ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމުގެ ވާހަކަ ދެން އިތުރަށް ނުދެއްކުމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް، ދުންޔާ މަޢުމޫނަށް ގޮވާލެއްވުމުން، ދުންޔާ އެކަމަށް ރައްދު ދެއްވައިފިއެވެ.
ނަޝީދުގެ މައްސަލައިގައި އިތުރަށް ވާހަކަ ނުދެއްކުމަށް ހަސަން ލަތީފް މިއަދު ގޮވާލައްވާފައިވަނީ، އިއްޔެ އޮންލައިން ނޫސް "އަވަސް" އިން ގެނެސްދިން ޕްރޮގްރާމެއްގައި ނަޝީދުގެ މައްސަލަލައިގައި ދުންޔާ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އެ ޕްރޮގްރާމްގައި ޔުމްނާ ވިދާޅުވެފައިވަނީ، ނަޝީދު މިނިވަން ވުމަށް ވަރަށް ބޮޑަށް އެދޭ ކަމަށާއި، ނަމަވެސް އެކަން ކުރަންވާނީ ރާއްޖޭގެ ނިޒާމުގެ ތެރެއިން ކަމަށާއި، ބައިނައަގްވާމީ ޖަމިއްޔާއަކުން ނަޝީދަކީ މިނިވަނެއްގެ ގޮތުގައި ކަނޑައެޅިޔަސް އެމަނިކުފާނު މިނިވަނެއް ނުވާނެ ކަމަށެވެ.
ދުންޔާގެ އެވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުގައި ހުންނަވައި ހަސަން ލަތީފް މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ނަޝީދުގެ މައްސަލައިގައި މާ ގިނަ ފަހަރު، މާގިނަ ގޮތްގޮތަށް، މާގިނަ ވާހަކަ ދުންޔާ ދައްކަވާފައި ކަމަށާއި، ހިތުގެ ހާލިސް އިލްތިމާސަކީ ނަޝީދުގެ މައްސަލައިގައި ދުންޔާ އިތުރަށް ވާހަކަ ނުދެއްކެވުން ކަމަށެވެ.
އެމްޑީޕީގެ ޗެއަރޕަސަން ހަސަން ލަތީފަށް ރައްދު ދެއްވުމުގެ ގޮތުން ދުންޔާ މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އެހެން ދިވެހި ރައްޔިތުންނެކޭ އެއްފަދައިން، އެއް މިންވަރަކަށް އޭނާގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ހައްގު އޭނާއަށްވެސް އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"އާން، އަހަރެން އެ މައްސަލާގައި ވާހަކަ ދައްކައިފިން، އެއީ އަހަރެންގެ ހިޔާލު، މުއައްސަސާތަކާއި އިދާރާތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަންޖެހޭ، އިސްލާހުކުރަން ޖެހޭ ހާއްސަކޮށް ޝަރުއީ ނިޒާމް،" ދުންޔާގެ ޓްވީޓުގައި ވެއެވެ.
ހަސަން ލަތީފަށް ރައްދު ދެއްވައި ދުންޔާ އިތުރަށް ވިދާޅުވެފައިވަނީ، އެ މައްސަލައިގައި ވާހަކަ ދެއްކެވި ކަމަށާއި، އެއީ އެކަމަނާގެ ޚިޔާލު ކަމަށެވެ. އަދި މުއައްސަސާތަކާއި، އިދާރާތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި، ޚާއްޞަކޮށް ޝަރުޢީ ނިޒާމް އިސްލާހުކުރަންޖެހޭ ކަމަށް ދުންޔާ ވިދާޅުވިއެވެ.
ދުންޔާގެ ވާހަކަތަކަށް ހަސަން ލަތީފް ފާޑުވިދާޅުވިއިރު، ނަޝީދުގެ މައްޗަށް ދައުވާ އުފުލި، ޝަރީއަތް ހިންގިއިރު ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރަކަށް ހުންނެވީ ދުންޔާ މަޢުމޫނެވެ. އޭރު ނަޝީދުގެ މައްޗަށް އިއްވި ހުކުމް ބައިނަލްއަޤްވާމީ މައިދާނުގައި ދުންޔާ ދިފާއުކޮށް ވާހަކަ ދައްކާފައިވެއެވެ.
