ބޭސްފަރުވާ ނުލިބި އޮވެ މަރުވި ނަމަވެސް، އިބްރާހީމް މުހައްމަދު ސޯލިހު(އިބޫ)ގެ ސަރުކާރުން ހިންގާ ތަހުގީގުތަކާއި ކުރިމަތި ނުލާ ރާއްޖެއިން ބޭރަށް ފުރާވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

އަދީބު މިހެން ވިދާޅުވީ އޭނާ ރާއްޖެ ދޫކޮށް ވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށެވެ. އަދީބު ވަނީ މިދިޔަ ހުކުރު ދުވަހުގެ ރެއިން ފެށިގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ އަދީބާއި ހަވާލާދެއްވާ މިއަދު ކުރި ޓްވީޓެއް ގައި ވަނީ "މަރުވިޔަސް ރައީސް ސޯލިހްގެ ސަރުކާރުން ހިންގާ ތަޙްޤީޤުތަކާއި ކުރިމަތިނުލާ ބޭސްފަރުވާއަށް ނުފުރާނެކަމަށް. އަދީބު އޭ ކިޔައިގެން ދައްކާ ސާބިތު ނުހިފޭ ދޮގު ވާހަކަތައް އިންސާފުވެރި ތަޙްޤީޤަކުން ސާފުވާނެ ކަމަށް" އަދީބު ވިދާޅުވި ކަމަށެވެ.

ނަޝްވާ ކުރި އިތުރު ޓްވީޓެއްގައި ބުނީ އަދީބަށް މިހާރު ވެސް އަޅާ ވޭން ފެންނާނީ އޭނާ އަށް ކަމަށެވެ.

"ތިން އަހަރުވީ ރާއްޖެ އިން ވެސް އެކަށީގެންވާ ބޭސްފަރުވާ ނުދީ އިންސާފު ނުލިބި ޓޯޗާ ކުރާތާ. އެކަމަކު އެކަމާ ޒިންމާވާނެ މުއައްސަސާއެއް، އިދާރާއެއް ނެތް. ހުރިހާ ތަނަކުން ވެސް އަދީބު ވީމާ ދަނީ ބޭއިންސާފުންކަންކަން ކުރަމުން" ކަމަށެވެ.

ދައުލަތުގެ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަށް ޚިޔާނާތްތެރިވެފައިވާ އަދި ރައީސް ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކުރިކަން ސާބިތުވެފައިވާ އަދީބަށް ވަނީ ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. މިހާރު ވެސް އޭނާގެ މައްޗަށް ދައުވާ ކުރާ ތިރީހަކަށް މައްސަލަ ކްރިމިނަލް ކޯޓުގައި އެބައޮތެވެ.

އަދީބަށް ނުރައްކާތެރި ސިއްހީ މައްސަލަތަކެއް ދިމާވެ ރާއްޖެ އިން ބޭރުން ފަރުވާ ހޯދަން ލަފާދެއްވަމުން ގެންދަވާތާ ދެއަހަރެއްހާ ދުވަސް ވެއްޖެއެވެ. ނަމަވެސް އަދީބު ރާއްޖެ އިން ބޭރަށް ދިއުމުގެ ހުއްދަ ސަރުކާރުން ދެއްވާފައެއް ނުވެއެވެ.

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ސަރުކާރުން އަދީބު ރާއްޖެ އިން ބޭރަށް ފޮނުވާފާނެތީ ބައެއް ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މުހަންމަދު.

    އަދީބު ޔާމީނު ބޮލުގައި އަޅުވާފަ ފިލާނެ ވާހަކަ އެބުނަނީ،ެގޮތަކަށް އަދި ނުނިމޭނެ މިވަގުތު ނިމުނަކަސް.

