ރައްޔިތުން މަޖިލީހަށް ހޮވިވަޑައިގަންނަވާ އިރު މެންބަރުން ތިބި ޕާޓީ ބަދަލުކޮށްފިނަމަ، ނުވަތަ ނިސްބަތްވާ ޕާޓީ އިން ވަކިކޮށްފިނަމަ ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުން ވަކިކުރެވޭ ގޮތައް އޮތް އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ޕީޕީއެމްގެ މެންބަރުންތަކެއް ޕާޓީ ދޫކޮށްލުމުން އެމެންބަރުންގެ މެންބަރުކަމާއި މެދު ސުވާލު އުފެއްދުމުގެ ބޭނުމުގައި ޕީޕީއެމް އިން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ހުށައަޅާފައި ވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ. ޤާނޫނު އުވާލުމަށް ރިޔާޒް ރައްޔިތުން މަޖިލީހަށް ހުށަހެޅީ އިއްޔެ އެވެ.

އެންޓި ޑިފެކްޝަން ޤާނޫނު އުވައިލުމަށް ރިޔާޒް ހުށައަޅުއްވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު މަގާމުން ދުރުކުރަން އިިދިކޮޅު ކޯލިޝަނުން ބުދަ ދުވަހު މަޖިލީހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލާގައި ވެސް ރިޔާޒް ވަނީ ސޮއިކުރައްވައިފައެވެ. އަދި ފަހަކަށް އައިސް އޭނާ އާއި ޕީޕީއެމްގެ ލީޑާޝިޕާއި މެދު ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ.

އެންޓި ޑިފެކްޝަން ގާނޫނުގެ ސަބަބުން މަޖިލިސް މެންބަރުން ގަނެ ވިއްކުމުގެ ވިޔަފާރި ހުއްޓުމަކަށް އައިސްފައި ވީނަމަވެސް އެޤާނޫނު އުވާލުމާއި އެކު އަނެއްކާވެސް ޕާޓީ ބަދަލު ކުރުމަށް މަޖިލިސް މެންބަރުންނަށް އެއްވެސް ހުރަހެއް ނޯންނާނެއެވެ. އެހެންކަމުން އެޤާނޫނު އުވާލުމަކީ މަޖިލިސް މެންބަރުންނަށް ނާޖާއިޒް ފައިދާތަކެއް ނަގަން ލިބޭ އިތުރު ފުރުސަތަކަށް ވެގެން ދާނެއެވެ.

އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ރިޔާޒް ހުށަހެޅި މައްސަލަ އެޖެންޑާ ކުރާނެ ދުވަހެއް އަދި ނޭނގެއެވެ. އަންނަ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފަށަން މިހާރު ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ހުސޭނުބޭ

  ތިދެން މީހަކު ޙައިރާންވާންވީ ކަމެއްވެސް ނޫންވިއްޔާ! މަޖިލީހުގައި ވަގުން ގިނަވީމާ ގެދޮރާއި ބޮޑުފޮށި ތަޅުލުން މަނާކުރުމުގެ ޤާނޫނުވެސް ފާސްކުރާނެ!

