭ ބުނަން ލަދު ނުގަންނަ ވަރު ބޭފުޅަކަށް. ރިސޯޓް ކޮޅެއް ގެންގުޅެ ފެންނަ ހުރުހާ "މީރު" އެއްޗެތި ހިއްޕަވާ ވިޔަފާރި ވެރިންނަން މިގައުމުގެ ވަޒީރުކަން ލިބިގެން ނުވާނެ.

 65. ވޮއީސް އޮފް ހުވަދޫ

  ކީކޭ އަޅެފަހެ ބުނާނީ!!! އަމިއްލަ ރިސޯޓް ތަށް ވެސް ނިހިންގި ގެން އުޅުއްވާ ބޭފުޅަކަށް ކޮން މިނިސްޓްރީ އެއް ތޯ ހިން ގޭނީ އަބަދު ނިދިފަ ، ހަމަ ހާލުގައި ހުރެގެން ތާ ކަމެއް ކުރެވޭނީވެސް ، ހުވަދޫއަށް ނިސްބަތް ވާތީ ވެސް ލަދުގަނޭ ،،

 66. މީހާ

  ކެކެ..ކޮބައިތަ އަމިއްލަ ކުންފުނި؟؟ ކިތައް މުވައްޒިފުންނަސް މުސާރަ ނުދީ އެބަ އޮތްތަ؟؟

 67. މުހައްމަދު އަހްމަދު

  ޖާބިރު! ގެމަނަފުށީގައި އަޅަން ބުނި މިސްކިތް ކޮބައިތޯ؟ ހުޅުމާލޭ ހުރިކަހަލަ މިސްކިތެއްގެ ފޮޓޯ ދެއްކެވީމެއްނޫންތޯ؟ މައުމޫނުގެ ސަރުކާރުގެ ފަހު ދުވަސްކޮޅު މިފްކޯގެ ޗެއާމަނަކަށް ހުރެ މިފްކޯ ލޯންޗް ފަހަރުގައި ކެމްޕޭނުކޮށް، މިފްކޯ ބޯޓް ފަހަރުގައި ޖާބިރުގެ ރިސޯޓް ހަދަން މުދާ އުފުލީ ގއ. ޖަރީކުރަންދޯ؟

 68. ހައްމާދު

  ކުޑަކުދިން ކައިރީގަ ބޮޑުބުޅަލާ ނާދޭ ކިޔާދޭހެން
  މީނާރައްޔިތުން ބޮލައް ޗިޕް މިޖަހަނީ ރަނޭ ކިޔައިގެން
  ޖާބިރު ކަލޭ ތީ ރާބޯ މީހެއް ކަލޭ އަށް މަރުވެފައޮތް ބޯވައެއްވެސް ނުނެގޭނެ.

 69. އަނގަ

  ޖާބިރޫ. ކަލެއަށް ދޭނީ ހޮނޑައިދޫގެ މިނިސްޓަރުކަން. ރަލުން ޖަރީވެގެން އެތާގަ އޮވެބަލަ. އަބްދުﷲ ޖާބިރު ހ. ތިމާވެށި. މަދެން ހަނު

 70. ކޮްލިން

  ކްލީން މީހުން ވަޒީރުކަމަށް ބޭނުމީ

 71. އަލީ ފާސިރު

  ޖާބިރަށް މިނިސްޓަރުކަން ނުދެއްވަންވީ އެއްވެސް ސަބަބެއްނެތް. އެމްޑީޕީގެ ވެރިކަމުގައި ކުރިންވެސް ތިބީ، ފޮށި ފަޅާ މީހުންނާއި ރާބޯ މީހުން. މަގު ފޭރޭ މީހުން. މާެރާމާރީ ހިންގާ ގުންޑާއިން.

  • މައި

   ސިޔާދު އަށް ދޭށޯ ގާސިމް ބުނީ ކުރިން ދޯ އިބޫ؟

 72. ޑިމޮކްރަޓިސްޓް

  ކަލޭކޮށްދިން ޖަރީ އަހަރެމެންނަށް ފެނުނު ހޮނޑާފުށި އަތިރިމަތީ! ދެން އެކަން ފޮރުވާފަ އެހެން ވާހަކައެއް ރައްޔިތުން ސިކުނޑިއަށް ވައްދަންނޫޅޭ! ތީ އަގުވެއްޓިފަހުރި މީހެއް!

