ހދ.ހަނިމާދޫ އެއާޕޯޓްގައި ވެސް އިންޑިއާ ސިފައިން ބޭތިއްބުމަށް ދިވެހި ސަރުކާރުން އެއްބަސްވެފައިވާ ކަމަށް މައުލޫމާތު އެނގޭ އޮފިޝަލަކު "ވަގުތު" އަށް ކަށަވަރު ކޮށްދީފިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިންޑިއާ އަށް މިދިޔަ ހަފްތާގައި ކުރެއްވި ޒިޔާރަތުގައި ކުރެވުނު މަޝްވަރާތަކުގެ މައުލޫމާތު އެނގޭ ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވީ ހަނިމާދޫގައި އިންޑިއާ ސިފައިން ބޭތިއްބުމަށް އިންޑިއާ ސަރުކާރުން ހުށަހެޅި ހުށަހެޅުމަށް ދިވެހި ސަރުކާރުން ވަނީ އެއްބަސްވެފައެވެ.

އިންޑިއާ ސަރުކާރުން ހުށަހަޅާފައި ވަނީ ދިވެހި ރާއްޖެއަށް މަތިންދާބޯޓެއް ހަދިޔާ ކުރަން ކަމަށާއި މަތިންދާބޯޓް ބަލަހައްޓަން އިންޑިއާ ސިފައިން ހަނިމާދޫގައި ބޭތިއްބުމަށް ދިވެހި ސަރުކާރުން އެއްބަސްވެފައިވާ ކަމަށް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.

"މަތިންދާބޯޓެއް ރާއްޖެއަށް ދިނުމަށް އިންޑިއާ އިން ހުށަހަޅާފައި ވަނީ. އިންޑިއާ ސިފައިން ހަނިމާދޫގައި ގާއިމުވެތިބެ މަތިންދާބޯޓް ދުއްވާ މަތިންދާބޯޓާއި ގުޅޭ އެހެން ހުރިހާ ކަމެއް ވެސް އިންޑިއާ ސިފައިން ކުރާ ގޮތައް އިންޑިއާ އިން ހުށަހެޅީ. އެހުށަހެޅުމަށް ދިވެހި ސަރުކާރުން ވަނީ އެއްބަސްވެފައި. ރައީސް ޑިސެމްބަރ 17 ގައި އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި މިކަމުގެ އެއްބަސްވުމުގައި ސޮއި ކުރެވޭ ވަރަށް ހުރިހާ ކަމެއް ހަމަޖެއްސުމަށް ދެގައުމުގެ ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުން." މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.

މިހާރުވެސް އައްޑޫ ސިޓީ ގަމާއި ލ.އަތޮޅުގައި އިންޑިއާ ސިފައިން ތިބެއެވެ. އައްޑޫ ސިޓީ ގަމުގައި އިންޑިއާ ސިފައިން ވަކިން އުޅެމުން ދިޔަ ނަމަވެސް ލ.އަތޮޅުގައި ތިބޭ އިންޑިއާ ސިފައިން ދިރިއުޅެނީ ލ.ގަމުގެ އާންމުން ދިރިއުޅޭ ގެތަކުގައެވެ. އިންޑިއާ ސިފައިން ބަލަހައްޓާ ހެލިކޮޕްޓަރު އޮންނަނީ ލ.އަތޮޅު ކައްދޫގައެވެ.

މިހާރުވެސް ރާއްޖޭގައި އިންޑިއާ ސިފައިންގެ 40 މީހުން އުޅޭކަމަށް ވެއެވެ. އެއަދަދު ކުރިއަށް އޮތްތަނުގައި 60 އަށް އިތުރު ކުރަން އިންޑިއާ އިން ހުށަހެޅުމުން އެކަމަށް ވެސް ދިވެހި ސަރުކާރުން ވަނީ އެއްބަސްވެފައެވެ. މަތިންދާބޯޓެއް ބަލަހައްޓަން އިންޑިއާގެ އިތުރު ސިފައިން ރާއްޖެ އަންނަނަމަ މިއަދަދު އަދި މިއަށް ވުރެވެސް އިތުރުވާނެއެވެ.

