މާލޭ ފިހާރައަކުން ވައްކަން ކުރި މީހަކާ އެއްވެސް ބިރެއް، އަދި ޖެހިލުންވުމެއް ނެތި އަންހެނަކު ކުރިމަތިލާ، ވަގުކަލޭގެ ވަގަށް ނެތި އެއްޗެހި އަތުލައިފިއެވެ.
މީސް މީޑިއާގައި ރޭ އާންމުވި ވީޑިއޯ އިން ފެންނަ ގޮތުގައި ކޮސްމެޓިކްސް ސާމާނާއި ކުޑަކުދިންގެ އަންނައުނު ވިއްކާ ފިހާރައަކަށް ވަންނަ ފިރިހެނަކު އެއްވެސް ފަސްޖެހުމެއް ނެތި އޭނާގެ އަތުގައި އޮންނަ ގޮތަޅަކަށް ދެފުޅި ސެންޓް ލައެވެ.
މާބޮޑު މަސައްކަތެއް ނުކޮށް ދެފުޅި ސެންޓް ވަގަށް ނެގުނީތީ ވަރަށް ހަމަޖެހިލައިގެން ވަގުކަލޭގެ އަށް ހުރެވުނީ ހައެއްކަ ސިކުންތު ވަންދެންނެވެ. ފިހާރައިގެ ސޭޓަކަށް އިން ކަމަށް ބެލެވޭ އަންހެނަކު ކުއްލިއަކަށް ވަގުކަލޭގެ ކައިރިއަށް އައިސް ވަގުކަލޭގެ އަތުގައި އޮތް ކޮތަޅު އަތުލަން މަސައްކަތް ކުރެއެވެ.
އަންހެން މީހާގެ އަތައް ކޮތަޅު ނުދީ ވަގުކަލޭގެ ފުރަތަމަ ބާރު ދެއްކިއެވެ. އަދި އޭގެ ފަހުން އަންހެން މީހާ ކޮއްޕާލިއެވެ. ނަމަވެސް އަންހެން މީހާ ހުރީ ވަގުކަލޭގެ ދޫކޮށްލާ ގޮތަކަށް ނޫނެވެ. އަންހެން މީހާ ވަނީ ވަގުކަލޭގެ ޓީޝާތުގައި ހިފަހައްޓާ އޭނާގެ އަތުން ކޮތަޅު އަތުލާފައެވެ.
އެހާ ހިސާބުން ވަގުކަލޭގެ ވެސް ދެން ބަލިވެއްޖެ ކަން ގަބޫލުކޮށް ފިހާރައިން ނިކުމެގެން ދިޔައީ އެވެ.
https://www.facebook.com/itsdheeko/videos/1152118711604489/
މިވައްކަން ކޮށްފައި ވަނީ އިއްޔެ ހެނދުނު 10:30 ހާއިރު އެވެ.
ވީޑިއޯ މީސް މީޑިއާ ގައި އާންމު ކުރުމުން ވަރަށް ގިނަ ބައެއްގެ ތައުރީފް އަންހެން މީހާ އަށް ދަނީ ލިބެމުންނެވެ. އަދި ވަގުކަލޭގެ ހައްޔަރުކޮށް އޭނާ އަށް އަދަބު ދިނުމަށް ވެސް ބައެއް މީހުން ދަނީ ގޮވާލަމުންނެވެ.
ސާބަހޭ އުޚްތާ! ދޫނުކުރާތީ. ރަގަޅުވީހީ ދެފައިގަޖަހާ ވައްޓާލާ ތި ތަނަށް ހަވަރުއެއްކޮށްލިނަމަ.
ސާބަހެ ކަބުލޮ އަންހެނުންނައްވާނެ ?
ވަގުންހިފާ ހައްޔަރުކޮށް އެމީހުންނައް އަދަބުދޭން ފުލުހުންނާއި ސިފައިންނަށް ކެރޭނެތަ؟
ވައްކަމެއްކުރިޔަސް ނޫނީ މީހަކުމެރިޔަސް އެންމެ ފުރަތަމަ ސިޔާސީ މީހަކަށްވާން ހަދާންބަހައްޓާށެވެ. އޭރުން ޖަޒީރާ ރާއްޖެއިން އިންސާފު ހޯދާދޭނެއެވެ.
ތިކުރި ހިތްވަރަށް ސާބަސް..
މޫނުމަތީ އެތިފަހަރެއް ބަހައްޓާލިނަމަ.. އަދި ރަނގަޅު ވީސް...ހީކުރާކަހަލަ ލައްކައެކޭ...
