ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކުރީގެ ކައުންސިލް މެންބަރު އަލްހާން ފަހުމީ އެނބުރި އެ ޕާޓީއާ ގުޅިއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ އޮފީހުގައި ކުރިއަށްދޮޔަ ރަސްމިއްޔާތެއްގައި އަލްހާން ޖޭޕީއަށް ސޮއިކުރެއްވުމަށްފަހު މެމްބަޝިޕް ފޯމް ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް އާ ވަނީ ހަވާލުކުރައްވާފައެވެ.
އަލްހާން މީގެ ކުރިންވެސް ވަނީ ޖޭޕީގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އަދި އެންމެ ފަހުން ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްއަށް ސޮއިކުރައްވެއްވުމަށްފަހު، މަހެއްހާ ދުވަސް ނުވަނީސް އެ ޕާޓިން ވަކިވާން ބޭނުންވާކަމަށް ބުނެ ވަނީ ޕީޕީއެމްއަށް ސިޓީ ފޮނުވާފައެވެ.
އަލްހާން ޕީޕީއެމްއިން ވަކިވީ ރާއްޖޭގެ ރައްޔިތުންގެ ހިދުމަތުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރެވޭނީ، ޕީޕީއެމް އިން ވަކިވުމުން ކަމަށް ދެކޭތީކަމަށް ބުނެއެވެ.
އަދި މީގެ އިތުރުން، މީގެ ކުރިން އަލްހާން ޑީއާރްޕީ އަދި އެމްޑީޕީގެ އިސް ސަފުގައިވެސް މަސައްކަތް ކުރެއްވިއެވެ.
ދެންދާނެ ޕާޓީއެއް ނެތީތަ.. ތީ ޕާޓީތައް ހަލާކުކުރަމުން ދުވާ އެއްޗެއް
ޢެނބުރޭ ވަހުތާނު ކިޔަނީ މިޔައްދޯ.
ޢަލްހާން އަކީ ހަގީގީ ޕޮލިޓީޝަނެކެވެ.
ޕާޓީ ބަދަލުކުރުމުގެ ލާމަސީލް މިސާލެކެވެ.
1. ޑީ.އާރޕީ
2. އެމްޑީޕީ
3. ޖޭ.ޕީ
4. ޕީޕީ.އެމް
5. ޖޭ.ޕީ(މިއަދު ދެވަނަ ފަހަރައް ގުޅުނީ )
ދެން ފެންނާނީ ޖޭޕީ ގެ ސްލޮޓްގައި އާ ސަރުކާރުގެ ބޮޑު މަގާމެއްދޭތަނެވެ. ކޯލިޝަން ސަރުކާރާއި ދެކޮޅަށް މަސައްކަތްކޮށް ކޯލިޝަނަށް ކާމިޔާބު ލިބުމުން ކޮޅު ބަދަލުކޮށް ހިހޫތަނުންކާ މިފަދަ މީހުންނަކީ އެންމެ "ކުޅަދާނަ" މީހުންނެވެ.
ވަރުގަދަ ސާރި ދޯޅެއް މޫސަބެވެސް މިކަހަލަ
ތިޔަތަން މިހާރު އޮތްވަރަށްވުރެބޮޑަށް ފަނިކުރާނެ ! އަދި އެމް.ޑީ.ޕީ އަށްވެސް ޖެއްސުންކުރާނެ !
އަލްހާން ތި ޕާޓީގެ ހަންދަމާލި ތި??????
ތިދެން ދިޔައީ ދުވަސް...ގާސިމް ގެ ބޯކާލަން ވަނީ އެ..ދެން ނުދާނެ ރަނގަޅަކަށް
ލޮލް
މިހާރުމުޅިން ގޮތްހުވީ ތިހަމަ ގާސިމް ހަލާކުވި އަނެއްފަހަރު ތިގޮލާތިއައީ ގާސިމް ދަރުވާލަން
ދެން މާދަމާ އަދާލަތަށް ސޮއިކުރޭ
ކޮބާ ލަދު
އެއްތަނުން ކާލާއިގެން އަނެއްތަނަށް ކާއެއްޗެހި ހޯދަމުންދާ ކުކުޅު ހާލަށް ވުރެ ތިކަލޭގެ ކަންތައް މާބޮޑު. މިހާރު ޤާއިމްކުރީ އެންމެ ގިނައިން ޕާޓީ ބަދަލުކުރިކަމުގެ ރެކޯޑެއް. އެންމެ ފުރަތަ ޑީއާރްޕީގައި، ދެން އެމްޑީޕީއަށް ދެފަހަރު، ޕީޕީއެމްއަށް އެންމެ ފަހުން ޖޭޕީއަށް ދެވަނަ ފަހަރު. ޖުމްލަ ހައެއް. ޖޭޕީން ބަލައިގަންނާނެ ބާކީވާ ކުނިބުނި ވެސް.
ގާސިމާ ތިޔަލަފަނީ އިއްދައިން ކެޑިފަ ތިބި އެއްޗިއް ސޭ