"ގާސިމްގެ އަނދިރި ފަރާތް"، މި ނަމުގައި ޕްރޮގްރާމެއް ޗެނަލް 13 އިން ދައްކަން އުޅޭތީ އާއި، އެ ޕްރޮގްރާމުގެ އިޝްތިހާރު މިހާރު އެ ޗެނަލުން ގެނެސްދެމުންދާތީ، އެ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޗެނަލް 13 އިން މިރޭ ގެނެސްދިނުމަށް ހަމަޖެހިފައިވާ އެ ޕްރޮގްރާމުގެ އިޝްތިހާރު ޢާންމު ކުރަމުންދާތީ، އެކަން ކުއްވެރިކޮށް ޖުމްހޫރީ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެކަމަކީ ބްރޯޑްކާސްޓު ކުރުމުގެ ޢާންމު މިންގަނޑާއި ޚިލާފަށް ހިންގަމުންދާ ޢަމަލުތަކެއް ކަމަށް ވާތީ، އެކަން ބައްލަވައި ފިޔަވަޅު އަޅުއްވައިދެއްވުމަށް ދަންނަވާ ކަމުގައެވެ.

"އޮނަރަބަލް ގާސިމް އިބްރާހީމްގެ އަބުރުފުޅު ކަތިލުމަށް އަމާޒުކޮށް ތަކުރާރުކުރަމުން ގެންދާ ސިލްސިލާގެ ތެރެއިން މިމަހުގެ 13 ވަނަ ދުވަހުގެ ރޭ 22:00 ގައި ޗެނަލް 13 އިން ޚާއްސަ ޕްރޮގްރާމެއް "ގާސިމްގެ އަނދިރި ފަރާތް" މިނަމުގައި ބްރޯޑްކާސްޓްކުރުމަށް އެ ޗެނަލުން ޢާންމުކޮށް އިޝްތިހާރު ކުރަމުންދާތީ، މިކަމަކީ ބްރޯޑްކާސްޓްކުރުމުގެ ޢާންމު މިންގަގނޑުތަކާ ޚިލާފަށް ހިންގަމުންދާ ކަމަކަށް ވާތީ، މިކަން ބައްލަވައި ފިޔަވަޅު އަޅައިދެއްވުމަށް ދެންނެވީމެވެ." ޖުމްހޫރީ ޕާޓީގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނެފައިވާގޮތުގައި، ގާސިމްގެ އަބުރުފުޅަށް ހުތުރުވާގޮތަށް ހަޤީޤަތާއި ޚިލާފު ތަފާތު ޕްރޮގްރާމުތައް ހައްދަވައިގެން ތަކުރާރުކޮށް "ސަރުކާރަށް ނިސްބަތްވާ ޗެނަލް 13 އިން" ފޮނުވަމުން ގެންދަވާއިރު، އެކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެއްވެސް ފިޔަވަޅެއް އަޅުއްވާފައިނުވާތީ، އެކަމާ ހިތާމަކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ޖޮއްބެ

  ދަރަނިބޯ ބާޣީ ބޯނެތް ބުރުމާގެ އަބުރުފުޅޭ......؟ ހެހެހެހެހަހަހަހަ.

 2. ގަމާރު

  ގާސިމްގެ ކަންކަން ހުރި ގޮތުގެ ވާހަކަ ދެއްކީމަ އަބުރަށް ހުތުރުވަނީ. ބަލަ ގާސިމް ބޭރުގައި ހުރެގެން ވީޓީއަށް ދޭ އިންޓަވިއުތަކުގައި އަވަގުރާނަ ގޮވާއިރު، އެކަމުގެ ސަބަބުން ގާސިމުގެ ައަގެއް ނުވެއްޓޭބާ! ގާސިމްގެ ސަބަބުން މުޅި ގައުމު ހަލާކުވެގެންދާ އިރު އަދިވެސް އަނގައިން ނުބުނެ ހަނު ހުންނަންވީތަ؟ ނުވާނެ އެކަމެއް.