އިއްޔެ "އަވަސް" އަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ދުންޔާ ވިދާޅުވެފައިވަނީ، ނަޝީދުގެ މައްޗަށް ކޮށްފައިވާ ނިރުބަވެރިކަމުގެ (ޓަރަރިޒަމްގެ) ދައުވާއަކީ އެކަށީގެން ނުވާ ދައުވާއެއް ކަމަށާއި، ޝަރީއަތް ހިންގާފައިވަނީވެސް އެކަށީގެންވާ ފުރުޞަތުތައް ދިނުމަކާ ނުލައި ކަމަށެވެ. އަދި އޭރު އެކަންކަން ދިފާއު ކުރެއްވީ ވަޒީފާގެ ހައިސިއްޔަތުން ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަންނަ ބުރާސްފަތި ދުވަހު ރާއްޖެ ވަޑައިގަތުމަށް ނިންމައި، އެކަމަށްޓަކައި އެމްޑީޕީން ބޮޑެތި ތައްޔާރީތަކެއް ވަމުންދާއިރު، ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ "މިނިވަނެއްގެ" ގޮތުގައި ކަމަށް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ. އަދި ނަޝީދު މިނިވަން ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއްވެސް ވަނީ ހުށަހެޅިފައެވެ.
ނަޝީދުގެ މައްޗަށް ނިރުބަވެރިކަމުގެ ކުށް ސާބިތުވެ ނިހާއީ ހުކުމެއް އިއްވާފައިވާއިރު، ނަޝީދު މިނިވަން ކުރެވޭނެ ހަމައެކަނި ގޮތަކީ ސްޕްރީމް ކޯޓުން ނަޝީދުގެ ހުކުމް ރިވިއު ކުރުމެވެ. ނަމަވެސް މިހާތަނަށް އެ ހުކުމް ރިވިއު ކޮށްދިނުމަށްއެދި ސްޕްރީމް ކޯޓަށް ހުށަހަޅާފައެއް ނުވެއެވެ.
ދުނިޔާގެ.ވާހަކަތައް ސަޅި. ތިއީ ފިސާރި ކަނބަލެއް
އެބަރަންގަޅުވޭ. ހުވާނުކުރެވެނީސް ގަޔައް ބޮލައް އަރައިގަންނާނެ. އޭރުން އަަސްލު އެމްޑީޕީ ސޫރަ ފެންނާނެ.
މަގާމުގެ ދަހިވެތިކަމުގަ މީހަކު ގުރުބާންވެސް ކޮއްލަފާނެ ދޯ ކަމަނާ. މިއަދު ހަސަނު އެވަހަކަ ބުނަން މާ ލަސްވެސް ވެއްޖެ. ބައްޕަ ޖަލައްލިމަވެސް މުހިންމުވީ ވަޒީފާ. މިހާރު އަނެއްކާ ތިޔ އުލުއްވަނީ ފޮރިން މިނިސްޓަރުކަން މުހިއްމުވެގެން. ހަދާން ނައްތާލާ. ތިވަރަށް ވަޒީފާއަށް ދެވި ހިފުމުން ދެން ޖެހޭނި ގޭގަ މަޑުކޮށްލަން. ތިއަށް ވުރެން މާރަގަޅުވާނެ ޔުމްނާ އަސް މަގާމެއް ދިނިއްޔާ. ގައިމު ހާލުގަ ޖެހޭ އިރު އަރިހުގަ އުޅުއްވާނެ. ދުންޔާ އަކީ ދެފުއްކެހެރިއެއް. ތިވާހަކަ އަޑުއަހާކަށް ހުދު މައުމޫނުވެސް ބޭނުމެއް ނުވާނެ.
