ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލުކުރާ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

މި އިސްލާހު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފްއެވެ. މި އިޞްލާޙު މަޖިލީހަށް ބަލައިގަތުމާއިއެކު ބިލް ދިރާސާ ކުރުމަށް ވަނީ ފަސް މެންބަރުންގެ ވަގުތީ ކޮމެޓީއަކަށް ފޮނުވާފައެވެ. މި އިސްލާހު ވަގުތީ ކޮމިޓީއަކަށް ފޮނުވަން 55 މެމްބަރުން ވޯޓު ދެއްވިއެވެ.

މި އިސްލާހު މަޖިލީހަށް ބަލައިގަތީ ބަހުސް މަރުހަލާގައި މި އިސްލާހާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މެމްބަރުން ވާހަކަދައްކާފައިވަނިކޮށެވެ.

ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިހާބުކުރާ މީހާއަކީ އުމުރުން 30 އަހަރާއި 65 އަހަރާ ދެމެދުގެ މީހަކު ކަމުވައިވާން ޖެހޭނެ ކަމަށް ކަނޑައަޅައި ގާނޫނު އަސާސީއަށް ވަނީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވަނީ އިސްލާހެއް ގެނެސްފައެވެ.

ވެރިކަން ކުރެވޭ އެންމެ މަތީ އުމުރު އުވާލުމަށް، ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅުއްވަމުން އަލީ އާރިފު ވިދާޅުވީ 2015 ވަނަ އަހަރު ގާނޫނު އަސާސީ އަށް ބަދަލު ގެނެސް ވެރިކަން ކުރެވޭ އެންމެ މަތީ އުމުރަކީ 65 އަހަރު ކަމަށް ކަނޑައެޅީ އޭރު ކަންތައް އޮތްގޮތުން ކަމަށާއި މިހާރު ވަރަށް ގިނަ ކަންކަން ބަދަލުވެއްޖެކަމަށެވެ. ދުނިޔޭގެ އެއްވެސް ޤައުމެއްގައި ވެރިކަން ކުރެވޭ އެންމެ މަތީ އުމުރެއް ކަނޑައަޅާފައި ނުވާ ކަމަށް ވެސް އަލީ އާރިފް މިއަދު ވިދާޅުވިއެވެ. އަދި ގޯސްކޮށް ކަމެއްނިމިފައި އޮތްނަމަ އެކަމެއް އިސްލާހު ކުރުމަކީ ރައްޔުތުން މަޖިލީހުގެ މެންބަރުންގެ ޒިންމާއެއް ކަމަށް އަލީ އާރިފް ވިދާޅުވިއެވެ.

މިއިސްލާހު ފާސްވެއްޖެނަމަ ވެރިކަމަށް އައުމަށް މަޖިލިސް ރައީސް ގާސިމް އިބްރާހިމަށް މިހާރު އޮތް ޤާނޫނީ ހުރަސް ނެތިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައްޔަ މާމިގިލީ

    ގާސިމް އަށް ކުރިމަތި ލެވޭ ގޮތް ތިޔަ ހަދަނީ. ގާސިމް މަޖިލީހުގެ ރައީސް ކަމަށް އެރީވެސް ތިކަން ކުރާން ވެގެން.... ގާސިމް ކަލޭއެއް ނުހޮވޭނެ.... ވޯޓެއްލިޔަސް.... ދެއަތައް އެބުރޭ ބުރުމާ... މިހާރު ބުރުމާ އެބުރެމުން. އެދަނީ ބަގާވާތާ ދިމާލަށް..

  2. އަލިކޮއި

    އިންޑިއާ ސިފައިން ބޭލުމައް ފާސްކުރޭ

  3. ހަރީި

    މިއިސްލާހުޖެހޭނެ ކޮންމެހެންވެސް ފާސްކުރަންޖެހޭ
    މިއީ ވަރައް ރަގަޅުކެއް

  4. ޖާދޫ

    ރާއްޖޭގެ މީހުންނަށް ރާއްޖެ ނުބެލެހެއްޓޭތީތަ ބޭރުގައުމުތަކުގެ ސިފައިން މިޤައުމަށް ގެނައީ ،