  • ބޭބެ

   މިއޮތީވާ ކަމެއް!! ތިކަހަލަ ހުރިހާ ރަގަނޅު ކަންތައްތައް އުވާލަންވީ!! ތިބިލުގެ ޙަގީގީ ބޭނުމަކީވެސް ކޮރަޕްޝަނަށް ، މަޖްލިސް މެމްބަރުން ހުށަހެޅިފައިވާ ހުށަހެޅުން ނިމުމަކަށް ގެނަސް އެކަން ހުއްޓުވުން!! އެއީ ރައްޔިތުން ، މެމްބަރު ހޮވި ވިސްނުމާއި (ޕާޓީލައިން) ދިމާ އިދިކޮޅަށް މަސައްކަތްކޮށް ކަޅުފައިސާ ނުވަތަ ރިޝްވަތުގެ ފައިސާއަށް ޕާޓީ ބަދަލުކުރާތީ އެކަން ހުއްޓުވަން ފާސްކުރި ގާނޫނެއް އެންޓިޑިފެކްޝަން ގާނޫނަކީ!! މިވެސް އުވަލާ!! ދެން އޮތީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމޭ ބުނެ އެއްވެސް ކުށެއްނެތް އެތައް ރައްޔިތުންގެ ޙައްގަށް ، މީޑިޔާ ތަކުންނާ ނޫސްތަކުންނާ އަދި ޢާންމު އެކިއެކި ފަރުދުން ފާޅުގައި އަރައިގަނެ އެއްވެސް އަސާސެއްނެތް ދޮގުވާހަކަތައް ދައްކާތީ ، ގާނޫނެއްގެ ތެރެއިން ޖަވާބުދާރީކުރެވި އެފަދަ ދޮގު ވާހަކަތައް ދައްކާ މީހުންނަށް ފިޔަވަޅު އެޅި މީސްމީހުންގެ އަބުރު ކަތިލިޔަ ނުދިނުމުގެ ބޭނުމުގައި ހެދި ގާނޫނެއް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނަކީ!! މިވެސް އުވަލާ!! ދެން މިހެން މުޅި ރައްޔިތުންގެ ފައިދާއާއި ލާބަޔަށް ކޮށްފައި ހުންނަ ކަންތައްތައް އުވާލާ ތަންތަން ތަޅާލަމުންގޮސް މާލެ ހުޅުމާލެ އަދި ހުޅުލެ އާއި ދެމެދު އަޅާފައިވާ ބްރިޖްވެސް ތަޅާލާ އެތަނުންނަގާ!! އެކަން ކޮށްފަ އޮތީވެސް މުޅި ރައްޔިތުންގެ ފައިދާއަށް!! މާލެއާއި ހުޅުމާލެ ހުޅުލެއާއި ދެމެދު ދަތުރުފަތުރުކުރާ މީހުންނަށް ކަނޑުމަގުން ކުރާ ދަތުރުތައް ފަސޭހަކޮށްދީ އަވަސްކުރުމުގެ ބޭނުމުގައި!! މުޅި ރައްޔިތުންގެ ފައިދާ އާއި ލާބަޔަށް ހަދާފައިވާ ގާނޫނުތަކާއި ތަރައްގީތަށް އުވާލާ އެތަންތަނުގައި ހުޅުޖަހަނީ ސިޔާސީ މަދު ބަޔަކު ބޭނުންވާ ކަންތައްތައް ނުކުރެވޭތީ!! މިއީ އިންސާފެއްތޯ؟ ކޮންކަހަލަ އިންސާފެއް؟

 2. ރިސްވަތު

  އެމް.ޑީ.ޕީ އިން އަދުލު އިންސާޕް، އިލެކްޝަން މެންބަރުން، މަޖިލިސް މެންބަރުން ގަނެ ރިޝްވަތު ދިނުމުގަ ހައްދު ފަހަނައަޅާފި. މިކަމަށް ޔަހޫދީން ފަންޑު ކުރާކަން ޔަގީން. ދެންޔަހޫދީންނަށް ގައުމުދީފަ އަހަރުން ގައުމުން ފައިބަންވީ ކަންނޭނގެ