މި މީސްމީހުންގެ ވާހަކަތަކުން އަހަރެމެން އެއްޗެއް ނޭނގޭމީހުންނަށް މި ދޭހަވަނީ މައްސަލަ ކޯޓަށް ހުށަހެޅުމުން އަވަހަށް ނިމިގެން ދާން ނުޖެހޭކަން މަދުވެގެން ހައެއްކަ އަހަރު ނަގަންޖެހޭކަން. މީތޯ މި ވެރިން އެކަށީގެންވާ ވަހުތުކަމަށް މިކިޔާ އެއްޗަކީ ކޮންމެވެސް ބޭފުޅަކު ސާފުކޮށްދެއްވައިފިނަމަ ރަނގަޅުވާނެ. އަނެއްބަޔަކު މިބުނަނީ ކޯޓަށް ހުށަހެޅޭ މައްސަލަތައް ނިމޭލެއް ލަސްކަމުގެ ވާހަކަ. މި ވާހަކަތަކެއް ދިަމލެއްނުވޭ.
ދުންޔާ އަށް އެގިލައްވާ މިސިސްޓަމް
ދުންޔާއެވެ! ހެވެއްކަމަށް އެދިގެން ، ދުރުންއައި ބަޅަކަށް ކާންދީ ، ފިރުމާ ސަނާ ނުކިޔާށޭ ކިތަންމެ ފަހަރަކު ބުނެދިނީމެވެ. މަސްޖަހާފަލަވުމާއެކު ދަތްއަޅާފައި ދެން އަތްނުލެވޭވަރުކޮށްލާނެއެވެ. މިއީ ތޯތޯ ވާހަކައެއްނޫނެވެ. އޭގެތެރޭގައި އެތިބީ މުޅިންވެސް ދުންޔާއާއި ދުންޔާގެ މުޅި ޚާންދާނުގވެސްެ ޢަދާވާތްތެރިންކަން ބުނެދިނީމެވެ. ހެޔޮ އެދޭކަމަށް ހަދަނީ ކަމެއް ޙާޞިލްކުރަންކަމުގައި ބުނެދިނީމެވެ. ދެންވާގޮތް ބަލަން ހުންނައްޗެވެ.
ޔާމިންގެ ވެރިކަމުގައި ހިޔާލް ފާޅު ނުކުރެވޭތީ އިންސާފް ނުލިބޭތި ކަރަޕްސަން ގިނަ ވާތީ ޔާމިން އަށް ނޫނެކޭ ބުނީ އޑޕ އަކީ ނަމުން ޑިމޮކުރަސީ ކަމުން އޮޓްކުރާޓިކް ވެރިން އުޅޭ ޕާޓީ އެއް
ދުންޔާ އަށް
ހަސަން ލަތީފު ކަހަލަ މީހުންނާއެކީ ނޫޅެވޭނެ. އަދަބެއް އަޙްލާގެ ނުހުންނަ މީހުން
އޭ ހަސަން ލަތީފެ މައިތިރިވެލައްވާށެވެ އަދި
ލަހެއްނުވެޔޭ
ކަލޭމެން ކަހަލަ ހައެއްކަ ބަދަވިން މިފަސްގަނޑުގައި އުޅޭހާ ހިނދަކު ގާނޫން އިސްލާހު ކޮށްނިމޭނެތަ؟ ކަލޭމެންގެ އެއްވެސް މީހަކު ޖަލަށްދާން ޖެހިއްޖެ ނަމަ އެވީ އިސްލާހް ކުރަން ދެން ކޮބާ އިންސާފްގެ ހަމަ ހަމަކަން؟ ހުރިހާވެސް ކަމަކީ ތިފާޑުގެ ހެދުންލައިގެން އޮރިޔާމުން ތިބި މީހުން ނަމުން މުސްލިމް ކަމުން މުރުތައްދު އާތްގަނޑު މިގައުމުގައި އިސްލާމީ ޝަރީއަތާ ދުރު ގާނޫން ތަކުން ކަން ކަން ނިންމާތީ...
