ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށް ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ކުރިމަތި ނުލައިފިނަމަ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންގެ މުސާރަ އަދުރޭ އަށް ދީފާނަން ކަމަށް ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް ކަން ލިބިވަޑައިގެންފިނަމަ މެންބަރުންގެ މުސާރަ ދޮޅު ލައްކަ ރުފިޔާ އަށް ބޮޑު ކުރަން އަދުރޭ ވައުދު ވުމާއި ގުޅިގެން މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދުރޭ ކުރިމަތި ނުލާނަމަ ހުރިހާ މެންބަރުންގެ މުސާރަ އަދުރޭ އަށް ދީފާނަން ކަމަށާއި އެގޮތް މާރަނގަޅު ވާނެ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ މިހާރުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކޮށްފިނަމަ އެމަގާމަށް ކުރިމަތި ލައްވާނެކަން އަދުރޭ އިއުލާން ކުރީ މިއަދު އެވެ. އަދުރޭ މަޖިލިސް ރައީސް ކަމަށް ވަޑައިގަތުމަށް ކެމްޕޭން ފައްޓަވާފައި ވާއިރު އޭނާގެ ފުރަތަމަ ވައުދަކީ މެންބަރުންގެ މުސާރަ ދޮޅު ލައްކަ ރުފިޔާ އަށް ބޮޑު ކުރުމެވެ.

ކެމްޕޭން ވަރުގަދަ ކުރުމުގެ ގޮތުން އަދުރޭ ވަނީ އޭނާގެ ތަރުޖަމާނަކަށް ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޚަލީލް ހަމަޖެއްސިކަން ވެސް މިރޭ އިއުލާން ކޮށްފައެވެ.

އިދިކޮޅު ކޯލިޝަނުން މިހާރު ނިންމާފައި ވަނީ މަޖިލިސް ރައީސް ކަމުން މަސީހް ވަކިކޮށް އެމަގާމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގެންނާށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އަޖޫބާ

  ދެވިދާނެ މަހުލޫފަށް އަންނަ ސަރުކާރުގެ ޔޫތު މިނިސްޓަރަށްވީމަ ލައްކަ ލާރި ހެދޭނެ 2008 ވަނަ އަހަރު ސަރުކާރާއި ހަވާލުވި މީހުން ވެސް ލައްކަ ލާރި ހެދިކަމަށް ރިޕޯޓުތައް ބުނޭ. އަދީބު ބުރޯ ހަރަދުކޮށް ގޮނޑި ލިބުނީ އޭގެ ފަހުންވެސް މީނަ އާއި ނިހާނު އަދީބު ބުރޯ ފެލީ. ލައްކަ ފައިސާ މީނާ އަތުގައި ހުންމާނެ. ޅިޔަނު ނައިބުރައީސް ވީމަވެސް ވާނެ ތަނަވަސް

 2. ކޭޓީ

  މަހުލޫފު އަށް ހުރިހާ މަޖިލީހުގެ މެންބަރުންގެ މުސާރަ ދިނުން ރަގަޅުވާނެ ކަމަށް ފެނޭ.

 3. ތިމަންނަ

  ހިސާބު އިލްމަށް ތިޔަފަދަ މޮޅު މީހަކު މަޖްލީހުގެ ތެރޭގައި ހުއްނަވަނިކޮށް އެހެން މީހަކު ތިޔަ ކަމަކަށް ކުފޫ ހަމައެއް ނުވޭ...

 4. ނުރަބޯ

  މިހާރު ތިޔަހުށަހެޅުނީ ރިޝްވަތު. އެވަރުވެސް ނޭނގޭތަ؟

 5. ރުޒާނާ ޗޮއްޕަޓު

  ހުރިހާ މެންބަރުންގެ މުސާރަ ކަލެއަކަށް ނުދެވޭނެ. ކަލެއަށް ދެވޭނީ ކަލޭގެ މުސާރަ. އެހެންވީމަ އެހެން ނުކެރުނު ބުނާކަށް. ކަލޭގެ ހިޔަޅުކަމުގަ ވެސް ޖެހޭނީ ރީނދޫ ގުންޑާއިން. އަހަރުމެން ހަމައިގަ ތިބޭ މީހުންގެ ބޮލު ރޮދި ނުކެނޑޭ އިނގޭ.

 6. ދާދާ

  ލާރިޔާ ހެދި މޮޔަވެފަ.... ތިލާރިގަނޑު ހިފައިގެން މަހްޝަރު ބިމުން ހިޔާކޮޅެއް ލިބޭނެ ކަމަށްތަ ތިއުޅެނީ... ނޫނީ ސުވަރުގެއަށް ދެވިއްޖެނަމަ ޕްލެޓިނަމް ނޫނީ ރެހެންދި ފުލެޓްއިން ގަތްކަހަލަ އެޕާޓްމަންޓެއް ގަންނަން ތޯ.... ދުނިޔެއަށްޓަކައި ތި ވިއްކާލަނީ އާހިރަތް....

 7. އެމް ޑީޕީ

  މަހުލޫފުގެ ސިކުނޑީގެ ޓެސްޓެއް ހަދަން ފެނޭ!

 8. ކެރޭ އަބްދުﷲ

  މަހުލޫފު އެހެރީ މޮޔަވެފަ. މަހުލޫފު ގެންދޭ ގުރާދޫއައް. މަހުލޫފު ހަމައެއް ނޫ.