އިންޑިއާ އިން ވަނީ ރައީސް ސޯލިހްގެ ސަރުކާރުން އިންޑިއާ އާއި އެކު އަސްކަރީ ގުޅުން ބަދަހިކުރާނަމަ ރާއްޖެއަށް އެއްބިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ވެސް ދޭން އެއްބަސްވެފައެވެ. ރައީސް ސޯލިހް އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި ލޯނު އެއްބަސްވުމުގައި ވެސް ސޮއި ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާ އާއި ގުޅުން ބަދަހި ކުރިނަމަވެސް އެއްވެސް ގައުމެއްގެ އަސްކަރީ ބޭހެއް ރާއްޖޭގައި އަޅަން ފުރުސަތު ނޯންނާނެ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

50 ކޮމެންޓް

 1. ސައްތާރު

  ދެން ރައްޔިތުން ތިބޭ އަތްޖަހަޖަހާ، މުޅިގައުމު މިދަނީ އަޅުވެތިކަމަކަށް! ނޭގިތިބެ ނަމަވެސް މިކުރެވެނީ މުސްތަގުބަލުގަ އަހަރަމެންގެ ދަރިން ހިތާމަކުރަންޖެހޭވަރުގެ ކަމެއް!

  • ހއގ

   ނޭނގިއެއްނޫން، ހަމަ އެނގިތިބެ ގަސްދުގަ ކުރިކަމެއް.

   • މޮަޔަ

    ދެން އެނގޭއިރު ދިވެހިން މިތިބެނީ ކިހިނެއްވެފަބާ، މި ސިޔާސި އެއްވުމަކަށް ނުވެ ގައުމީ ކަމަކަށް ވީމަތޯ ނިކުންނާނެ މީހެން ނެތީ

    • މޯދީ

     އެގުނަސް ނޭގުނަސް ކުރެވޭނެ އެއްވެސް ކަމެއްނެތް..

 2. ޜިޔާޒް

  ޙުރިހިތާމައެއްގެ ބޮޑުކަމާއޭ.. ރާއްޖޭގެ ދުވަސް ހިގައްޖެ.. ސަރުކާރު ނުހިންގެންޔާ އިސްތިއުފާ ދީ.. ބޑ ބލ އެންނު

 3. ބުރުގާ

  ސާބަހޭ އިބޫ ސޯލިހު، ރައީސް ކަމައް ހުވާކުރިތާ އިރުކޮޅެއް ނުވޭ، އެވިއްކާލާ ރާއްޖެ އިންޑިޔާއައް 1 ބިލިޔަނައް. ތީ ހަމަ ފައްކާ ޝައިތާނުން.

 4. Qaumee

  Kobaa ebas nuvevifa thi rchetho balahatan thi bumakee eksmuge feshun thee thi visney bey kalunge haalu. Fasaa kolhaka gaumu vikaslanee

 5. މުހައިމިނު ކުޅުދުއްފުށި އާކާސް

  މަ ބޭނުމީ އިންޑިޔާ ރާއްޖެއައުން

 6. 3 ވަނަ ވިސްނުނަ

  ޢިގިރޭސިން ތިބި އިރު އޮތް އަޅުވެތިކަން ،އިގިރޭސިން ފައިބައިގެން ދިޔައީ މިނިވަން ކަން ދިވެހިންނަން ދީފަ ބުނަނީ ހުސްދޮގު'އެއިރުވެސް މިހާރުވެސް އަޅުވެތި .އެނޫން ދުވަހެން ނާދޭ.

 7. ސަލީމް

  ކޮންމެ އަތޮޅެއްގަވެސް އިންޑިއާ ސިފައިން ބައިތިއްބަން ފެންނަނީ. އަދި ވެރިކަންވެސް އިންޑިއާއާ ޙަވާލްކޮށްފަ މަހުމުސާރަ ނެގީމަ އޯކޭވާނެ. ބޮލުގަރިހުންދިޔައީ. ސަޅި. ތ އެއްބަސްވުންތަކުން ކަޓަށް ކިހާވަރެއްބާ؟

