މުޒާހަރާއެއް ރޫޅާލަން ފުލުހުން މަސައްކަތް ކުރަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ

ޔޫރަޕިއަން ޔޫނިއަން އިން ދިވެހި ސަރުކާރުގެ އިސް ފަރާތްތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައިވަނިކޮށް ރާއްޖޭގެ މައްސަލަ އަނެއްކާވެސް ވިލާތުގެ ޔޫރަޕިއަން ޕާލަމެންޓުގައި އެޖެންޑާކޮށްފިއެވެ.

ޔޫރަޕިއަން ޕާލަމެންޓުގައި މި ޤަރާރުގެ އިއްވާނީ ރާއްޖެ ގަޑިން ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:30 ގައި ކުރިއަށްދާ ސެޝަންގައެވެ. އަދި ޤަރާރަށް ވޯޓަށް އަހާނީ ބުރާސްފަހު ދުވަހު ރާއްޖެގަޑިން 4:30 ގައި އޮންނަ ސެޝަންގައެވެ.

ޔޫރަޕިއަން ޕާލަމެންޓަށް މިފަހަރު ހުށަހަޅާ ޤަރާރު ސްޕޮންސަރ ކުރަނީ އީޔޫ ޕާލަމެންޓްގެ 7 ޕާލަމެންޓްރީ ގްރޫޕަކުންނެވެ.

ޔޫރަޕިއަން ޕާލަމެންޓްގައި ރާއްޖޭގެ މައްސަލަ މިފަހަރު އެޖެންޑާކޮށްފައިވަނީ ފަރަންސޭސިވިލާތުގެ ސްޓްރަސްބާގްގައި މިމަހުގެ 12 އިން 15 އަށް ކުރިއަށްދާ ސެޝަންގައެވެ.

ޔޫރަޕިއަން ޕާލަމެންޓަށް ހުށައަޅާ މިޤަރާރުގައިވަނީ އަޅާނެ ފިޔަވަޅުތައް ލިސްޓްކުރުމަށް ގޮވާލާފައެވެ.

މިގަރާރުގައި ރާއްޖޭގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމާއި، ރައްޔިތުންގެ މަޖިލީހާއި ޝަރުޢީ ކޯޓުތަކަށް މިނިވަންކަމާއިއެކު މަސައްކަތްކުރެވޭނެ މާހައުލެއް ޤާއިމްކުރުމާއި، މީޑިއާގެ މިނިވަންކަން ދިނުން ހިމެނެއެވެ.

މިޤަރާރު ފާސްވެއްޖެނަމަ ވިލާތުގެ އިއްތިޙާދުން ދިވެހި ސަރުކާރުގެ އިސްވެރިންނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތް ފެށޭނެއެވެ.

އީޔޫގެ ކައުންސިލުން މީގެ ކުރިން ފާސްކުރި ގަރާރުގައި ރާއްޖެ އަށް ގޮވާލާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށާއި އަސާސީ ހައްގުތައް އަނބުރާ ދިނުމަށާއި ހައްޔަރު ކޮށްފައިވާ ސިޔާސީ ބޭފުޅުން ވަގުތުން ދޫކޮށްލުމަށެވެ. ރާއްޖޭގެ ހާލަތު ރަނގަޅު ނުވާ ނަމަ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު އެ ގަރާރުގައި ވަނީ ދީފަ އެވެ. އަދި ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމާ މެދު އެ ގަރާރުގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ރީނދޫ ގުންޑާ

    ކަންބޮޑުވެގެން އުޅެނީ އަހަރުމެން އިސްލާމްދީނަށް އުޅޭތީ. ކިތަންމެ ވަރެއް ކުރިޔަސް އެކަން އޮންނާނީ އެހެން. އިރާގު ތަންތަނަށް ހެދިހެން ހަދާލާނޭ ވީމާ ދީން ދޫކޮށްލާނީއޭ. ނޫން ނުވާނެ އެކަމެއް. ރާ ޖެހެނީ ކަރަށް އަޅަން. ނުއެއް ބޯނަން. އެއް ޖިންސު މީހުން ޖެހޭނީ އައިސް ރޭޕް ކުރަން. ކައިވެންޏެއް ނުކުރާނަން. ސާފުތަ ގުންޑާމެނޭ. މަރުވެދާނެތީ ބަނޑަށް ޖެހިދާނެތީ އަގީދާ ވިއްކާނީ ލާދީނީ ނަޝީދުގެ އިތުރުން ގާސިމާއި ޖަމީލާއި އިމްރާން މެން ކަހަލަ މާއްދިއްޔަތަށް ހުސްވެފަ ތިބޭ ގުންޑާއިން.

  2. އެޖެންޓާގައި ހިމަނައްޗޭ ބުއްޅަބެޔަށް ވެރިކަންދޭން.

  3. ާބޫސުފުޔާން

    ޢަހަރެމެންނައްހެޔޮ އަހަރެމެންނާއެކު މާތްﷲވޮޑިގެންވޭ

  4. ތިޔޭ އެއްކަލަ

    އެޖެންޑާ ކޮށްކޮށް ތިބެން ޖެހޭނީ. ނުވާނެ އެއްކަމެއްވެސް. ކަލޭ މެންނަށް މާ އިނގިގެން އުޅެންޔާ އަމިއްލަ ގައުމުތައް އިސްލާހު ކޮއްބަލަ. މިތާގަ ރައީސް އަކީ އަބްދުﷲ ޔާމިން. ފާޑަކަށް ކުދި ކިޔަ ކިޔާ ރޮވިފަ ތިބެން ޖެހޭނީ ހަމަ.

  5. މުހައްމަދު

    ﷲވޮޑިގެންވަނީ ކެއްތެރިންނާއެކު

    ﷲ އިރާކުރެއްވިއްޔާ މިގައުމައް ދެރައެއްނުދެވޭނެ

    މިގައުގެ ރައްޔިތުންދާނީ ﷲގެ މަގުގާ ސާބިތުކަންދައްކަމުން އިންސާﷲ

  6. މިއައް ވުރެ ބޮޑައް މީޑިޔާ އައް މިނިވަން ކަން ޑިފިއްޔާ ދުން މައިން ދަރިން ތިބޭ ތަން ތާ ތިޔަމީޑިޔާ އަޑުއަހާނުބެލޭނެ

  7. ކަމެއް ނެތީދޯ މިގައުމަށް މިހާސަމާލު ކަމެއް މިދެނީ މީއީސުވަރުގެ ތަ.ދުނިޔޭގަ އެތަށް ބަޔެއ ސަހީދު ކުރާގައުމުތަށް ހުރިއިރު އެކަމާ މާބޮޑު ސަމާލު ކަމެއް ނުދެވުނީ ކިއްވެބާ.

  8. އޯކޭ އެޖެންޑާކުރޭ މާދަމާވެސް އަނެއްދުވަހުވެސް މުޅި އަހަރުގަވެސް އެޖެންޑާކުރޭ މީދިވެހީން މުސްލިމުން އަހަރުމެން ވާގި އެދެނީ މާތް ﷲ ގެ ހަޒުރަތުން