 3. Anonymous

  ރައްޔިތުންގެ މަޖިލިސްތެރެއަކީވެސް މިހާރު ކުޅޭކުޅޭ ދަނޑަކަށް ވެއްޖެ، މެމްބަރުންގެވެސް އެއްވެސް ހަމައެއް ލަމައެއްނެތް!! ޒިންމާދާރު ހަރުދަނާ އަދި ރައްޔިތުންނަށް ފައިދާވާނެ އެއްވެސްކަމެއްކުރަން އުޅޭތަނެއް ނުފެނޭ!! ޙަމައެކަނި މެމްބަރުންގެ އަމިއްލަ ފައިދާއަށް ކަންކަން ނިންމަމުންދާތަން ފެންނަނީ، ވަކި ޕާޓިއެއްގެ ޓިކެޓުގައި ހޮވިފައިވާ މަޖިލިސް މެމްބަރުން ރިޝްވަތު ފައިސާއަށް ވިކިގެން އެހެން ޕާޓީތަކަށް ދިއުމަކީ އެމީހުން ހޮވާދޭ ދާއިރާއަށް / ރައްޔިތުންނަށް ޢައްދާރު ވެވެނީއެވެ. ޢެގޮތަށް މަގުފަހިނުވާގޮތަށް ހަދާފައިވާ ގާނޫނު އުއްވާލަން މިހާރު މަސައްކަތްކުރަމުންދާ މެމްބަރުންނަށް އަހަރުމެން ރައްޔިތުން ދެން ވޯޓެއް ނުދޭނަމެވެ.

 4. Anonymous

  މުޅިންކަހަލަ ގޮތަކަށް ތިޔަމަޖިލީސްތެޜޭ ތިބެނީ ތަންެއްދޮރެއް ކަނޑެއްފަޅެއް ނުދަންނަމީހުން. ޢިއްޔެ ލޮރީއެއްދުއްވަން ނޫނީ ރާނާސިމެންތު ޖަހަން އުޅުނު މީހާ އެއްވެސް ފެންވަރެއް ނެތްނަމަ ވެސް މާދަމާ މިރާއްޖޢގެ ގާނޫންތަކާ ގަވާއިދުތައް ހދާމަޖިލީހުގެ މެމްބަރަކށ.

 5. އަޅުވެތި

  ޕާޓީ ބަދަލު ނުކުރެވޭނަމަ ވަކި ބަޔަކު ބުނާގޮތަކަށް ޕަޕެޓަކަށް ވެގެން އުޅެންޖެހޭނީ. މިނިވަންކަމާއެކު އެ މެންބަރަކު ދެކޭގޮތަކަށް ވޯޓެއް ވެސް ވާހަކައެއްވެސް ނުދެއްކޭނެ. ސުލޫކޭ ކިޔާ ޕާޓީން ވަކިކޮށް، 5 ވަރަކަށް މީހުންގެ ބާރުން 5ހާސް ރައްޔިތުން ހޮވާފައިހުރި މެންބަރަކު މަޖިލީހުން ބޭރުކޮއްލަނީ. މިއީ ޑިމޮކްރަސީ ވިއްޔާ ކަމަކު ނުދޭ.

  • ދިވެހިން

   ރައްޔިތުން މަޖިލީހަށް ހޮވަނީ ވަކި ޕާޓީއަކަށް ވަކި ފިކުރަކަށް ވިސްނައިގެން ރަޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް، ހޮވީމަ އެކި ޕާޓީތަކަށް ގަނެ ވިކަމުން ދުވަނީ 5 ހާސް މީހުން ހޮވާ ވެރިޔާ އަށް ވާގޮތެއް ހޮވުމަށް ފަހު ނޭންގޭ، އަނެއްކާވެސް ފެންނާނީ 5 އަހަރު ފަހުން.

 6. ޒާ

  އޭރުންތާ ޕާޓީ ބަދަލު ކޮށްގެން އަނެއްކާވެސް މިލިއަނުން ފައިސާގަނޑު ކާލެވޭނީ.

 7. ޭލާރިބަނޑު

  ރިޝްވަތުގެ ކަންތައް ޔާމީން ހުއްޓުވީމަ ވަގަށްވެ ގޯސްވީ. މަޖްލިހުގަ މިތިބެނީ ހުސްވަގުން. ތިބައި ގިނަވެގެން މިގައުމު ހަލާކުވަމުން މިދަނީ.