  2. ނިޔާޒު

    އޭތް ބަލަ މިހިރަ ނަސްވާ. ކޮން ޒިންމާ އެކޭ ވީދޭކަށްތައް؟ ރައްޔިތުންގެ މާސިންގާ ލާރިގަނޑެއް ފެންފޮދަކާވެސް ނުލާ ދިރުވާލި އިރު އަދީބު ޒިންމާ ނެގިތަ؟ އަދީބު މިނިސްޓަރަކަށް ވުމަށްފަހު އެ ހޯދައިގަތް ކުއްލި ތަނަވަސްކަމަށް މަންޖެމެން އެބަ ޒިންމާ ވަމުތަ؟ ކޮންމެ ކަމެއް ރައީސް ޔާމީނުގެ ބޮލަށް ތިޔަ ބިންދާލަނީ ބަލަ އަދީބަކީ ހޭނުޖެހޭ ޅަކުއްޖެއްތަ އެ ހުރިހާ ޖަރީމާއެއް ރާވާ ހިންގި އިރު؟

  3. މޫސާހަލީލް

    ރުފިޔާގަޑުކާލާފައި ކޮންވާހަކައެއް ދައްކަން ތިއުޅެނީ މިހާރު ތިއުޅެނީ މިސަރުކާރުތެރެއަށް ވަންނާނެ ގޮތެެއް ނެތިގެން

  4. އައްޑޫސިޓީ

    އިބޫގެ 5އަހަރު އެއްވެސް ބޮޑުމައްސަލައެއް ތަހުގީގު ކުރެވޭނެކަމަކަށް ނުދެކެން. ސަބަބަކީ ހުވާކޮށްގެން ބައިއެޅޭއިރު މަދުވުމާ މަޖިލިސް އިންތިޚާބަތް ވާދަކުތާއިރު ވަކިޕާޓީތަކަށް ދޭންއެމްޑީޕީ އިންވިސްނަމުންދާ ދާއިރާތައް މަދުވުނުގެ ސަބަބުން ގާސިމްއާ މައުމޫން ވަކިންއިންތިޚާބަތް ވާދަކޮށްގެން ލިބޭގޮނޑިތައް ގިނަވެއްޖެނަމަ އެހިސާބުން ދެން އިބޫއައްކުރެވޭނެ މާބޮޑުކަމެއް އޮންނާނެ. ދެންކިރިއަ ކިރިއާވެރިކަން ިފާއުކުރެވޭތޯ ބަލަން މަސައްކަތްކުރާނީ އެހން ވެއްޖެނަމަ ތަރައްގީއެއް ވެސްނުކުރެވޭނެ. މިހުރިހާކަމެއް އިބޫއައް ކުރިމަތިވާނީ ނަޝީދުގެ ސަބަބުން. މިކަމކާ ޝައްކެތްނުކުރަން.

  5. ކަނބުލޯ

    އަދީބަކީ ސޯލިހު މީހެއް އޭނާގެ އެއްވެސް ކުށެއްނެތް

  6. އަލީ

    ތިޔަ ނުރައްކާތެރި ބަލި ޖެހިފައިވާތާ 2 އަހަރުވީއިރުވެސް މީހާހުރީ ސަލާމަތުން ދެންމިދައްކަނީ ކޮން ނުރައްތެރި ބައްޔެއްގެ ވާހަކަތޯ؟ މީގެކުރިން ޖަލުގައިއޮތް ކުރީގެ ރައީސް މައުމޫނުވެސް ވެއްޓޭބަލި ހުރިކަމަށްބުނެ އަޑު އަރުވަމުންދިޔަ ނަމަވެސް ޖަލުން މިނިވަން ވުމަށްފަހު ބަލީގެ އަޑު މިހާރަކު ނުއިވޭ ޖަލަށްލާ މީހުންނަށް މިޖެހެނީ ބައްޔެއްބާ ނުވަތަ ޖިންނި ވަސްވާސްތެރި ކަމެއްބާ؟

    • ފަތަރަންޖީ

      ކާފަރުޖިންނީގެ ވަސްވާސް.

  7. ޢަބްދުﷲ

    88 ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާގައި 19 މީހުން މަރާލުމުގެ އިތުރުން 101 މިލިޔަން ރުފިޔާ ލުޠުފީއާއި ސަގަރޭގެ ފަރާތުން ދައުލަތަށް ދައްކަންޖެހި ނުދެއްކިވާއިރު، ލުޠުފީ މިނިވަން ކޮށްފައިވަނީ، ރައީސް ނަޝީދުގ ވެރިކަމުގައެވެ. ސަގަރޭ މިނިވަން ކޮށްފައިވަނީ، ރައީސް ޔާމީނުގެ ވެރިކަމުގައެވެ. މިއީ މީގެކުރިން ކަންހިނގާފައިވާ ގޮތެވެ.

