ރާއްޖެ އާއި އިންޑިއާއާ ދެމެދު ކަސްޓަމްސްގެ ޑޭޓާ އިލެކްޓްރޯނިކް އެކްސްޗޭންޖްގެ މަސައްކަތް ފެށުން ފާހަގަ ކުރުމުގެ ގޮތުން ދެ ގައުމު ގުޅިގެން ޕްރީ އެރައިވަލް ކާގޯ ޑޭޓާ އެކްސްޗޭންޖްގެ ޕައިލެޓް ޕްރޮޖެކްޓެއް އިފްތިިތާހުކޮށްފިއެވެ.

މި ޕްރޮޖެކްޓް އިފްތިތާހުކޮށް ދެއްވީ އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސް (ސީބީސީ) އިން އެ އިދާރާގެ ޗެއާމަން ވިވެކް ޖޯހްރީ އާއި ރާއްޖޭގެ ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އަބްދުالله ޝަރީފް ގުޅިގެން ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރާއްޖޭގެ ކަސްޓަމުން ބުނީ ބުނީ އެ މަޝްރޫއަކީ ދެ ގައުމުގެ ކަސްޓަމްސްއާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.

ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ބުނި ގޮތުގައި، މިހާރު ޑޭޓާ އެކްސް އިފްތިތާހު ކުރުމުގެ ސަބަބުން، ކަސްޓަމްސްގެ ޕޭމަންޓްތައް ޓްރެކްކުރި ކުރެވި މަކަރާއި ހީލަތްތައް ދެނެގަނެ، ކްލިއަރެންސް ހޯދުމަށް ހޭދަވާ ވަގުތު ކުޑަވެގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދެގައުމުގެ ވިޔަފާރި އިތުރަށް ކުރިއެރުވުމަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށްވެސް ކަސްޓަމުން މައުލޫމާތުދެއެވެ.

އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާއެވެ. މި ހަފްތާގެ ކުރީކޮޅު ދިވެހި ސަރުކާރުން ވަނީ އިންޑިއާއާއެކު ޒަމާނުއްސުރެ އޮންނަ ގުޅުމަކީ އެއްގައުމުން އަނެއް ގައުމަށް ކުރާ އިހްތިރާމާއި، އެއް ގައުމު އަނެއް ގައުމަށް އިހްތިރާމްކުރުމުގެ އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށް ބުނެފައެވެ.

އަދި އިންޑިއާ އަބަދުވެސް ދެމި އޮންނާނީ ރާއްޖޭގެ ރައްޔިތުންގެ ތެދުވެރި އަދި އިތުބާރު ހިފޭ އެކުވެރިއެއްގެ ގޮތުގައި ކަމަށްވެސް އިންޑިއާ ދެކޮޅަށް ރާއްޖޭގައި ހިންގަ ހަރަކާތްތަކާއި ގުޅޭ ގޮތުން ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހ

    މިއީ ދިވެހިން ފިސާރި ވިސްނަންޖެހޭ ނުރައްކާތެރި ކަމުގެ ރަނގަބީލެއް ދާދި ފަސޭހައިން ރާއްޖެ ބަނޑަށް ޖައްސާލެވޭނެ ފޯރމިއުލާއެއް. އެމް ޑީޕީ ކޯލިޝަން އިސްތިއުފާ .

