ވަގަށް އެތެރެ ކުރި ރައިޑަރ ބްރޭންޑުގެ ސިނގިރޭޓުތަކެއްގެ މައްސަލައެއް ކަސްޓަމުން ބަލަން ފަށައިފިއެވެ.
ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރައިޑަރ ބްރޭންޑުގެ ސިނގިރޭޓުތަކެއް އެތެރެ ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށާއި، އެ ސިނގިރޭޓްތައް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކަސްޓަމްސް އިން ވަނީ، އެ ބްރޭންޑުގެ ސިނގިރޭޓުގެ ވިޔަފާރި އެއްވެސް ފަރާތަކުން ކުރާ ނަމަ އެންގުމަށް އެދިފައެވެ.
އަދި އެފަދަ މުއާމަލާތްތައް ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ކަސްޓަމުން ބުނެފައިވެއެވެ.
ތިޔަ ސިގިރޭޓް ކަސްޓަމްސްއިން ގައިމުވެސް ދޫކުރާނީ އޮފިސަރއެއްނޫންތޯއެވެ އެބޭފުޅާއަށް ނުއެގިވެފައިވާ ކަމެއްބާވައެވެ ކޮންމެފަދަ އެއްޗެއްވެސް އެހެންވެއްޖެނަމަ ދޫކޮށްލަފާނެއެވެ
ވަގަކައްނޫން އެެތެރެކުރީކީ.. ކަލޭމެންގެ ނާގާބިލްކަމުން ނޭނގެނީ.. އެތެރެކޮށްދެނީ.. ކޮށްދީފައި ދާ ހިސާބަކަށް ދިޔައިމަ ދެން ބަދިވަރު ނުކިޔާ