33 ފްލެޓެއް އެމްއެންޑީއެފް ގެ ލިސްޓަކަށް ބަހާލަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ އިންތިހާބީ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މާރިއާ ވިދާޅުވީ ސިފައިން ގެއިން 33 ފްލެޓެއް އެއްވެސް އުސޫލެއް ނެތި އެމްއެންޑީއެފް ގެ ލިސްޓަކަށް ބަހާލަން އުޅޭކަމުގެ މައުލޫމާތު މިއަދު ހެނދުނު ލިބިފައިވާ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން ޑިރެކްޓަރ އޮފް ޓްރާންސިށަން ގެ ފަރާތުން ވާނީ ތަކުރާރުކޮށް މި ދަނޑިވަޅުގައި ފްލެޓް ނުދިނުމަށާއި ގޯތި ދޫނުކުރުމަށާއި ވަޒީފާ ދިނުމާއި ވަޒީފާއިން މީހުން ވަކިނުކުރުމަށް ސަރުކާރުގެ ހުރިހާ ވުޒާރާތަކަށް އިލްތިމާސް ދަންނަވާފައި " މާރިއާ ވިދާޅުވިއެވެ.

މާރިއާ ވިދާޅުވީ މިގޮތަށް ކަންކަން ނުކުރުމަށް އެދިފައިވަނިކޮށް މިގޮތަށް ލިސްޓުތަކަކަށް ފްލެޓްތަށް ބަހާލާތީ މިހާރު މިކަން އޭސީސީގެ ސަމާލުކަމަށް ގެނެސްފައި ވާނެ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުގައި ވާހަކަ ދައްކަވަމުން މާރިއާ އިތުރަށް ވިދާޅުވީ 2019 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މާދަމާ ފިނޭންސް މިނިސްޓްރީއަށް ފޮނުވާނެކަމަށެވެ.

މާރިޔާ ވިދާޅުވީ މާލިއްއަތު ގާނޫނުގައި ފިނޭންސް މިނިސްޓަރު މަޖިލީހަށް ބަޖެޓު ފޮނުވަން ބުނެފައިވަނީ އަހަރު ނިމުމުގެ ދެ މަސް ކުރިން ކަމަށެވެ. އެހެންކަމުން ވަގުތު އޮއްވާ މިނިސްޓަރަށް އެފުރުސަތު ދިނުމުގެ ގޮތުން މާދަމާ ބަޖެޓު ހުށަހަޅަން ނިންމާފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ.

"މުއްދަތު އޮއްވާ އަޅުގަނޑުމެންގެ ބަޖެޓު އެބޭފުޅުންނާއި ހިސާބަށް ދާނެ. އިރާދަކުރެއްވިއްޔާ މާދަމާ ރައްޔިތުންގެ މަޖިލީހަށް ފޮނުވޭހާ ވަގުތު އޮތްވާ އެބޭފުޅުންނާއި ހިސާބަށް އަޅުގަނޑުމެންގެ ބަޖެޓް ދާނެ." މާރިޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަނިކު

    މާރިޔައްތަ މައިތިރިވެބަލަ ދޮންެވެފައްކާވެފައި ވެއްޓޭކަށް ތިން ހަތްދުވަސްވެސް ނުނަގާނެ

  2. ޕ

    މިފަހުން ބެހި ފްެލެޓްތައްވެސް ދީފަހުރިގޮތެއް މާރިއްތަ ބައްލަވާނެ ކަމަށް އުއްމީދުކުރަން