  2. ޙައްގުބަސް

    މިގައުމުގެ ހުރިހާ ސިއްރުތަކެއް އިންޑިޔާއާ ޙަވާލުކޮށް މިނިންމަނީ!! މިހާރު އިންޑިޔާއަށް އެނގޭނެ މިރާއްޖޭގެ ކަސްޓަމަސް މެދުވެރިކޮށް މުދާ އެތެރެކުރާ ފަރާތްތަކާއި މުދާ އެތެރެކުރަނީ ކޮންކޮން ގައުމަކުންކަމާ ކޮންކޮން ކުންފުނިތަކަކުންކަމާ ކިހާ ޢަދަދެއްގެ ފައިސާއެއްގެ މުދާކަމާ މުދަލަށް ދައްކާ ޓެކްސްތަކާ މިކަހަލަ ހުރިހާކަމެއް!! މިހުންނަނީ ވަރަށް ދެރަވަރު ކަންކަން!! މިގައުމުގެ ރައްޔިތުން މިކަންކަމާ އަޑުއުފުލަން ނިކުތީމާ އަނިޔާވެރިމިވަނީ އިންޑިޔާއިން އަންގައިގެން މިސަރުކާރުން!! ދިވެހިންނޭ ހިތްވަރުދޫނުކޮށްލާތި!! ނިކުމޭ!! ދިވެހި ފުލުހުންގެ ފަރާތުން ފެންނަމުން މިދަނީ ވަރަށް ހިތާމަ ހުރިކަމެއް!! އިންޑިޔާ މިގައުމު އަޅުވެތިކުރަން އެކުރަމުންދާ މަސައްކަތާ ދެކޮޅަށް ނުވަތަ އިންޑިޔާގެ ސިފައިން މިގައުމުގައި ގާނޫނާ ޚިލާފަށް ގާއިމުވެ ތިބި ތިބުމާ ދެކޮޅަށް ރައްޔިތުން ސުލްޙަވެރިކަމާއެކު ޝިޔާރު ފާޅުކުރަން ނިކުތީމާ އެރައްޔިތުންނަށް ފުލުހުން ހުރަސްއަޅާ އަނިޔާވެރިވަމުން ދާތަން މިފެންނަނީ!! މިއީ ގާނޫނު އަސާސީން ރައްޔިތުންނަށްދީފައިވާ ޚިޔާލުފާޅުކުރުމަށް ހުރަސްއެޅުން!! ގާނޫނާ ޚިލާފަށް ފުލުހުން މިކުރަމުންދާ ޢަމަލު ހުއްޓުވަން ކޯޓަށް ރައްޔިތުން ދާންޖެހޭ!! ސުލްޙަވެރިކަމާއެކު ރައްޔިތުން އުފުލާ އަޑު ކަނޑުވާލަން ސަރުކާރުން އަންގައިގެން ފުލުހުން މިކުރާ ގާނޫނާ ޚިލާފު ކަންކަން ހުއްޓުވަންޖެހޭ ކޯޓްތައް މެދުވެރިކޮށް!! ފުލުހުންގެ މުއައްސަސާ ގޮވައިގެން ކޯޓަށް ދާންޖެހޭ!! ގައުމުގެ މިނިވަންކަމާ ސިޔާދަތުގެ ދިފާޢުގައި ފުރާނައާއި ލޭ ގުރުބާންކުރަން ޖެހިއްޖެ ޙާލަތެއްގައި އެކަންވެސް ދިވެހި ރައްޔިތުންކުރާނެ!! ދުނިޔޭގެ އެހެންގައުމުތަކުންވެސް މިނިވަންކަމުގެ ދިފާއުގައި އެގައުމުތަކުގެ ރައްޔިތުން ޢަމަލުކުރަމުންދާފަދައިން!!

  3. ދުމައިން

    އިންޑިއާ އިންޑިއާ އިންޑިއާ. ހުރިހާ ކަމަކަށް އިންޑިއާ ހަދައި ދިވެހިންނަށް އިންޑިއާ އަކީ ހައްގު މިންވަރު ކަމުގަ ހަދައިފި. މިއަށްވުރެ ނިކަމެތިކަމެއް ގައުމަކަށް ނުލިބޭނެ. މިޖަރީމާ ހިންގާވެރިންނީ ޢައްދާރުން. ޚާއިނުން. މީގެކުރިންވެސް ދިވެހިން މިގައުމުގަ އުޅުނު. ވެރިކަންތަށްވެސް އޮތް. އެހެނިހެން ގައުމުތަށްވެސް އޮތް. ގުޅުންވެސް ބޭއްވި. މި ފުކެއް ބޮޑުވަރު. މިވަބާއިން އަޅަމެން ސަލާމަތް ކުރަށްވާށި. ް

  4. ބާބެ

    ވ. މޮޅުތަކެއް ވާނެ. ފައިދާ ނަގަން އިނގިއްޖެނަމަ ރާއްޖެއަށް ވެސް ފައިދާ

  5. ެެނޫ މެެން

    އިންޑިއާ އައުޓު. އިންޑިއާ އައުޓު. އިންޑިއާ އައުޓު.