ބަލަ ހަސަނާ ކޯޓަކުން ކޮށްފައޮއް ހުކުމެއް މަޖިލީހުން ބާތިލްކުރެވޭނީ ކޮންގާނޫނަކުން ބަލަ މޮޔަ ހަސަނާ ނަށީދެކޭ ހުކުމް އިއްވާފަ ތިބި އެހެންމީހުންނެކޭ އެއްހަމަޔަކުން ކަންތައްކުރޭ ބަލަހަސަނާ ކޮބާ ކަލޭމެންބުނި އިންސާފު ގާނޫނުގެ އިން
ދޫންޔާ ސާބަހޭ ހައްގު ބަސްބުނުމުގައި ސާބިތުވެ ހުންނާތި
ތިޔަ ޙަސަން ލަޠީފަކީ ވަރަށް ފެންމައްޗަށް އަރައިގެން އުޅޭ މީހެއް. މިކަލޭގެ މިއީ ކޮންތާކުން ނުކުމެގެން އުޅޭ ލުއްޗާއެއް ބާވައޭ ހިތަށްއަރާ.
ބަސަން ލަތީފޫ...... ތީތިކަޑައޭ
ޙަތަރުކަށިމަތި
ތީކީ އަހަރެން ލިޔުނު ކޮމެންޓެއް ނޫން. އެކަމަކު މަވެސް އޭނައަށް ކިޔަނީ "ހަތަރު ކަށިމަތި". ހެހެހެހެ
ވެރިކަމުގެ މަސްތުގައި ނުޖެހެނީސް އެކަމުން ސަލާމަތް ވެވޭނީ މަދުފަހަރަކު، މަދުމީހަކަށެވެ.
އަލީ ވިސާމޫ،ދުންޔާތަ ނޫނީ ޔުމްނާތަ.މީ ދެން ބޮޑުވަރު
ހަތަރު ކަށިމަތި މީހާ ވެސް ކުރިން ތާއީދު ކުރީ އިބުރާ އަށް. ވަޒީފާ ގެ ބޭނުމުގައި މޑޕ އަށް ވަދެފައި ތިހުރީ. ވާހަކަ ދެއްކިދާނެ ކޮންމެ މީހަކަށްވެސް.
ނަސީދުގެ ވެރިކަން ވަޓާލިވެސް ޤާނޫނާ އެގްތަން ތޯ. މިހާރު ހަދާން ނެތުނީ ތޯ ބަޕާފުލު ޖަލުގައުލްވި ހާލުގެ މަތިން.
ޙަސަނާ ދުނިޔެ ރަންވަނީތަ
ޙަސަން ލަޠީފުމެން ވަކީލެއްގެ ކުފޫ ހަމަނުވާކަން. ކޯޓަކުން ކޮށްފައިވާ ޙުކުމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކުން ބާޠިލެއް ނުވާނެ. ޤަރާރަކީ އެމައްޗަށް ޢަމަލުކުރުން ލާޒިމް އެއްޗެއް ނޫން.
ޢަންނި ރާއްޖެއައުމުން ޖަލަށްލުމާއި ނުލުން އެއީ ތަންފީޒީ އިދާާރާގެ ޒިންމާއެއް
ހަސަން ކަޑަކަމުން ނަސީދަށް އެހުކުމެއް އިއްވުނީ ވެސް ހަސަނަށް ގާނޫނީ ކަންކަން ނޭގޭތީއެ ބުނާނީ ނަސީދަށް 13 އަހަރު އައީވެސް. ވީމާ ހަސަނު އަނަގަފުޅަކޮށް ވާހަކަ ނުދައްކާ ނަސިދަށް އައީ ހަމަ ރަނގަޅު ހުކުމެއް . ކުރިކަމެއް ނުކުރާކަމަކަށް ހަދާ ދޮގުހަދަން ނަސިދު ގާތުގަ ހަސަނު ބުނީމުތަ ؟ އެހެންވީމަ ތިހުކުމެއް ތި އައީވެސް.