 8. އަހްމަދު ޢަލީ

  މިކަމާ ދެކޮޅަށް ދިވެހިން މަގުމައްޗަށް ނިކުތުމަށް ގޮވާލަން!! ކޮބާ އުމަރު؟ ކޮބާ ގައުމަށް ހެޔޮއެދޭ މީހުން!! ވިސްނަންޖެހޭކަމެއް މިއީ!! މިކަން މިގޮތަށްދާން ދޡުކޮށްނުލާ ހެޔޮނުވާނެ!! ގައުމުގެ ހާލުގެ ދުލުން ގޮވަނީ މިއީ ގައުމަށްޓަކައި ޖިހާދުކުރަން ނިކުންނަންވީ ވަގުތު!! ވެރިކަމާ ދެކޮޅަކަށްނޫން!! ރާއްޖެއިން އިންޑިޔާ ސިފައިން ފޮނުވާލަން ގޮވާލަން ނިކުންނަންވީ!!!

  6
  1
  • މޮަޔަ

   ދިވެހިންގެ އަތުން އިންޑިޔާ ސިފައިންގެ މީހަކު މަރުވީމަ ބާ ދިވެހިން މިކަމާ ދެކޮޅުވަރު ސަރުކާރަށް ވިސްނޭނީ!!

  • ބޮޑު ބލއެއް

   އުމަރު ކަހަލަ ޔާމީން ކަހަލަ ގައުމަށް ހެޔޮ އެދޭ މަދު މީހަކު އުޅެނީ. ގައުމުގަ ތިބީ ހުސް ޣައްދާރުން. ހުރިހާ ބާޣީންތައް އެތިބީ ގައުމު ކާލަން ފޫގަޅާފަ.

   7
   1
 9. މުހުންމަދު

  ސާބަހޭ ރ.އ.ބ ތިޔހެންތިބޭނީގައުމާއި ވަޒަންދެކެލޯބިވާދަރިން. ހަޅޭލަވާމީހުން އެގޮތަށްބައިތިއްބާ. ވެހޭއިރު ފެންނެގޭނީ. ހުރިހައިތަނެއް އިންޑިޔާމީހުންނަށްދީ. އަތުލެވެންއޮތއެއްޗެއްއަތުލާ. ކޮނގައުމެކޭކިޔާކަށްތަ؟

  • މޮަޔަ

   ދެން ގައުމު ވިއްކާފަ ލިބޭ އެއްޗެހި ހިފާގެން ކޮންތާކުއުޅެނި..ވިލާ ތަކު މަތީތަ

 10. ރަދުން

  ޢައްޑޫއަތޮޅު ގަމުގައި ތިބި އިންޑިޔާ ސިފައިންނާއި ހެލިކޮޕްޓަރ ވެލާނާ ވައިގެ ބަދަރަށް ބަދަލުކޮށް ދިނުމަށްއެދި ކޯލިޝަން ސަރުކާރުގެ ވެރިންނަށް ދަންނަވަން.

 11. ޜާއްޖެ އިސްލާމް

  ޜައީސް ޔާމިން ގެ ވެރިކަން ބަދަލުވީ ވޯޓުގެ ތެރެއިން އޮޅުވާލައިގެން އެކަން ކުރީ އިންޑިއާގެ އިންޓެލް އިން ހަތަރު ލީޑަރުން ( ގައްދާރުން ) މިކަމަށް ވަނީ އެއްބަސްވެފަ. މިކަމުގައި އިންޑިޔާއިން ބޭނުންކުރީ އީސީ ޝަރީފު އާއި އޝްމަލީ

  މި ހަތަރު މީހުންނަށް އަބަދުވެސް ބާރުގަ ތިބެވޭގޮތަށް އިންޑިޔާ ބޭނުން ކޮންމެ ކަމަކަށްވެސް މި މީހުން އެއްބަސްވާނެ.

  ޢެކަން އެގިގެން މިހާރުވެސް މިދަނީ ޢިންޑިޔާއިން ރާއްޖެއަށް އަތްގަދަ ކުރަން މަސައްކަތްކުރާއިރު މީގެން މީހަކު އަދި ޗުއްޕުވެސް ބުނެފައެއް ނުވޭ.