    • މަޢާފު

      ޔާމީނުގެ ވެރިކަމުގައި ސަގަރޭ މިނިވަން ކުރީއެއް ނޫން. ސަގަރޭގެ މައްޗަށް އިއްވާފައި ވާ ޙުކުމުގެ މުއްދަތު ހަމަވީ

    • ވަހީދު

      ތެދު މައުލޫމާތު ލިޔޭ. ސަގަރޭ މިނިވަން ކުރީކީނޫން. ގާނޫނުން ސަގަރޭ މިނިވަންވީ. ހުކުމުގެ މުއްދަތު ހަމަވެގެން. ޔާމީނަކާ އެކަމަކާ އެއްވެސް ގުޅުމެއްނެތް.

  8. ނަޝްވާ

    ބަލަގަ އަދީބު ރީތިކޮށް ގޭގަ އޮށްވަތަ ޖަލަށްލީ

  9. ސަނާ

    ސޯލިހުގެ ސަރުކާރުގަ ނުޖެހޭއަދީބު ދޫކުރާކަށް މަގޭބޭބެ ރިލްވާން ގެ މަރުގެ ކަންތަކު ޒިންމާ އަދީބުޖެހޭނެ ނަގަން

  10. ޅަބޭ

    އިބޫ ސަރުކާރުން މިހާރު އޮންނާނީ ކަލެޔާ ޑީލް ހަދާފަ. ދެން ކޮން ތަހުގީގެކޭ ކިޔާކައްތަ ސާއްލޭ. އެއްކޮޅުން ގަންޖާ. އަނެއް ކޮޅުން ބޮޑު މުލުވަގު.

  11. އަބޯ

    އަދީބު ބުނަންތަ ގާނޫނު ނަންބަރު 1/68ޖ ގަ ބުނަނީ ކޮންމެ މިނިސްޓަރަކު އެމީހަކާ ހަވާލުވެފައިވާ ކަންކަން ރަނގަޅަށް ބަލަހައްޓަންވާނެކަމާ އެމިނިސްޓަރުގެ ދަށުން ހިގަމުންދާތަންތަން ރަނގަޅަށް ބަލަހައްޓަންވާނެކަމާ ކޮންމެ މުވައްޒަފަކުވެސް އެމުވައްޒަފަކާ ހަވާލުވެފައިވާކަންކަން ރަނގަޅަށް ބަލަހައްޓަމންވާނެ ކަމށާ އެމުވައްޒަފެއްގެ އިހުމާލުން ގެއްލުމެއްވެއްޖެ ނަމަ އެމުވައްޒަފަކު ޒިންމާ އުފުލަންވާނެކަމަށް. ވީމާ ގެއްލިގެން އުޅޭ ފައިސާތަކުގެ ޒިންމާ އަދީބުއާ އަދީބުގެ ދަށުން އެކަންކުރުމަށް ހަވާލުވތިބި ބަޔަކު އުފުލަންޖެހޭނެ. އަދީބަށް ތިޔަކަމުން ރެކިގަނެވޭނެ ނުވަތަ އެހެންމީހެއްގެ ބޮލަށް ތިޔަކަން ކަނޑާލެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތް. ވީމާ ހުރިހާޒިންމާއެއް ނަންގަވާ ދަވްލަތަށް ފައިސާ ހަމަކޮށްދެއްވާ. ބަހާފަދިންބައެއްގެ އަތުން ފައިސާހޯދުމަކީ އަދީބު ޒިންމާވާންޖެހޭނެ ކަމެއް.

  12. ސަޅި

    އަދީބޫ މަބުނާނެ ވާހަކައަކީ ރަގަޅައް ހުރިހާ ވާހަކަ އެ ފޮތަކުލިޔޭ ސޮއިކުރެެ ހެކިން ބައި ތިއްބައިގެން އެއިރުން މަރުވިައަސް ފެންނަން އޮންނާނެ