2018 ނޮވެންބަރު 18 ވަނަ ދުވަހު ރިޔާސީ އައު ދައުރު ފެށުމާ ގުޅިގެން، ސަރުކާރު އޮފީސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނަވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
މިގޮތުން ބައެއް މިނިސްޓްރީތަކުގެ ނަން ބަދަލު ކުރައްވާ، ބައެއް އިދާރާތައް ހިންގަމުން ގެންދާ މިނިސްޓްރީތަކާއި ބައެއް އެހެން ތަންތަނުގެ ވަނީ ބަދަލު ކުރައްވަފައެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނަން މިނިސްޓްރީ އޮފް ފިނޭންސްގެ ނަމަށް، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ނަން މިނިސްޓްރީ އޮފް ޑިފެންސްގެ ނަމަށް، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ނަން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ނަމަށް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ނަމަށް، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ނަން މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ނަމަށް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ނަން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ނަމަށް، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ނަން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ނަމަށް، ދިވެހިރާއްޖެއިން ޔޫރަޕިއަން ކޮމިއުނިޓީސްއަށް ކަނޑައަޅާފައިވާ ދާއިމީ މިޝަން ގެ ނަން ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ނަމަށް ވަނީ ބަދަލު ކުރައްވާފައެވެ.
އެއް އިދާރާގެ ދަށުން އަނެއް އިދާރާގެ ދަށަށް 16 އިދާރާއެއް ވަނީ ބަދަލުކުރެއްވާފައެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދަށުން ހިނގަމުންދިޔަ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށަށް ވަނީ ބަދަލު ކުރައްވާފައެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދަށުން ހިނގަމުންދިޔަ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ދަށުން ހިނގަމުންދިޔަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށަށް ދަށަށް ވަނީ ބަދަލު ކުރައްވާފައެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދަށުން ހިނގަމުންދިޔަ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ދަށުން ހިނގަމުންދިޔަ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީގެ ދަށަށް ދަށަށް ވަނީ ބަދަލު ކުރައްވާފައެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދަށުން ހިނގަމުންދިޔަ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ދަށުން ހިނގަމުންދިޔަ ޤައުމީ އަރުޝީފު، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ގެ ދަށަށް ދަށަށް ވަނީ ބަދަލު ކުރައްވާފައެވެ.
މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިނގަމުންދިޔަ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީގެ ދަށަށް ދަށަށް ވަނީ ބަދަލު ކުރައްވާފައެވެ.
މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިނގަމުންދިޔަ ނޭޝަނަލް ޑްރަގް އެޖެންސީއާއި، ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށަށް ދަށަށް ވަނީ ބަދަލު ކުރައްވާފައެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދިޔަ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ދަށަށް ދަށަށް ވަނީ ބަދަލު ކުރައްވާފައެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދިޔަ ދިވެހިބަހުގެ އެކެޑަމީއާއި ޑިޕާޓްމަންޓް އޮފް ހެރިޓޭޖް، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށަށް ދަށަށް ވަނީ ބަދަލު ކުރައްވާފައެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދިޔަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދިޔަ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރޭނިންގ އޮތޯރިޓީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށަށް ދަށަށް ވަނީ ބަދަލު ކުރައްވާފައެވެ.
މިނިސްޓްރީ އޮފް ހެލްތްގެ ދަށުން ހިނގަމުންދިޔަ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށަށް ދަށަށް ވަނީ ބަދަލު ކުރައްވާފައެވެ.
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިނގަމުންދިޔަ ފިޔަވައްޗާއި، ކުޑަކުދިންގެ ހިޔާއާއި، އަމާން ހިޔާއާއި، ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތައް،މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިނގަމުންދާގޮތަށް ހަމަޖެއްސެވި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގެ ދަށަށް ދަށަށް ވަނީ ބަދަލު ކުރައްވާފައެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދިޔަ ޓްރާންސްޕޯޓް އޮތޯރިޓީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދަށަށް ދަށަށް ވަނީ ބަދަލު ކުރައްވާފައެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދިޔަ މޯލްޑިވްސް އިމިގްރޭޝަން، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށަށް ދަށަށް ވަނީ ބަދަލު ކުރައްވާފައެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމްގެ ދަށުން ހިނގަމުންދިޔަ ރީޖަނަލް އެއަރޕޯޓްސް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދަށަށް ދަށަށް ވަނީ ބަދަލު ކުރައްވާފައެވެ.