  ޢެކަމު އެމީހުންނަށް ނޭނގޭ ކަމަކީ އެމީހުން އެހެން ތިއްބަ ފަހަތުން ބަޔަކުއަިސް އެމީހުންގެ އަތް ބަނދެލާނެކަން . މާޒީން ޢިބްރަތް ހާސިލް ކުރަން ޖެހެނީ ވަކި ކަމެއްގައެއް ނޫން.. ރައީސް ޔާމީން އިންޑިއާ އާއި ހުޅަނގުގެ އަޅުވެތިކަމަށް ނޫނެކޭ ބުނެ ކުރި މަސައްކަތުގެ އަގު މިޔަދު ވަޒަން ކުރެވޭނެ .

  ޢުމަރުވެސް މިޔަދު ވަރައް ވާހަކަ އެބަ ދައްކާ. ކުރީގަ ގޮވީ އަނިޔާވެރިކަމޭ ވައްކަމޭ. ދެން ފުރުސަތު ލިބުނަސް ޣައްދާރުން ހަމަ ޖެހޭޏި ޖަލައްލާން . އެ 4 މީހުންގެ ސިޔާސީ ހަޔާތް ނިމުމަކަށް ގެނެސްގެން ނޫނީ މި ޤައުމަކަށް އަމާން ކަމެއް ކުރިއެރުމެއް ނުގެނެވޭނެ.

 12. އަބޯ

  އަސްކަރީ ބޭހަކަށް ވަނީ ކިހިނެތް ؟ މިހާރުވެސް ކައްދޫގަ ވެސް ގަމުގަ ވެސް އެއްކަމެއް އިންޑިޔާ ސިފައިން ނުބުނާގޮތަކަށް ދިވެހި ސިފައިންނަށްވެސް ސަރުކާރަށްވެސް ކުރުމުގެ ހުއްދައެއް ނެތް.

 13. މާސޭ

  ރައްޔިތުންނޭވިސްނަންއެބަޖެހޭގައުމުމިދަނީބައެއްގެ. ޢަޅުވެތިކަމަށް ކަސްމީރައްވެގެންވާގޮތްފެނޭދޯއެހާލަތައްމިގައުމުގެމިސްރާބުމިދަނީއަލުގަނޑުމިއާދޭސްމިދަންނަވަނީމިގައުމުސަލާމަތްކޮށްދެއްވާ ސިފައިންނާފުލުހުންއެބަވިސްނަންޖެހޭ؟؟؟؟؟؟؟

 14. ނަގޫރޯޅި

  މި ގައުމު އިންޑިޔާގެ އުގައްވެއްޓި ނިމިއްޖެ، ކުރިޔައްއޮތް 100 އަހަރުވެސް ދެން ސަލާމަތްނުވާނެ. މީ މޑޕ އިން ޖމރ އައް ރާއްޖޭގެ މައި އެއަރޕޯޓު ހިލޭކަހަލަގޮތަކައްދީފަ އޮއްވަ އެތައް އުނދަގުލަކުން އެތަން އަތުލީމަމަ މޑޕ އައް ވީގެއްލުމުގެ ބަދަލުގަ ހަސަދަ ފިލުވާލަނީ.

 15. ހުސޭނު

  ރައީސްމީހާ ފިލާ ނޭގޭކަމައް ހަދައިގެން ކަހާތަނެއް ހިރުވާހެންވެސް ހީނުވެ މިއަދު ހުރެވިދާނެ. ލަސްނުވެއޮތީ ރައްޔިތުންގެ ދުވަސް، ރައްދުވަރައްފުރިހަމަވާނެ.

 16. މުހައްމަދު

  ޤައުމު ވިއްކާލާ. ޝައިތޯނުންތައް. ކޮބާ އެއްކަލަ އިލްޔާސް. ކަލޭ ނުވެގެން އުޅުނު ކަންތައް މިއޮތް ވެ ނިމެނީ. ހުރިހާ ބަލާވެރިކަމެއް ޖެހޭނީ އަހަރުމެންނަށްތާ. ކަލޭގެ މީހުން ދިރިއުޅެނީ މެލޭޝިއާގަ ތާ. ކަލެއަށް ހަލާކު ހުރި.