 3. މަހަށްދޭބަލަ

  ވެރިކަން ދަމަހައްޓަން ކޮންމެ ގާނޫނެއް އިސްލާހު ކުރަން ތައްޔާރު ކަމަށް އަދުރޭ ވިދާޅުވާނަމަ އެއީ މަމެން ޕިންކީން އުފާ ކުރާ ކަމެކޭ. 2013 ވަނަ އަހަރު ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައްޔިތުންގެ މެދުގައި ނެގި ވޯޓް ގައި ވޯޓް ލީ ރައްޔިތުންގެ %85 އިން ރައްޔިތުން ވޯޓް ދިނީ އެއީ މަމެން ޕިންކީން ނަށޭ. އެމެން ރަންރީނދުލޭ މެންނަށް ލިބުނީ އެންމެ %9 ވޯޓްއޭ. ދެން އެކަމާއި ނައްޓައިގެން އެމެން ރައްޔިތުންނަށް ޖެއްސުން ކުރުަމަށްޓަކައި އިންޑިއާގެ ޖީއެމްއާރު ފަދަ ކޮރަޕްޓް ކުންފުނި ތަކާއި އަދި ރިޗރޑް ބްރެންސަނޭ މެން ފަދަ ކޮރަޕްޓް ލޯރޑުން ތަކާއި ގުޅިގެން އެމެން މަމެންގެ ވެރިކަން ޖުޑިޝަރީ ކޫޕް އެއް ގެނެސްގެން ވައްޓާލަން އެމެން ކުރާ މަސައްކަތް މަމެން ފުނޑު ފުނޑު ކޮށްލީ އެއީ ދުނިޔޭގެ ޕޮލިޓިކަލް ސައެންސް އަށް ވެސް ނަމޫނާ ދައްކަމުންނޭ. ކަން މިހެން ހުރުމުން މަމެން ގާނޫނު ބަދަލު ކޮށްގެން ވެރިކަން ދަމަހައްޓަން ވެއްޖެނަމަ އެކަން ވެސް ކުރާނަމޭ ތަމެން ރަންރީނދުލޭ މެން ޖެހޭނީ މަހަށް ދާން މިކަމުގައި. މަހަށް މަހަށް ދޭ.

 4. ބަޢާވާތްކުރުމާދެކޮޅު

  ތިޔަހެންހީވުމަކީ އިއްތިފާގެ.. މިޕްރޮގުރާމުގައި ފެންނަ އަޑުއިވޭ ކިޔާއެއްޗެހި ހީވާހީވުން ސިފަކުރެވޭގޮތް ހިޔާލަށް ގެނެވޭގޮތް އެއީ ވަކިމީހަކަށް ނުވަތަ ވަކިބަޔަކަށް ނިސްބަތްކޮށްފަވާކަން ދޭހަވުމަކީ އިއްތިފާގެ.... ގަސިމުގެ ޓީވީއާ ރޭޑިޔޯގަ އަންނާނެ މިތަންކޮޅު.. ދެންވަރިހަމަ ރޔާމީނުގެ މައިންބަފައިންނާ ބެހުނަސް އަނބިދަރިންނާ ބެހުނަސް އެއީ އިއްތިފާގެ... ތިބުނާ ބްރޯޑުކޮމުން ފިޔަވަޅުއެޅުނުނަމަ މިހާރު ރޓީވީއާ ވީޓީވީ ބަންދުކޮށް މިދެތަނުގެ މުއައްޒިފުންގެ ތެރެއިން ވަރަށްގިނަމީހުންނަ ފިޔަޅުއެޅުނީސް މިހާރު...އެއްމެފަހަރަކު ގާސިމުކިޔާމީހެއްގެ ވާހަކަބުނެލީ ވަރުއެރީނުން... އެހެންވީމަ މިފަހަރު ޖޕއަށް ތިހެންހީވުމަކީ އިއްތިފާގަކަށްވެދާނެނުން..

 5. ބުއްޅަބޭ

  އަސްލު އެއީ ހަގީގަތް! ކޮއްމެވެސް ބަޔަކު އެބަޖެހޭ އެވާހަކަ ދައްކަން!

 6. އަހުމަދު ހަސަން އަލީ

  ޕްރޮގްރާމް ދެއްކީމަ މައްސަލައެއް އޮތިއްޔާ ކޮންޓެންޓާއެކު މައްސަލަ ހުށަހަޅުއްވާންވި ނޫންތޯ؟ ނުދައްކަނީސް ކިހިނެއްތޯ ފިޔަވަޅު އަޅާނީ ވެސް.

