ޕީޕީއެމް އިން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވި ކޮންގްރެސްގެ ނިންމުންތައް ބަލައި ނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލަ އެ ޕާޓީގެ ފަރާތުން ހައިކޯޓަށް ހުށަހަޅައިފިއެވެ.
ޕީޕީއެމުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް އެ ކޮމިޝަނުން ނިންމީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި އަދި އެ ޖަލްސާގައި ފާސްކުރި އެ ޕާޓީގެ އަސާސީ ގަވާއިދާއި މަގާމުތަކަށް އިންތިޚާބު ކުރި ފަރާތްތައް ޕާޓީގެ ދަފްތަރުގައި ހިމެނުމަށް އަމުރުކޮށް ދިނުމަށް އެދިފައެވެ.
ކޮންގްރެސްގެ ނިންމުންތައް ބަލައި ނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމީ އެ ކޮންގްރެސް ބާއްވާފައިވަނީ އިޖުރާތުތައް ފުރިހަމަނުކޮށް ކަމަށް ބުނެއެވެ.
ޕީޕީއެމްގެ އެ ކޮންގްރެސްގައި ވަނީ ޕާޓީގެ ރައީސްކަމަށް، ޕާޓީގެ މިހާރުގެ މުސްތަޝާރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިންތިޚާބު ކޮށްފައެވެ.
އަދި މި ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސްކަމަށް މިހާރުވެސް ނައިބު ރައީސްކަމުގެ މަޤާމުގައި ހުންނެވި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުރައްހީމް ޢަބްދުﷲ، ޓޫވަރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު، އާޒިމާ ޝަކޫރު ވަނީ އިންތިޚާބު ކޮށްފައެވެ. މީގެ އިތުރުން މި ޖަލްސާގައި ޕީޕީއެމްގެ ކައުންސިލަށްވެސް ބޭފުޅުން ވަނީ އިންތިޚާބު ކޮށްފައެވެ.
ވަރަށް ރަނގަޅު ކަމެއް. މާތް ﷲ ރައީސް ޔާމީނަށް ނަސްރު ދެއްވައި، ވެރިވެގަނެގެން އުޅޭ ލާދީނީ ދައްޔޫޠުންގެ ފަރާތުން މި ގައުމު ސަލާމަތްކުރައްވައި އަދި އެ ބައިގަޑަށް ނަސްރުދޭ މީހުންނަށް ހިތިކަން ދެއްވައި ތެދުމަގު ދައްކަވައިފާނދޭވެ. އަދި މި ނުބައި ނުލަފާ ބާޢީންގެ ވެރިކަން ބަލިކުރައްވައި، އަޅަމެނަށް ނަސްރު ދެއްވައިފާނދޭވެ!
އާމީން
.ތިކަމަށްވެސް މިހާރު އޮތީ ފައިސާ ދައްކާފަ