 17. މަސްވެިރިޔާ

  މިފަދަ ޤައުމީ ބޮޑެތި ކަންތަކުގައި ރައްޔިތުންގެ ތެރެއިން ހެޔޮވިސްނުން ވިސްނޭ ސީނިއަރ ރައްޔިތުންނާއި ބޭފުޅުން ރަގަޅަށް ވިސްނާފަ ޤައުމުގެ މިނިވަންކަމަށްޓަކާ ތެދުވަންހެހޭ. މަބުނަންތަ. ޑިމޮކްރެސީ އެއް އޮންނާނީ ޤައުމެއް އޮވެގެން. ބަޔެއްގެ އަޅުވެތި ކަމުގެ ދަށަށް ޤައުމުތައްގޮސްފަހުރީ ދުރާލާ ރާވައިގެން ހިންގާ ކަންކަމުގަ. ތުރާކުނާ މަލިކާއި ދެމެދު ހުންނަނީ 90 ވަރަކަށް މޭލު ، މިސާލަކަށް މާލެ އާއި ޅ.އަތޮޅުގެ ދުރުމިން، މަލިކް ނިސްބަތްވާ އަތޮޅުގަ 15 ވަރަކަށް ބޮޑް ރަށްއޮވޭ. އިންޑާިއން ހަދާނެކޮންމެ ބޭހެއް އެތަނުގަ ހެދޭނެ ނަމަވެސް ރާއްޖެއަށް ބޭހެއްގެނަމުގައި ތިބެން މިއުޅެނީ އިގިރޭސިން ފަލަސްތީނުގެ މިނިވަންކަން ނަގާލުމަށް ރޭވިފަދަ ހިޔަޅު ނުބާ ރޭވުމެއްގެދަށުން. ދަރިންނޭ ހޭލާ ތެދުވޭ.. އަޅުވެތިވީމަ ކުރެވޭނެކަމެއްނެތް. މިއީ ނުލަފާ ރޭވުމެއްގެ ފެށުމުގެ ދެވަނަ މަރުހަލާ.

 18. ޑިމޮކްރަސީ

  ޢައްޗީޑި ހަށިވިއްކުމުގެ ވައްތަރެއް. ދިވެހިންގެ ދަރިންގެ ދަރިން ދުވަހަކުވެސް އިބޫ، ނަޝީދު އަދި ޝާހިދު އަށާއި އެމީހުނގެ ޢާއިލާޢަން ދުވަހަކުވެސް މާފެއް ނުކުރާނެ. ޥެރުގެ ސިފައިން ރާއްޖެ އަށް އަރުވައި އަތްގަދަކުރުވާފި. ޟިކަމުގެ ބިންގާ އެލީ ކެނެރީގެ ނަޝީދު މަގުފަހިކޮށްދިން ޒަކީ މިހާރު ނުފެނޭ ޤައުމުގެ ޙާއިނުންގެ ލިސްޓުގައި މި މިހުންގެ ނަން ލިޔެވިފައި އޮންނާނެ. ﷲޮތްތަށް ނެރެވޭނެ. މީތަ ހެޔޮވެރިކަންކުރާގޮތަކީ.

 19. މަރިޔަމް މޫސާ

  އަސްކަރީ ބޭހާއި ޑޮކްޓަރުންނާއި ހޮސްޕިޓަލުގެ ނަން ނުޖަހައި މުޅި ރާއްޖެ ޢަސްކަރީ ބޭހަކަށް ހަދައި ނިންމާލީ. ފަހުގެ ނަތީޖާއަކަށްވާނީ ރައްޔިތުން އިންޑިއާ ސިފައިންނާ ދިމާއަށް ގާއުކުން ނަތީޖާއަކަށް ވާނީ .......... މިރާއްޖެ އަމާންކަމާއިއެކު ތަރައްގީވަމުން ދަނިކޮށް ކާފައާއި ސޭޓާއި ފަހަރިއާއި އިނޮސެންޓް އާއި 4 ޣައްދާރުން އަމިއްލަ ޖީބު ބޮޑުކުރާން މި ގައުމު އެމްޑީޕީ އަތްމައްޗަށް ފުރޮޅައިލީ! ކާފައަށްވުރެ ނުބައި ނުލަފާ މުނާފިގެއް މިރާއްޖޭގައި އުފެދިފައެއް ނެތް. ދަރިއަށް ވެރިކަން ލިބޭތޯ މުޅި ގައުމު ސުންނާފަތި ކުރަނީ. މިތަން ރޭޕިސްޓުން ބައްކޮށް ތިމާގެ އެއްމާބަނޑު ދެދަރިން ރޭފްކުރަން ފެށީމާ ހުންނާނީ ދަރިއަށް ވެރިކަން ލިބިފަ. މަރުވާނެކަން ވެސް މިބީތާ ނުދަންނަކަހަލަ.