 73. ޢަބްދުﷲ ސަޢީދު

  މާބޮޑަށް މުސްކުޅިފުޅު ވެއްޖެ ދޮއްތޯ

 74. ނޫޑުލްސް

  މޑޕ ސަޕޯޓަރެއްގެ ހައިސިއްޔަތުން ބުނެލަން ބޭނުމީ ޖާބިރު މެންެ ކަހަލަ ބޭފުޅުން ލާގެން އެޅެންޔާ ހަމަ ޖެހޭނީ ޔާމިން ސަރުކާރެކޭ އެއްތާކު. އަމިއްލަ މަސްލަހަތު އިސްކުރުމާެއި ރައްޔިތުންގެ ޓެކްސް ފައިސާ ފޭރުން ނޫން އެހެން ކަމެއް ކުރާނެ ވަގުތެއް ނޯންނާނެ.

 75. ޢާސިދާ

  ސާބަސް މީނާއައް ހޮނޑައިދޫގެ މިނިސްޓަރު ކަން ދީބަލަ

 76. ވާނުވާ

  އަމިއްލަ ކޮންމެވެސް އެޖެންޑަރ އެއް އޮތީމަ ތިއުޅެނީ، ކަލޭތީ ރައްޔިތުން ބަލައިގަންނަ މީހެއް ނޫން، ކްލަބް ވެލެންސިއާ ހަލާކު ކޮއްލި، އެވެސް ކަލޭ ރަގަޅު ކުރަންބުނި ޓީމް

 77. ޖާބިރު

  އަޅުގަނޑަށް އިކޮނޮމިކް މިނިސްޓަރުކަން ލިބިއްޖިއްޔާ ހުރިހާ ރައްޔިތުންނަށް ހޮނޑައިދޫގައި ޕާޓީ ދޭނަށް.

 78. ހޮޑާފުށި

  ފުރަތަމަ ލޮލީީ ވެސް ގަބޫލު ނުކުރާނެ ލޮލީ ޖާބިރު އެއީ ވެރި މީހާ ކަމެއް

 79. ހޮނޑާބެ

  ރަނާއި ޖަވާހިރުގެ ވާހަކަ ދައްކަން އިހަށް ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ 6.7 މިލިޔަން ޑޮލަރު ދައްކަބަލަ މީރާއަށް. ދިވެހިން ނޫޅޭ މިނިސްޓަރ އަކަށް ގެންނާނެ މީހަކު ނުލިބިގެން. އަތުގައި ފައިސާ ހުއްޓަސް ރާއްޖެ ކަހަލަ ތައުލީމީ ގައުމެއްގެ ތިފަދަ މިނިސްޓްރީއެއް ހިންގަން ޖާބެ މެން ކުފޫ ހަމަ ނުވާނެ. ވަރަށް ސާފުކޮށް މިބުނީ. އޯލެވަލް ނިންމާ ކުޑަ ކުދިން ވެސް ޖާބެ މެން ނަހަދާނެ ހުނވަދަކަށް ވެސް.

 80. މmmމ

  ތިކަހަލަމީހުންެތަންތަނުގެ ވެރިކަން ހަވާލު ކުރާތީ ރައްޔަތުން ހަނާވަނީ

 81. އާދަމް

  ޖަޒީރާރާއްޖޭގެ ރައްޔިތުން ކިތަންމެ އުފަލުގައި އަދި ކިތަންމެ މުއްސަނދި ކަމުގައި އުޅުނަސް ދިވެހިރާއްޖޭގައި އުޅޭ ދިވެހިންނަށް ލިބޭނީ ކޮން އުރަލަކާއި ކޮން މުއްސަނދިކަމެއް. ޖާބިރު ތިހެން ބިނިކަމަށް ވަންޏާ ދިވެހިންނަށް ނުގަނެވޭވަރަށް ޑޮލަރުގެ އަގުބޮޑުވާނެ. އެހެންނޫނަސް ތި ޖާބިރު ރައްޔިތހުނަނަށް ދައްކަންޖެހޭ ލާރިތަށް ފުރަތަމަ ދައްކައިބަލަ.

 82. ސަރާފާ

  ޢަޅުގަނޑުގެ އުންމީދަކީ އިބޫގެ ސަރުކާރުގަ ލޮލީ ޖާބިރު، އަލްޚާން، ކަހަލަ ކަނުކޮސް މީހުންނަށް ސަރުކާރުގެ މަޤާމުތައް ނުދިނުން. ޢަދި އަޅުގަނޑުމެން ރައްޔިތުންގެ މައްޗަށް ވަރަށް ޒިންމާދާރު އަދި ކިޔަވައިގެން ތިބި އެފީލްޑަކާއި ގުޅުންހުރި ނުވަތަ އެކަމަށް ޝައުޤުވެރިކަން ހުރި ބަޔަކަށް މަޤާމުތައް ދިނުން. މުއްސަނދި ވިޔަފާރިވެރިން ނަކީ އަދި ސިޔާސީ ދާއިރާއަށް ފޫގަޅަނއ ޖެހޭ ބަޔެއް ނޫން.