  6. ކޮވިޑް

    ތިހެން ޝެއަރ ކުރަމުން ގޮސް ފަޒުނާ ވެސް ޝެއަރ ކޮށްލާ . އޭރަށް ދޯ ޤައުމަށް ކަމެއް ކޮށްދިން ކަމަށް ވާނީ؟

  7. ޑިރާސާ

    ތިހެންގޮސް ދައުލަތުގެ ހުރިހާ ސިއްރެއް ހިއްސާކުރަންޖެހޭ ހިސާބަށް ދާނެ. ޑީ.އެން.އާރު ޑޭޓާވެސް އިންޑިޔާ އަށް ދޭނެ. ހޮންގކޮންގ، ތައިވާން ، ވިއެޓްނާމް ޗައިނާގެ ބާރުގެ ދަށުގައި އޮންނަ ގޮތަށް ރާއްޖެއަކީ އިންޑިޔާގެ ބާރުގެ ދަށުން އޮޕަރޭޓް ކުރާ ގައުމަކަށް ވާކަށް މާކަ ގިނަ ދުވަހެއް ނެތް.

  8. ކޮއްުޔާ

    ދިވެހި ދައުލަތް އަޅުވެތިވެފަ އޮތްވަރުގެ ރަމްޒެއް // އިންޑިޔާ އައަުޓް //

  9. ބޮޑިތިލަދުންމަތި

    ބަލަ އިސްލާމްދީނައްނަފުރަތުކުރާ ނަރެއްދުރަ މޯދީގެ ކަންޓްރޯލްއޮނަނަ ސަރުކާރެއް ދިނީމަކާއިގެން ބުނިކޮންމެގޮތެއހަދާގެ މިމޯދިގެސިޔާސަތެކީ ޗައިނާއައްފާރަލުން މިހާރުދެން ކަސްޓަމުގެތެރެއިން ތަފާތުހޮދިމަތަ މިކަން ބެލޭނެ މިގައުމަން ހެވެއްދޭކަންއެއްވެސްކަކަމެންނުކުރާނެ ބަލަ މައުމޫނުސަރުކާރުގާވެސް ހިތުބަލިތަކަށާ އެމްއާރު މެސަނުވެވާހަކަ ނިމިދިޔައިރުވެސް ހަމަމިވާހަ ބަލަ ރައީސް ޔާމީނު ހިތައްކުލަދާނަނުވެގެން ތިޔަ ހިތުގެބަލިތަކަށާ އެމްއާރުމެސަން ގެނާމަ މިހާރު ޔާމީނުފަހާ އިންޑިޔާދުވަނީ ވެރިކަމުގާހުންނެވިރައީސް ސޯލިހު ނުވިސްނަވާ މިވެރިންމިވަރުގެކަމެއކޮއްފާނެކަމކަން އިސްލާމީނައްނަފުރަތުކާ މޯދީ ހިތުންނުފިލަވަރުގެ ލަގާއެއްދޭނެ ރައްޔަތުންވިސްނާ މިހާރު ހިޔާފުލެތްތަކާއަޅަގަތީ އަލީ ސިޔާމުގެ ހުރިހާ ޖޫރިމަނާފުރީ ގާސިމް ޖާބިރުޖޫރިމަނާފުރީ މިސަރުކާރައތާއިދުނުކުރާނައް؟؟

  10. ވާނުވާ

    މިއީ ދިވެހިން ފިސާރި ވިސްނަންޖެހޭ ނުރައްކާތެރި ކަމުގެ ރަނގަބީލެއް ސީޖީ ޖަލަށްދާންޖެހޭކަން ވިސްނާފައި ތިޔަކަންކުރާތި. ޖަވާބުދާރީވާންޖެހޭނެ އަނދަގޮޑިވެސް ޖަހާނަން

  11. ޢަލީ

    އަނެއް 6 ކަންތައް ޔާ ﷲ މި ބައިމީހުންގެ ކިބައިން މި ޤައުމު އަވަހަށް ސަލާމަތްކުރައްވާށި. އާމީން