ސިޔާސީ މައިދާނުގައި ހަމަޖެހުން ޤާއިމުކުރުމަށް ދެވިފައި އޮންނަ މުއްދަތުގައި އެކަން ނުކުރެވޭނަމަ، ރާއްޖޭގެ ރަށްތައް ހަލަބޮލިވެ، މަގުތައް ނާމާންވެ، ރައްޔިތުންނަށް ކަންބޮޑުވުން ލިބޭނެއެވެ. ޔަޢުނީ، ޤާނޫނުގެ ބާރުވެރިކަން ނެތްނަމަ، ދެންއޮންނާނީ، ނާމާންކަމާއި ބިރުވެރިކަމެވެ. ރައީސް ޔާމީނަށް 96 ހާސްވޯޓް ލިބިފައިވާއިރު، އެކަމުގެ އެއްވެސް އަސަރެއް، އެމަނިކުފާނަށް ހެޔޮއެދޭ މީހެއް، މިރާއްޖެއަކުން ނުފެނެއެވެ.
.އަމިއްލަ ބައްޕަގެ ވާހަކަ ދައްކަބަލަ. އެއީ ޖަލިު ގަ އޮންނަން ޖެހޭމީހެތް. ނުހައްގުން ކިތައްމީހުން ޖަލަށްލިތަ. ޢެމީހާ އުމުރުދުވަހު ހަލުގަ ބޭއްވިޔަސް ނުފުދޭނެ. އަގަނުތަޅުވަ މަޑުން ހުރެވޭތޯބަލާބަލަ.
އާނ މީ އަހަރެންގެ ހިޔާލު،
ތިކިޔާ ޕޮލިޓިކްސް މިރާއްޖެއިން ފޮފެލަންވީ. މުޅިޤައުމު ހަލާކު ކޮއްފި
ކަމަނަޔައްސާބަސް ހަގުބަސްބުނަނީ މިނޫން ދުވަހެއް އޮތްކަން ދަންނަމީހާ
ތިޔަފެންނަނީ ބޮމެއް ގޮވަންއުޅޭކަމުގެ ކުދިކުދި ޢަލާމާތްތަކެވެ. ބޮން ގޮވާދުވަހު ފޯރިހުންނާނެއެވެ.
އަބުރުގެ ޤާނޫނުވެސް އުވާލަނީ. ދެން ބޭނުން ކޮންމެ އެއްޗެއް ބުނެވޭނެ. ހަސަން ހަޖަމް ކޮށްބަލަ. ވަހީ މީހަކާބެހޭގޮތުންވީމާ ކީއްވެތަ ނުދެއްކެންވީ.
ހަސަން ލަތީފަކަށް ނޭނގޭތަ ،ރައީސް ނަޝީދު ޖަލަށްލީ މި މަންޖެގެ ބައްޕަ ޔާމީން ސަރުކާރުގެ އަޑީގަހުރި ދުވަސްވަރު އޭނާގެ ލަފަޔާ އިރުޝާދުގެ މަތިންކަމެއް،
13 އަހަރުގެ ޓެރަރިސްޓްގެ ވާހަކަ މި ގައުމުގެ ތާރީޚްތަކުން ނުފޮހެވޭނެ. ކިތަންމެ ވަރަކަށް އެދުނަސް ބެވިޔަސް ހަޅޭއް ލެވިޔަސް ރުޔަސް އެވާހަކަ ނުދައްކާނެ ގޮތެއްވެސް ނުވާނެ. އެއީ ޓެރަރިސްޓެއް. ކުޑަޗުއްޕު ދެރަވުމަކީ އަހަރުމެން ކުރާނެ ކަމެއް ނޫން. ހަގީގަތާ ކުރިމަތިލާން ޖެހޭނީ ވަކި ބައެއްވެސް ނޫން. ކަލޭވެސް ޖެހޭނީ މިބުނި ހަގީގަތާ ކުރިމަތިލާން. ޓެރަރިސްޓުގެ ވާހަކަ މީހުން ދައްކާ އަޑުވެސް ޖެހޭނީ ހަމަ އަހަން.