 20. އިބްރާހިމް

  ރަސޫލާ ދުއާ ދެއްވާފައިވާ މީހެކޯ މިހާރު ވެރިކަމުގައި ހުރީ

 21. އޮބްޒާވަރ

  2012 ގައި އެމްޑީޕީ ސަރުކާރު އެއްޓުނުއެންމެ ބޮޑު އެއް ސަބަބަކީ އެއަރޕޯޓް ޖީއެމްއާރުއަށްދީ ރާއްޖެ އިންޑިޔާއަށް ވިއްކާލަން އުޅުން، ބުނޭ މުއުމިނެއްގެ ގަޔަކު އެއްހަރަކުން ދެކައްޓެއް ނުޖަހާނޭ، މިސަރުކާރުގެ ތެރޭގައި ތިބި މުއުމިނުން މިކަމަށް ވިސްނާނެކަމަށް އުންމީދު ކުރަން...

 22. ަުައުމަރު

  ބައިސްކަލް ވިއްކާފަ ބައިސްކަލައް ޖަހާނެ ސްޕްރޭ ފުޅިއެއް ގަންނަނީ ތާ!!!!!!

 23. މުހައްމަދު

  މި ވޭތުވެ ދިޔަ 7 އަހަރު ދިވެހިން މި ހޭދަ ކުރީ ވަރަށް ބޮޑު އަޅުވެތިކަމެއް ، މި މަހު 17 ން ފެށިގެން ދިވެހި ރައްޔިތުން މިނިވަންވީ ،

 24. ޝީޙާޢީ

  ނޭގި ތިބެގެންނޭ ބުނެ އޮޅުވާނުލާ މީގެ8މަސްކުރިން ޔާމީން ސަރުކާރު ވައްޓާލުމުގެ މަސައްކަތައް އިންޑިޔާއިން ފަންޑުކުރަން ފެށީ 4 ލީޑަރުން އެއްބަސްވުމުގަ ސޮއި ކުރުމުން ދެން ކޮން ނޭގި ތޮބެގެންނޭ ބުނާކަށް މިއަދު ބޯދަމާއި ހަންން ދައްކާ ބަހަނާ ތީ

 25. ސުޢޫދު

  ދެންވެއްޓޭނީ ވެރިކަން މާރީޔާއައް މީފަހަރު ވާނީކިހިނެއްބާ ޖޭޕީތައްޔާރުވޭ ވެރިކަމާހަވާލުވާން މަގުމައްޗައް ނިކުއްނަން ތައްޔާރުުވޭ ޖީމްއާރް ބޭރުކުރިގޮތައް ބޭރުކުރަން އިންޑިއާގަ ވެސްއޮވޭ އެގައުމުގެ އާމީ އައްވެސް ރައްޔިތުނައްވެސް ނުދެވޭރަށެއް ހަތިޔާރުނެއްބައް އެރަޝުގަދިރިއުޅެނީ މިފަހަރު މަޖިލީސް ވޯޓް ނުދިނުން ބުއްދިވެރި ގޮތަކީ ސަރުކާރައް.

 26. ޖޮއްބެ

  އިންޑިޔާ ސިފައިން ރާއްޖޭގައި ތިބެން ޖެހޭ އެއްވެސް ސަބަބެއް ފެންނާކަށް ނެތެވެ. ކަން މިހެން އޮއްވާ މަކަރާ ޙީލަތުގެ ސަރުކާރުން އިންޑިއާ ސިފައިން މިގައުމުގައި ގާއިމު ކޮށްފިނަމަ އެއީ އެ ސިފައިން ގެ އެހީގައި މިގައުމުގައި ޚުދުމުޚުތާރު ވެރިކަމެއް ހިންގަން އުޅޭކަމުގެ ދަލީލެކެވެ. މިކަމުގެ ޒިއްމާ އުފުއްލަން ޖެހޭނީ ރިޝްވަތު މަހުޖަނާ މުސްކުޅިބެ އާއި ދެމީހުންނެވެ.