އެސޮރު އެ ނެގި ތަކެތި ހިފައިގެން ބޭރަށް ދާކަށް ނޫޅޭ.. އެއަށް ޕޭ ނުކުރާނެކަން ކަމަށް ބެލީ ކިހިނެއްތޯ؟ ހުރި ގޮތުންތޯ ނޫނީ ކޮތަޅަށް ލީމަތޯ؟ ކޮތަޅަށް ލާފަ ގޮއްސަ ޕޭކުރާ މީހުންވެސް އުޅޭ.. އެކަމު ފަހުން ތި ދިޔަ ފައިޓުން ވަގެއްކަން ވަރަށް ސާފު.. މި ކަނބުލޯ ވަރަށް މޮޅު ދެނެގަތްލެއް..
ދެކޮޅު ބަލާލައިފަ ކޮތަޅަށް ލާނީ ވަގަށް ނަގާތީ ކަން ކޮންމެ މީހަކަށްވެސް އެނގޭނެ. ދެން އަންހެން މީހާ އައިމަ ވެސް ކޮތަޅު ނުދެން އުޅެންވީ ކީއްވ؟
ތިކަހަލަ ތާކުން ތާކުން ނުޖެހޭ މީހުން އުޅޭތީ މަ ހަމަ ލަދުގަނޭ ، ހަމަ ނުވިސްނެނީ ބާއޭ މަހިތައް އަރާ ، ކޮތަޅާކަށް ނުޖެހޭ ލާކަށް ކައުންޓަރ އަށް ގޮސް ލާރި ނުދައްކާ، ......ޕިްސް ޕިސް މިވެސް ހަމަ އުޅޭ ބައެއް ދޯ ދުނިޔޭގަ!!!!!!
މިގައުމުގެ ފުލުހުންނަށް މިކަހަލަ މީހުން މައިތިރި އެތް ނުވާނެ ސަބަބަކީ ސިޔާސީމީހުންދަށުވެ ފުލުހުން ފިތިބާރުވެފަ ވާތީ ފުލުހުންގެ ޒިންމާ އަދާ ކުރަން ދަތިވެފަވާތީ ރައީތުންކެރިގެން ނިކުމެ މިކަހަލަ ކަންކަމާ ކުރިމަތިލާންވީ ސާބަހޭދަރިޔާ ތިކުރިއްވަރަށް
ކަނބުލޯތިކުރި ހިތްވަރަށް ހަމަސާބަސް. އުނިތަނކޮޅަކީ އަދަބުގެ ބައި. މުޅިހަޔާތުގައި ހަނދާންހުންނަވަރުކޮށލިނަމަ ވަރަށްފުރިހަމަވީސް.
ވެލްޑަން ލޭޑީ1
.މިހާރު އެބަރަގަޅުވޭ ސާބަސް ކަބުލޯ
ގަދަ އަންހެނެއް!
ސާބަހޭ އުޚްތާ! ދޫނުކުރާތީ. ރަގަޅުވީހީ ދެފައިގަޖަހާ ވައްޓާލާ ތި ތަނަށް ހަވަރުއެއްކޮށްލިނަމަ
ތިކަހަލަ ވަގުންގެ ހިމާޔަތުގަ އެމީހުންގެ ހިތްވަރުގަދަކަން ފާހަގަކުރާ ބައިގަނޑެއް މިގައުމުގަ އުޅޭނެ.. އަވަހަށް ތިވަގުކަލޭގެއަށް ސައިކަލުދީ..
ވަޅިޖަހާ މާރާމާރީ ހިންގާތަންތަނަށް ވެސް ތިގޮތަށް ކުރިމަތިލާން އެބަޖެހޭ
ދެންތިވާގޮތުން ފިހާރަޔަކަށް އެއްޗެއް ގަންނަން ދާވެސް ޖެހިލުން އެބަވޭ، ފިހާރަޔަށް ގޮސް ބޭނުންވާއެއްޗެއް ނަގައިގެން ކައުންޓަރާ ހަމަޔަށް ނުދެވެނީސް އައިސް ގަޔަށް ބޮލަށް އަރައިގެން ވައްކަމުގެ އިލްޒާމް ބޮލުގަ އަޅުވަފާނެތީ!!!