ރައީސް ނަޝީދޭކިޔައިގެން އަނގަހުޅުވަން މައުމޫނުގެ އާއިލާ ލަދުގަންނަން ޖެހޭނެ، ޤާނޫނޫގެ ތެރެއިން ބައްޕަ ކުރިކުށަށް އަދަބެއް ދޭންޖެހޭނެކަމަށް ދެކި އެހެން ގޮވާލިނަމަ މާރަގަޅުވީސް، ޤާނޫނީ ސަރުކާރެއް މަކަރާހިލަތުން ވައްޓާލަން މަސައްކަތް ކުރިމީހެއް ވީއްޔާ އެއީ، އަދި ބުނަން ތެލާ ފެނާ ދުވަހަކުވެސް އެކެއްނުވާނެ، އަހަރުމެން ކަލޭމެންނާ ގުޅިގެން ކުރަން އުޅުނުކަންތައް އެއޮތީނިމިފަ މިހާރުމިއޮތީ އެމްޑީޕީ ސަރުކާރެއް ޗާޓުން ބޭުން ކުރަންޖެހުނަސް ބޭނުންވާނެ ކަމެއް އަހަރުމެން ކުރާނެކަން ކަލެއަށް އޮޅުނީތީ ވަރަށް ހިނިއާދޭ ހެހެހެހެހެހެ
ނަޝީދަކަސް އަންނިއަކަސް ހަސަން ލަތީފަށް ރާއްޖޭގައި ހިނގާނީ ރާއްޖޭގެ ގާނޫނުް
ދެން ތިބޭ ބަލަން ޙަސަން ލަތީފް ތިޔަ އިބޫ އަތުން ވެރިކަން އަތުލާނެ! މި މީހުންގެ ވައްތަރު ތި މީހަ ފެނުނަސް ފޫހިވޭ
ދެން ހަސަން ލަތީފް ކޮސް ނުގޮވާ މަޑުން އިނދޭ އެ އޮތީ ވެރިކަންވެސް ލިބިފައި ދެން ރާއްޖޭގައި ޤައިރުދީންތަށް ފަތުރާ
ޙަސަން ލަތީފް މޮޔަވަނީތަ ދުންޔާ އަކީ ފިސާރި ކެރޭ ކަނބަލެއް
ތިޔަ ހަސަން ލަތީފަކަށް ދުންޔާއާއި ގާތަށްވެސް ނާދެވޭނެ!
ތިޔަ ހަސަން ލަތީފަކީ ރާއްޖެ ހަލާކޮށްލި އެކަކު
ޙަސަން ލަތީފަކީ މާޤާނޫނު އެނގޭ މީހަކަށް ހެދިގެން އުޅޭމީހެއް. ސާބަހޭ ދުންޔާ. ނަޝީދުއަކީ ޓެރެރިސްޓެއް. ޝަރިއްޔަތުން މިނުން އެހެންގޮތަކަށް ކަނޑަނާޅާހާ ހިނދަކު އެނާ އެއީޓެރެރިސްޓެއް.
ބަލަ މަޔާއި ބަފަޔާއި އެކުވެގެން ނޫޅެވޭ ޒަމާނެއްގާ ތިކޯލިޝަން ކިހިނެއް އޮންނާނީ، މިހާރު ސޭޓު ވަކިވުމުގެ ހަރަކާތްތައް ކުރިއަށްދަނީ، ދެން ދެންމިހާރު ޒައީމު، އެއަށްފަހު އަދާލަތު. އެިސާބުން ނިމުނީ،
ފަޓާސް ބަރިއެއްހެން މިހާރު އިސްފިރޭނި ކޯޓް ގޮވަނީ... ދިގު ކިޔޫ ހަދައިގެން ރީނދޫ ހުންގަނޑު ފައިސާ ބަހަނީ..
ހަމަ އައީ ހައްޔަރު ކުރީ.. މިފަހަރު އިތުރު 12 އަހަރު ޖަހާލާނަން..