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ދަށުން ހިނގަމުންދިޔަ ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއާއި ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަންއާއި ޤައުމީ ކުތުބުޚާނާ، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށަށް ދަށަށް ވަނީ ބަދަލު ކުރައްވާފައެވެ.
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ހިނގަމުންދިޔަ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއާއި، ޕަބްލިކް ވަރކްސް ސަރވިސަސް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން އުފައްދަވާފައިވާ ޑިޕާޓްމަންޓް އޮފް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓްގެ ދަށަށް ދަށަށް ވަނީ ބަދަލު ކުރައްވާފައެވެ.
ސަރުކާރުގެ އޮނިގަނޑަށް ގެނައި ބަދަލުތަކަށް އަމަލު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން އެބަދަލުތަކަށް ރުހުން ދެއްވުމުންނެވެ.
ސަރުކާރު އޮފީސްތަކުގެ އޮނިގަނޑު ބަންނަން ރައީސް ވަގުސޯލިހު ކޮމިޝަނެއް އުފައްދައިފި!!
އޭމިހިރަކަލޭގެއާ.. ވަގުޔާމީނުކުރިވައްކަންތަކޭ ކޮމިޝަނެއްއުފައްދަވައިގެން ބަލަންއެފަށަނީ ..
ހިތުގައި ޖެހިފައި ހުރި ބޮޑުކަން އެބަ ފެނޭ...
ކަލޭ ހިތާއި އަންނި ހިތާ އެންނު ޖެހިފަ އޮތީ!! މަގޭ ހިތަކު ނުޖެހެ..ސަމްޖޭ!!
ކަލޭ ހާދަ ގޮތެއްނެތޭދޯ މީހުންނަށް ވަގަށް ގޮވަން..ޖޭވެ ޖޭވެ ތިބެން ޖެހޭނީ އެގިއްޖޭ
ގޮތާއި ފޮތާއި އޮވެގެންތަ ކަލޭމެން ޔާމީނަށް ވަގަށް ގޮވީ؟؟
ނޭގޭ ވާހަކަ ނުލިޔެބަލަ.. ނޫރާ
ކަލޭ ތިޔަހާ ތެދުވެރިއްޔާ ރާއްޖެ ޓީވީ ނުބަލާތި!!
މި ނަންތަކަށް ގެނެވުނު ބަދަލު ތަކަކީވެސް ފައިދާ ނެތް ބޮޑު ބޭކާރު ހަރަދަކަށް ވާނެކަންކަން.
އިންސާފު ގާއިމު ކުރައްވާތީ ޕީޕީކުދިންނަށް ހަޖަމެއް ނުކުރެވޭދޯ
އިންސާފުދޯ އެއީ ޝަރުއީ ކޯޓުތަކުން ހުކުމްކޮށް ޖަލަށްލާފައިތިބި ބޮޑުން ދޫކޮށްލުން؟
ވަގުވޯޓުން ހޮވިފަ ހުންނާނީ ވަގު ވެރިޔެއް.