 7. ރަމީޒު

  ވިލާ ޓީވީއަށް އަރާ މީހުން ކިޔަނީ މީހުންނަށް ސަނާ ވިއްޔަ. ސަމީރު ކުރާނެކަމެއް ނޭންގެންޏާ ގޭގަ އިނދެ ކިއްލި ތަޅާބަލަ

  • ސޮމެޮނެ

   ސަމިީރުވަރުގަދަވާންވެގެން ޖިމަށް ދަނީ

 8. މާބުރު

  ޙަޤީޤަތަށް އެއްޗެއް ބުނުމަކީ މައްސަލައެއް ނޫން، ވަރަށް އަދިރި ފަރާތެއް ގާސިމްގެ އޮތީމަ ފޮރުވަން މަސައްކަތް ކުރަނީކަމަށް ފެނޭ، ކަލޭމެން ނަށް ސަޕޯޓްކޮށް ކޮންމެފަދަ ދޮގު ބުހުތާނެއް ހެދިޔަސް އަދި ރޯއައުގުރާނަ ގޮވިޔަސް ރަގަޅުދޯ

 9. ޙަފްޞާ / މާލެ

  މުޒާހަރާކުރުން މަނާކޮށްފައޮއްވާ ބަޔަކު މުޒާހަރައަށްނެރެ މުޒަހަރާގައި މީހުންގެ ޢަބުރާބެހި ގޮވާ ހަޑިހުތުރު އެއްޗެއްސާ ، މިނެޓަކު 10 ފަހަރު ރާއީސް ޔާމީނޭ ކިޔާ އެމަނިކުފާނުގެ ޢަބުރުފުޅު ކަތިލާ ދައްކަމުންދާ ހަޑިހުތުރު މަންޒަރުތައް ލައިވްކުރުން އެއީ ކޮންކަހަލަ ކަމެއްކަން ނޭގުނުބަޔަކަށް ޤާސިމުގެ ވާހަކަދައްކަން އުޅުމުން އެއި ކޮންކަހަލަކަމެއްކަން އެގިއްޖެ ދޯ؟

 10. މަރި

  ޔާމީނުގެ އަދިރިފަރާތް ޕްރޮގްރާމެއް ތައްޔާރު ކޮށްދެއްކިދާނެ ' އޭގައި ޚާލިދުބުނި އަދީބް ލައްވާ ހިންގި ޖަރީމާ ތަކާއި 800 މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރި އާއި ގޭންގް ކުދިން ލައްވާ ހިންގާ ޖަރީމާ ތަކާއި މިކަހަލަ އެތެއް ކަމެއް ހިމިނިދާނެ އަދި ފަނޑިޔާރުން ބްލެކްމއިލް ކުރުންވެސް ވަރަށް އެކްސައިޓްވާނެ

 11. ވިސްނާ

  ގާސިމާގުޅޭގޮތުން ކަންކަންކުރެވެނީ ގާސިމްގެފަރާތުން ފެންނަ ކަންކަމާއިވެސް
  ގުޅިގެން ގާސިމް ނަޝީދަންނިސްބަތްކޮށްވިދާޅުވި މުއުމިނެއްގެގަޔަށް އެއްހަރަކުން ދެފަރަކު
  ކަށްޓެއް ނުޖެހޭނެކަމަށް ނަމަވެސް މިހާރު ގާސިމްައާ، ނަޝީދުގެ ގުޅުމަށް ބަލާއިރު އެއްޗެއްބުުނުއްވާފަރާތެއްވާނެތޯ ގާސިމްގެ އަބުރުކަތިލަނީކަމަށް، ގާސިމް ވިދާޅުވިއަޑު އެހިން
  މިހާރުގެ ސަރުކާރުން ފާޚާނަ ސާފުކުރަން ޖެއްސެވިއަސް އެކަން ކުރައްވާނެކަމަށް
  މިހެންވިދާޅުވެފައިވާއިރު ގާސިމް ވަރަށްބޮޑުކޮށްލެއްވި މައްސަލައެއް ރައްޔިތުންގެ
  މަޖުލީހުގެ ރައީސްކަންނުލިބުން ކޯލީޝަންރޫޅެންދިމާވިމައިގަޑުމައްސަލައަކީމިއީކަމަށްވާއިރު
  ކޯލީޝަންރޫޅާލެއްވީ ގާސިމަށް ކެހިދެއްވަންކަމަށް ބުނެވޭނެތޯ؟