ތިލަފުށީ ބޭރުގައި އޮތް ބާޖެއްގައި މިއަދު ހެނދުނު އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ބާޖުގައި އަލިފާން ރޯވި ކަމުގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ހެނދުނު 08:00 ހާއިރު ކަމަށެވެ.

ބާޖުގައި އަލިފާން ރޯވެފައިވާ ކަމުގެ ރިޕޯޓް ލިބުމާއި ގުޅިގެން ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. ސިފައިންގެ މަސައްކަތުން އަލިފަން މިހާރު ވަނީ ކޮންޓްރޯލް ކޮށްފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ރޯވި ބާޖްގައި ގިނަ އަދަދެއްގެ އެމޯނިއާ ގޭސް ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަލިފާނުގެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.