 27. މުހައްމަދު

  އިބޫއަށް ދަންނަވަން މިހާރުން މިހާރަށް ތިކަން ހުއްޓާލަން ތިކަމުގެ ނަތީޖާ މާކަ ރަނގަޅެއްނުވާނެ. ބޮޑުތިލަދުންމަތީގެ ހަމަޖެހުމާ ރައްކާތެރިކަން އިންޑިޔާގެ ރައްކާތެރިކަމަށް ވުރެން އަހަރުންނަށް މުހިންމު. ﷲ ގައްދީބުނަން ތިގޮތަށް ކަންތައްކޮއްފިއްޔާ އަހަރުން މަޑަކުން ނުތިބޭނަން ވެވުނުގޮތަކަށް ތިކަމާ ދެކޮޅަށް ތެދުވާނަން އެހެޔޮ ފުރާނަ ދުއްވާލަން ޖެހުނަސް. މީވަރަށްވާހަކަ.

 28. Ach

  މި ރާއްޖޭގެ މީހުން އަދިވެސް މިތިބީ ނިދާފަފަތަ؟ ހޭލަބަލަ! ???

 29. ދދމީހާ

  ރާއްޖެ މިދަނީ އިންޑިޔާގެ އަޅުވެތި ކަމުގެ ދަށަކަން ނޮއް... ސޯލިހު ކަލޭ ޑޮލަރު ބޮޑި ހިފާގެން ހުރޭބަލަ... ސަރުކާރުގެ ރާގު ބަދަލުވާން ފަށައިފި.. މިހާ އަވަހަށް.. ސަރުކާރު ފެއިލްވެއްޖެ...

 30. ކާން

  ޝާހިދަކީވެސް ބޮޑު ދޮގުވެރިއެއް. އަވަހަށް މަޤާމުން ވަކިކުރޭ!

 31. އަދުލު

  އަޅުގަނޑުދެކިލަން ބޭނުންވަނީ އިންޑިއާމީހުންގެ އަޅުންގެ ގޮތުގައި ދިވެހިން އުޅޭތަން ވަރައްވެސް އުފާވޭ ސުކުރިއްޔާ ރައީސް ސޯލިހު

 32. ށސސޗ

  ޜައްޔިތުން ނުކުމޭ... މީ ރަނގަޅު ވެރިކަމެއް ނޫން... ގައުމު އަޅުވެތިވެ ނިކަމެތިވެގެން ދާތަން ބަލަންތިބެ ނީތައް؟ ރ ޔާމީން ގައުމު ހިމާޔަތް ކުރަން ނުކުންނަވާ

 33. ޏައީމް

  އަސްކަރީ ބޭސް އަޅާޖައް ނުޖެހޭނެ ގައުމެއް އަޅުވެތި ކުރާކައް. ރައްޔިތުން ނިކުމެ ހެލްކަޕްޓަރ ތަކުގަ ރޯކޮއްލަންވީ. ތީ ގެރީގެ ބައިގަނޑެއް

 34. ޑައިރީ

  ޗައިނާދެކެ ބިރުން ގޮސް އިނޑިޔާގެ އަޅުވެތިކަމައް، ކޮބާ ޑެޓް ޓުރެޕޭގޮވި އިކޮނޮމިސްޓުން. އިންޑިޔާގެ ލޯނުއޯކޭ!

 35. ބލއެއް

  ސިފައިންގޭގައިވެސް ހުސް އިންޑިއާ ސިފައިން ބައިތިއްބާނެ. ބަލަން ތިބޭ.

 36. އަހްމަދު

  ސްޕްރީމް ކޯޓަށް ފަނޑިޔާރުންވެސް އިންޑިޔާއިން ގެންނަގޮތަށްއޮތީ. އެކަމަކު ސްޕްރީމްކޯޓް މިހާރު އިންސާފުވެރިވެފައިވާތީ ފަނޑިޔާރުން ގެނައުން މަޑުޖައްސާލާފާއޮތީ. 100ދުވަހުގެ ތެރޭގައި އިންޑިޔާއެދޭހުރިހާކަމެއް ހަމަޖައްސާދިނދޭނެކަމަށް އިބޫ އެމްމެފަހުންއިންޑިޔާއަށްކުރިދަތުރުގައިވަނީ ވައުދުވެފާ. އެކަންކަން ކުރިއަށްމިދަނީ.