 8. Anonymous

  މީދެން ބޮޑުވަރު، ތިމެންނަމެން ހަސަދަވެރިވާ ރައީސެއްގެ ދަށުން ހަދާފައިވާ ގާނޫނު ކަމުގަވިޔަސް މެމްބަރުން ހޮވާދީފައިވާ ދާއިރާއަށް / ރައްޔިތުންގެ ހައްޤު ދިފާއުކުރުމަށް ހަދާގައިވާ ގާނޫނު ބާޠިލުކުރަމުން ގެންދާތަން މިފެންނަނީ، މެމްބަރުންނަށް ބޮޑެތި އަދަދުގެ ކަޅުފައިސާތަށް ދޭްންބުނާ ފަރާތްތަކަށް ވިކިވެންދާން މެމްބަރުން ދަހިވެތިވެފައިވާ މިންވަރު މިފެންނަނީ، ރައީސު ޔާމީނަށް ބާރެއްނެތިއްޔާވެސް ސަލާމަތީ ބާރުތަކަށް ނުވަތަ މިލިޓަރީ ވެރިކަމެއް އިސްކޮށްގެންވިޔަސް މިފަދަ ޖަރީމާތަކުން ގައުމު ސަލާމަތް ކުރުމަށް މަސައްކަތް ކުރައްވާ!!

 9. ރަޝީދު

  އެންޓި ޑިފެކްޝަން ގާނޫނަކީ ކޮނެމެހެންވެސް އޮންނަންޖެހޭ އެއްޗެއް. ކޮރަޕްޝަން ހުއްޓުވުމަށް ވަރަށް މުހިންމެ ގާނޫނެއް. މަޖިލީހުގެ މެމްބަރުންގެ ޓްރާންސްފަރ މާކެޓް މުޅިން ހުއްޓޭނެ ގާނޫނެއް. މަޖިލިސް މެމްބަރުން އެގާނޫނު އުވާލަން ބޭނުންވާނެ. އެހެންނޫންނަމަ ލިބޭލާރިކޮޅު މަދުވާނެ. މިގައުމުގެ ހަލާކަކީ ތުކަހަލަ މެމްބަރުން.

 10. ވިސްނާ

  ޕާޓީ ބަދަލުކޮށްފިނަމަ މެންބަރުކަމުން ވަކިކުރެވޭ ގާނޫނުަުއުވާލުމްކީ ރަގަޅުކަމަކަށްނުވެ
  ހިގައިދާނެ މިގާނޫނުގެ ސަބަބުން ރައްޔިތުންނާއި އެހެންވެސްފަރާތްތައް ބުރަމަސައްކަތް
  ކުރައްވާ ބޮޑުހޭދައެއްކޮށް ވަކިޕާޓީއަކަށް ނިސްބަތްވެ މެންބަރުކަމަށް ހޮވުނީމާ ވަކިމަޤްސަދެއްހާސިލްކުރުމަށް އެހެންޕާޓީއަކުން ފައިސާގެ ބޮޑުއަދަދެއް ނުވަތަ ފައިދާ
  ހުރި ޢެހެންކަމެއް މެންބަރަށްހުށައެޅުމުން ލިބިލައްވާ ބޮޑުފައިދާއަށްޓަކާ ޜާޢްޔިތުންނާ
  އަސްލުޕާޓީން ކުރެއްވި ބުރަމަސައްކަތާ،ކުރެއްވިހޭދަ ހަދުމަފުޅުނައްތާލައްވާ މެމްބަރުން
  މަދުވެ އަމިއްލަބޮޑިބޮޑުކުރައްވަން އުޅުއްވާ މެންބަރުން މަދުވާނެ ނުވަތަމިފަދަމެންބަރުން
  ނުތިބޭނެ

 11. ހޭބަސް

  ވަރަށް އާދޭހާއެކު ދަންނަވަން. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުތުގައި ތައުލީމީ ފެންވަރު ހިމަނައި ދެއްވާށެވެ. މުޅި ރާއްޖޭގެ ރައްޔިތުން ނިކަމެތިވެގެން މިދަނީ ނުކިޔަވާ ތިބި ކަނު ކޮރު ވިސްނުމުގެ މީހުން މަޖުލީހުގައި ތިބޭތީ.