ރައީސް ރައްޔިތުންނަށް ބޮޑު ޖާފަތެއް ދިނުމުގެ ބަދަލުގައި ތަމެން ވެފައިވާ ވައުދު ތައް ފުއްދަން އުޅުނިއްޔާ މާ ރަނގަޅުވާނެ ނޫންތޭ އެގޮތުން ބަލާއިރު މާލެ ސަރަހައްދުން ފްލެޓްސް ތަަކަށް އެދިފައިވާ އެންމެންނަށް ފްލެޓްސް ތަކުގެ ބަަދަލުގައި ހުޅުމާލެ 2 އިން ގޯތި ތައް ދޭން ސަރުކާރުން ނިންމަވާ މިހާރު ނިންމަމުންދާ ފްލެޓްސް ތައް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ދިވެހިންނަށް ދޭންވީ ނޫންތޭ ބިންދޭންވީ ހުޅުމާލެ 2 އިން މީހަކަށް 1 ހާސް އަކަފޫޓްގެ ގޯއްޗެއް ދޭންވީއޭ ތަމެންގެ މެނިފެސްޓޯގެ 16 ވަނަ ސޮފްހާގައި މިކަން ބަޔާން ކުރެވިގެންވެއޭ ތަމެން އެކަން ހަނދާން ނައްތާލާ ޕެޑްސް އިން ޓެކްސް އުވާލަން ތިޔާ އުޅެނީ ތަމެން ޕޮލިސީ ދަސް ކުރީ އެއީ ދުނގެތިވަލުންތޭ މަމެން ސާފު ކޮށްލަން ބޭނުންވެއޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް މަހަށް މަހަށް ދޭބަލަ..
އިމިގުރޭޝަން އަކީ ހުރިހާ ސަރުކާރެއްގަވެސް ދުވާ އޮފީސް. ކޮންމެވެރިކަމެއްގަ އިމިގުރޭޝަން ކޮންމެވެސްތަނެއްގެ ބެލެނިވެރިކަމައް ދާނެ. ޙަމައިސްރާފު.އިސްރާފު.ހުރިހާ ލިޔެކިއުން އަލުން ޗާޕުކުރަންވީ..
ވަގުވޯޓުގެ ވަގުހުވާޔައް ނުވާނެ އެއްވެސް ގޮތެއް ނޯންނާނެ.
ވަގުވޯޓުން ވެރިކަމަށް ފުންމައިލިކަލޭގެ ކިޔާބަލަ "ނޫރާ"!
މިނިސްޓްރީ އޮފް ޑިފެންސްފޯސް އެންޑ ނެޝަނަލް ސެކުޔުރިޓީ މިހެންކިޔާތީ ސެކުޔުރިޓީ ކަޑާލީ ސިފައިންނަދެން މިރާއްޖޭގެ ސެޔުރިޓީ ބަލަހައްޓަންނުޖެހޭނެތީ. އަހަމައެކަނި ޑިފެންސްކުރާނީ ސަރުކާރާ ވެރިންނާ. ބަލަންތިބޭ މަޖުލިސްއިންތިހާބަށްފަހު މިގައުމުހިގާމަގު. ހުސްނުއްސޫދު ކުރިންބުނިގޮތަށް މިގައުމު ހާޔަތްކުރާނީ އެހެންބަޔަކުލައްވާ. ފުލުހުންގެ ޒިންމާއެކަނިއޮންނާނީ. އެކަމަކުވެސް ހެޔޮތާ ގައުމާ ދީނާ ޓަކާ ލީޑަރުންމިތިބީ މިސަރުކާރުގެ ލަފާދާރުންނަ. ހުރިހާ ރައްޔިތުން ވާވައްދާފަ މަޖާކުރުމުގަ ބައިތިއްބާފަ ގައުމުވިއްކާލަނީ.
މިދެން ކިހާބޮޑުކަމެއް. މިއޮއްހުރިހާދުވަހުވެސް އެއްކަމެއްނުކުރީ. ތިނަންތައް އޯލެވެލްއަށްވެސް ދަސްކުރަންޖެހޭނެ. ޖަޒީރާ އެއްގެ ގޮތުގައި ބާއްވާ. ހަމަމައިދާނެއްގަ ސަރަންފީގޮޑިއެއްގަ އިންނަވާ ކޯޓްފަޓްލޫން ބާލުއްވާ. ޖަޒީރާ ވާންވީ ނަމަކަށްނޫން.
ވަގައްވިއަސް އޮންނާނީ ޔާމީނުގެ ވެރިކަން ވައްޓާލާފަ. އެނގޭ ދެރަވާނެކަންވެސް