 83. ފްލޯކު

  ޖާބިރު ްރަނުން ޖަރީކުރަން ޖެހެނީ ދިޔާނާ އެކަނި. ޖާބިރު އަކީ އެމެރިކާ ޑޮލަރު ޕްރިންޓް ކުރާ މެޝިނެއް ނުން. ދިވެހިން މިހާރު ވަނީ މާފައްކާވެފާ. ޖާބިރުމެންކަހަލަ ގަމާރުން ގުބޫހއްދައިގެން ލާރިކޮޅެއް ނަގާފާނެ. ޢެއިގެ މާނައަކީ ޖާބިރު ގޮވާ އައުގުރާނަ ގަބޫލު ކުރާނެއެކޭ ނުން

 84. ގުދިބެ

  މިހާރުވެސް އެތަށް ބަޔަކަށް ދަރާފަ ހުރި މީހަކަށް މިނިސްޓަރުކަން ދޭން ހެޔޮވާނެތޯ؟ މުޅި ގައުމު ދަރާކަށް މާ ގިނަ ދުވަހެއް ނުވާނެ މި ލޮލީ މިނިސްޓަރާ ހަވާލް ކޮއްފީޔާ

 85. މަހައްދޭ

  ޖާބިރައް ކީވެނުދޭންވީ ތިގޮތައް ބަލާފިއްޔާ މޑޕގަ ޖާބިރު ނުންއެހެން މީހަކުނެއް

 86. އިބޫ

  ޖާބިރު ކަލޭ ދާންވީ ހޮނޑައިދުއަށް. އެތަނަށް ގޮސް އެތާނގެ ގޮނޑުދޮށުގައި އުޅޭ ކަކުނިތައް ރަނުން ޖަރީކޮށްދޭން

 87. އުފާ ސޭޓް

  މައިތިރިވެބަލަ އަދި މީނާއަކަށް ހަވާލެއްވެސް ނުކުރޭނޫން މީގެ ކުރިން މީނާ ކީ ޓުއަރިޒަމް ހަޥާލުކޮއްފިއްޔާ އުފަލުން ހިދުމަތްކޮއްދޭނެވާހަކަ އިބޫ ކަން ކުރަނީ ވަރަށް ބަލާފަ

 88. މާނީ

  ކޮބާ ހޭ އަރަތްޕެއްނުން، މިކަލޭގެ އަމިއްލައަށް މިނިސްޓަރަކަށް ވެގެން އުޅެނިކޮށް ލީކުކޮށްލި އޯދިއޯގެސަބަބުން މިހާރުވަނީ އެއްކޮށް މައިތިރިވެ ހަމަހިމޭންވެފަ، ތިމީހުން ހިންގާފައިވާ ޖަރީމާތަކުގެސަބަބުން އަބަދުވެސް އުޅެންޖެހޭނީ ހާލުގަ،

 89. Anonymous

  "ޕްރޮފެޝަރ އަލްއުސްތާޛު ޢަބްދުﷲ ޖަބިރު ވަ ދިޔާނަތުލް ހޮނޑައިޖާދުވިއްޔަލް މަސްތީ" މިއީ މިވަގުތު މިރާއްޖޭގައި ހުރި ބަނގުރަލްގެ ތަސީރުގެ ޢިލްމަށް އެންމެމޮޅު ބޭފުޅާއެވެ.

 90. ރާފުޅި

  އައްޗީޑި! ޖާބިރު ތިކަހަލަ ވާހަކަ ހަމަ ހިނިއަންނަނީ، ޖާބިރުއައް މިނިސްޓަރުކަން ދިނުމަށް ވުރެން އިބޫއަށް ރަނގަޅުވާނެ ޔާމިނުއަށް ވެރިކަން ދީފަ ގޭގައޮތސް.

 91. ބުޅާ

  ހަމަ ހޭގައި ނުހުރުމަށް އަދި އައްޔާޝީ ކަންތަކަށް ވަގުތު ދީފައި ހިއެއް ނުވޭ ތިކަހަލަ މަޤާމަކަށް ތިފަރާތަށް ވަގުތު ވާނެހެން............................................

 92. އެމް ޑީޕީ

  ހިއެއްނުވޭ ކަލެއަކަށް ވަޒީރުކަމެއް ކީއްކުރަން ޕިޔޯނުކަމެއްވެސް ލިބިދާނެހެން!!!

 93. މަ

  ??????

 94. ޒަންޖަބީޅު

  ފުރަތަމަކަމަކީކަޅޭހަމައިގަހުރުން އެއަށްފަހުރަނުންޖަރީވާ ވާހަކަދައްކަންވީ

 95. ޙާސި

  ރައްޔިތުން ރަލުން ޖަރީކިރާނަމޯ ބަގުރާ ދޯ