 12. ޙުވަދޫ ބެއްޔާ

  އެއްގޮތަކަށްވެސް މިޤާނޫނު އުވާލާނެ ކަމެއް ނެތް! މިޤާނޫނަކީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހަށް ވަރަށް މުހިއްމު ބޭނުންތެރި ޤާނޫނެއް! ކުރަންވީ ކަމަކީ މިޤާނޫނުގައި ހުރި ފޫނުބެއްދޭ ތަންތަން ރަނގަޅުކޮށް ފޭރާން ހެޔޮކޮށްލަންވީ!

 13. ހުވަދޫބެ

  އެއްގޮތަކަށްވެސް ތި ޤާނޫނު އުވާލައިގެން ނުވާނެ! ތިޤާނޫނަކީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް ވަރަށް މުހިންމު ބޭނުންތެރި ޤާނޫނެއް! މަޖިލީހުގެ މެމްބަރުންނަށް ކުރެވޭ ރިޝްވަތުގެ ތުހުމަތުން މެމްބަރުން ބަރީޢަ ކުރެވޭނެ އަދި ކޮރަޕްޝަނާއި ރިޝްވަތުގެ ކަންތައްތައް ހުއްޓުވުމަށް ވަރަށް މުހިންމު ޤާނޫނެއް! އެހެންވީމަ ތިޤާނޫނު އުވާލުމުގެ ބަދަލުގައި ކުރަންވީ ކަމަކީ ތިޤާނޫނުގައިވާ ފޫނުބެއްދޭ ތަންތަން ރަނގަޅުކޮށް ފޭރާން ހެޔޮކޮށް އަލުން ފާސްކުރަންވީ!

 14. ހުވަދޫ ބެއްޔާ

  އެއްގޮތަކަށްވެސް އުވާލައިގެން ނުވާނެ! މިދަނޑިވަޅު ރިޔާޒު ތިބިލް ހުށަހެޅުމުގެ ބޭނުމަކީ މަޖިލީހުގައި ބާރާއި ނުފޫޒު ބެނުން ކޮށްގެން ޤާނޫނުތަކާއި ޤަވާޢިދު ތަކާއި ޚިލާފަށް ޢަމަލު ކުރި ޕީ. ޕީ. އެމް ގެ މެމްބަރުންގެ މަޖިލީހުގެ ގޮނޑިތައް ސަލާމަތް ކުރުން! ރައީސް މައުމޫނަށް ޕާރޓީ ލިބިއްޖެނަމަ އެމެމްބަރުންނަށް (ނިހާނު، އަނދުރޭ ފަދަ) ލިބޭނެ ނުވަތަ ލިބިދާނެ ގެއްލުމަކުން އެވެރިން ސަލާމަތް ކުރުން
  އެހެންވީމާ މިކަމަށް އެމް. ޑީ. ޕީ ގެ މަޖިލިސް މެމްބަރުންނާއި ރައީސް މައުމޫނަށް ތާއީދު ކުރައްވާ ޚާއްޞަކޮށް ޤާނޫނާއި ޚިލާފަށް ގޮނޑި ގެއްލުވާލިކަމަށް ބުނެ މަޖިލީހަށް ވަނަ ނުދިން މެމްބަރުން ވިސްނާ ވަޑައިގަތުމަށް ދަންނަވަން!

 15. ވިލުފުށި

  ރިޔާޒް ތިޔަ އުޅުއްވަނީ ސޭޓު ޕާޓީއަށް ނުދެވިގެން ދޯ!!!!

 16. Anonymous

  ކެވޭލީ މަދީ. އެމް.ޑީީ.ޕީ ،މީ މި ޤައުމަަް އޮތް ބަލާއެތް