ތެދުވެރިއަމާނާތްތެރި ކަނބަލެއްކަމަށްފެނޭ .. އަދި އެކަނބުލޭގެއެދައްކުވައިދިނީ ފިރިހެނުންގެކުރިމަތީ އަންހެނުންނަކީވެސް ހިތްވަރުހުންނަންޖެހޭބައެއްކަން ،، ވީމާ އެކަނބުލޭގެހިތްވަރަށް އައްސަރިބަހާއިސާބަސްދެން އަދި ފިހާރައިގެވެރިޔާއަށްވެސްދަންނަވާލަން އެކަނބުލޭގެ މުސާރަވެސް ތަންކޮޅެއްބޮޑުކޮށްދިނުމަށް ،،
ފިސާރި ކަނބަލެއް ތީ
ތިއީ ތިކަހަލަ މީހުންނަށް ހަދަންޖެހޭގޮތް
ތިއީ ތިކަހަލަ މީހުންނަށް ހަދަންޖެހޭގޮތް ސާބަހޭ
އަންހެނުންނަށްވެސް ކެރޭކަން އެނގިއްޖެ. މީހުންއެއްކޮށްލިނަމަ އަދި ވަރަށް ރަނގަޅުވީސް
މިހަކު ވައްކަމެއް ކޮއްފިއްޔާ އެމީހާ މުޅި ހަވަރަށ ބޭޒާރު ކުރުމުގެ ބަދަލުގައި ކަމާބެހޭ ފަރާތްތަކށް އެކަން އަންގައި އެކަން ބަލާ ތަހުގީގްކޮށް ނިންމުމަށްފަހު ޝަރީއަތަށް ފޮނުވާނީ އިސްލާމް ދީނުގަ އޮންނަނީ ވައްކަމެއް ސާބިތު ވެއްޖިއްޔާ އަތްކެނޑުން ޒިނޭ ސާބިތުވެއްޖިއްޔާ ހައްދު ޖެހުން މީހަކު މަރައިފިއްޔާ ގިސާސް ހިފުން ކޮންމެ ޒަހަމަކަށްވެސް ގިސާސް ހިފަންޖެހޭ ނޭފަތަކަށް ނޭފަތެއް ލޮލަކަށް ލޮލެއް ގުނަވަނަ ކަާް ގުނަވަނެއް
ސާބަހޭ! ވޮންްޑާވުމެން.....މައިހީރޯ!
ރާއްޖޭގެ ޤާނޫނުތައް ހެދިފަ އޮތްގޮތުން ހިއުމަން ރައިޓްސް ޤާނޫނަކީ ކުށްވެރިންނަށް ހުޅުވިފައޮތް ދޮރެއް..
ސާބަހޭ ކަނބުލޯ..... ތީގެ ދެތިން އެތި ގައުމަށް މަދީ
ސާބަސް ދޮންކަބުލޯ
ސާބަސް ދޮންކަބުލޯ.
އެކަނބުލޮއަށް ސާބަސް ދިނީމަ ނިމުނީތަ. ބަލަ ދެން އެވަގުކަލޭގެ އޭނަގެ މީހުން ގޮވައިގެން އެކަނބުލޭގެ އުޅޭ ގެއަށް ނުވަތަ މަގުމަތިން ދިމާކޮށް އެކަނބުލޭގެއަށް ކުރާނެ ގޯނާއާ ނުރައްކަލުން އެކަނބުލޭގެ ސަލާމަތް ކުރާނީ ކާކު.
އެކަމަށްވެސް ވިސްނާލުން ހުރި.
ގަދަ... ތިވަގު ހައްޔަރު ކުރަންޖެހޭ...
ތި މީހުންނަށް ދެން އަދަބުދޭން ރައްޔިތުން ނުކުމެ އެމީހުްނ އަތް ބުރި ކުރަން ފަށަންވީ....ތި އީ މިގައުމުގެ މަޖިލީހުންނާ ފަުލުހުން ކުރުވާކަމެއް ....މިހެން މިބުނީ އެމީހުން އެކަން ހުންޓުވަންވީވަރަށް ނުހުއްޓުވާތީ!!!
އަންހެން މީހާއަށް ބޮޑު ގެއްލުމެއް ނުދީ ދޫދިންކަމައްޓަކައި ވަގު ކަލޭގެއަށް ޝުކުރު. މިކަހަލަ ކޭސްތަކަކީ ކޮންމެފަދަ ގެއްލުމެއް ވެސް ލިބިދާނެ ކޭސްތަކެއް. ކުރިމަތި ލުމަށްވުރެ ފަހަތުން ދިމާކުރުން ރަނގަޅުވާނީ. ދެން ފުލުހުންނަށް ރިޕޯޓު ކުރާނީ.
ސާބަސް ކަބުލޮއަށް
ފުރަތަމަ ގަޔައް އަތްލީމީހާގެ އަދަބު މާބޮޑު ކިހިނެއް ތިހެދީ. ކޯޓުގަ މައްސަލަތައްގިނަކަމުން ބެލޭކައްނެތެވެ.