 37. ފުނަދޫ މީހާ

  ކޮބާވޯޓުއޮޅުވާލައިގެން ސަރުކާރުގެނައިމީހުން ދެންޖެހޭނީ މޫނުގަ ގެރިގުއި ތިންރުނގުދަމަން ނިއްކުރީގަ ހިންދީތިކިޖަހާގެން މަގުމަތީގަހިނގޭނީވެސް ހާދަރީތިވާނޭ އޭރުން

 38. ޖޯޖޯ

  ދިވެހިރާއްޖެ ތިންބަޔަކަށް ބަހާލާއިރު ސ.ގަން އެއާރޕޯޓް ލ.ކައްދޫ އެއާރޕޯޓް އަދި ހަނިމާދޫ އެއާރޕޯޓް ހިމެނޭ ދަންނަވަން ތޯ އިންޑިއާއިން މިތިން އެއާރޕޯޓްގައި އުޅެން ފެށުމުން އެއޮތީ މިގައުމު އަޅުވެތި ވެފަ ދެން ކުރާނެ ކަމެށް ނޯންނާނެ މުޅި ގައުމު އެމީހުން އަތްދަށަ ދާނެ

 39. އަލީ

  މޯލްޑިވިއަން ދޮގުވެރި ޕާޓީ.

 40. ބަރުބާދު

  ކޮންމެ ދިވެއްސެއްގެ ގޭގަވެސް އިންޑިއާ ސިފައިންގެ މީހަކު ބަހައްޓަން ވީންނު .

 41. ހެޔޮއެދޭ

  ހުރިހާ ކޮމެންޓެއް ކިޔާފަ ހިތަށްއެރީ ހާދަހާ ކަންކަން ހަޖަމް ނުވެޔޭ ހަޖަމްކޮށްލާ މި 5 އަހަރު ތިހެން ހަމަ ތެޅިތެޅި ތިބެން ޖެހޭނީ
  ހަނިމާދޫ ކަހަލަ ތަރައްޤީ ނުވާ ރަށެކަށް އިންޑިއާ ކީއްކުރަން ޖަރުމަނުން ވެސް ސިފައިން ގެނެސްގެން މިރަށް ތަރައްޤީ ކުރަންވީ

 42. ޔަޝް

  މިޤައުމު މިހާރުވެސް މި އޮތީ އަޅުވެތިވެފައި. ބަންގާޅިންގެ އަޅުވެތިކަންވެސް މިހާރު މިއީ ވިސްނަން ޖެހޭ ކަމެއް. ދިވެހިންގެ ބާރެއް ނެތް. ވެރިންނަށާއި ރައްޔިތުންނަށް ހެޔޮވިސްނުން ދެއްވާށި! އާމީން

 43. އަހްމަދު

  މިބާވަތުގެޖަރީމާތައްހުއްޓުވޭނީ އެމްޑީޕީނޫން އެހެންޕާޓީތަކުގެމީހުންނައް މަޖިލިސް ގޮނޑިތައް ލިބިގެން މިފަހަރުއެބަޖެހޭ ބޮޑުތަނުން އެމްޑީޕީއައް ނޫނެކޭބުނައް

 44. އެދުރު

  ދެން ކީއްކުރާނީ ، ދިވެހި ރައްޔިތުންގެ ގިނަބަޔަކު ޕާޓީ ފިކުރުގަ ޖެހި މިތަން ގެރިއަށް އަޅުކަން ކުރާ މީހުންނަށް ވިއްކާލަން އެތިބީ ތައްޔާރަށް ، ހިއެއްނުވޭ އެ ވެރިންގެ އަނިޔާވެރިކަން ތަޖުރިބާ ނުކުރެވެނީސް ޕާޓީގެ މަސްތު ފިލާ ހޭއަރާނެހެނެއް ، އެކަމަކު އޭރު އޮންނާނީ ވަގުތު ފާއިތުވެފަ